ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މިސަރުކާރު ބަލި ކުރާނީ ހުރިހާ އިދިކޮޅު ފަރާތްތައް ގުޅިގެން ކަމަށް އިނގެރޭސިވިލާތުގައި މިހާރު ދިރިއުޅުއްވާ ކުރީގެ ނައިބު ރައީސް، ޑރ.މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ޖުމުހޫރީ ޕާޓީއިން އެ ޕާޓީ ވަރުގަދަކޮށް އިންތިހާބަށް ތައްޔާރުވުމަށް ކުރަމުންދާ މައްސަކަތަަށް ތައުރީފު ކުރާ ކަމަށެވެ.

"މި ސަރުކާރު ބަލި ކުރާނީ ހުރިހާ އިދިކޮޅު ފަރާތްތައް ގުޅިގެން, ރައީސް ޔާމީނުގެ އިތުރު ދައުރެއް ދެން ނުފެންނާނެ" ޖަމީލު ވިދާޅުވިއެވެ.

ޖަމީލު މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު ކޯލިޝަންގެ ބަހެއް ނެތި ގާސިމު ވަނީ އެމްޑީޕީ ނުހިމަނައި ޖޭޕީގެ ވެރިކަމެއްގައި ސަރުކާރު އޮންނާނެ ގޮތް އިއުލާން ކުރައްވާފައެވެ.

މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން ގާސިމަށް އަމާޒުވިއިރު، ޖުމްހޫރީ ޕާޓީގެ ތެރެއިންވެސް ގާސިމްގެ ނިންމުމާއި މެދު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރިއެވެ. އެގޮތުން ގާސިމް ހުށަހެޅުއްވި ކެބިނެޓްގެ މިނިސްޓަރ އޮފް ހިއުމަން ރިސޯސް އެންޑް ލޭބަރ، އަބްދުﷲ ކަމާލުއްދީން ވަނީ ވީޑިއޯ ޢާންމު ކުރިތަނާހެން، އެ މަޤާމު ބަލައިގަތުމަށް ޝަޢުޤުވެރި ނުވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އިދިކޮޅު ޙަރަކާތްތަކުގައި އިސްކޮށް އުޅުއްވާ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވީ، ގާސިމް އެމްޑީޕީ ނުލައި ކޯލިޝަން ސަރުކާރެއް އިއުލާނުކޮށްފައި ވަނީ އިދިކޮޅު "ހިޔަނި" ކެބިނެޓަށް ނޭނގި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ރަށްދު

