މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރާ މައްސަލަތައް ތަކުރާރުކޮށް ފުލުހުންނަށް ލިބިގެންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިހެން ވިދާޅުވެފައި ވަނީ، އެފަދަ މަންޒަރު ފެންނަ ފޮޓޯތަކެއް މީސް މީޑިއާގައި އާއްމުވާން ފެށުމުން ފުލުހުންގެ މީޑިއާ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމާއި، އެތަނުގައި ނިދާ، އެއްޗެހި ދޮވެ، މިސްކިތްތައް ބޭނުން ކުރަން އެކަށީގެން ނޫން އެހެނިގެން ބޭނުންތަކުގައި މިސްކިތްތައް ބޭނުން ކުރާކަމުގެ ޝަކުވާތައް ފުލުހުންނަށް ތަކުރާރުކޮށް ލިބެމުން އަންނަ ކަމަށެވެ.
"ފުލުހުން ކޮންމެ ރެއަކު ނުކުމެ މިސްކިތްތައް ބަލައި މިސްކިތްތް އެގޮތަށް ބޭނުން ކުރާ ފަރާތްތައް ފޮނުވާލުމުގެ އިތުރުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ހާލަތްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގު ކުރަމުންދޭ". އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ، މި ކަންކަމުގެ މައުލޫމާތު ކަމާއި ގުޅުން ހުރި އެހެނިހެން އިދާރާތަކާއި ހިއްސާކޮށްގެން ހައްލު ހޯދުމަށް އެެޅެން ހުރި ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.
ސަރުކާރުގެ އެހެން އިދާރާތަކުން ކަންކުރާ ފަދައިން މިސްކިތްތަކުގައިވެސް ވޮޗަރުން ބައިތިއްބާނަމަ ތިކަމަށް ހައްލެއް ލިބިގެންދާނެކަމަށް ފެނޭ
ސުބުހާނަﷲ...
ދިވެހި ފުލުހުންގެ އެންމެ އިސްވާޖިބަކަށްވާނެ ރާއްޖޭގެ ރައްޔިތުންގެ ދީން މާތްވެގެންވާ އިސްލާމްދީން ހިމާޔަތްކުރުން. ކޮވިޑް ޓެގް އަޅުވައިގެން މިސްކިތްތައް ބަންދުކޮށްގެން އުޅެނީ މިފަދަ ވިޔާނުދާ ޖެެހިލުން ކުޑަ އަމަލްތަކަށް ފުރުސަތުދޭން. ކޮންމެ މިސްކިތެއް ބަލަހައްޓަން ފުލުހަކު ބަހައްޓާ. .ފުލުހުން ނެ ރެންވީ ރައްޔިތުން ފެލާކަށްނޫން.
ގާމު މީހުން މިސްކިތަށް އަރާތީވެ ކަންތައްތައް ބޮޑުވީ. މަސްތުވާތަކެތި ބޭނުންކުރައް ވީމަ އޯކޭ...
ސޯލިހުގެ ވެރިކަމުގައި މިސްކިތްތައްވެސް ނުބެލެހެއްޓޭކަމީ އެއީ ހައިރާން ކުރުވަނިވި ކަމެއްނޫން. ދީން ފުރަތަމަ މުހިންމުވެގެންތާ އެކަމައް ސަމާލުކަންދެވޭނީވެސް.
ޝުކުރީއްޔާ ހުރިހާމީޑިއާތަށް. މިއަދު ފުލުހުން މައްސަލަތަށް މިބަލަނީ މީޑިއާތަކުން އެކަންކަން ސަ މާލުކަމަށް ގެނައުމުން.
