ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިވާ ބިލާ ދެކޮޅަށް މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި އެ ސިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ އެއްވެސް ކައުންސިލަރެއް ސޮއި ނުކުރެއްވިއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލުގައި ވަނީ އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.

މި ބިލަކީ "ލާދީނިއްޔަތު" ފެތުރުމުގެ ޖާގަ ހުޅުވާލަދޭ ގޮތަށް އޮތް ބިލެއް ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އަދި ބިލު މިހާރު އޮތް ގޮތުން ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅިގެންދާ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

މާލެ ސިޓީ ކައުންސިލްގައި 19 މެމްބަރުން ތިއްބަވާ އިރު، ބިލާ ދެކޮޅަށް ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ސޮއިކުރެއްވީ ޕީޕީއެމްގެ މެމްބަރުންނެވެ. އޭގެ ތެރޭގައި މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ހިމެނިވަޑައިގަންނަވައެވެ. އެ ބަޔާނުގައި ސޮއި ނުކުރައްވައި ހަމައެކަނި ތިއްބެވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންނެވެ.

އުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅަން ސަރުކާރުގެ ފަރާތުން ގާނޫނުލްއުގޫބާތަށް ގެންނަން ހުށަހެޅި އިސްލާހާ މެދު ކަންބޮޑުވާ ކަމަށެވެ. އޭގައި ގާނޫނުއަސާސީއާ ތައާރަޒުވާ އަދި ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް އޭގައި ހިމެނޭ ކަމަށް އެ ކައުންސިލުން ދެކޭ ކަމަށް ބަޔާނުގައިވެއެވެ.

އިސްލާހާ އެކު، ދީނަށް ހަޖޫ ޖަހައި ފުރައްސާރަކޮށް މާތްﷲ އާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރުން އެއީ ގާނޫނު ހުއްދަ ކުރާ ކަމެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށް ބެލެވޭ ކަމަށާއި އެކަމާ ދެކޮޅަށް ބަސް ބުނާ މީހާ އެ ކުރަނީ ކުށެއް ކަމުގައި ކަނޑައަޅަން ސިޓީ ކައުންސިލުން ދެކޮޅު ކަމަށް ބަޔާނުގައިވެއެވެ. ކައުންސިލުން ވަނީ އެ އިސްލާހު ފާސްނުކުރުމަށް، ކައުންސިލްގެ މެމްބަރުން ތަމްސީލުކުރާ ދާއިރާތަކުގެ މެމްބަރުންނަށް ވެސް ގޮވާލައިފައެވެ.

ސަރުކާރު ފަރާތުން ގާނޫނުލްއުގޫބާތަށް މި އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިނެވެ. އެ ބިލުގައި ފުރަތަމަ ކިޔުން މިދިޔަ މަހުގެ 31 ގައި ވަނީ ރައްޔިތުންގެ މަޖިލީހުގަައި އިއްވައިފައެވެ.

ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ މި ބިލުގައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ، ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމަކީ ޖިނާއީ ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޠަންޑާ

    ސޮއި ނުކުރުން އެއީ އަހަރުން ހައިރާންވާ ކަމެއްނޫން. އެމްޑީޕީއަކީ ލާދީނީ ފިކުރުގެ މަތީގައި ބިންގާ އެޅިގެން ހިނގަމުން އަންނަ ޕާޓީއެއްކަން އެއީ އެންމެންވެސް ދަންނަކަމެއް.

    71
    1
    • ލޮލް

      ޚުދު އެމްޑީޕީއަކީ، އެޕާޓީގެ އާންމު މެމްބަރުންނަށްވެސް ޕާޓީ ކަންކަމުގައި އެމެމްބަރުންގެ އަމިއްލަވިސްނުން ހިންގުން މަނާކޮށްފައި އޮންނަ ޕާޓީއެއް. އެޕާޓީގެ އަސާސީ ގަވާއިދުގައި އޮންނާނެ ޕާޓީއަށް ވަންނަންވާނީ ގޭބޮޑުފޮށްޓައް ސިކުނޑިލާ ތަޅުލައިފާ ކަމަށް. އަދި ޕާޓީކަންކަމުގައި ވިސްނަންވާނީ ބުއްޅަގެ ސިކުނޑިންކަމަށް.

