ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފަށަން ތައްޔާރުވެފައި ވަނިކޮށް އެޕާޓީގެ ލީޑަރު ކަމުގެ މަގާމަށް ކުރިމަތިނުލާނެ ކަން ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިއުލާން ކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓީ އަކީ 2008 ވަނަ އަހަރު ގާސިމް ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވަން ވެގެން އުފެއްދި ޕާޓީއެކެވެ. ޖުމްހޫރީ ޕާޓީ އުފެއްދިއިރު ގާސިމް ހުންނެވީ ރައީސް މައުމޫން ސަރުކާރުގެ ފިނޭންސް މިނިސްޓަރުގެ މަގާމުގައެވެ. އެޕާޓީ އުފެއްދީ އޭރު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރައްވަމުން ގެންދެވި ބައެއް މެންބަރުން އެމްޑީޕީ އިން ވަކިވެވަޑައިގެންނެވުމަށް ފަހުއެވެ. ގާސިމް ވަނީ ޖުމްހޫރީ ޕާޓީ އުފެއްދުމުގެ އަޑީގައި ހުންނެވުމަށް ފަހު ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާދެއްވާ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފައެވެ. އެއިރުއްސުރެ ޖުމްހޫރީ ޕާޓީގެ ލީޑަރަކީ ގާސިމެވެ.
އިއްޔެ ގާސިމް ފޭސްބުކް މެދުވެރިކުރައްވާ ދެއްވި ބަޔާނުގައި ވިދާޅުވީ ޕެރޯލްގެ ޤާނޫނު އޮތްގޮތުން އޭނާ އަށް ޕާޓީގެ ލީޑަރުކަމުގެ މަގާމަށް ކުރިމަތިލެވެން ނެތް ކަމަށެވެ.
ޕެރޯލްގެ ޤާނޫނު މިހާރު އޮންނަ ގޮތުން އެއްވެސް ޖިނާޢީ ކުށެއް ސާބިތުވެފައިވާ މީހަކަށް ސިޔާސީ ޕާޓީއެއްގެ އެއްވެސް މަގާމެއް އަދައެއް ނުކުރެވޭނެއެވެ.
ގާސިމް ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް ކުރިމަތިނުލާނެ ކަމަށް ވިދާޅުވެފައި ވާއިރު ބެލެވޭ ގޮތުގައި އެމަގާމަށް ކުރިމަތިލާނީ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދެވެ.
ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި މިފަހަރު ރައީސް އަކު ވެސް ހޮވާނެއެވެ. ޕާޓީގެ ރައީސް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވަނީ ކުރިމަތިލައްވާފައެވެ.
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އޮންނާނީ މާދަމާ އިން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ގާސިމްގެ ޕެރަޑައިސް އައިލެންޑް ރިސޯޓްގައެވެ.
ސަހަރޯ.ޕެރޯލްގެ ޤާނުނު އޮތް ގޮތުން ޤާބެއައް ޕާޓީގެ ރައީސް ކަމައް ކުރިމަތި ނުލެވޭކަން އެނގޭ އިރު، ދިވެހި ރާއްޖެގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމައް ބޮޑު ކުއްވެރިޔަކައް ކުރިމަތި ނުލޭވޭނެ ކަމުގެ މާއްދާ މި ޤާބެއައް ނުފެންނަނީ ކީވެބާއޭ ހިތައް އަރާ.ވެރިކަން ކުރާ ހިއްވިޔަސް މީ ބޮޑުވަރު ކަންނޭނގެ.
ޕާރޓީތަކުން ރައްޔިތުންގެ މަގުބޫލުކަން ހޯދާފައިވާ އެމް.ޑީ.ޕީގެ މެމްބަރުންގެ ތާއީދު ލިބިގެންދިޔަ އަލީވަހީޯދު ޖުމުހޫރީ ޕާރޓީގެ ތެެރެއިން ރައީސް ކަމަށް އައިސް އެބުނާ މުހުލަތުގައި ކަންތައްތައް ހަމަޖައްސައި ހުރިހާ ސިޔާސީ މީހުން މިނިވަންކޮށް އަލުން އިންތިޚާބަކަށް ފުރުސަތުދީ ގޮވާލާނެ ކަމަށް ފެނޭ
އޯކޭ ނުލިޔަސް ލިއަސް
ތިޔަ ގަނަތައް ނުތެޅި ޤާސިމުގެ ސިކުނޑިން ރަގަޅަށް ވިސްނާ ތިޔަ ޖެހިފަހުރި މަޅިން ނުކުމެ ހިންދެމިލާށެވެ. މިއަދުގެ ސަރުކާރާއެކު ކުރިޔަށް ދާށެވެ!
ނުހުރެވޭނެ މަޑަކުން. މޮޔައީ ވަކިވަރަކަށް ނޫނިއްޔަ! ދިއްދޫ ސަމީރުމެން، ތިމަރަފުށީ ރިޔާޒުމެން ޤާސިމްގެ ބޯކައިގެން ޖީބުތައް ފުރަނީ! ޤާސިމަކަށް ރެއަކާ ނުލާ!
ހެހެ. ކުރިމަތި ލައިގެން ހޮވުނަސް ކޮން އެއްޗެއް ކެވޭނީ.
މާބައިދޫ ކޮންމެ މީހަކީ ތިމާވެށީގެ ރޮނގުން ޕީ.އެޗް.ޑީ ނަގައިގެން ތިބި މީހުން ވިއްޔަ! އެހެންވީމަ ނެރު ކަނޑަންވާ ދިމާ އެމީހުނަށް ވަރަށް އެނގޭނެ! ހެހެހެހެ!
ހެޔޮނުވާނެ! ކުރިމަތިލާ! އެހެންނޫނީ ތިއީ އެއްވެސް ވައްތަރެއްގެ ރައީސަކަށް ނުވާނެ!