ދިވެހިރާއްޖެ އާއި ދިވެހިންނަށް ޖެއްސުން ކުރުމާއި، އުނދަގޫ ކުރުމުގެ ސިޔާސަތަކަށް ފަހަކަށް އައިސް އިންޑިއާ އިން އަމަލު ކުރަމުން އައުމަށް ފަހު، އިންޑިއާ ރައްޔިތުންނަށް ރާއްޖެ އިން ވިސާ ނުދޭ މައްސަލަ ފެންމަތިވުމުން އިންޑިއާ އިން އަމާންދީ، އެމައްސަލަ ހައްލުކޮށްދޭން ރަސްމީކޮށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރުގައި އެދިއްޖެއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ" ގައި ބުނެފައި ވަނީ އިންޑިއާ ރައްޔިތުންނަށް ދިވެހިރާއްޖެ އިން ވިސާ ނުދޭ މައްސަލަ ހައްލު ކުރުމަށް އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސުޝްމާ ސުވަރާޖް، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް އަށް ސިޓީފުޅެއް މިހާރު ފޮނުއްވާފައިވާ ކަމަށެވެ.

އިންޑިއާ ރައްޔިތުންނަށް ވިސާ ނުލިބޭ މައްސަލަ ފެންމަތިވުމުން މިދިޔަ ބުރާސްފަތި ދުވަހުގެ ފަހުން އިންޑިއާގެ މަތީފެންވަރުގެ ޑިޕްލޮމެޓުން ދެފަހަރެއްގެ މަތިން ދިވެހިރާއްޖޭގެ ޑިޕްލޮމެޓުންނާއި ދިއްލީގައި ބައްދަލުކޮށްފައިވާ ކަމަށް ވެސް އިންޑިއާގެ ނޫހުން ބުނެއެވެ. އޭގެތެރެއިން ދެވަނަ ބައްދަލުވުމުގައި އިންޑިއާގެ ޑިޕްލޮމެޓުން ވަނީ ސުވަރާޖްގެ ސިޓީ މިނިސްޓަރ އާސިމް އަށް ރައްދުކޮށްދިނުން އެދި ރާއްޖޭގެ ޑިޕްލޮމެޓުންނާއި ހަވާލުކޮށްފައެވެ.

ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު މުހައްމަދު ވަނީ ވިސާގެ މައްސަލަ ހައްލު ކުރުމަށް އިންޑިއާ އާއި ރާއްޖެ އިން މަޝްވަރާ ކުރަމުން ގެންދާކަން އިންޑިއާ މީޑިއާ އަށް ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އިންޑިއާ ރައްޔިތުންނަށް ރާއްޖެ އިން ވިސާ އާއި ވޯކްޕާމިޓް ދޫނުކުރާ މައްސަލަ ވަރަށް އަވަހަށް ހައްލު ކުރެވޭނެ ކަމަށް އުއްމީދު ކުރެވެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖެ އިން އިންޑިއާ މީހުންނަށް ވޯކް ޕާމިޓާއި ވިސާ ދޫކުރުން މަޑުޖައްސާލުމުން އިންޑިއާގެ 2000 މީހުންނަށް ވަޒީފާ ނުލިބިފައި އެބަތިއްބެވެ. އަދި މިކަންތައް އިތުރަށް ދިގުދެމިގެން ހިނގައްޖެނަމަ ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ 30000 އަށް ވުރެ ގިނަ މީހުންގެ ވަޒީފާ ވެސް ގެއްލޭނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

82 ކޮމެންޓް

  1. ދެކުނުތަރި

    އިންޑިއާއިން ކަމެއް ޙައްލުކުރަން އިސްނެގުމަކީ ބަލި ޤަބޫލުކުރުން ކަމުގައި ނުވަތަ އަމާމްދިނުން ކަމުގައި ނުބުނެވޭނެ. މިޤައުމުން އިންޑިއާއަށް ބަރޯސާވާންނުޖެހޭ އެއްވެސް ދާއިރާއެއް ނެތްއިރު އިންޑިއާގެ އުގުވެއްޓޭގޮތަށް މިކަހަލަ ޒިންމާދާރުކަންކުޑަ އާޓިކަލް ލިއުމަކީ ދެރަކަމެއް.

    • Anonymous

      ކަލޭމެން ކަހަލަ ގެރިދަށުވެގެން އުޅެން ބޭނުންވާ މީހުން ރާއްޖޭގަ އުޅޭހާ ހިނދަކު ރާއްޖެ އޮންނަން ގެހޭނީ ބަރޯސާ ވެގެން

      • ޙަމެ

        ބޭނުން ހާ އެއްޗެއް ނެހެދުނީމަ ދެން ތިހެން ކަންކަން ކުރުމަކުން މައްސަލައެއް ނެތް. ޢިންޑިޢާ ވެސް ރާއްޖެ އައް ބަރޯސާ ވާން ޖެހޭކަން މީގެން އެނގޭ އެއްޗަކީ.

        ޙިތުހުރިހާ އެއްޗެއް ނެހެދޭނެ ކަން ސާފް ކޮއް އިންޑިއާ އައް މިހާރު އެނގޭނެ.

        ސުކުރިއްޔަ ރައީސް ޔާމީން

        • މަ

          ކަލޭ ޗުކުރިއްޔާ ރައީސް ޔާމީނޭ ކިޔަނީ އޭނަ އަކަށް ނުވެސް ކެރުނެއް ނުން ރާއްޖޭގެ އެތަށް ބަޔަކަށް ވިސާ ނުދީ ބޭރު ކޮށްލި އިރު އެވަރު ވެސް ވާކަށް؟ ޗުކުރިއްޔާ ރައީސް ޔާމީނޭ ?

      • Anonymous

        ވަރަށްބޮޑު ތެދެއް. އެހެން އެވަނީ، ދުނިޔޭގެ އޮއިވަރު ނޭނގުމާއި، އިލްމާ ހިލްމުގެ ކަންފުޅެއްވެސް ނެތުމުން.

      • އަހަރެން

        ކަލޭވެސް ގުއި ބާރު ވިޔަސް ދުވާނީ އިނޑިޔާ އަށް. އަހަރުމެން ތިބޭނަން ބަލަން ކަލޭ ދަނީ ބެންކޮކަށް ތޯ

        • އިބްރާ

          އަހަރެމެން އިންޑިޔާއަށް ބޭސްފަރުވާއަށް އަންނާށޭ ގޮވަނީވެސް އިންޑިޔާ ރައްޔިތުންކަން ކަލޭ ނުދަންނަނީހެއްޔެވެ. އެކަމުން ރާއްޖެއަށް ގެއްލުންވާއިރު ހުރިހައިވެސް ފައިދާއެއް ލިބިގެންދަނީ އިންޑިޔާއަށެވެ.

          • ޖަމީލު

            ޢަހަރެން އަބަދުވެސް އިންޑިއާއަށް ސަޕޯރޓް ކުރަން
            ޢެއީ ސަބަބެއް ނެތިއެއްވެސް ނޫން

        • އަހަންމަދޭ

          އިންޑިއާއަށް ގޮއްސަ އެތަނަށް އެތައް ފައިސާއެއް ހޭދަ ކޮށްފަ އަހަރުމެން އަންނަނީ. އޭގެ އިދިކޮޅަށް އެމީހުންނަށް މިތަނުން ފައިސާތައް ލިބެނީ. ގެންދަނީ. ތިވަރުގެ ގަމާރުން މި ގައުމުގަވެސް އުޅޭތާ.

          • ޙުސެން

            އިންޑިޔާއިން ވިސާނުދީ ބޭރުކޮށްލި މައްސަލައިގެ އަޑު އުފުލަން ވެސް ދިވެހި ރައްޔަތުންގެ ފައިސާބަނޑު އަޅައިގެން ތިބި ޖާހިލުންނަކަށް ނުކެރުނެވެ.

