ކޮވިޑް-19 ޖެހިގެން 25 އަހަރުގެ ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ކޮވިޑް ބަލީގައި ނިޔާވެފައި ވަނީ ދިވެހި ޒުވާން އަންހެނެެކެވެ. މިއީ ކޮވިޑް ބަލީގައި ރާއްޖެ އިން ނިޔާވި އެންމެ ޒުވާން އަންހެން މީހާއެވެ. އަދި މި ބަލީގައި ދެ ވަނަ އަށް ނިޔާވި އެންމެ ހަގު މީހާއެވެ.

ބަލީގައި ނިޔާވެފައި ވަނީ ފ. ނިލަންދޫ، މޯނިންގްސަން ސަމީއާ އަހުމަދު (ސަންމެ)އެވެ. ކޮވިޑް ޖެހިގެން، ހާލު ދެރަވާން ފެށުމުން ސަމީއާ މާލެ ގެންގޮސް، ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދޭން ފެށީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

މީގެކުރިން ކޮވިޑް ބަލީގައި އުމުރުން 10 އަހަރުގެ ކުއްޖަކު ވެސް ނިޔާވެފައިވެއެވެ.

މިއީ މިއަދު ރާއްޖެއިން ކޮވިޑްގައި ނިޔާވި ތިން ވަނަ މީހާއެވެ. މިއަދު މީގެ ކުރިން ކޮވިޑްގައި ވަނީ ލ އަތޮޅުން މީހަކު ނިޔާވެފައެވ

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 195 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އައި ނަމަވެސް ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދުތައް މަދެއް ނުވެއެވެ.

މިމަހުގެ އެވްރެޖަށް ބަލާއިރު ވެސް ދުވާލަކު ދެމީހުން އަންނަނީ ކޮވިޑް ޖެހިގެން ނިޔާވަމުންނެވެ. މި މަހުގެ މިހާތަނަށްވެސް ކޮވިޑްގައި 33 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    ވަރަށް ދެރަ. މައްޔިތާގެ ފާފަފުއްސަވާށި

  2. ކޮރަލް

    ރަށުން މާލެއައުމުގެ ކުރީން ފަސްޓް އެއިޑް ދެވެންޖެހެ އެވެ. ކޮންމެ ރަށަކުވެސް އޮކްސިޖަން ސިލިންޑަރ ހުންނަން ޖެހެ އެވެ.

    4
    1
  3. ކޮލި

    އަނެއްކާ އިހުމާލުން ތޯ މަރުވީ..............................................

  4. Anonymous

    إنّا لله وإنّا إليه راجعون
    މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި!
    އަދި މައްޔިތާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! اللهم آمین ياربّ العالمين 🤲

  5. މެން

    ވަރަށް ދެރަ. މައްޔިތާގެ ފާފަފުއްސަވާށި ކޮށްމެ އިންސާނަކުވެސް މަރުވާނެ މަރުވާނީ ކޮށްމެވެސް ކަމެއްވެގެން ކޮންމެހހެން ކޮވިޑޭކިޔާގެން އިންސާނީ ނަސްލު ބިރުވެރިކަމުގެ ތެރެއައް ވައްޓާނުލާށެވެ.