އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސަށް އިންތިހާބުވެވަޑައިގެންނެވި، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ޗައިނާ އިން ދީފިއެވެ.
އާއްމު މަޖިލީހުގެ ރައީސް ކަމަށް ޝާހިދު އިންތިހާބުވެވަޑައިގެންނެވީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. މިއީ ދުނިޔޭގެ މިހާ އިސް މަގާމެއް ފުރުމުގެ ފުރުސަތު ރާއްޖޭގެ ރައްޔިތަކަށް ލިބުނު ފުރަތަމަ ފަހަރެވެ.
އިންތިހާބުވެ ވަޑައިގެންނެވުމަށް ފަހު މިނިސްޓަރު ޝާހިދު ގެންދަވަނީ އާއްމު މަޖިލީހުގެ ރައިސްގެ ހައިސިއްޔަތުން ގިނަ ގައުމުތަކާއެކު ބައްދަލުވުންތައް ބާއްވަމުންނެވެ.
އެގޮތުން އިއްޔެގެ ވަގުތެއްގައި ޗައިނާއިން އެމެރިކާއަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޖަަންގް ޖުންއާ ވަނީ ޝާހިދުއާ ބައްދަލުކުރައްވައިފައެވެ. އެމެރިކާގައި ބޭއްވި އެ ބައްދަލުވުމުގައި ޖަންގް ޖުން ވަނީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީގެ ފަރާތުން ޝާހިދަށް މަރުހަބާގެ މެސެޖް ރައްދު ކޮށްދެއްވައިފައެވެ.
Glad to meet with the President-elected of the 76th session of #UNGA, H.E. Foreign Minister @abdulla_shahid of Maldives.I conveyed the congratulatory message from H. E. State Councilor&FM Wang Yi and reaffirmed China's full support for him in delivering a #PresidencyofHope. pic.twitter.com/VtfwuxkhCu
— Zhang Jun (@ChinaAmbUN) June 12, 2021
އަދި އާއްމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމުގައި ޗައިނާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ޖަންގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ޗައިނާގެ ތާއިދު ލިބިގެން ދިޔުމަކީ މުހިއްމު ކަމެއް ގޮތުގައި ފާހަގަކުރައްވާ ޝާހިދު ވަނީ އެ ގައުމުން ބާއްވަމުންދާ ގާތް ރަހުމަތްތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
China’s support will be integral to deliver the #PresidencyOfHope. Thank you so much Ambassador for your friendship, and that of your country. Together we can deliver a successful #UNGA76 https://t.co/1aXK1RbGeH
— Abdulla Shahid (@abdulla_shahid) June 12, 2021
ރާއްޖެ، އާއްމު މަޖިލީހުގެ ގޮނޑިކާމިޔާބުކުރީ 143 ގައުމުގެ ވޯޓު ކާމިޔާބު ކޮށްގެންނެވެ. ޝާހިދުގެ ދައުރު ފެށޭނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
ދިވެހިރާއްޖެ ވެގެން މި ދިޔައީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން އދގެ ރިޔާސަތު ބަލަހައްޓާ ހަ ވަނަ ގައުމަށެވެ.
އދގެ އާއްމު މަޖިލީހަކީ އދ.ގެ މައިގަނޑު ހަ ގުނަވަނުގެ ތެރެއިން އެއް ގުނަވަނެވެ. އަދި މިއީ ސިޔާސަތު ކަނޑައެޅުމާއި މަޝްވަރާކުރުމުގެ މައިގަނޑު ގުނަވަންވެސްމެއެވެ. އާއްމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ އެ މަޖިލީހުގެ ރައީސްއެވެ.
އަދި އާއްމު މަޖިލީހުގެ ރައީސް، ބައިނަލްއަގްވާމީ ބައްދަލުވުންތަކާ ސަރަހައްދީ ބައްދަލުވުންތަކުގައި އދ.ގެ މުޅި މެމްބާޝިޕް ތަމްސީލް ކުރާނެއެވެ.
