ކޮވިޑް-19 ޖެހިގެން އިތުރު އަންހެނަކު މިރޭ ނިޔާވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން މިރޭ ނިޔާވީ 63 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއަދު މިހާތަނަށް ކޮވިޑް ޖެހިގެން ހަތަރު މީހަކު ވަނީ ނިޔާވެފައެވެ.

މިރޭ ނިޔާވި އަންހެން މީހާ އަށް ފަރުވާ ދެމުން ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލްގައި ހުންނަ ކޮވިޑް ފެސިލިޓީގައެވެ. އޭނާ ނިޔާވީ މިރޭ 22:00 ގައެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 196 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އައި ނަމަވެސް ކޮވިޑް ޖެހިގެން އަދިވެސް ގިނަ ބަޔަކު އަންނަނީ ނިޔާވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ސަރުކާރު މިހާރު ވިސްނަމުން ދަނީ ފިޔަވަޅު ތަކައް ލުއީދޭން.

  2. މާކު

    މިވަރުވައއިރުވެސް ތިކިޔާ އިޒްޒަތްތެރިމެންބަރުން ކަންބޮޑުވެގެން އެވެސް އެޗެއްބުނިތަ ނޫނީ މިކަންކަން ހަލުކުރަން ވާހަކައެދެކިތައް. ނުދައްކާނެ ނުވެސްދެއްކޭނެ އެވަރުގެ ތެތްކަމެއް ބޮލަކުނުހުންނާނެް. ޖީބައްފައިސާވަންނާނެ ގޮތެއްއެކަނި ވިސްނޭނީ ތާއަބަދު ނަޝީދު ނަޝީދު ގޮވަގޯވާތިބޭނީ.
    މީދިވެހި ރާއްޖޭ ގެ ހަލާކު. ރައިތުން ހޭލުން ތެރިވެ މިކަމުން ސަލާމތް ވާއުޅޭ ކޮންމެފަހަކު މިމީހުން އައިސް ރައިތުން ބިކަކުރަނެއް ގައުމުވިއްކާނެ