    • ރޭޕިސްތާނު

      ކަލޭމެން ކަހަލަ ގެރި ދަށުވެގެން ތިބޭހިތްވާ މީހުން ރާއްޖޭގަ ތިބިހާ ހިނދަކު ރާއްޖެ އޮންނަން ޖެހޭނީ ތިބުނާ ބަރޯސާ ކަންމަތީގަ. އެހެން ނޫނަސް އަގެއް އޮތް އެއްޗެއްގެ ދޯ އަގު ވެއްޓޭނީވެސް..! އާން މީހުންގެ ޅަދަރިން ރޭޕުކުރުމުން ދުނިޔޭގެ ރިކޯޑު އެބައޮތް ގައިމުވެސް..

    • އުތުރުތަރި

      ކަލޭ ނުވީދި ހުރޭ!!

      • Anonymous

        ވީދުން؟ މިހުރީ އަޚްލާޤުގެ ފެންވަރު. އަޅާލާނެ އިޔާރެއް ވިޔާރެއްނެތި މަގުމަތީގަ ގޮނޑުހޮވައިެން އުޅެ ބޮޑުވެފަހުރި ވައްތަރު ޖަހަނީ؟

    • Anonymous

      މިގައުމުން ނުޖެހޭ އިންޑިޔާއަށް ބަރޯސާ ވާކަށް. ވާންޖެހޭ ކަމަށްވަންޏާ އެއީ ކޮންކަމެއްކަން ނިކަންބުނެދީބަލަ؟ މިގައުމުގެ ރައްޔިތުން އިންޑިޔާއަށް ދަނީ ބޭސްފަރުވާ ކުރުމަށް. ބޭސްފަރުވާގެ ހިދުމަތްނުދޭ ގައުމެއް ނޯންނާނެ. ދެން ކާނާއާއި އިމާރާތް ކުރާ މެޓީރިއަލްވެސް ނުލިބޭ ގައުމެއް ނެތް. ދިވެހިންދެނީ ޑޮލަރު، އެއީ ދުނިޔޭގެ އެންމެހެން ގަބޫލުކުރާ ފައިސާއެއް. އަހަރެމެންގެ މިނިވަންކަން ވިއްކާފަ އަހަރެމެން ބޭނުމެއްނޫން އެއްވެސް ބަޔަކާއެކީ ގުޅުމެއް އުފައްދާކަށް.

      • ޢަލީ

        ޜަނގަޅު އަހަރުމެނައް ކަންކަން ހިލޭ ސާބަހަކަށް ނޫން އިންޑިއާ އިން ކޮށްދެނީ......

    • Anonymous

      ދިވެއްސަކަށްވެހުރެ ތިފަދަކޮމެންޓް ކުރުމަކީ، ތިމާގެ ހިތުގައި ދިވެހި ގައުމާމެދު އެއްވެސް ލޯތްބެއްނެތްކަން އަންގާދޭކަމެއް. މިނިވަންވުމަށް މިގައުމުގެ ކާބަފައިންކުރިމަސައްކަތަށް ކުރެވޭ ފުރައްސާރައެއް.

    • އަޅެ ދޯ

      އަސްލުވެސް!!! ބަލަ އިންޑިއާގެ ކަމާބެހޭ ފަރާތް ތަކަށް ލަފުޒުން ލަފުޒަށް ތި ބަސްތައް ތަރުޖަމާ ވެގެން ދޭ!!! ނިކަމެތިންގެ ކިބައިގައި ބޮޑާކަމުގެ ސިފަހުމަކީ އެއީ ﷲ ވަރަށް ނުރުއްސަވާ ކަމެއް!!

    • ބަބުރޭ

      ކޯޗެކޭ ކިޔަން ތި އުޅެނީ

    • ައަހަރުގެތަރި

      އިންޑިޔާ ޢަށް ބަރޯށާ ޥެގެން އުޅޭކަށް ނުޖެހޭ

    • ީއިބުރާހިމް

      ޙާދަވަރެއް ތިވީ

    • ާަައަންހެން މޯދީ

      ޢިންޑިޔާގެ 30 ހާސް މީހުން ކައި ބޮއި ހެދުމުގާ ދިވެހިންގެ އެހީ ނިހާޔަތައް ބޮޑު ސާބަސް ދިވެހި ސަރުކާރު

      • ޙުސެން

        އެމީހުން ގެނައީ ކަލޭމެނަށް،އެމަސައްކަތް ނުކުރެވިގެންނެވެ. އިންޑިއާމީހުން އެމީހުންގެ ޙައްޤުގައި ރައްޔަތުންގެ މައްސަލަތައް ހައްލުކުރަން ވާހަކަދައްކާކަށް ލަދެއް ނުގަނެއެވެ. އެއީ ރައްޔަތުންގެ ޚާދިމުން ކަމުގައިވާތީއެވެ. ދިވެހިރައްޔަތުނގެ ޙައްޤުގައި އަޑުއުފުލާނެ ސަރުކާރެއް ނެތެވެ.

    • އިރު

      އިންޑިޔާގެ 30000 މީހުން މިހާރުވެސް ވިޒީފާގަ 500 ޑޮލަރަށްް ވުރެން މަތީ މުސާރައިގަ، އެއީ މަހަކު 15 މިލިޔަން ޑޮލަރު...އިންޑިޔާގަ ދިރިުޅޭ މީހުންނާއި ބޭސްފަރުވާޔަޝާއި ޗުއްޓީޔަށްދާ މީހުންގެ އަތުން މަހަކު އަނެއް 15 މިލިޔަން ޑޮލަރު، ޖުމްލަ މަހަކު 30 މިލިޔަން ޑޮލަރު މަދުވެގެން މަހަކު ލިބޭނެ..އަހަރަކު 360 މިލިޔަން ޑޮލަރު އިންޑިޔާއަށް ލިބޭއިރު އެކަމަށް އެމީހުން ޝުކުރުވެރި ނުވޭ..! އަހަރުމެނަށް ލިބެނީ ކޯޗެއް...؟ 30000 ހާސް މީހުންގެ ވަޒީފާ 15000 ބަދަލުކުރަން ވަރަށް ބޮޑަށް ފެނޭ!

      • ޑަޔާނާ

        ތިޔަވިދާޅުވީ ތެދުފުޅެއް.ސަރުކާރަށް ގޮވާލަން 15000 މިބައިގަނޑު ތިރިކުރަން.

    • ނަން

      ސަޅި

    • ބުއްޅަބޭ

      ދިވެހި ސަރުކާރުން މިކަނއ ހައްލުކުރަން ފުރަތަމަ އިސްނެގީ ބުރާނަޗާ، އިންޑިޔާ ކަހާތަން ހިރުވާވެސްނުލި. މިހާރު ކޮންކަމެއް، 3000 މީހުންގެ ވަޒީފާ ގެއްލޭތީ ތެޅިގަތީ!

    • ޢަލީބެ

      އިންޑިއާ އިން ގޮތް ދޫކުރަން ޖެހުނީ. 30000 މީހުންނަށް ރާއްޖެއިން ދޭވަރުގެ މުސާރައެއް ދީގެން އެ ފެންވަރުގެ ވަޒީފާ ތަކުގައި ގެންގުޅުމުގެ ފޯރުންތެރިކަން އިންޑިއާ ސަރުކާރުގަވެސް ނެތް. އިންޑިއާ ބޮޑުވަޒީރަށް ލިބޭ މުސާރައަށްވުރެ އޭގެން %50 މީހުންނަށް ލިބެމުންދާ މުސާރަ ބޮޑު.

    • ޖޮއްބެ

      ކަލޭގެ ގުރޫޖީ މިގައުމު އިންޑިއާ އަށް ވިއްކިވިއްކުން އެއީ ޒިއްމާދާރު ކަމެއްތަ؟ ބަލަ މިހިރަ މޯކުޅިޔާ...!އިންޑިއާ އެ ކަމެއް ޙައްލުކުރަން އިސްނެގީކީނޫނެވެ. އިންޑިއާ އެ ކުޑަކަކޫ ޖެހުނީއެވެ.

  2. ާއދ.

    އިންޑިޔާގާ އުޅޭ ދިވެހިންނައް ވެސް ވިސާ ހަމަޖެހިގެން ދާންޖެހޭނީ ..އެނޫންގޮތަކައް ތިކަން ކުރެވިގެން ނުދާނެކަމައް އުންމީދު ކުރަން

  3. ދީމޯ

    ކޮބާ ފެނޭ.؟ މޯދީއަށް ހީވަނީ ދޯ ރާއްޖެ ކުޑަވީމަ ބޭނުންހާ އެއްޗެއް ހެދޭނެޔޭ. ފާޑުފާޑުގެ ޗަރުކޭސް ނުދައްކާތި.

