ކާނާގެ ބައެއް ބާވަތްތައް ގިނަ ދުވަހަށް ރައްކާކުރުމަށް އެންމެ ގިނަ މީހުން ބޭނުން ކުރަނީ އައިސްއަލަމާރިއެވެ. ނަމަވެސް އައިސްއަލަމާރީގައި ވެސް ރައްކާ ކުރުން އެންމެ ރަނގަޅު ނޫން ކާނާ ހުރެއެވެ. އޭގެތެރެއިން ބައެެއް ބާވަތްތަކަކީ:

ޓޮމާޓޯ

އައިސްއަލަމާރީގައި ޓޮމާޓޯ ބެހެއްޓުމުން އޭގެ ރަހަށް ބަދަލު އާދެއެވެ.

ދޮންކެޔޮ

ދޮންކެޔޮ ބެހެއްޓުމަށް އެންމެ ރަނގަޅީ ހާމަ ތަނެއްގައެވެ. އައިސްއަލަމާރިއަށް ލުމުން ދޮންކޭލުގައި ކަޅު ލައްތައް ޖަހާނެއެވެ.

ކަރާ

މާގިނައިރު އައިސްއަލަމާރީގައި ކަރާ ބަހައްޓައިފިނަމަ އޭގައި ހުންނަ އެންޓިއޮކްސިޑެންޓްސްގެ ބައި ދަށްވެއެވެ.

ބަށި

އައިސްއަލަމާރީގައި ބަށި ގިނަ ދުވަހަށް ބެހެއްޓުމުން އޭގެ ރަހައަށް ބަދަލު އައިސް ހަލާކުވާނެއެވެ.

ލޮނުމެދު

ލޮނުމެދަކީ ވެސް ހާމަ ތަނެއްގައި ބެހެއްޓުން ރަނގަޅު ބާވަތެކެވެ.

އަލުވި

އައިސްއަލަމާރީގައި އަލުވި ގިނަ ދުވަހަށް ބެހެއްޓުމުން އޭގެ ބޭރު ތޮށިގަނޑު ހަލާކުވެ ރަހައަށް ބަދަލު އާދެއެވެ.

އޮރެންޖު

މިއީ އެސިޑިކް ބާވަތެއްކަމުން މާ ފިނި ގަދަވުން އޮރެންޖު ހަލާކު ވާނެއެވެ.

ކެޗަޕް

މިފަދަ ފުޅިތައް ކެނޑުމަށްފަހު ފުރިޖަށް ލާކަށް ނުޖެހޭނެއެވެ. އެއީ އެ އުފައްދާފައިވަނީ ހަލާކުނުވާނެހެންނެވެ. ރެސްޓޯރެންޓުތަކުގައި ވެސް މޭޒުމަތީގައި މިފަދަ ފުޅިތައް ބަހައްޓައިފައި ހުރެއެވެ.

ޕީނަޓް ބަޓަރ

ޕީނަޓް ބަޓަރ އައިސްއަލަމާރިއަށް ލުމުން ހަރުވެ އޭގެ ރަހައަށް ވެސް އަސަރު ކުރާނެއެވެ.

ޕާން

ޕާން އައިސްއަލަމާރިއަށް ލުމުން ހަރުވެ، ހަލާކުވާލެއް އަވަސް ވާނެއެވެ.

ކޮފީ

ތާޒާކަން މަތީ ކޮފީ ބަހައްޓަން ބޭނުން ނަމަ ކޮފީ ފުރިޖަށް ނުލާށެވެ.

މީގެއިތުރުން ވެސް ކިއުކަމްބާ، ސްޓްރޯބެރީސް، ބިސް، ފިޔާ، ޗޮކްލެޓް ފަދަ ބާވަތްތައް އައިސް އަލަމާރީގައި ރައްކާކުރުން ބުއްދިވެރިއެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހާލުފޮޅި

  އައިސްއަލަމާރި ރަނގަޅުވާނީ ޖައްސަފަ އެއްޗެއް ނުލައި ހުސްކޮން ބެހެއްޓީޔާ . .

 2. ޙެހެ

  ނޯ ޕްރޫފް.

 3. ޒަބާދުކުޑޭ

  އައިސް އަލަމާރި ބޭނުންކުރުންވެސް ރަނގަޅެއްނޫނެވެ. އަލަމާރި ބޭނުންކުރުމުން އަލމާރި ހަލާކުވާނެއެވެ.

 4. ބަބޫ

  ރަގަޅުވާނެ އައިސްއަލަމާރިއެއް ނުގަތިއްޔާ

 5. ބަބޫ

  ރަގަޅުވާނެ ފއައިސްއަލަމާރިއެއް ނުގަތިއްޔާ. މާގިނަ ރުފިޔާ ހަރަދުވާނެ