ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބަލި ޖެހި ރަނގަޅުވެފައި ތިބޭ މީހުން މާލެ ސަރަހައްދުން އެހެން ރަށަކަށް ދަތުރު ކުރާ ނަމަ ކަރަންޓީން ވާން ޖެހޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭއިން ނެރެފައިވާ ސަރކިއުލާގައި ވިދާޅުވެފައި ވަނީ އެއޭޖެންސީން މީގެ ކުރިން ނެރެފައިވާ ސަރކިއުލާގައި މާލެއިންނާއި ރިސޯޓުތަކުންނާއި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރު ކުރާ މީހުންގެ ތެރެއިން ފައްސިވެ، ރަނގަޅުވެފައިވާ މީހުން (ފައްސިވި ސުންކު ނެގިތާ ތިން މަސް ދުވަސް ހަމަވެފައި ނުވާ މީހުން 14 ދުވަހަށް ކަރަންޓީނު ކުރުމަށް އެންގިފައިވާ ކަމަށެވެ.

އެގޮތަށް ކަރަންޓީނުވާ މީހުން ކަރަންޓީނުން ދޫކޮށްލާއިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭ ކަމަށް ސަރކިއުލާގައި ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް ބަލީގެ އަލާމާތްތައް ފެންނަ ނަމަ އެފަދަ ފަރާތްތަކުން ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށް ސަރކިއުލާގައި ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19ގެ ސަބަބުން ހަރުކަށި ފިޔަވަޅުތަކެއް މާލޭ ސަރަހައްދުގައި އަޅާފައިވާއިރު، މިދިޔަ މޭއި މަހުން ފެށިގެން މާލެ ސަރަހައްދުގައި ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑު ތަނުން ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެޗްޕީއޭ

    ނަމަވެސް ރަށުން ކޮވިޑް ޖެހި ރަނގަޅުވާ މީހަކު ކަރަންޓީން ވާކަަށް ނުޖެހޭނެ އެވެ. މީ އެޗްޕީއޭ ގެ މޮޅު ގަވައިދެވެ.

  2. ލަފާ

    ކޮބާ ޅޮހީ ބަޝީރު. ކަލޭ މި ގަވާއިދު ބަދަލުކުރަންވީނު

  3. ޢިބިލިސް

    ޢެޗްޕިއެ އިން ސަފްކޮލަ ދިބަލަ ކަރަންތިން މުއްދަތު 10 ދުވަހަ ކުދަކުރަން

    • ލޮލް

      ކަލޭ "ބޮންދު ދިވެހިން" ނުލިޔެ ސީދާ ދިވެހިބަހުން ލިޔެބަލަ އިހަށް..!