19:34

އައްޑޫސިޓީން އިތުރު 20 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

18:28

ކޮވިޑް-19 ޖެހިގެން 28 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

17:11

ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން ދެ ވައްތަރަކުން ދެ ޑޯޒު ހަމަކުރުމަކީ މައްސަލައެއް ނޫން ކަމަށް ދިރާސާތަކުން ދައްކާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެ

13:11

ތިނަދޫ މިސްކިތްތަކުގައި ނަމާދުކުރުން މަނާކުރި މުއްދަތު އިތުރުކޮށްފި.

12:16

ކޮވިޑް ޖެހިގެން އަންހެނަކު މިއަދު ނިޔާވެއްޖެ.

12:01

ކޮވިޑް-19 ކޮންޓުރޯލު ކުރުމަށް އަހަރެމެން ގޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހުނު ނަމަވެސް، ފޯނުން އަދި އޮންލައިންކޮށް އާއިލާ މީހުންނާއި އަދި ރައްޓެހިންނަށް ގުޅާ ގުޅުން ބާއްވަންވާނެ - އެޗްޕީއޭ

10:34

ކޮވިޑް-19: ރަޝިއާގެ ހާލަތު ގޯސްވާން ފަށައިފި.

10:00

ޓްރަމްޕް ނިސްބަތްވާ ޕާޓީގެ %30 މީހުން ވެކްސިން ޖަހަން ދެކޮޅު!

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް ކޮންމެވެސް ވަރަކަށް ދަށަށް ދާން ފެށުމާއިއެކު ދޭނެ ލުއިތަކުގެ މަޝްވަރާތައް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް ދަށްވަމުން އައި ނަމަވެސް އަދިވެސް އޭޕްރީލް މަހު އޮތް ހާލަތައް ދާން ކައިރިވެސް ނުވެއެވެ.

އޭޕްރީލް މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވީ 5756 މީހުންނެވެ. މިމަހު ފުރަތަމަ 13 ދުވަސް ތެރޭގައި ވެސް 5904 މީހުން ކޮވިޑަށް ފައްސިވެއްޖެއެވެ. އޭޕްރީލް މަހު ކޮވިޑަށް ފައްސިވާ މީހުންގެ އެވްރެޖް ނިސްބަތް ހުރީ %6 ގައެވެ. ނަމަވެސް މިމަހު އަދި ކޮވިޑަށް ފައްސިވާ މީހުންގެ އެވްރެޖް ނިސްބަތް ހުރީ %10 ގައެވެ.

ކޮވިޑްގެ ފިޔަވަޅުތަކަށް ލުއިތައް ދޭ ވާހަކަތައް ފެށިއިރު މިހާރު ވެސް މާލޭގެ މަގުތައް ފެންނަނީ ހަވީރު 16:00ގެ ކުރިން ވަރަށް ބާރުކޮޑުކޮށެވެ. މަގުތައް އޮންނަނީ ތޮއް ޖެހިފައެވެ. ނަމަވެސް ރެސްޓޯރެންޓްތަކާއި ސެލޫންތައް ފަދަ ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ނުދޭތީ އެފަދަ ވިޔަފާރިތައް ބަނގުރޫޓް ވެގެން ދިއުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފިޔަވަޅު

    ނަމަނަމަ މިކަން ނިމުނަ ނުދޭތި !

    6
    4
  2. ލުއި ކޮއްލާ މީހާ

    ލުއިތަކުގެ ވާހަކަ ދެއްކޭނެ އަތުން ފައިން މަސައްކަތެއް ނުކުރެވޭ އާމްދަނީއެއް ނުލިބި ގޭގައި ސަރުކާރުން މާސްކެއްހާ ހިސާބް ވެސް1 ނުދޭ ތިމާށމެންޓެކްސް ޕޭ ރެފިޔާއިން ބޮޑުމުސަރަޔާ އިނާޔަތާ ނަގައިގެން ތިއްބަކަސް

    11
  3. ާލުއި

    ލުއިތައްވެސް ދޭޏްޖެހޭ ދޯ. ޢަހަރުމެން ރަށުން ބޭރުގަ މަސައް ކަތް ކުރާ މީހުން ކިހާދުވަހެއް ވަންދެންތަ ތިބެންވީ އަނބިދަރިން ކައިރިއަށް ނުގޮސް. ކޮންމެވެސް ގޮތްތަކެއް އޮންނަންވާނެދޯ. ފަރުދީ ޒިންމާ އަދާ ނުކުރެވޭތީ މައްސަލައަ ކީ. ނޫސްވެރިންނަށް ނޯންނާނެ ރަގަޅު އެއްގޮތެއްވެސް.

    10
    1
  4. އަބްދޫ

    ލުއި ދޭންޖެހޭނީ މާލެއިން އެކުގަ ބަލި ފިލުވާފަ. މިކަން ކުރެވޭނީ މުޅިމާލެ އެކުގަ ޓެސްޓް ކޮށްގެން މިގޮތަށް ލުއިދިނީމަ ދުވަހަކުވެސް މިކަމުންއަރައި ނުގަނެވޭނެ.