ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފު ވެގެން ފާއިތުވި 24 ގަޑިއިރު ތެރޭ 1000 ވުރެ ގިނަ މީހަކު ޖޫރިމަނާ ކޮށްފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ފާއިތުވި 24 ގަޑިއިރު ތެރޭގައި މާސްކު ނާޅައިގެން 267 މީހަކު ޖޫރިމަނާ ކޮށްފައިވާއިރު، ކާފިއު ވަގުތުގައި ހުއްދަނެތި ބޭރުގައި އުޅުމުގެ ސަބަބުން 603 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި އެ ވަގުތުތަކުގައި ވެހިކަލް ދުއްވައިގެން 147 މީހަކު ވެސް ޖޫރިމަނާ ކޮށްފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

އެހެން ކަމުން ފާއިތުވި 24 ގަޑިއިރު ތެރޭ 1،017 މީހަކު ޖޫރިމަނާ ކޮށްގެން ދައުލަތައް މިލިއަން ރުފިޔާ ލިބޭނެއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، އެޗްޕީއޭއިން އަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ފިހާރަތަކާއި، ކެފޭތަކާއި ޖިމްތައް އަމަލު ކުރަމުންދޭތޯ ބެލުމަށް ކުރެވުނު މާސް އިންސްޕެކްޝަންގެ ތެރެއިން ޖުމްލަ 21 ތަނެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ. އަދި އެތަންތައް ހިންގަމުން އަންނަނީ ގަވާއިދާއި އެއްގޮތަށް ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ފާއިތުވި 24 ގަޑިއިރު، 1،017 މީހަކު އުސޫލުތަކާއި ހިލާފުވެގެން ޖޫރިމަނާ ކޮށްފައިވާއިރު، މިމަހުގެ 9 ވަނަ ދުވަހު ވެސް 1،018 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.

މިހާތަނަށް ކޮވިޑްގެ ތެރޭގައި 80،000 އަށްވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޯނުރަބޯކަތީބު

    ޅަދުކޮބާދޯސަރުކާރުގެމިއުޅެނީތިބުނާފާހެއްނުލިބިގެން

    7
    1
  2. ރާގޮޑިރާޖަ

    ޢެއީ ދައްކާފައިސާއެއްތަ؟ ޢާދަނު ކަހަލަ ކަނޑުކޮހުން މިވާނީ ގިނަ. މިއަދުވެސް އެބުނީ އެކެއްގެ ޖޫ ރިމަނާ 80000 ރުފިޔާ ދައްކަންޖެހޭވާހަކަ.

    6
    2
  3. މުހައްމަދު

    ނަފުރަތުކަން އުފައްދަން ލާމަސީލު ބައެއް

    5
    4
  4. ......

    އެމް.ޑީ.ޕީ އާއި ސަރުކާރުގަވެސް ބާރު އޮތް މީހަކާ އިއްޔެ ދިމާވެ ވާހަކަ ދައްކާލުމުގެ ތެރެއިން އަހަރެން އަހާލިން ޖޫރިމަނާ ކޮށްގެން މިލިއަނުން ނަގާވާހަކަ ބުނަން ލަދު ނުގަނޭތޯއޭ...ބުނީ ދެން ކީންހޯ ކުރާނީ އެ އެންމެން ޖަލަކަށްވެސް ނުލެވޭނެ އެއް ނޫންހޭ...ނަސޭހަތެއް ދިނަސް އަޑު އަހާނަމަ ނޫންހޭ އެވަރުން ނިންލެވޭނީ...އަހަރެން ހިތައް އެރީ މިފެންވަރުގެ މީހުންގެ ބާރު އޮވެގެން ހިނގާ ކަންކަން ވަރަށް ދޯދިޔާވާނެތާ އޭ....މާ އަވަހަށް ގޮތް ހުސްވީމާ ކަމަކަށް ކަމެއް ކޮށްލާ ނިންމާލަނީ....ޖޫރިމަނާ ކޮށްގެން ހައްލު ހޯދިފަ ނެތް އެއްވެސް ދުވަސްވަރެއްގައި އެއްވެސް ގައުމަކަށް....އަހަރެމެން ގެ ވިސްނުން ގެންދަންވީ ހައްލު އޮތް ހިސާބަށް...ކޮންމެވެސް ކަމެއް ކުރި ކަން ދެއްކުމަށް ކަމަކަށް ކަމެއް ކޮށްލާ އުސޫލުން ގައުމެއް ކުރި ނޭރުވޭނެތާ.....ހަމަ އެއާއި އެކު ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ހަގީގީ މައްސަލަ އަށް ހައްލު ގެނައުން ބޭނުންްނުވާ ބަޔަކުވެސް އެބަތިބިކަން....އެއީ އިލްމީ ތަހުޒީބު މުޖުތަމައު އަކަށް ފުރުސަތު ނުދިނުމަށް މާކުރީއްސުރެ މަސއްކަތް ކުރާ ދެތިން އާއިލާއެއްގެ މީހުންކަން އެންމެނައްވެސް އެނގޭ...

    7
    1
  5. ޕޮލިސް

    ސާބަހޭ ޕްރޮޓެކްޓް އެންޑް ސާވް ގޭންގައް

  6. ސަތަރޭ

    ﷲ ގެ ނަމުގަ ހުވާކޮށްގެން ފޭރުން މިޔަ އްކިޔަނީ ރަ އްޔިތުންނަ އް ބަނޑުފުރާނެ މު އްތިކުރާނެ ފަދަ ނެތް ހާލަތެ އްގަ އި އެހީތެރިވުމުގެ ބަދަލުގަ އި ފެލާލަނީ ކޮބާ މިޔަ އްވުރެ އް ބޮޑު އަޅުވެތިކަމެ އް.. މިމީހުން ހިތަ އް އަރާހެން ތިމަންނާ މެންގެ އާ އިލާ ތިބެނީ ކަ އިގެން ބޮ އެގެން ކޮންކަމެ އް ދޯ