މާލެ އިން އުތުރު ރަށެއްގައި ފިރިހެން ދަރިވަރަކާ ބެހުނު ކަމަށް ބުނާ އަންހެން ޓީޗަރު ސަސްޕެންޑްކޮށްފިއެވެ.

ސްކޫލު ގްރޭޑް 10 ގައި ކިޔަވަމުން ދިޔަ ފިރިހެން ދަރިވަރަކަށް އޭނާގެ ޓީޗަރު، ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް ފެންމަތިވީ މިދިޔަ ހަފްތާގައެވެ.

ދަރިވަރަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ޓީޗަރަކީ 25 އަހަރުގެ މީހެކެވެ. އޭނާ އަކީ އެރަށުގައި ދިރިއުޅޭ އެހެން ރަށެއްގެ ޓީޗަރެކެވެ.

މައްސަލަ ފެންމަތިވުމުން ރައްޔިތުން ނިކުމެ ވަނީ ޓީޗަރު ރަށުން ބޭރުކޮށްފައެވެ. ދަރިވަރާއި ޓީޗަރާއި ދެމެދު ދެކެވުނު ކަމަށް ބުނާ ވާހަކަތައް ފެންނަ ޗެޓްލޮގްތަކެއް ވެސް މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

މި މައްސަލަ ފުލުހުންގެ އިތުރުން ޖެންޑާއިންވެސް ދަނީ ބަލަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީ ޕާމަނަންޓް ސެކެރެޓަރީ (ޕީއެސް) އަހުމަދު އަލީ "ވަގުތު" އަށް ވިދާޅުވި ގޮތުގައި އަންހެން ޓީޗަރު ސަސްޕެންޑްކުރީ މި މަހުގެ 10 ވަނަ ދުވަހެވެ.

ޓީޗަރު ސަސްްޕެންޑް ކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަކަށެވެ. އެއީ ޓީޗަރަކަށް މިފަދަ ތުހުމަތެއް ކުރެވުމުން ސަސްޕެންޑް ކުރަން ސިވިލް ސާވިސްގެ ގާނޫނޫގައި ބުނާ މުއްދަތެވެ.

އިތުރު ފިޔަވަޅެއް އަޅާނީ މިނިސްޓްރީން އިދާރީ ތަހުގީގު ހިންގުމަށް ފަހުއެވެ. އެ ތަހުގީގު ދަނީ މިހާރު ކުރަމުންނެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ އަންހެން ޓީޗަރު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ރަބަރޭ

  ޓީޗަ ރު އެކަނިތަ ސަސްޕެންޑް ކު ރީ 16
  އަހަ ރުގެ ޒުވާން ދަ ރިވަ ރު ސަސްޕެންޑް
  ނުކު ރޭތަ

 2. ދޯ

  ވިކްޓިމްއަކީ އަންހެން ކުއްޖެއްނަމަ ލައްކަ ފޯރި އަރުވާލީސް.

 3. ނނނ

  ބެހެނީ ރުހުމުގާތަ މިހާރު

 4. ކޮރުބެއްޔާ

  ކީއްވެބާ ހައްޔަރު ނުކުރީ ޓީޗަރެއްވީމަތަ ނޫނީމާ ހިޔާބޮޑުގަހެއްގެ ހިޔަލުގަހުރީތަ