  ނުވާނެ ތިކަމެއް މަހަށްދޭ ބޮނޑިބަތް ކަށްކައިގެން

 2. ޑޭންޖުރެސް

  ސަރުކާރު ބަލި ކުރާނީ ހުރިހާ އިދިކޮޅު ފަރާތްތަައް ގުޅިގެން ކަމަށް ޑރ. ޖަމީލު ބުނި ނަމަވެސް އެއީ ކަނޑުގައި އަޅާލާ ރޮނގުތަކޭ މަމެން ޕިންކީން އެކަން ވިޔަ ނުދޭނަމޭ އެއީ ވާނެ ކަމެއް ނޫނޭ މަމެން ބަދަލު ކުރާނަމޭ ގަންޖާބޯ އެއީ ތެލަށް ރެޑޭ އެއީ ފެނަށް އެހެން ވެއްޖެނަމަ ތެލާއި ފެނާއި ދުވަހަކު ވެސް އެކު ނުވާނެއޭ ޑރ. ޖަމީލު މެންނަކީ ދެން އަންހެން ދުޅައިގެ އާލާތުންނޭ އެއާލާތުންނަށް އެއާލާތުން އުފަން ރަށުން ވެސް ވޯޓެއް ނުލިބޭނެއޭ މަމެންނާއި ނެކް ޓު ނެކް ޖައްސާފައި ތިބެގެން ކުޅަދާނަ އެއް ނޫނޭ އެމެންނަށް އެރަށުގައި ކެމްޕެއިން ކުރަން ވެސް ކުރިޔަ ނުދޭނަމޭ މަމެން ހުރިހާ ފްރަންޓަކުން ޖައްސާނަމޭ ހުރިހާ އިދިކޮޅު ފަރާތް ތައް އެއް ގަލަކަށް ނާރާނެއޭ ބިކޮޒް ބޮޑު ސޭޓް ދަންނާނެއޭ ގަންޖާބޯ ނަގޫކެނޑީގެ ޑީއެންއޭ ވަރަށް ރަނގަޅަށް ފުވައްމުލަކު ޖަމީލު މެންނަށް ނޭގޭނެއޭ ގަންޖާބޯ އާއި ބެހޭ އެއްވެސް ކަމެއް މަމެން އަދި ބޮޑު ސޭޓް ދަންނަވަރާއި ގާތަށް. ނޭގޭނެއޭ ނޭގޭނެއޭ އެކޮއި ތަމެން އަދިޅަ ވާނެ މާލެ އަށް އިނގޭތޭ ލޮނު ޒިޔާރަތް ކޮޅަށް އޮރިޔާމުން ހުރެގެން ފައިބާ ރާޅާއި އެކު ޑާންސް ކުރިންތޭ ނޫން ނުކުރަން ދޯ ދެން ގުރާބު ތުނޑިއަށް ޑައިވް ކުރިންތޭ ނޫން ނުކުރަން ދޯ ދެން ތަމެން ސީލަބަލަ ދެފައި ދަނޑިއަށް ސީލާ ސީލާ ސީލާ ސީލާ ދަ ސީލާ. ނުވާނެ ތިކަމެއް އެކޮއި ރަށަށް ދޭ ތިޔާ ކަން ތަމެން ކުރަން ބޭނުން ނަމަ ނުވާނެ ނުވާނެ މީ މާލެ އެއް ނޫންތޭ އެހެންވެއްޖެނަމަ މިފަހަރު ކުޅަދާނަ އެއް ނޫން ތަމެން ނަށް ތިޔާ ކަން ކުރަން. މީ ރަނޑު އަންހެން ދުޅައިގެ ރައީސް މައުމޫނުގެ ވެރިކަމެއް ވެސް ނޫން އަދި ކަނޑުކޮސް ރަނޑު ކަޅިއްޗެގެ ވެސް ވެރިކަމެއް ނޫން މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ. މަމެންނާއި ނެކް ޓު ނެކް ނުޖެއްސޭނެ އެމްޑީޕީ އަށް ވެސް އަދި ޖޭޕީ އަށް ވެސް ޖައްސައިގެން ކުޑަވެސް ކުރިއެރުމެއް ނުދޭނަން. ތަމެންނަށް ކުރިއެރުން މަމެންނާއި ނެކް ޓު ނެކް ޖައްސައިގެން ހޯދަން ބޭނުން ނަމަ ޖެހޭނީ ދުނިޔޭގަިއ ތިންވަނަ ބޮޑު ހަނގުރާމަ ފަށަން އެނޫން އެެއްވެސް ގޮތެއް ނޯންނާނެ މީގައި. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް. ލެޓްސް ޑާންސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް...

 3. މަހަށްދޭބަލަ

  ސަރުކާރު ބަލި ކުރާނީ ހުރިހާ އިދިކޮޅު ފަރާތްތަައް ގުޅިގެން ކަމަށް ޖަމީލު މެން ފެލެމުން އަދި ދެން ޖަމީލު ގާތު ތިބި ކަނޑުކޮހުން ތައް ވެސް އެގޮތަށް ފެލެމުން ދިޔަ ނަމަވެސް ތަމެން ދަ ރާއްޖެތެރެއަންސް އިން ދައްކާ ވަން ސެންސް މިސިންގް ވާހަކަ ތައް މަމެން އަޑު ނާހާނަމެވެ. މަމެން އަޑު އަހާނީ މާމިގިލި ބަދު ދައްކާ ވާހަކަ ތަކަށް. މާމިގިލި ދިގު ބަދު ދަންނަން ޖެހޭނެ އެބަދަށް މަމެން ޕިންކީން މިދިނީ އެއީ ރަނުގެ ފުރުސަތެއް ކަން އެފުރުސަތަކީ އެއީ އެބަދު ޖެހޭނީ އެމްޑީޕީ ފުނޑާލާ އެމްޑީޕީގެ ގައުމީ މަޖްލީސް އެއްކޮށް ޖޭޕީ އަށް ކަހާލުން އަދި އެމްޑީޕީ މިހާރު ޑީއާރުޕީ އޮތް ސްޓޭޓަސް އަށް ސެޕްޓެމްބަރ 23 ގެ ކުރިން ގެނައުން. އެއިރުން ރާއްޖޭގެ ސިޔާސީ ލޭންޑްސްކޭޕަށް އަންނާނެ ބަދަލަކީ އެއީ 1. ރޫލިންގް ޕާރޓީ ޕީޕީއެމް 2. އިިދިކޮޅު ޕާރޓީ އެއީ ޖޭޕީ. ކުރިއަށް އޮތް އެތައް ޑިކޭޑްސް ތަކަށް ދަންދެން ދެން މިރާއްޖޭގައި ވެރިކަން ކުރާނީ ޕީޕީއެމް ޖޭޕީ އޮންނާނީ އަބަދުވެސް އިދިކޮޅު ޕާރޓީ އެއްގެ ގޮތުގައި. މިސާލު އެއީ ސިންގަޕޯރ އިން އެފެންނަނީ. އެމްޑީޕީ އެއް ނޯންނާނެ އަދާލަތު ޕާރޓީ އެއް ނޯންނާނެ ދެން މިރާއްޖޭގެ ސިޔާސީ މައިދާނަކު ދެން ކުރިއަށް އޮތް 2 އަހަރު ދުވަސް ވާއިރު. އެމެން އުވާލާނެ އިލެކްޝަންސް ކަމިޝަންގެ ދަފްތަރުން ވެސް ސިޔާސީ ޕާރޓީ ތަކުގެ ގާނޫނަށް ގެންނަ ބަދަލަކުން. ތަމެން ފުވައްމުލަކު ޖަމީލް އަކަށް ނޭގޭނެއޭ ރާއްޖޭގެ ސިޔާސީ ލޭންޑްސްކޭޕް ޑިޒައިން ކުރަން ޖެހޭނެ ގޮތް ތަމެން ދަގަ ރަށަށް އޮޅު އަލަކާން އިނގޭތޭ. މަހަށް ދޭބަލަ ދެން. މަަހަށް މަހަށް މަހަށް މަހަށް ދޭބަލަ. ބަދާ ބަދާ ބަދާ ކަޅަ ބަދާ ވަލި ބަދާ ނަގިލި ބަދާ...

