ކޮވިޑް-19އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް މި ހަފްތާ ނިމޭއިރު ލުއިތަކެއް ދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ހާމަ ކޮށްފިއެވެ.

އެޗްއީއޯސީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ހަފްތާ ނިމޭއިރު ލުއިތައް ހާމަ ކުރާނެ ކަމަށާއި އެހެން ނަމަވެސް ދޭނީ ކޮންކަހަލަ ލުއިތަކެއް ކަން އަދި ނުނިންމާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، މަޝްވަރާ ކުރަމުން އަންނަނީ ދެވެން އޮތް އެންމެ ބޮޑެތި ލުއިތަކެއް ދިނުމަށް ކަމަށެވެ. އެހެން ނަމަވެސް ކުރިން ދިން ކަހަލަ ލުއިތަކެއް މިފަހަރު ނުހިމެނޭނެ ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

އޭގެ ތެރޭގައި ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކުންނަށް ދޭ ލުއިތައް ހިމެނޭ ކަމަށް މަބްރޫކުގެ ވާހަކައިން އެނގިގެންދެއެވެ.

"ވިސްނުމަކީ ރައްކާތެރިކަމާ އެކު ދޫކޮށްލެވޭ އެންމެ ބޮޑު މިންވަރަކަށް ދޫ ދެމުން ދިއުން. އެހެންވީމާ އިރާދަކުރެއްވިއްޔާ މި ހަފްތާ ނިމޭއިރު، ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އިތުރު ތަފާތުތަކެއް،" މަބްރޫކު ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން މީގެ ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމާއި އެކީ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެގެން ދިޔައެވެ. މިއާއެކު ހަރުކަށި ފިޔަވަޅުތަކެއް މާލޭ ސަރަހައްދުގައި އެޅިއެވެ. އަދި މޮނީޓަރިންގގައިވާ ރަށްތަކުގައިވެސް ފިޔަވަޅުތައް ވަރުގަދަ ކުރިއެވެ.

އެގޮތުން މާލޭ ސަރަހައްދުގައި 14 ގަޑިއިރުގެ ކާފިއުއެއް ހިންގައި، ފާޑަކަށް މާލެ ސަރަހައްދު ފުރަބަންދު ކުރިއެވެ. މީގެ އިތުރުން ރަށްތަކުގެ ތެރެއިން މޮނިޓަރިންގެ ހާލަތްތަކަށް ގެނެސްފައިވާ ރަށްތަކުގައި ވެސް ކާފިއު ހިންގުމަށް ނިންމިއެެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޔ

    ސަަާބަސް. އަނެއްކާބޮނޑިބޯންވީދޯ. ކޮވިޑްކޭސްއެޢް އެއްވެސްގޮތަކަށް ނުފެންނަތާދެހަފްތާނުވަނީސް ލުއިދީގެންނުވާނެމިފަހަރު

    28
    6
  2. އިބްނި މުޙައްމަދު

    އެންމެންނަށް ވެކްސިންގެ ދެ ޑޯޒު ދީބަލަ! ޔޫރޯ ފުޓްބޯޅާ ބަލާން ވެސް އެބަ ދެވޭ ޑެ ޑޯޒް ވެކްސިން ފުރިހަމަ ކޮށްފިއްޔާ! އެންމެންނަށް ވެސް އެނގޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާތާ 14 ދުވަސް ފަހުން ކޮވިޑް ޖެހުނަސް ހާލު ސީރިއަސް ނުވާނެކަން އެނގޭ އިރު ކީއްވެތަ އެންމެން ގޭ ބަންދުކޮށްގެން ގެންގުޅެންވީ. ގައުމީ މަސައްކަތެއްގެ ގޮތަށް ރާއްޖޭގެ އެންމެންނަށް އެކީ އެކައްޗަކަށް ވެކްސިން ދީބަލަ. ޗައިނާއިން ހިލޭ ވެސް ވެކްސިން ދޭން ތައްޔާރަށް އޮތީ. އިންޑިއާގެ ދަށުވެގެން އުޅެގެން އެ ތަނުން ވެކްސިނެއް ނުލިބޭނެ ހިލެޔެއް. ހިލެޔޭ ކިޔާފަ ކުރީން ވެސް ގަތީ. ޗައިނާއިން ބުނި ސަރުކާރުން އެދިއްޖިއްޔާ އެންމެން ގަޔަށް ޖެހޭ ވަރަށް ވެސް ވެކްސިން ދޭނަމޭ.

    20
    3
    • 😂

      ތިއެއް ނޭނގެ😂😂😂 ލުއި ދޭ ކައް މަށަ ކައް ނުފެނޭ.. މީ ވ ވާހަ ކަ😂😂😂

      2
      2
  3. އަބްސީ

    ވެރިކަމުގަ ބާކީއޮތް ދުވަސްކޮޅު ތިހެން ދުއްވާލާ، ބަލިގައުމުގަ ފެތުރީވެސް ސަރުކާރުން. ރައްޔިތުން އެކަން ހަނދާނުން ނުނެތޭނެ. ކޮންމެ ކަމަކަށްވެސް ނިމުންއަންނާނެ އެކަމަކު މިފަހަރުގެ ނިމުން ވަރަށް ހިތިވާނެކަމުގަ ގިނަ ރަތްޔިތުންދެކޭނެ އިންޝާﷲ

  4. ޝީޒާ

    ދެ ޑޯޒް ފުރިހަމަ ކޮށްފަ ތިބޭމީހުންނަށް ކަރަންޓީނު ނުވެ ފުރައިގެން ދެވޭގޮތް ހަދާބަލަ

    5
    1
  5. Anonymous

    ސަރުކާރުގެ ބޭފުޅުން މާލޭގަ ވިޔަފާރި ހިނގާ ހަދަނީ މާލެ މިގޮތައް ބާއްވައިގެން އެބޭފުޅުންގެ ވިޔަފާރިތަކައް ވަރަށް ގެއްލުން ވަމުންދަނީ މިހެން މަބުރޫކް ބުނެލަބަލަ.

  6. ޢަމުރު

    ޢަދި އަވަސް ލުއި ދަެން. ޜަގަޅަށް ބަލާފައި ކަން ކުރަން ވާނީ

    3
    1
  7. ހަސަނު

    އަހަރެމެން މިތިބެނީ. ބޯ ނުކޮށިފަ. ބޮޑެތި ިިިި ސެލޫންް ތައް ނު ހުޅުވިަކަސްް މިކުދިކުދި އަހަރެމެންގެ ފެންވްރުގެ ބޯކޮށާ ތަންތަން ހުޅުަވާދޭނަމަ ގައިމު ގަ ރަނގަޅުތާ.ހަދާގަވާއިދަކާއެއްގޮތައް މިކަން ވާނެނަމަ.މީވާދަތިވާކަމެއް.e