ރާއްޖެއިން އދ.ގެ މެމްބަރު ގައުމަކަށްވީ މިނިވަންކަން ލިބުނުތާ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭ، 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ހުރިހިތާމްއެއްގެބޮޑުކަމާ
މި ރ އްޖޭގެ އިދި ކޮޅު ފަރާތްތަކުގެ އެއްބާރު ލުން ވެސް ޝާހިދަށް ވަރަށް މުހިއްމު
ދިވެހިރައްޔިތެއް ހައިސިއަތުން ވަރައްހިތާމަމެރިދުވަހެއް
އެއީ މިގައުމައްގައްދާރުވެފަހުރިމީހެއް
އަހަރުދުވަސް އަވަހައްނިމޭނެނަމަ
ހާދަބޭކާރުހަރަދެކޭމިގެލްލެނީ އަވަހައްސަލާމައްވާނެނަމަ
ޝާހިދުގެ މިދައުރުގައި އިންޑިޔާއިން ރާއްޖެ ހިފައިފިނަމަ އދ ގެ ޢާއްމު މަޖިލީހުން އެކަން ކުއްވެރިކުރުމަކީ ނާދިރުކަމެކެވެ.
ޝާހިދަށް ފުރިހަމަ އެއްބާރުލުން ދޭނަން: ޗައިނާ
9 މިނެޓް ކުރިން ( ޖޫން 13, 2021 )
އުނބައްޖެހީދޯ؟
ކަނޑާނެ ފޮންޏެއް ކަނޑަން އޮތީ 12 މަސްދުވަސް.
ޝާހިދު އައްޔަންކުރި އިންޑިއާ މީހާގެ މުސާރަ ދޭންޖެހެނީ ކޮން ގައުމަކުން ؟
މިއީ ސީދާ އދ އިން މުސާރަދޭނެ ފަރާތެއްނޫން. އެއީ ދިވެހި ދައުލަތުން ދޭންޖެހެޭ މުސާރައެއް. ވަގުތު ނޫހުން މިކަން ެލުން މުހިއްމު.
ދެން އިތުރަށް ބަލަނީ ކީއްކުރަން. ދަންނަކަލޭފާނު ތިބުނީއެއްނު.
ދައުރެއްގަ އޮންނަނީ ކިތައް އަހަރު ތޯ
ހިންދީ ފިލްމް ތަކުގައި އުޅު ޖީވަން އެއީ ޝާހިދުގެ ނަމޫނާ މަތި އޮމަން ވާނެ އަޑި ނުބައިވާނެ.... އެ ވަރުން ވެސް ޗައިނާ އިން ވެކްސިން ކޮޅެއް ލިބޭތޯ ނުބުނެއެވެ، ފޮޓޯ ނަގާ ހަދާލީމާ ނިމުނީ ބަލަ ޝާހިދޫ ސްރީލަންކާއަށް އެއް މިލިއަން ޑޯޒްގެ ވެކްސިން ހިލޭ ޗައިނާ އިން ދީފިއޭ
ޗައިނާއިން ދިން ދެލައްކަ ޑޯޒް ވެކްސިން ރާއްޖެ ގެންނަން އިންޑިޔާ މަތިން އުދުހެން ޗައިނާ އަށް ހުއްދަ ނުދިން އިރުވެސް މަނިކުފާނަށް މުހިންމީ އިންޑިޔާ ދިވެހިންގެ ގިނަ މީހުން މަރުވީ ވެކްސިން ނުޖެހި ތިބެ މިހާރު އިންޑިޔާ ކޮބައިތޯ ވިކްސިން ހުސްނުވެ ދޭނަމޭ ބުނެ އަޑު އެރުވި ސުދީރު ކޮބައިތޯ އަޑު އެރުވެ އެގައުމުގެ ޖައިސަންކަރު ކޮބައިތޯ
ޝާހިދު އެހެން ބުންޏަސް އިންޑިއާ މީހުން އާއެކޭ ބުނާށޭ ބުނާ ކަންކަމަށް އެކަނި ޝާހިދަށް އާއެކޭ ބުނެވޭނީ. ޗައިނާ މީހުންގެ އެއްވެސް އެހީއެއް ނުހޯދާނެ އަސްލުގަ.