މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެރޭ މާލޭގައި ދިން ބޮމުގެ ހަމަލާގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވި އިރު، އެ ހަމަލާއާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަކި ކުރަން ޖެހޭ ހާލަތަކަށް ނުދާ ކަމަށާއި ނަޝީދަށް ގެއްލުމެއް ލިބޭނެ ކަމެއް މާރިޔާ ނުކުރައްވާނެ ކަމަށް އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ސިފައިން ދެމުން ދިޔަ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން ކުރިއަށްް ގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް އެމްއެންޑީއެފް އިން އެންގި އެންގުމުގައި ސޮއި ކުރެއްވި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލުގެ މައްސަލަ ބަލައި ދޭން އެދި ރައީސް ނަޝީދު ހުށައެޅުއްވި މައްސަލަ އިމްތިޔާޒު ކޮމެޓީން ބޭރުކޮށްލުމުން އެމްޑީޕީގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވެފައެވެ. އެ މައްސަލަ ބޭރުކޮށްލެއްވީ ބިގޭ އިސްވެ ހުންނަވައި ކަމަށް ބައެއް މެމްބަރުން ތުހުމަތު ކުރައްވައެވެ.

މި ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި މާރިޔާ މަގާމުން ދުރު ކުރުމަށް ބައެއް މެމްބަރުން ދަނީ ގޮވާލައްވަމުންނެވެ. އަދި މަޖިލިހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުން ގެންދަވަނީ މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމަށް ގޮވާލައްވަމުންނެވެ.

ރާއްޖެ ޓީވީން އިއްޔެ ގެނެސް ދިން ޕްރޮގްރާމެއްގައި ބިގޭ ވިދާޅުވީ މާރިޔާ އަކީ "އެމްޑީޕީގެ މަންމަ" ކަން އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް ދެކޭ ކަމަށެވެ. އެމްޑީޕީ އާއި ރައީސް މުހައްމަދު ނަޝީދަށް ދެރެވާނެ އެއްވެސް ކަމެއް މާރިޔާ ނުކުރައްވާނެ ކަމަށް އެ ޕާޓީގެ މެމްބަރުން ހިތުގެ އަޑިން ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ބިގޭ ވިދާޅުވި ގޮތުގައި މާރިޔާގެ މައްޗަށް ތުހުމަތު ކުރަނީ ސިޔާސީ ގޮތުންނެވެ.

"ސިޔާސީ ބޭނުމަކަށްޓަަކައި އިނގިލި ދިއްކުރެވި ދާނެ މާރިޔާއަށް އަދި އެހެން ވަޒީރަކާ ދިމާއަށް ވެސް. އެ ސިޔާސީ ގޮތުން އެ އަންނަ އައުމަކީ އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ އިންސާފުވެރިކަމާއެކު އަންނަ ތުހުމަތުގެ އިނގިއްޔެއް ކަަމަކަށް،" ބިގޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލް ކަން ވެސް ކުރައްވާ ބިގޭ ވިދާޅުވީ މިހާރު އޮތް ހާލަތަކީ މާރިޔާ މަގާމުން ވަކި ކުރަން ޖެހޭ ހާލަަތެއް ނޫން ކަމަށެވެ. ނަމަވެސް ތަހުގީގުތަކުން އެއްވެސް ބޭފުޅެއްގެ އިހުމާލެއް އޮތް ކަމަށް ފެނި ޔަގީން ކުރެވިއްޖެނަމަ މަގާމުން ދުރަށް ވަޑަައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

ނަޝީދަށް ބޮމުގެ ހަމަލާދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ކެނެރީގެއިން ނިކުމެވަޑައިގެން ކާރަށް އަރައިވަޑައިގަންނަވަން ވަޑައިގަންނަވަނިކޮށް ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލައިގެންނެވެ. މި ހަމަލާއާ ގުޅުން ހުރި ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ބޮޑެތި ޒަހަމްތަކެއް ލިބި އޭޑީކޭގައި ފަރުވާ ހޯއްދެއްވުމަށް ފަހު ނަޝީދު ވަނީ ޖަރުމަނުގައިވެސް ފަރުވާ ހޯއްދަވާފައެވެ. މި ވަގުތުވެސް ހުންނެވީ ޖަރުމަނުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ސަރުކާރުން ލާދީނީ ގަންޖާ ދުއްވާލަން ހުރިހާ ކަމެއް ކޮއްފަ ކުށެއް ނެތް ބަޔަކައް އަދަބު

    5
    2
  2. ބަކުރުބެ .

    ތަލަބޯ . ކައެކައް ނޭގޭނެ ، ތިކަހަލަ މޮޅެތި ވާހަކަ ދައްކަން ނުދައްކާ ، ކޮން ބިގޭއެއްތަ ؟
    ވަރަށް ސާފުކޮއް މި ބިނަނީ . އެމް.ޑީ.ޕީ އަކީ ރައީސް ނަޝީދު . މި ފިކުރަކީ ވެސް .

    5
    7
  3. ރ ޙީމް ބޭ

    2 މީހުނަކީ ވެސް އެ ކޮޅު މީހުން

    6
    1
  4. ކޮވިޑާ

    މާރިޔާއަކަށްވެސް ޕާޓީއަށްޓަކައި ބިރުން މުޅިސިފައިންގެ ބޮޑެތި ޑިޕާޓްމަންޓުގެވެރިން މަޖިލީހަށް ޙާޟިރުކޮށް އެތަނުގެ ސިއްރުތައް ފަޅައިއަރުަވަން ހުއްދަ ދެވިގެންނުވާނެ ދޮއްތޯ

    7
    1
  5. ސެންޗޯ

    މޮޅެތި ވާހަކަ ދައްކަން އެނގޭނީ. ވަގުންގެ ޕާޓީ ކުދިންކޮޅަށް އެކަނި ލަދުހަަޔާތް ކުޑަކަން