ކޮވިޑް-19 ޖެހިގެން 25 އަހަރުގެ ޒުވާނަކު ދުނިޔެ ދޫކުރީ، އޭނާގެ އަލަތު ދަރިފުޅު ދުނިޔެ އަށް އުފަން ކުރި ފަހުން ކަން "ވަގުތަށް" އެނގިއްޖެއެވެ.
އެނގިފައިވާ ގޮތުގައި މި ބަލީގައި ނިޔާވެފައި ވަނީ ފ. ނިލަންދޫ، މޯނިންގްސަން ސަމީއާ އަހުމަދު (ސަންމެ) އެވެ. ނިލަންދޫގައި ހުއްޓައި ކޮވިޑް ޖެހިގެން، ހާލު ދެރަވާން ފެށުމުން ސަމީއާ މާލެ ގެންގޮސް، ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދޭން ފެށީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.
ސަމިއްޔާ އެޑްމިޓް ކުރި އިރު، އަލަތު ދަރިފުޅަށް އިނީ ބަލިވެއެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކުރިތާ އެއް ދުވަސް ފަހުން ސިޒޭރިއަން ހަދައިގެން ބަނޑުގައި އޮތް ދަރިފުޅު ވަނީ ނަގައިފައެވެ. ދަރިފުޅު ނަގާފައި ވަނީ ސަމިއްޔާގެ ހާލު ސީރިއަސްވެގެން ކަމަށްވެއެވެ.
އެނގިފައިވާ ގޮތުގައި ސިޒޭރިއަން ހަދައިގެން ދަރިފުޅު ބަނޑުން ނެގިތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެދާނެއެވެ.
ދަރިފުޅުގެ ހާލު ރަނގަޅު އިރު، އެ ކުއްޖާ ކޮވިޑަށް ޓެސްޓް ކުރުމުން ނަތީޖާ ވަނީ ނައްސިވެފައެވެ.
މިއީ ކޮވިޑް ބަލީގައި ރާއްޖެ އިން ނިޔާވި އެންމެ ޒުވާން އަންހެން މީހާއެވެ. އަދި މި ބަލީގައި ދެ ވަނަ އަށް ނިޔާވި އެންމެ ހަގު މީހާއެވެ. މީގެކުރިން ކޮވިޑް ބަލީގައި އުމުރުން 10 އަހަރުގެ ކުއްޖަކު ވެސް ނިޔާވެފައިވެއެވެ.
އުފަން ކުރެއްވުމާ، މަރުހިއްޕެވުން، އެއީ، އިންސާނަ ކަށް ކުރެވޭނެ ކަމެއް ނޫން!
އިބޫސާލިހު އިސްތިއުފާ.. ސާމިޔާ ސުވަރުގެ މިންވަރު ކުރަށްވާދޭ! އާމީން😔