  2. ބޮޑު ކެކުރި

    މުނާފިޤުން ހުށަހަޅާ ލިޔުން ތަކުގައި އެއް ބ ރުލުން ދޭން ޖެހޭތަ

    5
    54
    • ކުޑަ ކެކުރި

      އިސްލާމްދީނާ އިދިކޮޅު މީހުންނައް ވާނީހަމަ ތިހިން

    • ރަނާ

      އެއްބާ ރުލުން ދޭން ބޭނުންވާ
      މެމްބަ ރުން ގިނަވާނީ އެކަމަކު ޕާޓީން ކު ރާ ކަމަކާ ދެކޮޅު ހަދަން ގިނަ މެމްބަ ރުން ނަށް ނުކެ ރޭނެ

  3. Anonymous

    ތިހެން ސޮއި ނުކޮށް ހުރެބަލަ. ވޯޓުން ނަތީޖާ ދައްކާނީ..ދުވަހަކުވެސް ތީގެ މީހަކު ރައްޔިތުންގެ ވޯޓަކުން ﷲ އިރާދަފުޅުން ނުހޮވޭނެ.

    65
    1
  4. ބޯޖަލީލު

    ރީނދޫ ކެނަތަށް ހަޔާތްވެސްކުޑަދޯ

    53
    1
  5. ޒައިނަބު

    އޯކޭ. ހުރޭ ނުކޮށް. ތިޔަބަޔަކު ވެސް ނެތިދާނެ. ތިޔަ ބަޔަކު ދެން ހިތަށް ނާރުވާތި ރައްޔިތުންގެ ވޯޓުން އެއްވެސް މަޤާމަކަށް ހޮވޭނެ ކަމަށް. ﷲ އިރާދަފުޅުން ތިޔަ ސޮއި ނުކުރި ބަޔަކު ބަލިވާނެ ކުރިމަގެއް ނެތް ދެނެއް.

    56
    1
  6. ޙަސަނާ

    ތިޔަގަރާރުގައި މޑޕ މެންބަރުން ސޮއިނުކުރުމުން ދޭހަވަނީ މޑޕ އަކީ ވަކިމީހެއްގެ ނޫފޫޒުގަ ވަކިފިކުރެއް އެފިކުރަކީ އިސްލާމްދީނާ އިދިކީލިފިކުރެއްކަން ނަފުރަތޭ ހަރުކައްޓޭ ކިއައިގެން އުޅެނީ މުޖުތަމައުގެ ސަޕޯޓާއެކު ލާދީނީ މިނިވަން ގުރޫޕައްޖާގަހޯދަން މޑޕ ގަތިބި މުސްލިމް ރައްޔިތުންނޭ ދީނައްލޯބިކުރާ މެމްބަރުންނޭ ވިސްނާ ހޭއަރާށެވެ ޕާޓީ ހިސޯރުކޮއްފަވަނީ ލާދީނީ ގުރޫޕަކުންނެވެ..

    52
    2
  7. ޑިމޮކްރަސީ

    ތީ ތިއެންމެން ބައިވެރިވެގެން ހިންގާ ޖަރީމާ އެއް އެހެންވީމަ ސޮއެއްނުކުރާނެއްނު

    37
    14
  8. ކަނަށް ކަފޫރު

    ކޮބާ ނިކަން ލާބަލިބޭނެ މުއީޒު ހޮވީމަ ތިކަންތަކަޖެހުނީ

    1
    42
  9. ބުއްޅަބޭ

    ކަލޭމެންގެ ސޮއި ދެނެއް އެއްގޮތަކަށްވެސް ބޭނުމެއްނުވާނެ މާލޭ ސިޓީ ކައުންސިލުން ނިންމާކަމަކަށް....މެޖޯ ރިޓީ އޮތީ ޕޕ ކުދިން އަތުގަ...ބޭނުން ކަމެއް ވާނެ...ސާފު ވެއްޖެދޯ؟

  10. ކޮރަލް

    ގިމާޔަތް ދުވަހު އެންމެން ބައްދަލު ވާނެ އެވެ. ކައިރީގަ އެހީވާނެ މީހަކުނުހުންނާނެ އެވެ.

  11. ބަދަލުވަމުންދާ ސަޤާފަތް

    ޕާޓީގެ ސިޔާސަތުތަކަށް ތާއީދު ކުރުމަކީ އެއްވެސް މައްސަލައެއްނޫން، މީގެ މައްސަލަ އަކީ ﷲގެ ދީނަށް ފުރައްސާރަ ކުރުމާއި ކީރިތިރަސޫލާގެ.ޞ.ޢ.ވ.، ސުއްނަތަށް މަލާމާތްކޮށް ހަޖޫޖަހައި ހަދަމުން ދާއިރު އެކަން މާނަކުރުމުގައި ޕާޓީ ގެ ސިޔާސަތު އިސްކުރުން، ދީނަށް ފުރައްސާރަ ކުރުމުގައި ޕާޓީއަށް ނުވަތަ އެފަދަ މީހަކަށް އަހަރުމެންްް ތާއީދު ނުކުރާނަން ދުވަހަކު ވެސް ޤިޔާމަތް ދުވަހު ﷲހަޟުރަތުގައި ދޭނެ ޖަވާބެއް ނޯންނާނެ، އަޚުންނޭ ވިސްނަވާ ކަންކަން އިޞްލާޙުކުރުމަށް މަސައްކަތް ކުރައްވާ ދުނިޔަވީ ޙަޔާތަކީ ވަގުތީ ކަމެއް .

  12. ހައިލީ

    އެމްޑީޕީ އަށް މީހުން .... އެހެންކިޔަނީ މިހެންވީމާ

  13. ކަލްޓް

    އެހެންވީމަ އަޅުގަޑު މެން މިދަންނަވަނީ އެމްޑީޕީ އަކީ ލާދީނީ ފިކުރެކޭ! މި ބާތިލް ފިރުގާ އާ މެދު ގިޔާމަތް ދުވަހު ސުވާލު ވެވޭނެ!

  14. ނާގަބާޑި

    ގާނޫނުހެދިޔަސް އެއީ ލާދީނީމީހެއްކަން އެނގޭއިރު އެނޫންގޮތަކައް ނުކިޔޭނެ މިހެން މިބުނީ ކުރިމަތީގަ އެތައްބައެއްގެތެރޭގަ ބުނެފައެބަހުރި ތމަންނަޔަކީ މުސްލިމެއްނޫނޭ އެކަމަކު އެމީހާގެނަމަކީ މުސްލިމް ނަމަކައްވާތީ އަހަރެމެން ބުނަންވީ އެއީ މުސްލިމެކޭ ނުުކިޔޭނެ ކިޔޭނީ ލާދީނީ ދެން މިީހާގަ އަނަލުތައް ހުންނަގޮތާ ދައްކާވާހަކައިން އެކަން އެނގޭއރުވެސް ކިޔަންވީ މުސްލިމެކޭތަ އެހެން ނުކިޔޭނެދޯ ސޮއިނުކުރިޔަކަސް ތިވާނީ ހަމައެއައް

  15. ާަެެައބދ

    އެމްޑީ ޕީ އަކީ ދިރޭނެ އެއްޗެއްނޫން އެމްޑީޕީ ފިކުރު އެއީ މާޒީ ބުއްދި ހުރި މީހަކުވިއްޔާ އެދޫކޮއްފަ ހައްގައް ތަބާވާނެ.

  16. ގައުމީ ލޯބި

    މި ބިލަކީ މި މީހުން ދީނާއި ދެކޮޅު ކަންކަން ކުރަން މަގުފަހިކުރަން ކޮށާ މަގެއް.. ނޫންސްވެރިން ވެސް މިބިލުގެ ނަން ހަމަ އެކަނި ބަލަނީ.. އަސްލު މިބިލުގެ ސަބަބުން އިސްލާމްދީނާއި ފުށޫއަރާ ކަންކަމާއި ދީނާއި ދެކޮޅު ކަންކަން ކުރަން ދޮރުހުޅުވެނީ.. އަދި ޚުރާފާތު ފަތުރާ މީހުން ނަޢި ދިމާލަށް ޗުޕްވެސް ނުބުނެވޭނެ.. ގައުމު ފަސާދަވާނީ..

