ދުއްވާފައި ދިޔަ ސައިކަލެއް ގާޑިޔަލެއްގައި ޖެހި މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓަށްފަހު ސައިކަލް މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށް އޭނާގެ ބަންދާއިމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން އިތުރު 15 ދުވަސް ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން އަމުރު ކޮށްފިއެވެ.
އެމައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް މިއަދު ވިދާޅުވީ، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.
ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ޖެހި ހިނގި އެއެކްސިޑެންޓްގައި ސައިކަލް ފަހަތުގައި އިން ޒުވާނަކު ވަނީ ނިޔާވެފައެވެ. މިއެކްސިޑެންޓްގައި ނިޔާވީ ސައިކަލުގެ ފަހަތުގައި އިން އުމުރުން 21 އަހަރުގެ އިސްމާއިލް ޔަޒީދުއެވެ. އެކްސިޑެންޓް ވުމާއިއެކު އިސްމާއިލް ޔަޒީދުގެ ރަހުމަތްތެރިޔާ ސައިކަލް މަޑުނުކޮށް ފިލީއެވެ.
ފިލައިގެން ދިޔަ މީހާ ހައްޔަރު ކޮށްފައި ވަނީ ހޯމަ ދުވަހު އެވެ. އޭނާ ހައްޔަރު ކޮށްފައިވާކަން ފުލުހުން ކަށަވަރު ކޮށްދިން ނަމަވެސް އޭނާގެ ވަނަވަރު އަދި ހާމައެއް ނުކުރެއެވެ.
ސިޔާސީ މަގާމުގަ ތިބިއެންމެނައް މުސާރަ ދެވޭވަރައް ޖޫރިމަނާ ކޮއްލާފަ އެސޮރު ދޫކޮއްލާ ލައިސަންސް އަނބުރާ ދޭނެކަމެއްނެތް .