ﷲ ގެ ކޯފާއެއް އަތުވެދާނެ
ބިރުވެތިވޭ
މިސަރުކާރު ބޮޑުތަނުން ފެއިލްވުން ނޫންތޯތީ މި ގައުމުގަ މިސްކިއްތަކަށްވަދެ މަސްތުވާތަކެތި ބޭނުންކޮށް އެ ރަށްކާކުރާ ހިސާބަށް ދިއުމަކީ ކިހާ ދެރަކަމެތްތޯ ކޮންބައެތްތޯ ތި ކަމުގަ ޒިންމާނަގަނީ ލާދީނީ ވިޔަސް މިސްކިއްތަށް ހުރުމަށް ކެނޑިޔަދީގެން ނުވާނެ ހިތާމަ ހުރި ކަންކަން ޒިންމާނަގާނެ ފަރާތެތްނެތް
މިސްކިތް ތަކައް މިހެން ނުވެގެން ބަޔަކުމިީހުން ފަޔައްހިނި އަރަިގެނ އުޅެޭ ތަާ2 ަހރު ވެއްޖެ
އިސްލާމީދައުލަތަކުން ﷲ ތަޢާލާގެ ގެކޮޅު ތިޔަ ހަދަނީ ފަޅު ގެއަކަށް، އެއިލާހުގެ ކޯފާއަށް ބިރުވެތިވޭ. މީސަމާސާ ކަމެއްނޫން. ކޮބާ! އިމްރާނުއާއި، ނިދާފަ އޮއްވައި އޭނަ މަގާމަށް ގެނައި އިސްލާމިކް ވަޒީރު. ކޮބާ ފާޓު ފުޅާ ކޯލިޝަންގެ ދީނީފަގުޑި އެޅި އިސްރަށްވެހިން. ހިތާމަހުރި(((((()
އަންނިގެސަޕޯޓަރުން.. އަންނި ދައްކަންބޭނުންވި
އަނެއްދިވެހިރާއްޖޭގެ މިސާލު މިފެންނަނީ
މިސްކިތްތަށް ބަންދުރީ މިމަގްސަދުގަދޯ...ވެރިމީހާއަށް ހީވޭބާ ކަމެއްވާހެންވެސް މިގައުމުގަ
އަނެއްދިވެހިރާއްޖޭގަ މިސްކިތްތައް ބޭނުންކުރާނެގޮތަކީ މިއީތޯ ؟؟ މިއީތޯ އެބުނާ އަނެއްދިވެހިރާއްޖޭގަ އަނެއްދިވެހިންއުޅޭނެގޮތަކީ މިއީތޯ ؟؟
މިސްކިތްތަކަކީ ވަރަށްމުހިއްމުތަނެއް (މި ބިންމަތީގައިވާ ﷲގެކޮޅު) ވީމާ، ވޮޗަރުން، ނުވަތަފުހުން
ބައިތިއްބައިގެންވެސް މިފަދަމާތްތަނެއް ނުބަލަހައްޓަވަނީ ކީއްވެތޯ ؟ކޮވިޑާ ގުޅުވައިގެން މިސްކިތް
ތައްބަންދުކޮށްފައިވޭ މިސްކިތަށް ނަމާދުކުރަންދާންހުއްދައޮންނައިރުވެސް ﷲއަށް ޒިކުރުކުރުމަށާ،
ހެޔޮއަމަލުކުރުމަށް މަޑުނުކުރެވޭ އެއީ މިފަދަނޭދެވޭ ޢަަމަލުއަށް ހިންގުމަށް ފަގުފަހިވާކަމެއް
ފަހުން ކުރި ހުވާގައި އޮންނަނީ އިންސާނީ ޙައްޤުތަށް ޙިމާޔަތްކުރަން.
މިހެން ކަންތައްތައްވާތީ ލާދީނީއޭ ކިޔެނީ، ލާދީނީ ކިޔާތީ އަނގައިގައި ޓޭޕް އަޅަން ޤާނޫނު އެމެންޑް ކުރަނީ، ނަމާދައް މިސްކިތައް އަރާފިއްޔާ ރާޑަރަށް އަރާ، އެކަމު މިސްކިތުގަ ހަކުރުބޮއެ ފަތިސްވަންދެން ނިދާފަތިބޭއިރު ރާޑަރަށް ނާރާ، ފުކެއް ބޮޑުވަރުމީ