ށ. ބިލެތްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްޓީސީސީން މިއަދު ވިދާޅުވެއްޖެއެވެ.

އެ ރަށު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރީ 28.42 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން 24،125 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1،150 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ. ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން މިހާރު އެންމެ ގިނަ މަޝްރޫއު ހިންގަމުން އަންނަ ކުންފުންޏަކީ ވެސް އެމްޓީސީސީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސސ

    ރާއްޖޭގެ ރައްތަކުގެ ރީތި ގޮޑުދޮށު ތަކާއި އެރީތި ދޮންވެލި ބީޗް ހަލާކުވަނީ ނެރުތަކާއި ބަދަރު ތަކާއި ފަޅު ހެދުމުގެ ސަބަބުން ގުދުރަތީ ގޮތުން ރައްތަށް ހުރިގޮތަށް ބެހެއްޓުން މާރަގަޅު !

  2. އަޙްމަދު ރައިސަމް

    ވަރަށް ވެސް އުފާވެރި ޚަބަރެއް! އެހެން ނަމަވެސް ހިތާމައަކީ ށ. ފޭދޫގެ ބަނދަރުގެ މަސައްކަތް ފިނިހަކަ ދުވެލީގައި ދާތީ! ކައުންސިލްގެ އިންތިޚާބާއި ދިމާކޮށް މަސައްކަތް ފަށައިގަން ނަމަވެސް، މިހާރު ބަނދަރުގެ މަސައްކަތް ކުރިޔަށްދާގޮތް މި ރަށުގައި ހުރި ސްޕަވައިޒަރަށްވެސް ނޭގޭ! މީ ހިތާމަހުރި ކަމެއް!