ކޮވިޑް-19 ގެ ސަބަބުން އއ. އުކުޅަހުގައި ހުރި ވިޔަފާރިތައް ބަނގުރޫޓުވެ، މާލީ ހާލަތު ގޯސްވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ހާމަކޮށްފިއެވެ. އަދި އެ ރަށް މޮނިޓަރިން ހާލަތުން ނެގުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ވުރެ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އުކުޅަސް މޮނީޓަރިންގެ ހާލަތަށް ގެނައީ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުއެވެ. މޮނީޓަރިންގައި އެ ރަށް އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު އެ ރަށުގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

އުކުޅަސް ކައުންސިލް ރައީސް ޝައުކަތު އިބްރާހިމް "ވަގުތު" އަށް ވިދާޅުވީ ރަށް މޮނީޓަރިންގެ އިން ނެގުމަށް އެޗްޕީއޭއިން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން ރަށުގެ ޓާސްކް ފޯސްއިން އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. ރޭގަނޑު 9:00 އިން ފަތިހު 5:00 އަށް ކާފިއު އިއުލާނުކޮށްފައި ވީނަމަވެސް ޒަރޫރީ ބޭނުމެއް ނެތި ހަވީރުވެސް މަގުތައް މައްޗަށް ނިކުމެ އުޅުން މަނާ ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝައުކަތު ވިދާޅުވާ ގޮތުން ރަށް މޮނީޓަރިން ހާލަތުގައި އޮތުމުގެ ސަބަބުން އެރަށުގެ ހުރިހާ ރެސްޓޯރެންޓްތަކަކާއިި، ގެސްޓު ހައުސްތަކުގެ ވިޔަފާރީ ވަނީ ހުއްޓިފައެވެ. އަދި އެތަންތަން ބަނގުރޫޓްވެ، ރައްޔިތުންގެ މާލީ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މި ހާލަތުން އަރައިގަނެވޭނީ ރަށް ހުޅުވާލައި ފަތުރުވެރިކަން ފެށިގެންނެވެ.

"ރަށުގެ ވިޔަފާރީތައް މިވަނީ ބަނގުރޫޓްވެފައި. މިހާލަތުން އަރައިގަނެވޭނީ ރަށް މޮނިޓަރިން އިން ނަގައިގެން. ފަތުރުވެރިކަން އަލުން ފަށައިގެން. އެހެންވެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރީ. ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކޮށް ރަށް އަވަހަށް މޮނީޓަރިންގެ އިން ނެގުމަށްޓަކައި." ޝައުކަތު ވިދާޅުވިއެވެ.

ޓާސްކްފޯސްގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވި ގޮތުގައި އުކުޅަހުގެ ރައްޔިތުން އެޗްޕޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. މާސްކު އެޅުމެއް ނެތި ބޭރުތެރޭގައި އުޅެމުންދެއެވެ. އަދި ސުންކު ދިނުމަށްވެސް ގިނަ ބަޔަކު ދެކޮޅު ހަދައެވެ. ނަމަވެސް ސުންކު ނެގުމުގައި ހެލްތު ސެންޓަރަށް ކައުންސިލުން އެހީތެރިވާން މިހާރު ފަށާފައިވާ ކަން އޭނާ ފާހަގަކުރިއެވެ.

އުކުޅަހުން ޖުމްލަ 178 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު މިހާރު އެ ރަށުގައި މި ބައްޔަށް ފަރުވާ ހޯދަމުން ދަނީ ހަތަރު މީހެކެވެ. އާބާދީގެ 831 މީހުންގެ ތެރެއިން 479 މީހުން މިހާރު ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އަޙޫ

  ދޮންމިހުންނާއި ރާބޯމީހުންގެ އޮރިޔާންބުޑަށް، ނަޝީދުގެ ގެސްޓް ހައުސް ސިޔާސަތައް ހެއްލުމުން ލިބޭ ގެއްލުން ބޮޑުވާނެ. ރިޒްގު ދެއްވަނީ الله، ނަޝީދެއް ނޫން.

  14
  1
 2. ޒާ

  ރައްޔިތުން ބަނޑަށްޖެހި ގޮތްހުސްވެފާވާއިރު ސަރުކާރުން އަޅާނުލާތިބުމަކީ އިހާނެތިކަމެއް

 3. ބުރުގާ

  ރައްރަށު މީޙުންގެ ކުޅަނދު ވަރައް ބޮޑުތަނުން މަދު އަދިވެސް. ގިނަ މީހުން ވަރައް ނާތަހުޒީބު. އަދިވެސް ގަބޫލުކުރަނީ ފަންޑިތައާއި ދުންދަނޑިއާއި އުނބު ބުރި.

  11
  1
 4. ހުސޭނުބޭ

  ރާއްޖޭގެ ސަރުކާރުގެ ބޮޑުންގެ ޖީބުތަށް ވަނީ މިހާލަތުގައި ފުރިއުތުރެއަރާފައި

 5. ދަރަނި ދަންތުރަ

  ﷲ އަށް އުރެދި ، ދޮންމީހުން އުޅޭގޮތަށް އުޅެގެން ސަލާމަތްވާން އުޅޭބައެއް ތިރަށު މީހުންނަކީ ، ރިޒުގުދެއްވަނީ ﷲ އެއީ އެއްމެހާ ނިއުމަތްތަކުގެ ވެރި އިލާހު

  • ޙަހަަ

   މިރަށު ބައެއް މީހުން ކުރާ ކަންތައް އެންމެންގެ ބޮލަށް ޖެހުމަކީ ވަރައް ދެރަ ކަމެއް

 6. Anonymous

  ޙަމައެކަނި ތިރަށެއް ނޫދޯ.........