 4. ޖައްސަބަލަ

  ސަރުކާރު ބަލި ކުރާނީ ހުރިހާ އިދިކޮޅު ފަރާތްތަައް ގުޅިގެން ކަމަށް ޖަމީލު ބުނާނަމަ އެކަން އެގޮަތަށް މަމެން ވިޔަ ނުދޭނަމޭ. ސަރުކާރުން މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައީސް ދަންނަން ޖެހޭނެ މިކަން އަވަހަށް ހަދަންވީ ގޮތަކީ އަޑިން ޖޭޕީ އަށް ފައިނޭންޝަލް އެސިސްޓެންސް ވެސް ދީގެން އެމްޑީޕީގެ ގައުމީ މަޖްލީސް ހުރިހާ މެމްބަރުން ޖޭޕީ އަށް ސޮއި ކުރާ ގޮތް ހަދަންވީއެވެ. އަދި އެންމެ ފަހުން އެމްޑީޕީ އުވާލަން ހައިކޯޓުން ނިންމުމުން ދެން އެމްޑީޕީގައި ތިބި ހުރިހާ އެމްޕީން ތައް ހަމަ އަށް ތިން ބަޔަށް ބަހާލާނީ އެއީ ޕީޕީއެމް ޖޭޕީ އަދި އެމްޑީއޭ އެވެ. އެމްޑީއޭ އިން ސިޔާމް ވެސް ޖެހޭނެ މިދަނޑި ވަޅުގައި އެމްޑީޕީގައި ތިބި ގިނަ އަދަދެއްގެ މެމްބަރުން ތައް އެމްޑީޕީން އުފުރާލަން. އެމްޑީޕީ އެބަޖެހޭ ފުނޑާލަން ސެޕްޓެމްބަރު 23 ގެ ކުރިން. އެކަން ކުރެވެން އޮތީ އެއީ އެމްޑީޕީގެ މެމްބަރުން ތައް ވީ އެންމެ ގިނަ އަދަދަކަށް އެމްޑީޕީން ޖޭޕީ އަދި ޕީޕީއެމް އަދި އެމްޑީއޭ އަށް ބަދަލު ކޮށްގެން. މިދަނޑިވަޅުގައި ޕީޕީއެމް އިން ރޫލިންގް ޕާރޓީ އެއްގެ ގޮތުގައި އޮވެމެ އެމްޑީޕީ އަށް ނޭވާ ލިޔަ ދީގެން ނުވާނެއެވެ. ދުވާލަކު މަދުވެގެން 2000 މެމްބަރުން އެމްޑީޕީން ކެނޑިގެން ޖޭޕީ އަދި ޕީޕީއެމް އަދި އެމްޑީއޭ އަށް ދާ ގޮތް ހަދަން ޖެހޭނެއެވެ. މިކަން ޖެހޭނެ ވަރަށް ލާރޖް ކޮށް ޖައްސަން. އެއިރުން ގަންޖާބޯ ދާނެ ސައިޒުން ކެނޑިގެން. މީ އެއްގޮތަކަށް ވެސް ޕީޕީއެމް އަދި އެމްޑީއޭ އަދި ޖޭޕީން ހިމޭނުން ތިބެގެން ވާނެ ކަމެއް ނޫނެވެ.