  4. ނިކަމެތި ދިވެހިމީހާ

    އެމީހުން ބުނާއިރަށް ކޮށްދޭން ޖެހޭތަ؟ ކޮބާ ވިސާނުދީ ޓްރިވެންޑްރަމްއިން ފޮނުވާލި ނިކަމެތި ދިވެހިންގެ ޙައްގުތައް؟ ކިތަށް ކިޔަވާ ކުދިން ކިޔެވުން ހުއްޓާލަން ޖެހުނު. ކިތައް ބަލިމީހުންަ ބޭސް ފަރުވާ މެދު ކަނޑާލަން ޖެހުނު. ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓަށް ކިތަށް ދިވެހިން ގޮސް މައްސަލަ ޙައްލުކޮށްދޭން މަސައްކަތް ކޮށްދޭތޯ ރޮއި އާދޭސް ކުރި. ރާއްޖޭގަ ހުންނަ އިންޑިޔާ އެންބަސީއަށް ކިތަށް ސަތޭކަ މީހުން ގޮސް އާދޭސް ކުރި. ބަޔަކު ކަހަރުވަކެކޭވެސް ހިތަށް އެރިތަ؟

  5. ޒާ

    ނިހާނު ބޭރުކުރި މައްސަލައިގާ ޖަވާބު ދާރީ ނުވަނީސް އިންޑިއާ މީހުންނަށް ވިޒާގެ ކަންކަން ފަސޭހަ ކޮށްދޭކަށް ނުފެނޭ. އިންޑިއާއަކީ ދިވެހިރާއްޖެއަށް ހުރިހާގޮތަކުން ގެއްލުން ދޭން އުޅޭ ސަރުކާރެއް އޮތްތަނެއް.

    • ތަރައްގީ

      30،000 މީހުންގެ ވަޒީފައަކީ ދިވެހި ކިތައް ޢާއިލާގެ ފުދުންތެރިކަންތަ؟ އެއްގޮތަކަށްވެސް ދޫދޭނެ ކަމެއްނެތް.

      • Anonymous

        ދިވެހިންގެ ހިތްމޮޅުކަމުން އަތުންފައިން މަސައްކަތެއް ނުކުރޭ! ބޭނުންވަނީ، ޒަކާތުން ލިބޭ އެތިކޮޅުން ފުއްދާލައިގެން ކަންނެތްކަންމަތީ ތިބެން. އެހެންވީމަ ބޭރުމީޙުން ވަޒީފާތަކަށް އަންނަނީވެސް. އަނގައެބަހުޅުވަައެއްނު. ފޮޑަރުން

    • ޙެހެ

      ޢެވަރުން ވެސް މި މޑޕ ވާންޗޯމެނައް ނުވިސްނޭނެ.

  6. މުހަންމަދު

    އިންޑިޔާ އިން ޑިޕެންޑެންޓް ވިސާ ނުދިނީމަ އެތައްފެމިލީ އެއް މިހާރުވަނީ ކިޔަވަންތިބި ކުދިން ސްކޫލުންކަޑާލައިގެން ލަންކާ ނުވަތަ ރާއްޖެ އައް ބަދިލުވެފަ

  7. ކްލޯސްޑް

    އިންޑިއާ އިން އަމާންދީ، ދިވެހި ސަރުކާރުގެ އެހީއަށް އެދިއްޖެ ނަމަވެސް އެއްގޮތަކަށް ވެސް ދިވެހިންނަށް ހުރި ވަޒީފާ ތައް ގުރުބާން ކޮށްފައި އިންޑިއާ މީހުންނަށް ރާްއްޖޭގެ ރިސޯރޓްސް ތަކުގައި ހުރި އެއްވެސް ވަޒީފާ އެއް ދީގެން ނުވާނެއޭ އަދި ލަންކާ މީހަކަށް ވެސް އެއްވެސް ވަޒީފާ އެއް ދީގެން ނުވާނެއޭ އަދި ބަންގާޅު މީހަކަށް ވެސް ވަޒީފާ އެއް ދީގެން ނުވާނެއޭ އަދި ނޭޕާލު މީހަކަށް ވެސް ވަޒީފާ ދީގެން ނުވާނެއޭ ހުރިހާ ވަޒީފާ ތައް ވެސް ދޭން ޖެހޭނީ ރާއްޖޭގެ ދިވެހިންނަށް ރިސޯރޓްސް ތަކުން. އެގޮތަށް އަމަލު ކުރަން ރައީސް އޮފީހުން ނިންމާ އެކަން އިމިގްރޭޝަން އަށް އެންގުމުން ދެން އިމިގްރޭޝަން އިން ޖެހޭނީ އެކަން އެގޮތަށް ކުރަން އެވެ. މީގައި އޮވެގެން ނުވާނެ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެނިމުނީއޭ ޗެޕްޓަރ ކްލޯސްޑް..

    • އެއްމެން

      ކްލޯސްޑް ތިކަމެއް ތިޔަހެން ނުވާނެ. ޜައްޖޭގާ ގަޑިންގަޑިއަށް ކޮށް ނިންމަން ޖެހޭ ބައިވަރު މަސައްކަތް އެބަހުރި. ކއލޯސްޑް މެންތިބޭނީ ކަންނަތްވެ ނިދި ކްލޯސްޑް ވެފަ. ދެން ބަންގާޅީން އެމަސައްކަތް ނިންމަ ނުދިނިއްޔާ ފަހަތު ގިޔަރަށް އަރާނީ

  8. މަލަކުރި

    އިންޑިޔާ އިން ދިވެހިރާއްޖޭ ބަސްގަބޫލުކޮށްގެން އޮންނަންޖެހޭ ހިސާބަށް ރާއްޖޭގެ ސިޔާސީ ފަލްސަފާ ކުރިއަރައި ދިއުމުގެ ސަބަބުން ރާއްޖެއިން މަދަދަށް އެދެން ފަށައިފި.

  9. ބޮޑުމޯދީ

    ފުރަތަމަ އިންޑިއާއިން ވިސާ ނުދީ ހިފެހެޓި ހުރިހާ ދިވެހިންންނަށްވިސާ ހަމަޖައްސައި ނިންމަ އޭރުން ތކަންތަށް ހަމަޖެހުނީ

  10. ޙާމް

    ދެކުނުތަރި ދެން ދާންވީނު އިންޑިޔާއަށް ގަ ބަކަތަޅަން އެހެން ވީއިރު. ބަލަ މިރާއްޖެއިން ކޮން ކަމަކަށްތަ އިންޑިޔާއިން ބަރޯސާ ވަނީ ކަލޭމެން ކަހަލަ ރީދޫހުން ޖެހިފަ ތޮބޭމީހުން ބަރޯސާ ވިޔަސް މިރާއްޖެ ބަރޯސާ ވާންޖެއޭ އެއްކަމެއް ވެސް ނެތް. ބަރޯސާ ވަނީ އިންޔާއިން. ޢެންމެބޮޑަށް އެހީތެރިކަން ބޭނުންވަނީވެސް އިންޑިޔާއިން. އެމީހުން އެހީތެރިކަން ބޭނުން ވަންޏާ މިރާއްޖެއަށް އެމީހުން ކަންތައް ކޮށްދޭން ޖެހޭނެ ހަމަ ޖަހާލާ ފުއްޓައްކަކުން މިޤައުމު ކިތަންމެ ކުޑަޔަސް ސިހިގެން ނުދާނެ އެދުވަސް މާޒީވެ ހިނގައްގެ، ވެރިކަން ދަމަހައްޓަން ބަޔަކު އިރެއްގަ އެހެން އުޅުނަސް. ކުޑަ މިސާލެއް ބުނެލާނަން ޕާކިސްތާނަކީ އިންޔާގެ ދުޝްމަނެއް. ޢެކަމް ވިޔަފާރީގެ ގުޅުން ބަރާބަރަށް ބާއްވާ ހަމަ އެހަމަ ރާއްޖޭ އާއި އެކު އޮތީ. ޔޫރަޕުން އިންޔާގެ އުފެއްދުން ތަކެއް ބަލައެއް ނުގަނޭ. ޢެހެން ވީމާ ވާނުވާ ނޭނގި ވާހަކަ ނުދައްކާ ދެކުނިތަރި ނޫން ގަހާތަރިޔަކަސް.

