ދަންވަރުގެ ވަގުތެއްގައި ގެއަކަށް ވަދެ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލަ ސާބިިތުވާ ކަމަށް ކަނޑައަޅާ މީހަކަށް ތިން އަހަރުގެ ޖަލު ހުކުމެއް ކޮށްފިއެވެ.

ހައި ކޯޓުން އެ މީހާ ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް މެޖިސްޓްރޭޓު ކޯޓަކުން ކޮށްފައިވާ ހުކުމެއް ބާތިލު ކުރުމަށްފަހުއެވެ.

މިއީ 2019 ވަނަ އަހަރުގެ މެއި މަހު ދެކުނުގެ ރަށެއްގައި ދަންވަރު ގެއަކަށް ވަދެ ގަދަކަމުން އަންހެނެއްގެ ޖިންސީ ގުނަވަނެއްގައި ހިފި ކަމަށް ބުނާ މައްސަލައެކެވެ. އެ މީހާ އެ ގެއަށް ވަނީ އެ ގޭގައި އެއްވެސް އެހެން މީހަކު ނޫޅޭ ވަގުތެއްގައި ކަމަށްވެއެވެ. އަދި އޭނާ އެ ގޭ ތެރެއަށް ވަދެވުނީ ބޭރު ދޮރުގައި ޓަކި ޖެހުމަށްފަހު އަންހެން މީހާ ގޮސް ދޮރު ހުޅުވުމުން ކަމަށްވެއެވެ.

މި މައްސަލަ ފުރަތަމަ ބެލި އެ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައި އޮތީ، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ސާބިތުވާ ކަމަށާއި ޖިންސީ ގޯނާގެ ދައުވާ ސާބިތުނުވާ ކަމަށެވެ. އެހެންނަމަވެސް ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފް ކުރުމުން މައްސަލަ ބެެއްލެވި ފަނޑިޔާރުން ނިންމީ އެ ދެ ދައުވާވެސް ސާބިތުވާ ކަމަށެވެ.

މި މައްސަލައިގެ ހެކީގެ ގޮތުގައި ދައުލަތުން ހުށަަހަޅާފައި ވަނީ ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ އަންހެން މީހާ އާއި، އަނިޔާ ލިބުނު ކަމަށް ބުނިތާ ކުޑައިރުކޮޅެއް ތެރޭގައި އެ ވާހަކަ ކިޔައިދިން އޭނާގެ ކޮއްކޮ އާއި ދައްތަ އާއި ރަހުމަތްތެރިއެކެވެ. ހާދިސާ ހިނގިތަން އޭނާގެ އަންހެން ކޮއްކޮއަށް ފެނިފައިވާ ކަމަށް އަނިިޔާ ލިބުނު ފަރާތުން ބުނެފައި ވެއެވެ

މި މައްސަލާގައި މެޑިކޯ ލީގަލް ރިޕޯޓެއް ހުށަހަޅައިފައެއް ނުވެ އެވެ. ނަމަވެސް ޑޮކްޓަރަށް ދެއްކިކަން އެނގޭ ބޭސް ސިޓީއެއް ހުށަހަޅާފައިވެއެވެ.

މި މައްސަލަ ބައްލަވަމުން ދިިޔަ ފަނޑިޔާރުން ވަނީ ހެކިން ޝަރީއަތުގައި ދިން ހެކިބަހުންނާއި ފެންނަން ހުރި ހެކި ގަރީނާތަކުގެ މައްޗަށް ބެލުމުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާކަމަށް ނިންމާފައެވެ.

ޖިންސީ ގޯނާގެ ކުށް ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ހަތް އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. ޖިންސީ ގޯނާ ކުރާއިރު ހަތިޔާރެއް ފަދަ އެއްވެސް އެއްޗެއް ގެންގުޅުކަން ސާބިތުވެއްޖެ ނަމަ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮރަލް

    ރޯމާ ދުވާލާއި ރޭގަނޑު އެންމެން ކުރިމަތީ ތަކުރާރު ކޮށް މަސްތުވާތަކެތި ބޭނުން ކޮށް އަމަލު ވެގެން ހުރެ މިސްކިތައް ވަދެ ނިދާ ޑޤރަގް ބޭނުން ކުރާއިރު ހުކުމެއް ނުކުރެ ވެއެވެ. ބަންދު ގަ ނުބެހެއްޓެ އެވެ. ދޫކޮށްލަނީ އެވެ.

    15
  2. ޢބްދުއްﷲ

    އަންހެނެއް ކައިރިއަށް ވަން މީހަކަށް 3 އަހަރުގެ ޖަލު ހުކުމެއް ކޮށްފި!

    24 ސިކުންތު ކުރިން ( ޖޫން 13, 2021 )

    އަޅެފަހެ މިމީހާއަށް ނޭގެނީތަ؟ މިބާވަތުގެ ޢިއްޒަތްރި ނުލަފާކަންކަން ކަމުގެ ފޮނިމީރުކަން

    ހައްގުވަނީ ރޯޔަލްބޭފުޅުންނާ ކަނބަލުން ނަށްކަން.

    12
    1
  3. ބަބޫ

    ކުޑަ ސްކޫލް ފިރިހެން ކުއްޖަކުގެ މުޅި ދިރިއުޅުން ހަލާކު ކޮށްލި ޓީޗަރު ސަސްބެންޑް. އެއީ އަންހެނަކަކަށް ނުވީމަ. ފިރިހެނުންނަކީ އިންސާނުން ނޫންކަމަށް ދެކިގެން އުޅޭ ފެމިނިސްޓުން ގިނަ ވީމަ ވާނީ މިހެން. މިބައިގަނޑުގެ ފަރާތުން ސަލާމަތްވާން އެބަ ޖެހޭ. ކަެުންސިލް ގޮނޑިވެސް ގަދަކަމުން އެދިނީ. އެއީ ކޮށްމެ ޖިންސަކަށްވެސް ކުރިމަތި ލެވޭ މަގާމެއް. ޔާމިނު ސަރުކާރުގަވެސް ފަސްޓްލޭޑީ ދަޑުވެފަ މިސަރުކާރުވެސް ފަސްޓްލޭޑީ ދަށުވެފަ. އަދި މިސަރުކަކުގަ މަޖިލީސްތެރޭގައިވެސް މިކަން. ސަލާމަތެއްވާކަށް ނެތް.

    • /

      ކޮން އިންސާނުންނެކޭ ކިޔާކަށް އިންސާނުންގެ ސިފަހުރީ ތިތާ މަދުބައެއް.

  4. ރައްޔަތުން

    ނިކަމެއްޗެއް ވީމާ ޖަލު ހުކުމް. ކޮބާހޭ ރޯޔަލް ރޭޕް ކޭސް. ކީއްވެތޯ ބަލަން ނުކެރުނީ؟؟؟ އަންހެނާ ގެ ހެކި ބަސް. މެޑިކަލް ރިޕޯޓް. ފުލުހުން ނައް ދިމާވީ ކުރައިމްސީން އިން. ރޯޔަލް ވީމަ އޮއްބާލީ. މިއޮތީ އެޖެންޑާ 19 ވަރައް ތަފާތު ވާނޭ. މީތޯ ތިބުނާ އިންސާފަކީ

  5. ވގ

    މުޅި ދައުލަތް ދަވާލީމަ މާމޮޅު 5އަހަ

  6. މިރުތު

    ކޮބާ އިންޑިއާ މީހުން ދިވެހި އަންހެނުންގަޔަށް ބޮލަށް އަރާފަ ތިބޭ