ގދ. ތިނަދޫ ކައުންސިލްގެ ރައީސް އާއި ދެކޮޅަށް އެރަށް ފުރަބަންދު ކުރުމަށް ހުށަހަޅައިފިއެވެ.

ތިނަދޫ ފުރަބަންދު ކުރުމަށް ނިންމާފައިވަނީ އެރަށުގައި ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވެ، ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ އަލީ ވިދާޅުވީ، ތިނަދޫ ފުރަބަންދު ކުރުމަށް ނިންމުމާއި ބެހޭ ގޮތުން މިއަދު އީއޯސީގެ ބައްދަލުވުމެއް ބޭއްވުނު ކަމަށާއި އެ ބައްދަލުވުމުގެ ތެރެއިން ފުރަބަންދު ކުރުމަށް ވޯޓު ނެގުނު ކަމަށެވެ.

"ފުރަބަންދު ކުރުމަށް ނިންމީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ބޭފުޅުންގެ ވޯޓާއި އެކީ. ރައީސް އެކަނި ފުރަބަންދަކަށް ދާން ބޭނުމެއް ނުވީ" ނަސްރުﷲ ވިދާޅުވިއެވެ.

ނަސްރުﷲ ވިދާޅުވީ، ފުރަބަންދު ކުރުމަށް ނިންމި ނަމަވެސް، އެއީ ކޮންދުވަހަކު އިއުލާނު ކުރާނެ ކަމެއް ކަމަށް އަދި ނޭނގޭ ކަމަށެވެ. އަދި އެކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް އަންގާނެ ކަމަށް ވެސް ނަސްރުﷲ ވަނީ ވިދާޅުވެފައެވެ.

"އެޗްޕީއޭއަށް އެންގުމަށް ފަހު ދެން އެނގޭނީ ވަކި ތާރީހެއް" ނަސްރުﷲ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ކައުންސިލްގެ ރައީސް ސައުދު އަލީ "ވަގުތު" އަށް ވިދާޅުވީ، ތިނަދޫ ފުރަބަންދަކަށް ދިއުމަށް ފެންނަ ނުފެންނަ ވޯޓެއް މިއަދު އީއޯސީން ނެގި ކަމަށާއި އެ ވޯޓުގައި ފުރަބަންދަކަށް ދާން ނިންމީ ބައްދަލުވުމުގައި ހާޒިރުވެ ތިއްބެވި މެމްބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.

އެހެން ނަމަވެސް އެކަމަށް ތާއިދު ނުކުރެއްވި ސަބަބެއް ރައީސް ހާމަ ކޮށްފައެއް ނުވެއެވެ.

ތިނަދޫގައި އިއްޔެ އާއި ހަމައަށް ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ 131 މީހަކު އެބަތިއްބެވެ. އެރަށުނަ ބަލި ޖެހުނު މީހުންގެ ތެރޭގައި ވަކި ތަރުތީބެއް ނެތި ނެގި ސުންކުތައް ވެސް ހިމެނެއެވެ. ތިނަދޫން ބަލި ޖެހުނު 184 މީހަކު މިވަގުތު ވަނީ ބަލިން ފަސޭހަވެފައެވެ.

ތިންދޫގެ މުޖުތަމައު ތެރެއިން ބަލި ފެނުމާއި ގުޅިގެން އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސް، ހަވީރު 16:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަމީ

    ތި ރައީސަކު ހީވަނީ އެއީ އެމްޑީޕީ މީހެއް ހެން

    9
    2
  2. މިތުރު

    އެމްޑީޕީގެ އިސްވެރިންނަށް މުހިއްމެއްނޫން ރައްޔިތުން. ކޮންމެވެސް އެހެންކަމެއް ބޭނުންވެގެން އެމީހުން އުޅެނީ. ވެރިމަުގެ ތިބޭ ވަގުތކޮޅުގަ ގިނަ ފައިސާތަކެއް ބަނޑުއެޅޭތޯބަލަނީ.

    13
    2
    • ސޮއި

      ނޫނެކެވެ. އެއީ ކުޑަކޮށް އޮފް ކަމެއް ހުންނަ މީހެއް. އޭނަގެ ވައްތަރު.

  3. ސޮއި

    މާކަ ހަމަޖެހޭ މީހެއްނޫން.
    މާސްކައަޅަން މިއަހަަރު ކުރީކޮޅު މަޖްބޫރު ކުރިއިރުވެސް މާސްނާޅާ އުޅުނު މީހެއް އެއީ.

    15
  4. އަބުދުﷲ

    އަމިއްލައެދުމުން ފޯވެފައި ވާރައީސެކެވެ!ރައްޔަތުން ބޮޑުބަލިމަޑުކަމެއްގެތެރެއަށްގޮސްގެން އުޅޭއިރުވެސް ރައީސް ބޭނުންވީ އޭނަގެފިހާރައިގާހުރި މުދާ ވިއްކޭތޯއެވެ އަދިވިޔަފާރިވެރިންނާއިގުޅިގެން އެމީހުންވިޔަފާރި ގެއްލިދާނެތީ ރައްޔަތުން ބަލިމަޑުކަމުގެތެރޭގައި ބާތިއްބާފައި ވެސް ޖަރީމާހިންގާށެވެ،މިއީތޯ ރައްޔަތުންދެކެ ލޯބިވާ ރައީސުންކަންތަށް ކުރާގޮތަކީ ވިސްނާށެވެ!!!

  5. ތަކުރުފާން

    ރަންކޮޅާ ވިސްނާތިބޭތި ތިޔައީ ރައްޔަތުންދެކެ ހަމްދަރުދީވާނޭރައީސެއްނޫން އަމިއްލައެދުމުން ފޯވެފައި ހުރިމީހެއް ރައްޔަތުންމަރުވިޔަސް އޭނާގެ ފިހާރަހިންގޭތޯ ހޭބަލިވަނީ

  6. ރާއަލިފް

    މީ ކިހާބޮޑު މުސީބާތެއް ޤައުމު ހިންގަން ނޭގެންޏާ އިސްތިއުފާ ދީފާ ގެއަށް ދޭބަލަ