  11. ގައުމު

    ހުރިހާ ނުބަޔަކީ އަންނި

    • Anonymous

      ވަރަށްބޮޑު ތެދެއް. އެވަރުވެސް ވިސްނޭނީ ތިމާގެ ހިތާ ސިކުނޑި ހުޅުވާ މީހަކު ބުނާއެއްޗެއް ގަބޫލު ކުރުމުގެ ބަދަލުގައި، އަމިއްލަ ވިސްނުމުން ވިސްނާ ތެދުދޮގު ދެނެގަނެގެން. ﷲ ތައާލާ ކީރިތި ގުރުއާނުގައި ވަހީކުރައްވާފައިވަނީވެސް، މީހަކު ހަބަރަކައިގެން އައިސްފިނަމަ އެޚަބަރެއްގެ ތެދު ދޮގު ބެލުމަށް. މުސްލިމުންނޭ ކިޔައިގެން ދިވެހިން ތިބި އިރު އެފަދަ ބަސްފުޅުތަކާމެދުވެސް ވިސްނުމެއްނެތި ބަޔަކު ފަސާދައަށް ދައްކާ ވާހަކަތައް ގަބޫލުކޮށްލައިގެން އެއިރެއްގަ ހުންނަ ވެރިއަކާ ދިމާއަށް ވަގަށް ގޮވައި އާއިލާއާ ބެއްސުން ނޫން ކަމެއް ނުކުރޭ

    • މަހޭ

      އާނ ތީ ހަމަ ދައްޖާލެއް.

  12. ނާރެސް

    ބަލަ މިފެންނަނީ ގަޓުސް ހުރި ވެރިން ބަލަ ތިޔަބުނާ އިންޑިޔާ ސައިޒުކުރީ ދެންދެބޯގެރި ދުވާ ކެނެރީގޭ ލާދީނީ ނަޝީދުމެން ރައީސްޔާމީނާ ކޮންގޮތަކުން ހަމަ ހަމަކުރާނީ؟؟ މިއީ ސިޔާސީކަން ކަމާ އިލްމާ ހިލްމާ ކެރުމާ ހުސިޔާރުކަމާ މޫނެއްކަދުރާއެއްނުބަލާ ތަންފީސް ކުރަމުންގެންދާ ވަރައްކެރޭ ވިސްނުންތެރި މިކުޑަ ގައުމު ބޭރުގެ ފަރަންޖީންބޭނުންވާގޮތައް ގޮޑި ކޮއްކޮ ގޮތަން މިސަރުކާރެއް ދުވަހަކުވެސް ބޯނުލަބާނެ މިއީ މިގައުމުފަހުރުވެރިވާ މޮޅު ވަރުގަދަ ލީޑަރެއް ސުކްރިއްރައީސްޔާމީނު މަނިކުފާނާއެކު މުޅި ދިވެހިގައުމުވަނީ

  13. އަސަރީ

    ދެން މޯދީ ބޯނެއެއްޗެއް ބޯށެވެ! ސާބަހޭ ޔާމީނު ތިޔައީހަމަ ގަޓްހުރި ރައީސެއް ދިވެހިންނަށް މި ސަރުކާރުން ގައުމު ކިތައްމެ ކުޑަޔަސް ސައިޒު ދައްކަވާދެއްވާފި އެއްލަކިން 2018 ޔާމީނަށް

  14. މިކީ

    އިންޑިއާ އަށް ހީވަނީ ރާއްޖެއަކީ އިންޑިއާ މީހުނަށް ވަޒީފާދޭން އޮންނަ ތަނެކޭ، ރާއްޖެއިން އެބަޖެހޭ މިކަންތަށް ބަދަލު ކުރަން..އެހެން ގައުމެއްގެ މީހަކަށް އިންޑިއާގެ ވަޒީފާތަކުގަ އުޅުން އެތަނުގެ ގާނޫނުންވެސް މަނާ ކުރޭ! ރާއްޖެއިން ވަރަށް ގިނަ ފައިސާ އެމީހުން ބޭރުކުރޭ

  15. ޥައްކޮރު

    ދެކުނުުުުުުތަރިންނައް ހީވަނީ ދުނިޔެ އޮތްހާދުވަަަހަކު ދިވެހިން އުޅެން ޖެހެނީ އިންޑިއާގެ އަޅުވެތި ކަމުގެެ ދަށުގަޔޯ.. ކަލޯމެެެނައް ހީވަނީ އިންޑިއާ އެހީނުވިއްޔާ ދިވެހިރާއްޖެ ފެންމަތީގަވެސް ނޯންނާނެހެން.. ތިދުވަސް މާޒީއަށް ހަދާނަން! ބޭނުންހާގޮތެއްހެދޭކައް ދެނެއް މިރާއްޖެ ޖާގައެށް ނުދޭނެ.. ދެކުނުތަރިއަށް ވަރައް ސަލާމް؟!

  16. މޯދީ

    ބަލަގަ ރައީސް ޔާމީނަކީ ދޮންބެގެ ސަރުކާރުގަވެސް މަތިފަޑީގައުޅެ ދަސްކޮށްގެން ހުންނެވި ބޭފުޅެކޭ. . ތަމެންނަށް ފެނޭތޭ .... މޯދީއަކީ ސައިވިއްކި މީހެކޭ .. ހުރި ފަރަގު ބަލާބަލަ. އެނގުމާ ނުއެނގުމާ ތަފާތުވާނެތޭ ... ހަޖަމް ކޮށްބަލަ ޓުއިޓަރޭމެން.. އެއްލަކިން............

  17. އިބޫ

    އަސްލު ދިވެހިން ވިސްނަންޖެހޭ ކަމެއް މިއީ. ސަރުކާރު ބަދަލުވެދާނެ. އެކަމަކު، މިތާނގަ ދިރިއުޅޭ ދިވެހިން އެމީހުންގެ މިނިވަންކަމާއި، އިސްލާމްދީން ހިމާޔަތް ކުރަން ބޭނުންވާނެ. އެހެންވީމަ، ގެކައިރިއަށް އަންނަ ކުއްތާއަށް ރަނގަޅެކޭ ހިތާ ކާންދޭ އުސޫލު ދޫކޮށްލާ ދިވެހިން ދިވެހިންގެ ފައިމައްޗަށް ތެދުވެ ގައުމުގެ މިނިވަން ކަން ނުގެއްލޭނެ ގޮތަށާއި، ބޭރުގެ ބާރުތަކުގެ ނުފޫޒުގެ ދަށުގައި ނުވާނެ ގޮތަށް، ގައުމުގެ ކަންކަން އަބަދުވެސް ނިންމުމަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ވާޖިބެއްކަން ދިވެހިންގަބޫލުކޮށް އަމިއްލަ މިނިވަންކަން ގެއްލުވާލާގޮތަށް އަމިއްލަ އެދުމަށާއި، ހަސަދަވެރިކަމަށްގޮސް ހުސްވުން ދޫކޮށްލަން ވެއްޖެ މިހާރު

  18. މޫސާ

    ވިސާ ކަންތައް އޯކޭ ވިޔަސް ކޮންމެ 3 މަހަކުން އިންޑިއާގެ 2000 މީހުންނަށް ދިވެހިރާއްޖެއިން ވަޒީފާ ލިޮބޭ ކަށް ނުޖެހޭ އެތައް ހާސް ދިވެހިން ވަޒީފާ ނުލިބިފައި ތިބި އިރު. ޑރ ންނާއި ޓީޗަރުން ފިޔަވައި އިތުރު ބަޔަކަށް ވަޒީފާ ދޭން ވިސާ ދީގެން ނުވާނޭ. އެފަދަ ކިތަންމެ އެޕްލިކޭޝަނެއް ހުއްޓަސް އިންޑިއާ އަށް އަންގަަންީ ސޮރީ އޭ ދިވެހިންގެ އެތައް ހާސް ބަޔަކު އެބަ ތިއްބޭ ތި ލެވެލްގެ ވަޒީފާ އަށް ދާން. އެދިވެހީންނަށް އިންޑިއާއިން ވަޒިފާ ދޭން އެއްބަސް ވުމުން ނޫނީ ނެތޭ އިންޑިއާ މީހުން ނަށް މިކޮޅުން ދެވޭ ކަށް.