 5. ޙަފްޞާ / މާލެ

  މާތްﷲ އިރާދަކުރެއްވިއްޔާ އިދިކޮޅު އެންމެން ދެކޮޅަށް ނުކުތަސް އިންތިޚާބު ކާމިޔާބުކުރާނީ ރައީސް ޔާމީން! ރައީސް ޔާމީން އިންތިޚާބުން ފެއިލްވެއްޖެނަމަ ދިވެހިރާއްޖެ އަލުންވެސް ވީރާނާވެ ، ހަވޭއްޔަކަށް ބަދަލުވެގެންދާނެ! ރައީސް ޔާމީން ވެރިކަމާ ޙަވާލުވިއިރު ރާއްޖޭގެ ޙާލަތު ވަޒަންކުރާނެ ރައްޔިތުން! ޞިއްޙީޙާލަތު ، ތަޢުލީމީ ޙާލަތު ، ދީނީ ޙާލަތު ، އިޤްތިޞާދީ ޙާލަތު ، ޢުމްރާނީ ޙާލަތު ، އިޖްތިމާޢީ ޙާލަތު ، ވަޒީފާގެ ޙާލަތު ، މިއަދު ރަގަޅުވެފައިމިވަނީ ރައީސް ޔާމީންގެ ސިޔާސީ އިޤްތިޞާދީ ފަންނުގެތެރެއިން! މިކަންކަން އަލުން ނިކަމެތިވެގެންދާކަށް ރައްޔިތުން ބޭނުމެއްނުވާނެ! އިންޝާއަﷲ!

 6. މުހައްމަދު

  ކަލޭފިލާއޮވެ ގޮވާ އަވަގުރާނާ އަޑުއަހާނެ ބަޔަކުނުތް..

 7. ރެޓޭ

  ޖަމީލޫ ކަލޭތަ ދުނިޔޭގެ ކަންކަން ރާވާ ހިންގަނީ؟ އާނ ފަހެ! އެހެންކަމަށް ކަލެއަށް ހީވާތީތާ "ޔާމީނުގެ އިތުރު ދައުރެއް ދެން ނުފެންނާނޭ" ބުނަން ކަލެއަށް އެނގޭނީ!

 8. ރައްޔިތުން

  މިފަހަރު ވޯޓްލާނެ މީހުންގެ ޖުމްލަ ނަތީޖާއިން ޔާމީންގެ ވޯޓުގެ ސާފު ނަތީޖާއުޅޭނީ %37 އިން ދަށުގައި ކަމަށް ހިސާބުތަކުން ދައްކަނީ

  • ހުސޭނުބޭ

   ކެކެކެކެ....... ކަލެއަށް 73 ފެންނަނީ 37 ގެ ގޮތުގައި......... ލޮލަށް ބޭސްކުރަންވީނު!

 9. ބުރުމާ

  ޔާމީން ބަލިކުރެވޭހާ އިދިކޮޅެއްނެތް، ގިނައީ ޔާމީނާ އެއްކޮޅު މީހުން

 10. ޒާ

  ޖަމީލޫ ގާސިމްގެ ސަރުކާރުގެވެސް ނައިބަކަށްތޯ؟ ހާދަ ނައިބުކަންކުރާ ހިތްވާ ބޭފުޅެކޭދޯ؟ އެކަމަކު ގާސިމުގެ ސަރުކާރަށް ތާއީދު ނެތްކަން ކުނޫޒް ކައިރިންވެސް މިހާރު ފެންނާނެ. އެއްކަލަ އެމްޑީޕީމީހުންވެސް އެތަނުން ހިނގައްޖެ. ގުޅިގެންނޭ ކިޔާ އެނބުރި ގުއިދޯރު އަމިއްލަ ގަޔަށް ބަންޑުއްވެ އެންމެން ވިއްސި ވިހާލިވެއްޖެ.

 11. ހުސޭނުބޭ

  ޖަމީލޫ......... ހާދަ ވަސްނުބައި ބޮނޑިބަތްގަނޑެއް ތި ކައްކަނީ!

