ނ. އަތޮޅުގެ ރަށެއްގެ ސްކޫލެއްގައި ކިޔަވަމުން އަންނަ ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވިފަހުން، އެ މައްސަލާގައި ހިމެނޭ އަންހެން ޓީޗަރު އެރަށުން ބޭރުކޮށްފިއެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.

އެއިރު ފުލުހުން ވިދާޅުވީ، (ނ. ފ. ބ. ޅ) ގައި ހިމެނޭ ރަށެއްގައި އިތުބާރުހުރި މަގާމެއްގައި ހުރެ 16 އަހަރުގެ ފިރިހެން ކުއްޖަކަށް 25 އަހަރުގެ އަންހެނަކު ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެއިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

"ވަގުތު" އަށް އެރަށުން މައުލޫމާތު ދިން މީހަކު ބުނީ މައްސަލަ ފެންމަތިވީ އަންހެން ދަރިވަރުންތަކެއް ފިރިހެން ދަރިވަރެއްގެ ފޯނު ބެލިއިރު އެފޯނުގައި ޓީޗަރު އެދަރިވަރަށް ފޮނުވާފައި ހުރި ފޮޓޯތަކެއް ހުރުމުން ކަމަށެވެ.

މިހާތަނަށް ލިބިފައި ހުރި މައުލޫމާތައް ބަލާއިރު ތިން ފިރިހެން ދަރިވަރަކަށް އަންހެން ޓީޗަރުގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާކަމަށް އެރަށުން މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނީ ގްރޭޑް ދިހައެއްގެ ދަރިވަރުންތަކަކަށް ކަމަށް ވެއެވެ.

މިކަން ކުރި ޓީޗަރަކީ އެރަށުގެ މީހަކާއި އިނދެގެން އުޅޭ އެހެން ރަށެއްގެ މީހެކެވެ. އޭނާ އަކީ ގިނަ އަހަރުތަކެއް ވަންދެން އެރަށުގައި ކިޔަވައި ދެމުން އަންނަ ޓީޗަރެއްކަން އެނގިފައި ވެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އެރަށު ކައުންސިލުން ވިދާޅުވީ، އެ ޓީޗަރު ސަސްޕެންޑް ކޮށްފައިވާ ކަމަށާއި އިއްޔެ ރޭ އޭނާ ރަށުން ބޭރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ޓީމެއް ވަނީ އެރަށަށް ގޮސް ތަހްގީގު ފަށާފައެވެ. އެހެން ނަމަވެސް ފުލުހުން މިއަދު ވިދާޅުވީ، މައްސަލައާއި ގުޅިގެން އެޓީޗަރު ހައްޔަރު ކޮށްފައިވާ ނުވާ ކަމަށެވެ.

މިމައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް ޖެންޑާ މިނިސްޓްރީގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ހިންނަވަރު މީހެއްގެ މިޤައުމުގެ ވެރިކަމުގައި
    މިހާރު ހުރީީ. ލައްކަ ވާހަކަ މީ. ގާޅޮހީ މީހުންނަކީ ހިތްވަރު ގަދަ ބައެއްތާ. ރަށުން ބޭރުކޮއްލީ. އެކަމަކު ދެން ބަޔޮލޮޖިީ ކިޔަވާދޭން ހުންނާނީ ކާކުބާ

  2. އަލެކްސް

    ފޮޓޯ އެއްތަ ހަމަ އެކަނި، ފޮޓޯއަކުން ޖިންސީ ގޯނާ ކުރަނީ ކިހިނެތް؟؟

    4
    3
  3. Anonymous

    ޖިންސީ ގޯނާ ކުރިކަމައްވޭ ފަތިގަނޑަކުން ފިރުމާލިޔަސް އެވެސް ސަކަރާތް ޖެހުމުގެ ތެރެއިން.

  4. ފޭކް ސޯށަލް ޖަސްޓިސް ވޯރިއާސް

    އާޓިކަލް ގަ ޖަހާފަަހުރި ފޮޓޯ އިން ވަަރަށް ހައިރާންވެއެޖެ، މިހާރުމިއިނގުނީ، "ނޯ ޓު ރޭޕޭ" ކިޔާފަ ނިކުންނަނީ އެކަމައް އަސްލު ހިއްވަރު ދޭމީހުންކަން އެނގެއްޖެ. މިކަން އަސްލު ހުއްޓުވަން އުޅޭ މީހުން ވަރައްމަދު، މީ ވަރަށް ދެރަކަމެއް.