  19. ނައިންޓީ

    އިންޑިޔާއިން އެއްވެސް އިރެއްގަ އެއްވެސް ކަމެއް ކުރަނީ ދިވެހިންނާ ދިވެހި ރާއްޖެއަށް ހެޔޮ އެދިގެނެއް ނޫން. އަބަދުވެސް އިންޑިޔާގެ ނިޔަތަކީ (މަލިކު ބާއްވާފަ އޮންނަހެން) ދިެހިރާއްޖެ ހިސޯރުކޮށްފަ ބޭއްވުން. އެހެނަސް ލިޔުންތެރިޔާ ދީފަ އޮތް ސުރުޚިއަކީ އޭގެދަށުން އޮތް ލިޔުންގަނޑާވެސް ގުޅޭ ސުރުޚީއެއްނޫން. ތިޔައީ ފިތުނަވެރި ކޮށްލުމުގެ ސުރުޚީއެއް. އެހެން ނުހައްދަވާ. މުހިންމީ އިންޑިޔާއެއް ނޫން. މުހިންމީ ދިވެހިރާއްޖެއާ ދިވެހިން. ދިވެހިންނަކީ އަބަދުވެސް އެކުވެރި ބައެއް.

  20. ނައިންޓީ

    އިންޑިޔާއިން އެއްވެސް އިރެއްގަ އެއްވެސް ކަމެއް ކުރަނީ ދިވެހިންނާ ދިވެހި ރާއްޖެއަށް ހެޔޮ އެދިގެނެއް ނޫން. އަބަދުވެސް އިންޑިޔާގެ ނިޔަތަކީ (މަލިކު ބާއްވާފަ އޮންނަހެން) ދިެހިރާއްޖެ ހިސޯރުކޮށްފަ ބޭއްވުން. އެހެނަސް ލިޔުންތެރިޔާ ދީފަ އޮތް ސުރުޚިއަކީ އޭގެދަށުން އޮތް ލިޔުންގަނޑާވެސް ގުޅޭ ސުރުޚީއެއްނޫން. ތިޔައީ ފިތުނަވެރި ކޮށްލުމުގެ ސުރުޚީއެއް. އެހެން ނުހައްދަވާ.

  21. ޢިމާދު މުޙައްމަދު

    އިންޑިއާއިން ކަމެއް ހައްލު ކުރުމަށް އުޅުމަކީ ބަލިވެ އަމާން ދިނުމެއް ނޫން. ޑިޕލޮމެޓިކް ވާހަކަ ދައްކަންވާނޭ ޑިޕލޮމެސީ އެގިތިބެ. އިންޑިއާ ރާއްޖެ މަސްރަހު މިހާ ނުތަނަވަސް ވެފައިވާ ދަނޑިވަޅެއްގައި ތިޔަކަހަލަ އާޓިކަލްތައް ލިޔުނީމަ އިތުރަށް މައްސަލަ ގޯސްވެ، ހުރިހާވެސް ގެއްލުމަކާއި ކުރިމަތި ލާންޖެހޭނީ ދިވެހި ރައްޔިތުންނަށް.

  22. ހުސޭނުބެ

    ރަގަނޅު!! ދެގައުމުންވެސް ޖެއްސުން ކޮށްގެންނުވާނެ!! ޙަގީގަތަކީ އިންޑިޔާއިން ފާއިތުމިވީ 7 އަހަރުތެރޭ ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ޖެއްސުންކޮށް ދުއްޕާންކޮށް އުނދަގޫކޮށްފި!! އެއީ އިންޑިޔާގައި ދިރިއުޅޭ ރާއްޖޭގެ ރައްޔިތުންނަށާ އިންޑިޔާއަށް ބޭސްފަރުވާއަށް ދާން އެދި ވިސާ ހޯދަން ދާ ދިވެހިންނަށް!! ހަނދާން އާކޮށްލަމާ ހިނގާ!! އިންޑިޔާއިން ވިސާނުދީ ދަތިކޮށްގެން ރާއްޖޭގައި ހުންނަ އިންޑިޔާ އެންބަސީ ބޭރުގައި މަގުމަތީގައި ރައްދަކަ އަވީގައި ކިޔޫގައި ދިވެހިން ބޭތިއްބި!! ވިސާ ނުދީ އެތައް ދުވަހެއް ވަންދެން ލަސްކޮށް ހިފެހެއްޓި!! އިންޑިޔާގައި ކިޔަވަންގޮސްތިބި އެތައް އާއިލާތަކަށް ވިސާ އާނުކޮށްދީ ޖެއްސުންކޮށް އުނދަގޫ ކުރުމުގެ ސަބަބުން ރާއްޖެ އައިސްފައިވާ އާއިލާތައް މަދެއްނޫން!! އެންމެފަހުން އިހަށްދުވަހު ރާއްޖޭގޭ ގާނޫނުހަދާ މަޖްލިސްގެ މެމްބަރަކު ބޭސްފަރުވާއަށް ދިޔައީމަ އިންޑިޔާއަށް އެތެރެވިޔަ ނުދީ ގަނޑަތަޅުވާ އެއާޕޯޓުގައި ހަތަރު ގަޑިއިރު ބައިންދާފަ އަނބުރާ ފޮނުވާލި!! މިހެންގޮސް އެތައްކަމެއް އިންޑިޔާއިންކުރޭ!! އެހެންވީމަ ރާއްޖެއިން ވަކި މަޑުން އޮވެގެންނުވާނެ!! ބޮޑަޔަސް އަދި ކުޑަޔަސް އުނދަގޫ ކުރީމާ އުނދަގޫވާނެކަން މިހާރު އިންޑިޔާއަށްވެސް އެނގުނީ ތޯއްޗެއް!! ހެދިހާ އެއްޗެއް ހެދިގެން މަޑުން މިގައުމުވެސް އޮންނާކަށްނުޖެހޭ!!

  23. މޯދީ

    ތިޔެއް އިނގޭނެ ހަނޑޫ ކޯޓާ ހިފަހައްޓަލީމަ....

    • Anonymous

      ހަނޑޫ ހައްދަނީ އިންޑިޔާގަ އެކަނިތަ؟ ދިވެހިންނަށް ޔޫރަޕުންވެސް ހަނޑޫ ގަނެވިދާނެ. އެކަމަކު އިންޑިޔާގެ ފަގީރު ދަނޑުވެރިންގެ ހަނޑޫކޮޅު ގަންނާނެ މީހަކު ނުވެގެން އުޅެން ޖެހޭނީ.

      • އހ

        މިހާރު ހަނޑޫ ވިއްކާ އަގަކު ނުވިއްކޭނެ.. ހަނޑޫގެ އަގު ބޮޑުވާނެ ޔޫރަޕުން.. ޗައިނާ އިން ޕުލާސްޓިކު ހަނޑޫ ގެނެވިދާނެ

