ކ. މަހާނައެޅިހުރާ ގައި ހިންގާ ރިހިވެލި ރިސޯޓުން ދިވެހި ފިރިހެނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، ރިހިވެލި ބީޗް ރިސޯޓުން މީހަކު ގެއްލިގެން މިއަދު 12:49 ހާއިރު ހުށައެޅިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެނގިފައި ގޮތުން ގެއްލިގެން ހޯދަމުންދަނީ އެ ރިސޯޓުގެ އެޗްއާރް މެނޭޖަރުކަމުގެ މަގާމުން ވަކި ކޮށްފައި ހުރި އަހްމަދު އަސްލަމްއެވެ.

ކޮވިޑް-19އާ ހެދިގެން ރިހިވެލި ރިސޯޓު ބަންދުކޮށްފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

ރިހިވެލި ރިސޯޓާ ހަވާލުވެގެން ހުރި ކޭޓީ ކާލްބް "ވަގުތު" ބުނީ އަސްލަމް އެންމެ ފަހުން ފެނިފައިވަނީ މިއަދު ފަތިހު 5:00 ހާއިރުއެވެ.

ކެޓީ ބުނީ، މުވައްޒަފެއްގެ ފަރާތުން ފެންނަން ނުޖެހޭ ފަދަ އަމަލެއް އަސްލަމްގެ ފަރާތުން ފެނިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ އޭނާ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

އަދި ކޮންޓްރެކްޓް ހަމަވުމުން އަސްލަމް ވަނީ ނޮވެމްބަރު މަހު އެ ރިސޯޓުން ވަކިކޮށްފައެވެ.

ރިހިވެލި ރިސޯޓަކީ ފްރާންސްގެ "ސޭވް ދަ ޑްރީމް" އާއި މަހަލް ޓުއާސް އިން އޮޕަރޭޓް ކުރަމުން އަންނަ ރަށެކެވެ. އެތަނުގެ ހިއްސާދާރުންގެ މެދުގައި މައްސަލަތަކެއް ޖެހިގެން އެޗްއާރް މެނޭޖަރުކަމުގެ މަގާމުން ވަކި ކުރި އަސްލަމް ރަށުން ފުރަން އެންގުމުންވެސް އޭނާ ދާން ދެކޮޅު ހެދިއެވެ. އެ މައްސަލަ ފުލުހަށާއި، ޓޫރިޒަމް މިނިސްޓަރު އަހުމަދު މައުސޫމް އަށްވެސް އަންގާފައިވާނެ ކަމަށް ފްރާންސްގެ ރައްޔިތެއް ކަމަށްވާ ކެޓީ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޑައިވަރޭ

  އެޗްއާރް މެނޭޖަރުކަމުގެ މަގާމުން ވަކި ކޮށްފައި ހުރީމައި ރިސޯޓުން ފުރާގެން ދިޔައީކަމަށް ތި ވާނީ... ނާޒިމް ސައްތާރުމެން ގޭސް އަބުރާ ރަށްދޯ މިއީ...

  16
 2. Anonymous

  ކޭޓީ ކާލްބް ތިތަނާ ހަވާލުވެގެން ހުންނަންޖެހުނު ސަބަބެއް ބުނެލަދީބަލަ..ސަބްލީސް ނުދައްކާ ކޮންޓްރެކްޓު ބާތިލް ކުރީމަ ފައިބަންޖެހޭނީ... ސިޔާސީ ނުފޫޒު ގަދަ ލޯޔަރުންނަކަށް ދިވެހި ރައްތަކެއް ހިބަކޮށް ނުދެވޭނެ

  17
  1
  • ކާޖާ

   ވަރަށްވާހަދޯތީ؟؟ ކުރުކޮށް ފޮނިކޮށް..ސާބަހޭ އިނގޭ..ހީވާކާހަލަ އެކަކަށް އެއްކަމެއްވެސް ނޭގެޔޭ..އެހެންނުވާނެތާދޯ؟؟؟

 3. ކަލްބެ

  ތިޔަ ރަށުން ރަށުގެ ވެރިންނަށް ކުލިނުދައްކާ ދައުލަތަށް ކުލި ނުދައްކާ ނާޒިމް ސައްތާރު އޭނާގެ ބޭބޭފުޅު ރައީސް ނަޝީދު ލައްވާ ސިޔާސީ ނުފޫޒުން ރަށުގައި މަޑިހިއްޕައިގެން އުޅޭ ފުރާންސު މީހުނަށް ރަށް ހިބަކޮށްދޭން ގަންނަގަނޑު އެންމެނަށް ވަރަށް ސާފު! ރަށުން ދިވެހި މުވައްޒަފަކު ވީނުވީއެއް ނޭނގި ގެއްލިފައިވާނަމަ ޒިންމާވާން ޖެހެނީ ކެތީ ކާބު!!

 4. އަލެކްސް މޮހޮދާ

  ނޮވެމްބަރުގަ ވަޒީފާއިން ވަކިކޮށްފިހެން ހީވަނީ މިޚަބަރުން، ދެން ކީއްކުރަން ރިސޯޓްގަ ހުރީ؟؟؟