ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި މަހުގެ 06 ވަނަ ދުވަހުގެ ރޭ ދިން ހަމަލާ އާއި ގުޅިގެން މާލޭ ޖަލާއި މާފުށީ ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަން ނިންމާލައިފިއެވެ.

ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގަމުންދާ އޮޕަރޭޝަންނާ ގުޅިގެން މާލޭ ޖަލާއި މާފުށީ ޖަލުގައި ތިން މުވައްސަސާ ގުޅިގެން ހާއްސަ އޮޕަރޭޝަން އެއް ފެށީ މިއަދު ހެނދުނުއެވެ.

މި އޮޕަރޭޝަންއާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ނަޝީދަށް ދިން ހަމަލާއަށް ފަހު ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރުމަށް މާލެ އާއި އައްޑޫގައި ވެސް މީގެ ކުރިން ވަނީ އޮޕަރޭޝަންތަކެއް ހިންގާފައެވެ. އެއޮޕަރޭޝަންތަކުގައި ވަނީ ގިނަ ބަޔަކު ހައްޔަރު ވެސް ކޮށްފައެވެ.

ނަޝީދަށް ދިން ހަމަލާއަށް ފަހު ސަރުކާރުގެ އެކި އިދާރާތަކުންނާއި އަދި ސަރުކާރުގެ ބައެއް ވެރިން ވެސް ގެންދަވަނީ ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރަމުންދާކަމަށް ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ....

    ޖަލުގަ ތިބި ބަޔަކަށް އެވަރުގެ ކަމެއް ކުރެވޭނީ އޭގެ ކުރިން ސަރުކާރު ފެއިލްވެފަވާތީ....ޖަލުބަލާ ފާސްކުރުމުން އެނގިގެންދަނީ ތިމާމެންގެ އަމިއްލަ ނަފްސާމެދުވެސް އިތުބާރު ނެތްކަން....