  24. ވިސްނާ

    ބުނެލަންއޮތީ ރޔާމީން ސާބަހޭ... ސާބަހޭ.. ތިޔައީ މިދިވެހި ލޮބުވެތި ގައުމު ފަޙުރުވެރިވާ ރައީސެކޭ.... ތިޔައީ އަހަރެމެންއެދޭ ކަހަލަ ރައީސެކޭ.. ތިޔައީ ފިސާރި ވަރުހުރި ގަޓް ރައީސެކޭ... އަހަރެމެން ދެރަވެ ނިކަމެތިވެ އިސްޖެހިފަތިއްބާ ކަނދުރާ ހިއްލާ އިސްއުފުލާލަދީފި.. 30ހާސް އިންޑިޔާމީހުންގެ މުސާރައަށް މީހަކަށް 1000ޑޮލަރުގެ މަގުން ހިސާބުހަދާލަބަލަ އަހަރަކަށް މިގައުމުން އިންޑިޔާއަށް ކިހާ ޑޮލަރެބޭރުވޭތޯ... އިންޑިޔާއިން އެހީގެގޮތުގަ މިގައުމަށްދިނީ އަހަރަކު ކިހާވަރެއްތޯ.. މިގައުމު އިންޑިޔާގެ އެހީގެދަށުގަ ބަރޯސާކޮއްފަބާއްވަން ވާގިދޭ އިދިކޮޅުމީހުންނަ މިވަރުނޭގޭތީބާ އެއުޅެނީ... އަހަރެމެންގެ ދިވެހި ކިތައްދަރިން މިއުޅެނީ ރިސޯޓަކުން ވަޒީފާއެއް ނުލިބިގެން... ވަޒީފާ އެއްފަރާތުގަބާއްވާފަ އިންޓަރވިއުއަކަށްވެސް ނުކިޔަނީ... ދެންވެސް މިގައުމުދެކެ ކުލުނެހުރި ތަރިޔަކުހުރިނަމަ ވިސްނާ މިގައުމު ކުޑަޔަސް ނިކަމެތިވަނީ އެއިރެއްގަ މިގައުމުގަ ވެރިކަމުގަތިބިމީހުން އަމިއްލަޔަށް ނިކަމެތިވާތީކަން... މިހާރު މިހުރީ ދިވެހި ގައުމު ފަޙުރުވެރިވާފަދަ ލީޑަރެއް... ސާބާސް ރޔާމީން... ޒިންދާބާދު ރޔާމީން... 2018އިންޝާﷲ ރޔާމީންއަށް ކާމިޔާބުކޮއްދެއްވާށި... އާމީން...

  25. މބ

    ކޮންބައެއް އަމާން ދިނީ. އޮޅިއްޖެ

  26. މުޙައްމަދު

    މޯދީ އަށް އެގެންޖެހޭނެ ދިވެހިރާއްޖެ އަކީ މިނިވަން މުސްތަޤިއްލު ޤައުމެއްކަން، މިޤައުމަށްވެސް އިޙްތިރާމް ކުރަންޖެހޭނެކަން ނޫނީ މޯދީއަކަށްވެސް އިޙްތިރާމެއް ނެތްކަން، އަހަރުމެން މިއީ އިންޑިޔާގެ އަޅުވެތިކަމުގައި ތިބި ބަޔެއްކަމަށް ދެކޭ މަދު ދިވެހިންތަކެއް ނުވަތަ މިޤައުމު އިންޑިޔާއަށް ނުއަގުގަ ވިއްކާލަންޖެހޭކަމަށް ދެކޭ ބަޔަކު ތިއްބަސް އަހަރުމެން ދިވެހި މެޖޯރިޓީ މީހުންނެއް އެތޮތަކަށް ނެތީމު... ވަރަށް ސަލާމް

  27. އެއްމެން

    އިންޑިއާ މީހުނނަށް ވިސާނުދީ ހިފެހެއްޓުމުގެ ސަބަބުން އިންޑިއާ މީހަން ނަގާފަ ހުރި ވަޒީފާތައް ދިވެހީންނަށް ލިބުނެވެ. މިއީވަރަށް ރަނގަޅު ކަމެއް. އެކަމަކު އިންޑިއާ އާއި ރާއްޖެ އަކީ ވަރަށް ގާތްގުޅުމެއް އޮނަންޖެހޭ ދެގައުމެވެ. އެކަމަކުވެސް އިންޑިޔާއިން ދިވެހީން ބުލީކޮށްގެން ނުވާނެ.

  28. އިބްރާ

    މާލޭގެ އަތޮޅު ފިހާރަތަށް ހިސޯރުކޮށްގެންތިބި އިންޑިއާ މީހުންތަށް ފޮނުވާލަންޖެހޭ. މިކަން ކުރަނީ ދިވެހިންނަށް ރިޝްވަތުދީގެން އިންޑިޔާމީހުން.

  29. އއ

    ރާއްޖޭގެ ކިތަށްމީހުންތޯ އިންޑިޔާގަ ވަޒީފާ އަދާކުރަނީ.

    • Anonymous

      ދިވެހި އެންބަސީގަ ނޫންތާކު ނޫޅޭނެ. އެތަނުގަ ތިބޭ އެންމެނަށް މުސާރަދެނީ ދިވެހިރާއްޖޭގެ ބަޖެޓުން.

    • މަހޭ

      ނުދެނެހުރިން ރާއްޖެ މީހުން އަންޑިޔާގަ ވަޒީފާ އަދާކުރާ ކަމެއް. އެކެއްގެ ނަން ބުނެ އޭރު މަ ޤަބޫލުކުރާނަން. މޮޔަވީ ތަ ކޮއިފުޅު ހަމަހޭގަތަ.

  30. Anonymous

    ޘދ×ރރެދ××ފ

  31. އައިސް

    ރައީސް ޔާމީނުގެ ސިޔާސަތު ގިނަދިވެހީންނަށް ރަނގަޅުވެ ކުރިޔަށް އޮތް އިންތިޚާބުގައި އެމަނިކުފާނު އަޣްލަބިއްޔަތުން ހޮވިގެންދާނެއެވެ. އެއޮށް ބޮޑު އިންޑިޔާ ކޮޅުކަކޫ ޖައްސައިލުމަކީ މޮޅު ސިޔާސީ ލީޑަރަކަށް ނޫނީ ނުކުރެވޭނެ ކަމެކެވެ. ﷲއަށް ޙަމްދުހުރި

  32. ނޫނޭނޫނޭ

    ވިސާދޭނެ ކަމެެއްނެތް! އެހެން ގައުމުތަކުން މީހުން ގެނެވޭނެ. އިންޑިޔާ ހީކުރީތަ ރާއްޖެޔަށް ނިކަމެތިކޮށްހެދޭނޭ؟ ނެހެދޭނެ! އަކިލޭސް ގޯހޯމް. ހެޔޮދުއާ ސަލާމާ އެކީގާ. ގޯހޯމް ހާލިގު އެންޑް އަކިލޭސް!

  33. ރުޒާނާ ޗޮއްޕަޓު

    މުންޑުގަނޑުން ފޫގަޅައިގެން ތިބެވިއްޖެނު. ވައްތަރު ޖައްސާއިރު އަހަރުމެންގެ ގައުމުން ކަލޭމެންގެ ގައުމަށޭ ފައިސާ ގެންދަނީ. އަހަރުމެންނަކީ އަބަދުވެސް ކަލޭމެންނަށް ފައިސާ ދޭ ބައެކޭ ހުރިހާ ގޮތަކުންވެސް.

  34. މުއްތު

    ފިޔާ. އަލުވި. ހަނޑޫ. ތަރުކާރީ ކޭކޭ....

  35. ބާރީ

    ދޭނެކަމެއްނެތް. ބްލެކްމޭލްއެއް ނުކުރެވޭނެ! ބުއްސާމެބަށް ޖެގޭ ދިން އެއޗއް ގަބޫކުރަން

