މާލެ ސިޓީ ކައުންސިލްގައި އިންނަވާ ޖުމްހޫރީ ޕާޓީގެ ކައުންސިލަރު އާމިނަތު ޔުމްނާ އިދިކޮޅު ޕީޕީއެމްއަށް ސޮއިކުރައްވައިފިއެވެ.

މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ޔުމްނާއަކީ މާލެ ސިޓީ ކައުންސިލްގައި އިންނަވާ ޖުމްހޫރީ ޕާޓީގެ ހަމައެކަނި ކައުންސިލަރެވެ. ޔުމްނާ ޕީޕީއެމަށް ސޮއި ކުރެއްވުމުން މާލެ ސިޓީ ކައުންސިލްގައި ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވާނެ މެންބަރަކު ނުހިމެނޭނެއެވެ.

ކައުންސިލަރު ޔުމްނާ ޕީޕީއެމަށް ސޮއިކުރެއްވީ ޕީޕީއެމާއި ޕީއެންސީގެ ކޯލިޝަންގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ގޮތުން ޕީޕީއެމްގެ މެންބާޝިޕް ފޯމު ޔުމްނާ ހަވާލުކުރެއްވީ ޕީޕީއެމްއާއި ޕީއެންސީގެ އެކްޓިން ލީޑަރު އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) އަށެވެ.

އެ ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި މާލެ ސިޓީ ކައުންސިލްގެ ޕީޕީއެމްގެ ކައުންސިލަރުންގެ އިތުރުން ޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ޔުމްނާ ޕީޕީއެމަށް ސޮއިކުރެއްވުމުން މާލެ ސިޓީ ކައުންސިލްގައި އެ ޕާޓީގެ 14 ކައުންސިލަރަކު ތިއްބަވާނެއެވެ. ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ހަ ކައުންސިލަރަކު މާލެ ސިޓީ ކައުންސިލްގައި ތިއްބަވައެވެ.

ފުރަތަމަ ފަހަރަށް މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމަށް ލިބުނުއިރު، މިއަދު ކުރިއަށް ދިޔަ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސިޓީ ކައުންސިލަރުންގެ އިންތިޚާބުގައި ވާދަކުރައްވައިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި މާލޭގެ މޭޔަރު މުއިއްޒު ވަނީ ނާކާމިޔާބުވެފައެވެ.

އެކަމަކު މުއިއްޒަށް އައްޑޫ ސިޓީގެ އެމްޑީޕީގެ ކައުންސިލަރަކު ވަނީ ވޯޓު ދެއްވައިފައެވެ. އެކަމަކު ސިއްރު ވޯޓަކަށް ވާތީ އެއީ ކޮން ކައުންސިލަރެއް ކަމެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މެޑަމް ފާތުން

    މަރުހަބާ ޔުމްނާ😍👏👏👏

    23
    1
  2. މާނިއުމާނި

    އަވަހޭދޯ ދޯކާދިންލެއް ގާސިމަށް ކޮޅުކެހި

    6
    16
    • ހަރުބީ

      ކަލޯ ގާސިމް މީހުންނަށް ދޯކާ ދޭލެއް ކުޑަތަ؟ މާޒީއަަށް ކަލޯ ނަޒަރު ހިންގާލަބަލަ. އޭރުން އެނގޭނެ ގާސިމްގެ މޮޅުކަން ދޯކާ ދިނުމުގައި ގެންގުޅޭ އުކުޅުތައް. އެހެންވީމަ ވެރިމީހާ ހިނގާ މަގުން ދެންތިބި މީހުންވެސް ހިނގާނެކަން ކަލޯއަށްވެސް އެނގެންވާނެ. ބޮޑު ސޯބާ ގުޅިފަ ކުދި ސޯބުތައްވެސް ހުންނާނީ ބޮޑުއެތި އެނބުރޭގޮތަށް ކުޑަ އެއްޗެހިތައްވެސް އެނބުރޭނީ.

      10
  3. ޑައިވަރޭ

    ގޮޑި ނުގެއްލޭތަ؟ ގާސިމް ކުރި ހަރަދުދޭން ހަނދާން ކުރާތި

    2
    24
  4. ސސ

    މާލޭ ސިޓީ ކައުންސެލް ހިންގާނެ ކުޑަ ސިޓީ ހައުސް ކިޔާ ގެޔެއް އަޅަންވީ އޭރުން ލޯކަލް ކައުންސެލް ސައްލާކުރަން ރަގަޅު ތަނެއް ގައި ސައްލާ ކުރެވޭނީ، ރައްޔިތުންނަށްވެސް ސައްލާ މަޖިލިސް އަޑުއަހާލަން ވަދެވޭ ގޮތަށް ގޮޑިވެސް ޖަހާފަ ހުރީމާ ރަގަޅުވާނެ !

    10
    2
  5. ރާއްޖެތެރެ

    ޖޭޕީ ދުވަނީ އިންޑީޔާގެ ލާރި ފަހަތުން. ޖޭޕީގެ މީހުން ޕީޕީއެމާ ގުޅެން ޖެހޭ

    17
  6. ޢބްދުއްﷲ

    މާލޭގެ ޖޭޕީގެ ކައުންސިލަރު ޔުމްނާ ޕީޕީއެމަށް ސޮއިކޮށްފި

    17 ގަޑިއިރު ކުރިން ( ޖޫން 12, 2021 )

    ތިހެދީރަނގަޅަށް . ފެތޭއޮޑިއެއްގެ ރިޔާދަށުވުމުގެ ކުރިން ސަލާމަތްވާންއެނގޭނީ ބުއްދިވެރިންނަށް.

    12