 12. މަލަކުރި

  ގައުމުގައި އުޅޭން ނުކެރޭ ބަޔަކަށް ރައްޔިތުން ވޯޓްދޭނީ ފަަހެ ކިހެނެއް- ތިކަމެއްނުވާނެ ޔާމީން ވަރެއް ނެތް - ޔާމީނަކީ ވެރިންކަން ދިފާޢުކޮށް ޚިދުމަތް ކަށަވުރުކޮށްދޭ އެހެން ގައުމު ތަކަށް ނަމޫނާ ރައީސެއް.

 13. ޝަރފު

  ދިވެހި ލޮބުވެތި ރައްޔިތުންނޭވެ. ނިކަން ހޭވަރުވެ ބަލާށެވެ. މިމީހުން މިކިޔާ ލަވަޔަކީ ރައީސް ޔާމީނު ބަލިކުރެވިދާނެ ހަމައެކަނި ހޯޕަކީ އެކަކު ވާދަކުރުމެވެ. އެވެސް ފަހަރެއްގައެވެ.
  ސަބަބަކީ އެމްޑީޕީގެ ކެންޑިޑޭޓަށް ވާދަ ނުކުރެވޭތީ އިންތިޚާބު ގަޑުބަޑު ކުރުމަށް ކުރެވެން އޮތް ހުރިހާކަމެއް ކުރާނެއެވެ. ޖޭޕީގެ ކެންޑިޑޭޓްގެ ބުރަދަނެއް ނެތުމުން މާބޮޑު ތަރުހީބެއް ނުލިބޭނެއެވެ. 1 ކެންޑިޑޭޓް ނުފެނިގެން މިއުޅެނީ މި ސަބަބާހުރެކަން މި ފުރުސަތުގައި ހާމަކޮށްލަން ބޭނުމެވެ.

 14. ނައިބު

  ކަލޭ ރާއްޖެ އައިއްސިއްޔާ ސީދާ ގޮޅިޔަށް..!

 15. ިބަރުގޮނު

  ތިޔަ އިދިކޮޅު މިހާރުވެސް އޮތީ ބޯކިބަލެއްހެން ފަޅިފަޅި ވެފައި. އެކަކު އެއުޅެނީ ބޭރުމީހުން ލައްވާ ބަލިކުރަން ގަސްތު ކޮށްގެން. އަނެކަކު އެއުޅެނީ އެހެން ޕާޓީތަކާ އަމިއްލައށް ވަތްކަޑާގެން ކެބިނެޓެއް ހަދައިގެން. މިވަރު ބަޔަކު އެކުލަވާނީ ކޮހިނެއް. ކޮންމެ މީހަކުވެސް އެގޮވަނީ މަށަށްމަށަށް...

 16. ރޮންދާ

  ބޮނޑިބަތް ކުނިވީ ނުކައި ހެހެހެެހެ
  ކިހާ ތާޢީދެއް ކަލެއަށް އޮތީމަ ތިވާހަކަ ތިދައްކަނީ، އަނގައޮތީމަ ދައްކަނީދޯ...؟

 17. ޢަހްމަދް

  ގުނބޯ ހައްދަން ބޭކާރު އަނގަނުތަޅާ ކާމިއާބު ކޮށް ޢަމަލުން ނިކަން ދައްކަބަލާ!؟
  ތިހާގިނަ ބޭކަރު އަނގަތެޅުމަކީ ރަނޑު އަންހެނުން ކުރާކަމެއް!
  މޮޔަޔާ.

 18. ދޮގެއްތަ މިބުނީ؟

  އަނގައިން ދެރަނުވާތި ބައިބައިވެ ރޫޅި ވިދިވިދި އޮޓެއޮޓެ ވީމަވެސް. ރާއްޖެ އަތުވެއްޖެއްޔާ ދިގު މުއްދަތަކަށް ޖަލަށް ލާނީ ހަމަ.

 19. ބަވަނަ/މާލެ

  ޖަމީލޫ ތިބޭފުޅާ ތިއުޅެނީ އިނގިރޭސިވިލާތުގަތަ؟ ކަލޯ އެންމެން ގޮވާނަގަނީއެ ޕާޓީ ފަނިވެއްޖެކަމަށް މީނަ މިދައްކާ ވާހަކަ ހަމައެއްނުޖެހޭ ހަމަ ޔަގީން މީނަ ދިރިއުޅެނީ އިތިއޮޕިޔާގެ ވެރިރަށް އެޑިސްއަބަބާގަ. ބަޑައްޖެހިފަ ތިހުރީ އަވަށް ބޮނޑިބަތް ހިލަާ.