  36. ވީވިލް

    އިންޑިއާ އިން އަމާންދީ، ދިވެހި ސަރުކާރުގެ އެހީއަށް އެދިއްޖެ ނަމަވެސް ދިވެހި ސަރުކާރުން ވިސްނަން ޖެހޭނީ ދިވެހިރާއްޖެ އަކީ އެއީ ދިވެހިންގެ ގައުމު ކަމަށް އަދި ރައްޔިތުންގެ %85 ވޯޓް ލައިގެން މަމެން ޕިންކީންގެ ސަރުކާރު ހޮވާފައި އޮތީ އެއީ ރާއްޖޭގެ ރިސޯރޓްސް ތަކުގައި ހުރިއްޔާ ހުރި ހުރިހާ ވަޒީފާ ތަކެއް ދިވެހިންނަށް ދިނުމަށް ޓަކައި މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ހީކޮށްއޭ އެކަން ޖެހޭނެއޭ ކަށަވަރު ކުރަން. މިރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލަރ ކޮރަޕްޓް ކަމުންނޭ ރާއްޖޭގެ ރިސޯރޓްސް ތަކަށް ބޭރުމީހުން މަހަކު 20 ހާސް ޑޮލަރުން ފެށިގެން މަހަކު 500 ޑޮލަރާއި ދެެމެދު މުސާރައިގައި ލަންކާ އިންޑިއާ އިން މީހުން ގެންނަން އެއްވެސް ހުރަހެއް ނެތި ވާރކް ވިސާ ދެނީ. އިންޑިއާ އަދި ލަންކާ އަކީ އެއީ ފޭކް ސެރޓިފކެޓްސް ތައް ބޭނުންވަރަށް ގަންނަން ލިބެން ހުންނަ ގައުމެކޭ ކަން މިހެން ހުުރުމުން ރާއްޖޭގެ ރިސޯރޓްސް ތަކުން އިންޑިއާ އަދި ލަންކާ މީހުންނަށް ވާރކް ވިސާ ދޭނަމަ ދޭން ޖެހޭނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެމެންގެ ސެރޓިފިކެޓް އެންޑޯރސް ކުރުމުން ނުވަތަ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން ޑިގްރީ ކޯހެއް ހެދުމުން. މަޓީގެ ބޮޑުން ނަކީ އެއީ ދިވެހި ގައުމު ދެކެ ލޯބިވާ މީހުން ކަމަށް އެމެންގެ ޓްރެކް ރިކޯރޑްސް ތަކުން ފެންނާން ނެތް ހުރި ނަމަ ރާއްޖޭގެ ރިސޯރޓްސް ތައް އޮޕަރޭޓް ކުރަމުން އައީ %100 ދިވެހިން ލައިގެން ކަމަށްވެ ރިސޯރޓްސް ތައް މަޝްހޫރުވެ މާރކެޓްގައި ވައި ހިފުމުން ދިވެހިން އެމެން ރިސޯރޓްސް ތަކުން ބޭރު ކޮށް ދޮން މީހުންނާއި ލަންކާ މީހުންނާއި އަދި އިންޑިއާ މީހުންނަށް ރިސޯރޓްސް ތަކުގެ ހުރިހާ ބޮޑެތި މަގާމް ތަކާއި މެދު ފަންތީގެ މަގާމް ތައް ދިނީ އެއީ ދިވެހި އާންމު މީހާ ދެން ރިސޯރޓްސް ޓެކްނޮލޮޖީ ދަސް ކޮށްގެން އެމެންނާއި އަރާ ހަމަ ކޮށްފާނެތީއެވެ. ކަން މިހެން ހުުރުމުން މަޓީން ކިޔާ އެއްޗަކަށް އަޑުއަހަން ނުޖެހޭނެއެވެ. ރައީސްގެ ޒިންމާ އެއް ރިސޯރޓްސް ތަކުން ބޭރުމީހުންނަށް ވާރކް ވިސާނުދީ ހިފެހެއްޓުމަކީ މަމެންގެ ހިތް ބުނަނީ އެއީ ޔަގީނޭ ބޭރު މީހުން ނަށް ރިސޯރޓްސް ތަކުން ވަޒީފާ ނުދީ ހަމަ ދިވެހިން ވާނެ ކަން އެކަން އިނގޭތީވެ މަމެން މިހެން މިބުނަނީ. ގެޕް ފިލަރ އެއްގެ ގޮތުގައި ސިފައިންގެ ތެރޭގައި ޓާސްކް ފޯހެއް ގާއިމް ކުރެވިދާނެ 200 މީހުންގެ އާރޖެންޓް ކޮށް ގެޕް ފިލް ކުރުމަށް ޓަކައި. ހޯލްޑް އިޓް ޓައިޓް ޓިލް ވީ ގެޓް އިޓް ޓައިމް އެން ބްލެސިންގް އިޒް އޮން އަވަރ ސައިޑް ޔޫ ނޯ އައި ޑޯން ވޮނާ ވޭސްޓް ޓައިމް އޮން ވަޓް ދަ ކެބިނެޓް މެމްބަރސް ސޭ އޯލް ވަޓް ދޭ ސޭ ގޯސް ޓު ދަ ވޭސްޓް ޓު ދަ ހައިވޭސް އެކޯ އިން އެން އެރައުންޑް އޯޑިއެންސް ސޭ ކެބިނެޓް ސޭސް ގޯސް ޓު ދަ ވޭސްޓް ޓު ދަ ހައިވޭސް ވީވިލް ގްރޯ އިން ނަމްބަރސް ސީ ދަ ހޮރައިޒަން ވީއާރ ގްރޯއިންގް އިން ނަމްބަރސް ޓާރނިންގް ނަމްބަރސް އިންޓް ތައުަޒަންސް ވީ އާރ ގްރޯއިންގް އިން ނަމްބަރސް އޯލް އިން ވަން ނަމްބަރސް އޯލް އިން ވަން ނަމްބަރސް އާއާއްއައާއާއާ އާއާއްއައާއާއާ އާއާއްއައާއާއާ އާއާއްއައާއާއާ ކަމޯން ސްޓޭންޑް އަޕް ޕުޓް ޔުއަރ ހޭންޑްސް އިން ދި އެއާރ އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާްންސް ޑާންސް ޑާންސް ޑާްންސް ޑާންސް ޑާންސް..

  37. ނަމެއްނެތި

    ކޮމެންޓް ކުރާ ގިނަ މީހުންގެ ގަމާރުކަމާއެވެ. މިގައުމުން ޑޮލަރު ދީގެން އިންޑިއާއިން ގެންނަނީ ޚަރަދު ކުޑަވީމައެވެ. ޢިންޑިއާއިން ދިވެހިރައްޖެއަށް ގިނަ ދާއިރާތަކުނ ދޫކޮށްވާ ކޯޓާއާއި ސަބްސިޑީގެ ސަބުންނާއި ދަތުރުފަތުރު ކައިރިކަމިގެ ސަބަބުން ދިވެހިން ކެއުން ބުއިމަށް ބޭނުންވާ ސާމާނުން ފެށިގެން ގެ ދޮރު އިމާރާތްކުރާ ސާމާނު މިލިބެނީ ހާދަ އަގުހެޔޮކޮށެވެ. ޢެއިން ފުކެއް ޑިއުޓީ ބޮޑުކޮށްލިއަސް ކޯޓާ ހިފެހެއްޓިއަސް ދިވެހި އިމާރާތް ކުރުމުގެ ޚަރަދު ބޮޑުވެ ގެދޮރު އަތްނުފޯރާ ފަށަށްދާނެއވެ. ޢަދި ކާބޯތަކެތީގެ އަގުބޮޑުވެއްޖެނަމަ ދިވެހި ނިކަމެތިން ބަޑަށް ޖެހޭނެއއވެ. އިންޑިއާ ގެ ނިސްބަތުން ރާއްޖެއަށް އެކްސްޕޯޓް ކުރެވެނީ ބައިކުޅަ ބައެކެވެ. ނަމެވެސް ދިވެހިރާއްޖޭގެ ނިސްބަތުން އެއީ ބޮޑު ބައެކެވެ. މިނިސްބަތުން އެކަނި ބެލިކަމަށއވިޔަސް މިކަމުގެ ގެެއްލުން ބޮޑީ ކޮންބަޔަކަށް ކަން އެގޭނެެެވެ. ޢަނެއް ސުވާލަކީ އިންޑިއާއިން އެހެން ނަހަދަނީ ކީއްވެ ހެއްޔެވެ. ޢެއީ މިގައުމުގައި ހުރީ ރައްޔިތުން ކަތިލައިގެން ނަމަވެސް ތިމާގެ ވެރިކަން ދިފާއުކުރާ ވެރިއެއްކަމަށްވި ނަމަވެސް އިންޑިއާއިން އެކަން އެގޮތަށް ވާން ބޭނުންނުވަނީއެވެ.

  38. އަބްދުއްލާ

    ތިޔަކަމާ ވިސްނަންވީކޮންކަމަކާ ރަސްމީދަތުރެއްގަ ރާއްޖެ އައުމަށް އަވަހަށްއިއުލާން ކޮށްބަލަ ރަސްމީވަާހަކަތެރޭ ތިޔަކަން ހަމަޖެއްސީމަ އެވީދޯ

  39. ގިޓާ

    އެއީ ދިވެހިރާއްޖެއިން ނިއުކުލިއާ ހަތިޔާރު އުފައްދާތީ އެކަމާބިރުން ހެހެހޭ!

