އެޗްއެސްސީ އިމްތިހާނު މިއަދު ފަށައިފިއެެވެ.

މި އިމްތިހާނު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ އެޗްއެސްއީ އިމްތިހާނުގައި 1331 ދަރިވަރުން ބައިވެރިވެފައި ވެއެވެ.

މިއަހަރުގެ އިމްތިހާނު މާލެ ސަރަހައްދުގެ ހަ ސެންޓަރަކާއި، އަތޮޅު ތެރޭގެ 33 ސެންޓަރެއްގައި މި އިމްތިހާނު ކުރިއަށްދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ.

އަދި މި އިމްތިހާނުގައި މާލެ ސަަރަހައްދުން 878 ދަރިވަރަކާއި، އަތޮޅުތަކުން 453 ދަރިވަރަކު ބައިވެރިވާނެއެވެ.

މީގެ ކުރިން އެޗްއެސްސީ އިމްތިހާނު ބާއްވަން ހަމަޖެއްސީ، އޭ ލެވެލް ބާއްވާތާ ދެ ހަފުތާ ފަހުންނެވެ. ނަމަވެސް އެޑެކްސަލް އިން އޭލެވަލް އިމްތިހާނު އަވަސް ކުރުމުން މި ވަނީ ބަދަލު ގެނެސްފައެވެ.

މިދިއަ އަހަރު ރާއްޖޭގައި އޯ ލެވެލް ވެސް އަދި އޭ ލެވެލް އިމްތިހާން ވެސް ބާއްވާފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު