ދިވެހިންގެ ބައިވެރިވުމެއް ނެތި ރާއްޖޭގެ އެއަރޕޯޓްތައް ހިންގަން ބޭރުގެ ކުންފުނިތަކަށް ދިނުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބްރިގޭޑިއާ (ރިޓަޔާޑް) އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ސިފައިންގޭގައި 33 އަހަރު ހިދުމަތް ކުރައްވާފައިވާ އަދި ރައްޔިތުން މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ދީދީ ކުރެއްވި ޓްވީޓެއްގައި އެއާޕޯޓްތައް ހިންގުން ބޭރުގެ ފަރާތްތަކަށް ދިނުމުގައި ހުރި ނުރައްކާތެރިކަން ހާމަކުރެއްވީ ސައްތައިން ސައްތަ ހިއްސާވާ ބޭރުގެ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓްތައް ހިންގުމުގެ ހުއްދަ އެއާޓްރެފިކް ކޮންޓްރޯލާއި ވެސް އެކުގައި ދިނުމުގެ ފުރުސަތު ފަހިވާގޮތައް ސަރުކާރުގެ ސިޔާސަތު އިއްޔެ ބަދަލު ކުރުމުންނެވެ.

ބޭރުގެ ފަރާތްތަކަށް އެއާޕޯޓްތައް ހިންގުން ހަވާލު ކުރުމުގެ ނުރައްކާތެރިކަން ފާހަގަ ކުރައްވާ ދީދީ ވަނީ ގައުމީ ސަލާމަތާއި ބެހޭ ކައުންސިލް ކޮބައިތޯ ސުވާލު ކުރައްވާފައެވެ. "ކޮބައިތޯ ޤައުމީ ސަލާމަތާބެހޭ ކައުންސިލް؟ މިނިސްޓަރ މާރިޔާ ހޭފުޅުލައްވައިތޯ؟ ނޫނީ މިވަނީ ކީއްތޯ؟ ޤާނޫނު އަސާސީގެ 237 ވަނަ މާއްދާ ވަޅުލީތޯ؟" ދީދީ ވިދާޅުވިއެވެ.

ދީދީ ވިދާޅުވީ، ދިވެހި ސަރުކާރުގެ މި ނިންމުމަކީ ސަރަހައްދުގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލަކަށް ނުވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

ދީދީގެ ޓުވިޓާ ގުޅިގެން އެހެން މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ވިދާޅުވީ، ރިސޯޓުތައް ލީސްކޮށްގެން ބޭރު މީހުން ހިންގާ ގޮތާއި ރާއްޖޭގައި ބޭރުގެ މީހުންނަށް އެއާޕޯޓުތައް އޮޕަރޭޓް ކުރުމުގެ ފުރުސަތު ދިނުމާ ވަރަށް ތަފާތު ކަމަށެވެ. "ތަންކޮޅެއް ފުންކޮށް ވިސްނާލައްވާ. ނޭޝަނަލް ސެކިއުރިޓީ އިޝޫސް ލުއިކޮށް ނަގަން ހެޔޮ ނުވާނެ،" ދީދީ ވިދާޅުވިއެވެ.

ދީދީ ވިދާޅުވީ، މި މައްސަލައިގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ހުރިހާ ވާހަކަތަކެއް ޓުވިޓާގައި ނުދެއްކޭނެ ކަމަށެވެ.

"މާލޭގައި ހުންނަ މުވާސަލާތު ކުންފުންޏާއި ރާއްޖޭގެ ކޮންމެވެސް ރަށެއް އެއާޕޯޓެއް ހިންގަން އެއާ ޓްރެފިކް ކޮންޓްރޯލާއެކު ބޭރުގެ ކުންފުންޏަކަށް ދިނުމުން ތަފާތުވާތީ ނުރައްކާ ވާ ވާހަކަ މި ދަންނަވަނީ. ކޮންސިއުއެންސެންސް ނުރައްކާ ވެފައި ހިތިވެދާނެ،" ދީދީ އިތުރަށް ވިދާޅުވިއެވެ.

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ އެއާޕޯޓްތައް ހިންގުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުގެ ސިޔާސަތައް ގެނައި ބަދަލާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. Anonymous

  ތެދުވާހަކަފުޅެއް.ރައީސް ނަށީދު އާއި ސޭކު ހުސެއިން ރަޝީދު އަކީވެސް ގައުމަށް ހުރި ނުރައްކަލެއް

  53
  2
  • ޙައްގުބަސް

   5 މިލިއަން ޑޮލަރު އިންވެސްޓް ކުރީމަ 50 އަހަރަށް އެއަރޕޯޓް ހިންގަން ބޭރުގެ ކުންފުނިތަކަށް ދެވެޔޭ؟ ޖޯކެއްތަ މީ؟ މިއީވެސް އިންޑިޔާގެ ރޭވުމެއް! މިފަދަ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާއި ގުޅުންހުރި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަން ބަޔަކު ހިތުހުރި ގޮތަކަށް ނިމިގެންނުވާނެ. އެތަނެއްގެ ރައްޔިތުންގެ ރުހުމާ ނުލައި ކުރެވިގެން ނުވާނެ. މިމައްސަލަ މަޖިލީހަށާ ކޯޓަށް ހުށަހަޅަންޖެހޭ. ރައީސް އަކަށްވެސް ގައުމަށް ހިތުހުރިގޮތެއް ހެދިގެންނުވާނެ. މިއީ ދިވެހި ކޮންމެ ރައްޔިތަކު މިކަމާ އިހްތިޖާޖުކޮށް ޝުޢޫރު ފާޅުކުރަންޖެހޭ ވަގުތު! ކޮބާތަ މިގައުމުގައި ތިބި ސިޔާސީ މީހުން؟ ކޮބާތަ މިގައުމުގައި ތިބި ބޮޑެތި ވިޔަފާރި ވެރިން؟ ކޮބާތަ އިސް ރަށްވެހިން؟ އަވަހަށް ތެދުވޭ ގައުމަށްޓަކައި ގުރުބާންވާން. އެދުވަސް އަތުވެއްޖެ! ކާބަފައިންގެ ހަނދާންތައް އާކޮށް ގައުމަށްޓަކައި ޖިހާދުވާންޖެހޭ! މިނިވަންކަން ގެއްލެނީ ހަމައެކަނި ކަނޑި ބަޑި ހިފައިގެން ބަޔަކު އެރީމައެއްނޫން! އެންމެން އަނގަމަތީ ޓޭޕް އަޅައިގެން އަދިވެސް ނިދާފަތަ ތިބެނީ!

   12
 2. މަކަލަސް

  ބަލަ ޑީޑީ މެން މިކަންކުރަން މަގުފަހިކޮއްދީނީ ވަގުތީ އުފަލަކައް އިންޑިޔާ ފައިބުޑަވެއްޓި ބަލަ މިގައުމު ސަލާމަތުގެ އައްސޭރިއައް ގެނައުމަކީ ޑީޑި މެންގެކުރަޖެހޭކަމެކަންދެކެއް މިހާރުއާސަދަންއިންވެސް ޑޮކްޓަރ ދެއްކުމަންދެނީ ފަންސާސްރުފިޔާ
  ދެންކޮބައި ބޭރުގެއެހީ ދެބިލިޔަންޑޮލަރު؟؟ އަބުދުﷲސާހިދުގެ ގޮޑިހޯދަންހަރިދުކުރީތަ؟؟

  45
  1
 3. މަގޭސުވާލު

  މިވެރިންހުރިހާ ކަމެއްވެސް ކުރަނީ ގައުމަށްއެންމެނުރައް ކާބޮޑުވާގޮތަށް.. ބުނަންމިއުޅޭވާހަ ކައަ ކީ ދިވެހިން މިފަހަރުވެސްމިޖެހެނީ މަގުމައްޗަށްނި ކުމެ މުޒާހަރާ ކުރަންޖެހެނީދޯއޭ ؟

  40
  1
 4. ހައްގު

  ކަލޭމެންނަކީ މިގައުމަށް ހެޔޮއެދޭ ބައެއްނޫން ބޭކާރު ވާހަކަ ދައްކާނެ ކަމެއް ނެތް މިހުރިހާ ކަމެއް ކުރަން މަގުފަހި ކޮއްދިނި ހަމަ ދީދީމެން '

  20
  2
 5. Anonymous

  ކޮބާތޯ ކޯލިޝަންނުގެ ބައިވެރިން.
  މިޤައުމަށް ބަޔަކު ހަދާނެހާ ގޮތެއް ހަދަންދެން ތިބެނީތޯ . ބޮޑު ތަކުރުފާނުމެންގެ މިނިވަން ޖިހާދުގެ އެއްވެސް އަގެއް ނެތުނީތޯ. ޝެއިޚް އިލްޔާސްމެން މިއަދު ކޮބާތޯ؟ ޕްރޮފެސަރު އުގައިލްމެންނަށް ވާވަރު ވެސް ނުވޭ. 30އަހަރު ވެރިކަން ކުރެއްވި ބޭފުޅުންނަށް އޯކޭތޯ މިހުރިހާކަމެއް. މިޤައުމަށް އެއްވެސް ލޯބިފުޅެއް ނެތީތޯ. މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤު ގައިވެސް ބަސް ފުޅެއް ވިދާޅުވާނެ ހިތްވަރުފުޅު ނެތުނީތޯ. މިނިވަން މުސްތަޤިއްލު ޤައުމެއްގެ ކަންކަމާއި އަވައްޓެރިން ހިތުހުރި އެއްޗެއް ހަދާއިރުވެސް ހަމަ ޗުއްޕު ތޯ؟

  23
  1
 6. ބަރުގޮނު

  މިކަމުން ޤަވްމަށް ލިބެނީ ހަމައެކަނި އިޤްތިޞާދީ ގެއްލުމެއްނޫން. ޤަވްމުގެ އަމިއްލަވަންތަކަމާއި މިނިިވަންކަމާ ސިޔާދަތަށްވެސް ދެރަގޮތެއްވުން އެކަށީގެންވާ ކަމެއް މީގެ ތެރޭގައި އޮވެދާނެ ކަމަށް ޚިޔާލު ކުރަންޖެހޭ. މިފަދަ ގޮތްތައް ވާނީ އަދަކު މާދަމައަކުނޫން. ކިތަންމެ ފަހަކުން ނަމަވެސް ކަމެއް ދިމާވެދާނެ. ބޭރުމީހުންގެ ކޮންޓްރޯލްގެ ދަށަށް އެއަރޕޯޓްތައް ދޫކުރުމަކީ ބުއްދިވެރިކަމެއް ނޫން.

  19
  1
 7. ތަންޑާ

  ގައުމުގެ މިނިވަންކަން ގެއްލިގެން ދިޔަކަ ނުދޭނަން. ކޮންމެ ގޮތެއް ހަދާފަވެސް އިންޑިއާގެ ކިބައިން އަދި އެހެން ގައުމެއްގެ ކިބައިންވިޔަސް މިގައުމު މިނިވަންކަން މަތީ ދިވެހިންގެ އަތުގައި ބާއްވާނަން. އެއްވެސް މީހަކު ހީކޮށްގެން ނުވާނެ އަމިއްލަ އެދުންތަކަށް ގައުމު ވިއްކާލެވިދާނޭ.

  12
 8. ސަޒާ

  ކޮބައިތޯ ބުރުމާ. ރައްޔިތުންގެ ހައްގޭ ޤައުމޭ ކިޔާ އަގަތަޅާއިރު މުޅިޤައުމުގެ ދުވަސް ދުއްވާލާއިފި. ތި ބައިގަޑެއްނޫންތޯ ތެޅިމަރުވީ އެމް.ޑީ.ޕީ ވެރިކަމަށް ނުގެނެވިގެން. ދެން މިއަދު ކޮންވާހަކައެއްތޯ ތި ދައްކަނީ. މިހާ ހިސާބުންވެސް ތިފަދަ ވިސްނުމެއް އައިކަމަށް ﷲއަށް ޙަމްދުކުރަން. ދެންވެސް ބަލަން ނުތިބެ މިހާހިސާބުންވެސް އެއްގަލަކަށްއަރައި އެމް.ޑީ.ޕީ އަތްދަށުން ޤައުމު ސަލާމަތް ކުރެވޭތޯ ބަލަމާހިގާށެވެ. އެހެންނޫނީ މުޅިޤައުމު ބޭރުބައެއްގެ އަތްދަށަށް ހިގައިދާނެއެވެ. އަދި ވަގުތު އެބައޮތެވެ. ވަގުތު ގެއްލުމުގެ ކުރިން މަސައްކަތް ފެށުމަށް ދިވެހި ހުރިހާ ރައްޔަތުުންނަށް އަޅުގަނޑު ގޮވާލަން.

 9. ހާލި

  ދިރުވާލަނީ

 10. ރައްޒާޤް

  ކަލޯ ޕާޓީން ބޭރު ކޮއްލަފާނެ

 11. ޅަވިޔަނި

  ކަލޯ އަންނި ވެރިކ ކަމުގައި އިންޑިޔާއަށް ވީ ގެއްލުމުގެ ބަދަލު އެދެނީ. 2023 ގައި ވެރިކ ކަަން ނުލިބުނިއްޔާ ބުނާނެ. ޙިންދޫމީހަ ކު ސުވާލެއްކ ކޮށްފިއްޔާ އގެއްލުމުގެ ބަދަލު އަހަރެމެންގެ ވެރިކ ކަމުގައި މިހާރު ދީފީމޭ. ޢެސޮރު ނަގޫފިތިގެން އެއުޅެނީ. ކަލޯމެން ނާ ކަލޯ.މެން ގެ. އާއިލާތައް މިގައުމުގައި. ބިކކ ކަ ވާނީ. ކެރަފާ އާއ ސޯލިހު މައިބަދާ ދުޅަވެ ފިލާނެ

 12. ޙެހެ

  ޙަމައެކަނި މައްސަލަ އަކައްވާނީ ދިވެހިންގެ ވަކިބަޔަކައް އެލާރިަނޑު ކާނުލެވުން. ޢެކަމުން ދިވެހި ރައްޔިރުންނައް ވާނެ އެއްވެސް ގެއްލުމެއް ނެތް.
  އަޑުގަދަ މީހާ ރުއްގިނަވާ ސިޔާސަތު މިގައުމުގަ ހިނގަނީ. ށިޔާސީ މީހުން މިލިތަނަރުންނައް ރައްޔިރުން ފަގީރު ހާލަތައް. މިހުރިހާ ކަމަކައް ރިއާޔަތް ކުރާއިރު ބޭރު ބަޔަކު ރާއްޖެ ހިނގުމަކީ މައްސަލައެއް ނޫންކަމައް ރައްޔިރުން ދެކޭ....

 13. ދެންދެން

  ކޮންމެހެން ދެން ފާޑުކިޔާނެ ކަމެއްނެތް މިއީކަލޯމެން ގެނައިސަރުކާރު ތިޔައެންމެނަށް އެނގޭ މިސަރުކާރުގަ މިތި ބަމީހުން ވެރިކަމުގެ ބާރު ލި ބޭއިރަށް އަ ބަދުވެސް ބަލަނީ ގަވްމު ވިއްކާލެވޭތޯ ރައިވެރިންގެ ދަރިންނަށްވެސް ތިނެތިންއެކަތި އޮވެޔޯ ބުނާއުސޫލުން މިފަހަރު އެވެރިން ކާމިޔާ ބު ކޮށްފި އިންޑިއާ މިކަމަށް ބަލަ ބަލާ އޮންނަނީ 3ނޮވެމް ބަރ1988 އިންފެށިގެން ހެހެހެ!؟!؟!؟