  40. ހަލި

    މިއީ އަހަރެމެންގެ މިގައުމަށް ބޭނުންވާ ފަދަ ރައީސުން ވެރިކަމުގަ ތިބީމާ ލިބޭ ހިތްހަމަ ޖެހުމަކީ އަދި ކިރިޔާ އަހަރެމެންނަށް އިހުސާސް ކުރެވެން މިފެށީ އަހަރެމެންގެ މި ގައުމަކީވެސް ކުދަނަމަވެސް އަމިއްލަ ވެރިކަމެއް ކުރާ މުސްތަގިއްލު ގައުމެއްކަން.

  41. ކޮތަޅު

    އިންޑިޔާ ދިމާލަށް ތިޔަފަދަ ގަދަބަސް ބުނާއިރު ރާއްޖޭގެ ނެސެނަލް ހޮސްޕިޓަލުގައި ބަހައްޓާފައި ހުރީ އިބްރާހިމް ނާސިރުގެ ފޮޓޯހޭ؟ނުވަތަ މައުމޫނުގެ ފޮޓޯހޭ؟ ނޫނީ ނަޝީދުގެ ފޮޓޯހޭ؟ނޫނީ ޔާމީނުގެ ފޮޓޯހޭ؟އިންދިރާގާންދީގެފޮޓޯ ނަން ނިސްބަތްވަނީވެސް ހަމަ އެކަމަނާއަށް އޭގެން އެނގެނީ އަހަރެމެން ދިވެހި ގައުމުގެ ބާރުދެރަކަން. ނޮވެމްބަރު 3ގެ އުދުވާނީ ހަމަލައިން ސަލާމަތްވުމަށް ކޮންބައެއްގެ އެހީއެއްތޯ ހޯދީ؟ ނޫސްވިއްކަން ސުރުޚީޖެހިޔަސް ތަންކޮޅެއް ހަރުދަނާ ސުރުޚީ ޖެހުމަށް ނަސޭހަތްތެރިވަން!

    • Anonymous

      އިންޑިޔާއިން ހިލޭ ހަދައިދިން ތަނުގެ ބަދަލުގައި، އިންޑިޔާގެ 200 މީހުންގެ ވަޒީފާ އެތަނުން މުޖައްރިބު ކުރި، މިހާތަނަށް އެތަނުގެ ބަދަލުގައި، ދިވެހިން އިންޑިޔާއަށް، 100 މިލިއަން ޑޮލަރަށްވުރެ އިތުރަށް އަގުދައްކައިފި. މިއީ ބާޓާ އުސޫލުން ދިވެހިންނަށް އިންޑިޔާއިން ހަދާފަދިން ތަނެއް. ކޮއްކޮމެން ދުނިޔެއަށް ތިއައީ ތަންކޮޅެއްފަހުން. އެހެންވީމަ އަދި ތަންދޮރުވަކިނުވެގެން ތިއުޅެނީ.

    • Anonymous

      ނޮވެމްބަރ 3 ގެ ހަމަލާގަ ދިވެހިންނަށް އެހީވާން އެމެރިކާވެސް އޮތީ ތައްޔާރަށް، އެކަމަކު ރަޖީވް ގާންދީ އެކަމުގައި އެންމެ އަވަސްވީ. އިންޑިޔާ ސިފައިން މިގައުމުގެ ބިމުގައި ފައިޖެހުނީ ނޮވެމްބަރ 3 ވަނަ ދުވަހުގެ ރޭގަނޑު 8 ވެސް ޖެހިފަހުން. އޭރު މިގައުމަށް ގެނައި ކުލީ ސިފައިން، ޕްރޮގްރެސް ލައިޓުގައި ދިވެހިންގެ ބައެއް ރަހީނުކޮށްގެން ފިލަން ނުކުމެފަވީ. ނުބުނަން އިންޑިޔާއިން އެހީނުވެއެކޭ. އެ އެހީގެ ބަދަލުގައި ދިވެހިން އިންޑިޔާއަށް ޖެހޭ ކޮންމެ ކަމެއްގައި އެހީވޭ، އިންޑިޔާގެ އެތަށް ބަޔަކަށް މިގައުމުން ވަޒީފާގެ ފުރުޞަތުދޭ. ދުނިޔޭގައި ކޮންމެ ތަނެއްގައި ނަގާ ވޯޓެއްގައި ދިވެހިން އިންޑިޔާއަށް ސަޕޯޓްދޭ. ނޮވެމްބަރ 3 ގެ ބަދަލުގައި، ދިވެހި ގައުމު އިންޑިޔާގެ އަޅުވެތިކަމުގެ ދަށަކަށް ނުގެންދެވޭ. އަދި ދިވެހިންގެ ދާހިލީ ކަންކަމުގެ ތެރެއަކަށް ނުވަދެވޭނެ. ދިވެހި ލޭހިނގާ ދިވެއްސަކު މިފަދަ ކަމަކަށް ނުވެސް ރުހޭނެ. އެއީ މިނިވަންކަމާއެކު ދުނިޔޭގެ އުޅުމަކީ ހާސްނިއުމަތަށްވީތީ.

  42. ނުރަބޯ

    ދިވެހިރާއްޖެ އަކީ ޒަމާނުއްސުރެ އިންޑިއާ އާއި ގުޅުން އޮންނަ ގައުމެކެވެ. އެއީ އެކަން އޮންނަން ޖެހޭނެގޮތް ވެސް މެއެވެ. އެހެންކަމުން އެކަން އެހެން އޮއްވާ މިގައުމުގެ ވެރިކަމަށް އެރި ޣައްދާރު ކެރަފާ ނަޝީދު އިންޑިއާ އާއި ގުޅި ގެން ނާޖާއިޒު ކަންތައްގަނޑެއް ހިންގުމުގެ ސަބަބުން އެކަން މުޅިން ގޯހުންގޯހަށް ދިޔައީއެވެ. ބައެއް މީހުންގެ ކޮމެންޓް ތަކުން ހީވަނީ ދިވެހިން ބޭސްފަރުވާ އަށް އިންޑިއާ އަށްގޮސް ތިބެނީ ހިލޭހެންނެވެ. އިންޑިއާ އާއި ދިވެހިރާއްޖެ އާއި ގުޅުން އޮތުމުން ބޮޑަށް ފައިދާ ކުރާނީ ވެސް އިންޑިއާ އަށެވެ. އެއީ އިންޑިއާގެ ރައްޔިތުންނަށް މިގައުމުން ވަޒީފާ ލިބޭތީލިބޭމޮޅާ، ދިވެހިން ބޭސްފަރުވާއަށް ގޮސް އިންޑިއާގައި ހޭދަކުރާ ފައިސާގެ ސަބަބުން އިންޑިއާއަށް ލިބޭ މޮޅެވެ. މިއީ ޙަގީގަތަކަށް ނުވާނަމަ އިންއާ ފަދަ ބޮޑުގައުމެއް. މިހާރު އެ ތެޅޭ ވަރަކަށް ނުތެޅުނީހެއްނު؟

  43. އަލީ ބމ

    ސާބަސް މިސަރުކާރު ގެ ލީޑަރ ޝިޕް އޮތީ ހަމަދިވެހިން ވެސް ހިމާޔައް ކުރަން ކަން
    ޖެހޭ އެނގެން ތިޔަކަމުގައި އަހަރުމެން ކޮންމެހެން އުޅޭނެ ކަމެއް ނެއް އެވެރިން ކުރިކަން އެވެރިން ރަނގަޅުކުރާނެ އަހަރުމެން އެބަޖެހޭ އަހަރުމެންގެ އިމިގުރޭޝައން ސިސްޓަމް ރަނގަޅައް ކުރިޔައް ގެންދަން ބާޒާރުމަތީ ފިހާރަ ތަކުގައި ތިބިމީހުންގެ ކަންތައްބަލާ އެކަމުގައި ބައިވެރިވާ ދިވެހިންނާއި މެދުގައި ހަރުކަށި ފިޔަވަޅހު އަޅަން .