ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 15 ވަނަ ފަންގިފިލާ ބޭނުން ކުރަން ފަށާފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ހާމަ ކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، އައިޖީއެމްއެޗްގެ ހިޔަލަ ވިންގުގައި ކޮވިޑް ބައްޔަށް ފަރުވާ ދެމުން ދިޔަ ނަމަވެސް މިހާރު ހިޔަލަ ވިންގުގައި ކޮވިޑް ބަލި ޖެހޭ މީހުންނަށް ފަރުވާ ނުދޭ ގޮތަށް ނިންމާފައިވާ ކަަމަށެވެ.

މަބްރޫކުރު ވިދާޅުވީ، ހިޔަލަ ވިންގުން ހިދުމަތް ނުދޭ ގޮތަށް ހަމަޖެއްސިއިރު، ދަރުމަވަންތަ ހޮސްޕިޓަލުގެ 15 ވަނަ ފަންގިފިލާ އަކީ ކޮވިޑަށް ހާއްސަ ކޮށްގެން ފަރުވާ ދޭ ތަނެއް ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ 15 ވަނަ ފަންގިފިލާ ކޮވިޑް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ބޭނުން ކުރަން ފަށާފައިވާއިރު، އެ އިމާރާތުގެ 16، 17 އަދި 11 އަންނަނީ ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުން ކުރަމުންންވެ. އެފަންގިފިލާތަކުގެ ތެރެއިން 11 ބޭނުން ކުރަމުން އަންނަނީ އައިސީޔޫއެއްގެ ގޮތުގައެވެ.

މިވަގުތު އެ ހޮސްޕިޓަލްގައި 17 ބަލި މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 6 މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ކޮބާ ހީވޭކަމެއްހެން ދުރުވިސްނޭ ގައުމަށް ހެޔޮއެދޭ މީހަކު ތިތަންހެދީމަވެސް ރީނދޫ ގުރޫޕު ހީވީ އެހެންފަދަކަމެއްހެން ، ރައީސް ޔާމީނު އެއީ މިގައުމުގެ ތަރައްގީގެ ބާނީ

  2. ސަލާ

    ޝު ކުރާ ސަނާ ވެދުން ކުރަނީ ރައީސު ޔާމީނު ކޮށްދެއްވި ޤައުމީ މަސައް ކަތަށް !