    އެހެނީ، އެފަދަ ކަންކަން ކުރާ މީހަކާއި ދިމާލާ ތީގޯހެކޭ ދީނާއި ޚިލާފު ކަމެކޭ ޚުރާފާތެކޭ ބުނާ މީހާ ކުޢްވެރިކޮށް ޖަލަށް ލެވޭގޮތަށް ބައްޓަން ކުރާ ބިލެއް އެއީ.

    ތީ ބޮޑު އޮޅުވާލުމެއްގައި މީހުން ޖައްސައި ނޫސްތަކުން ވެސް އެގޮތަށް ފަހިވާގޮތަށް ސުރުޚީ ޖައްސައި ގެން ހިގާ ރޭވުންތެރި ހީލަތްތެރި ބޮޑު ޖަރީމާއެއް.. ދީނާއި ސީދާ ގޮތުން ދެކޮޅު މީހުންނަށް ފުރުސަތު ހުޅޫވާލަދޭ ދޮރެއް..

  17. ޢބްދުއްﷲ

    ނަފްރަތު ބިލާ ދެކޮޅަށް ނެރުނު ބަޔާނުގައި އެމްޑީޕީ ކައުންސިލަރުން ސޮއި ނުކުރި!

    4 ގަޑިއިރު ކުރިން ( ޖޫން 13, 2021 )

    ހިތްވަރުކޮއްލާ މިވެރިންނަށް ވޯޓްލީމީހުންނާއެކު މާތްﷲގެ ހިތްޕެވުން ވަރަށް ފުރިހަމަވާނެ.

  18. އާދަމުގެދަރި

    ދީން ހިމާޔަތްކުރުމަށް ކުރި ހަނގުރާމަތަކަށް އިހުގައިވެސް މުނާފިގުންގެ އެއްބާރުލުމެއް ލިބިފައި ނުވޭ. އެމީހުން ތަބާވީ މުނާފިގުންގެ ވެރިޔާއަށް. ޒަމާން ބަދަލުވިޔަސް ތަން ބަދަލުވިޔަސް މިކަން މިގޮތުގައި ދެމިއޮންނާނެ. މިޒަމާނުގައިވެސް ނަމުގައި މުސްލިމުން ކަމުގައި މިކަހަލަ މިފަދަ މީހުން އުޅޭނެ. އެމީހުންގެ އެއްބާރުލުމެއް ދީން ހިމާޔަތް ކުރުމަށް ނުލިބޭނެ.

  19. ހަސަނާބެ

    ބަލަ ކަރަންކަފޫރު ކަލޭވެސް ގައިމުވެސް މަރުގެރަހަދެކޭނެ އެދުވަހުން ސަރޯ ހީވާނެ އާދޭސްކޮއްފަބުނަން އަވަހައް ތިޔަ ރީނދޫ ބައިގަނޑާ ދުރުވޭ އަދި އަވަހައް ތައުބާވޭ މާތްﷲ ތައުބާގެ ދޮރުވަނީހުޅުވާލައްވާފަ ހެޔޮނުވާނެ!!!

  20. އަޖުމަދު

    މޑޕ އިން ދީނަށް ލޯބިކު ރާ މީހުނެއް ނުތިބޭނެ. އެތާ ގަ އުޅޭނީ ލާދީނި ބަޔަކު. މޑޕ މީހަކު އިސްލާމް ދީނަށް ނަސްރު ދޭން މަސައްކަތް ނުކުރާނެ ކަން އެނގޭ....
    ލާދީނީ ،ފާސިގު އިންޑިއާގެ އަޅުވެތި އެމްޑީޕީ......

  21. ޙަސަނު

    އެއްވެސް ތަނެއްގަ މުސލިމަކު ކާފަރުކުރުމަކީ ކަނޑައެޅިގެން އިސްލާމަދީން ނަހީކުރައްވާފައިވާކަމެއް. ހަގީގީ ލާދީނީ ބަޔަކީއެފަދަގޮވެލި ގޮވާމީހުން.