އައްޑޫސިޓީން އިތުރު 23 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ މިއަދު ހަވީރު 6 ޖެހުމާއި ހަމައަށް ފައްސިވެފައިވާ 23 މީހުންނަކީ ހިތަދޫން ފައްސިވެފައިވާ މީހުން ކަމަށެވެ.

އައްޑޫން މިހާ ގިނަ އަދަދެއްގެ ބަޔަކު އެއް ދުވަހެއްގެ ތެރޭގައި ފައްސިވެފައިވަނީ ފާއިތުވި ހަފްތާގައި ފައްސިވާ މީހުންގެ އަދަދު ބޮޑުތަނުން ދަށްވެފައި ވަނިކޮށެވެ.

އޭއީއެޗްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް ހިތަދޫން 59 މީހަކު ވަނީ ފައްސިވެފައެވެ. މަރަދޫން ތިނެއް، މަރަދޫ ފޭދޫން އެކެއް، ފޭދޫން އެކެއް އަދި ހުޅުދޫން ހަތް މީހަކު ހިމެނެއެވެ. މިއާއި އެކީ އައްޑޫން ކޮވިޑް މިވަގުތު ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 71 އަށް އަރާފައެވެ.

އަައްޑޫން މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 274 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މި ބަލީގައި މިވަގުތު އެކަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ބަލި ޖެހިގެން އައްޑޫން ދެ މީހަކު ވަނީ ނިޔާވެފައެވެ.

އައްޑޫގައި ހަލުވި ކަމާއި އެކީ ބަލި ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ވަކި ތަރުތީބެއް ނެތި ސުންކު ނެގުމުގެ އިތުރަށް ގެތަކަށް ޒިޔާރަތް ކޮށް ސުންކު ނެގުމުގެ ކަންކަން ވެސް އަންނަނީ ކުރެވެމުންނެވެ.

ފާއިތުވި ހަފްތާގައި އައްޑޫން ފައްސިވި މީހުންގެ އަދަދު ދަށްވުމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގަބޭ

    ސޭވްއައްޑޫ ކޭންޕޭންގެދަށުން އައްޑޫގަ މަގުތީހަރަކާތްތައް ބާއްވަފާނެތީ ނަންބަރު ދަށަކައްނުދާނެ