ރާއްޖޭގެ މިނިވަންކަމާ މެދު ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ސުވާލު އުފައްދަވައިފިއެވެ.

ސަރުކާރު ކޯލިޝަންގައި ދެ ވަނަ އަށް އެންމެ ބޮޑު ޕާޓީގައި ހިމެނިވަޑައިގަންނަވާ އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އަށް އިންޑިއާ ސަރުކާރުން ގެނެސްގެން އުޅޭ ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން އެ ގައުމުގެ މިލިޓަރީން ދެކޮޅު ހެދި ހިސާބުން އެއޮތީ ރާއްޖޭގެ މިނިވަންކަން ގެއްލިފައި ކަމަށެެވެ.

 

އިންޑިއާގެ ސިފައިން ތިބެގެން ދެ ހެލިކޮޕްޓަރެއް ރާއްޖޭގައި އޮޕަރޭޓް ކުރަމުންދެއެވެ. ފުރަތަމަ ހެލިޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ގައެވެ. އޭގެ ފަހުން ހަދިޔާ ކުރި ހެލޮޕްޓަރު ގެނައީ 2011 ގައެވެ. އެއް ހެލިކޮޕްޓަރު އައްޑޫ ގަމުގައި އޮންނައިރު އަނެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ލ. ކައްދޫގައެވެ.

އަލީ ހުސެއިން އެގޮތަށް ވިދާޅުވެފައި ވާއިރު އައްޑޫގައި ބާއްވާފައިި އޮތް އިންޑިއާގެ ހެލިކޮޕްޓަރު ބަލަހައްޓަން އިންޑިއާގެ އަސްކަރިއްޔާގެ 24 ސިފައިން ތިބޭކަމަށްވެއެވެ. ނަަމަވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އިންޑިއާ އަސްކަރިއްޔާ އަށް ނިސްބަތްވާ ސިފައިންގެ އަަދަދު ހާމަކުރުމަށް ދައުލަތުން ވަނީ އުޒުުރުވެރިވެފައެވެ. އަދި އެއީ ގައުމީ ސަލާމަތަށް ނުރައްކަލަކަށް ވެދާނެ މައުލޫމާތެއް ކަމަށް ދިފާއީ ބާރުން ވިދާޅުވެއެވެ.

ކޮންމެ ދެ އަހަރަކުން އެއްބަސްވުން އާ ކުރާ ގޮތަށް ގެނައި އިންޑިއާގެ ހެލިކޮޕްޓަރުތަކުގެ އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އާކުރިއެވެ. އެކަމަކު ފަހުން އިންޑިއާއާ ގުޅުން ގޯސްވެ، 2017 ގައި އެއްބަސްވުން އާ ނުކޮށް ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން ވެސް އެދުނެވެ. ފަހުން މި ސަރުކާރު އައިސް އެއްބަސްވުން އާ ކުރީއެވެ.

ދިވެހިންގެ އަމިއްލަ ހެލިކޮޕްޓަރުތަކެއް ސަރުކާރުން ނުގެންނާތީ އޮންނަ ފާޑުކިއުންތަކާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މީގެ ކުރިން ވިދާޅުވެފައިވަނީ، އަމިއްލަ ހެލިކޮޕްޓަރެއް ގެންގުޅޭނެ މާލީ ގާބިލިއްޔަތު ކަމެއް ދިވެހި ދައުލަތުގައި ނެތް ކަމަށެވެ. އެއާއެކު މާރިޔާއަށް ވެސް ފާޑުކިއުންތަކެެއް އަމާޒުވެގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މގ އަލީ

    މާރިޔާ އަމިއްލަ އެއާލައިން މެގަމޯލްޑިވްސް ހަދާދޭނެ ގާބިލް ގަން ސަރުކާރުގަ ހުރި

    40
    • ކޮވިޑް

      ފިދަނަ ހިފަން މަޅިފަތި ޖަހާފަ ގޮސް އެރީ ޤާނޫނު އަސާސީ އަށް ކޮޅުފައިން. ފިންދަނަތައް އޮޅުވާނެ ހެން ހީނުވީމަ ޤައުމު އޮޔާ ދުއްވާލަނީ.

      35
    • ދޮންބެ

      މިސަރުކާރުގެ ފަސް އަހަރު ނިމޭއިރު ގައުމުގެ އޮންނާނީ ހުސް ތޮށިގަނޑު!! މިތިން އަހަރު ހަމަ އެކަނި އިންޑިޔާއިން އެކި ނަންނަމުގަ 1500 މިލިޔަން ޑޮލަރުގެ ލޯނު ނަގައިފި! ލޯނުތައް ދީފައިވަނީ ނުވަތަ ދޭން ނިންމާފައިވަނީ އިންޓްރެސްޓާއެކު އަދި އިންޑިޔާއިން ބޭނުންވާހާ ގޮތަކަށް އެއްބަސްވެގެން! އޭގެތެރޭ އިންޑިޔާގެ ކުންފުނިތަކަށް މަސައްކަތްތައް ދޭގޮތަށް!! އޭރުން އެޕްރޮޖެކްޓެއްގެ ލާރިކޮޅުވެސް ވަންނާނީ އިންޑިޔާއަށް!! މިކަމުންވެސް ދިވެހިންނަށް ގެއްލުން! އައްޑޫގައި ހެލިކޮޕްޓަރަކާއެކު 27 އިންޑިޔާ ސިފައިން! ލ.އަތޮޅުގައި ހެލިކޮޕްޓަރަކާއެކު 27 ސިފައިން!! ހދ. ހަނިމާދޫގައި ޑޯނިޔާ މަތިންދާ ބޯޓަކާއެކު 20 ސިފައިން!! ގުޅިފަޅުގެ ބަދަރު ތަރައްގީކޮށް އެބަދަރުގައި އިންޑިޔާގެ ނޭވީން 25 އަހަރަށް ތިބޭގޮތަށް އެއްބަސްވެ އެއްބަސްވުން ފޮރުވައިގެން ގެންގުޅެނީ! ރާއްޖެގެ 7 ސަރަޙައްދެއްގައި އިންޑިޔާއިންވަނީ ރާޑަރ ސިސްޓަމްތައް ހަރުކޮށްފަ! ހއ އިން ފެށިގެން އައްޑޫ ސިޓީ އާއި މިދޭތެރޭ ރާއްޖޭގެ ކަނޑުތަކުގެ ދިރާސާކޮށް ޗާޓްތައްކުރަހަން ވަނީ އިންޑިޔާގެ ނޭވީންވެސް ހިމެނޭގޮތުން އިންޑިޔާގެ ކުންފުންޏަކާ ހަވާލުކޮށްފަ!! މިއަދު މިނިންމީ ރާއްޖޭގެ އެއަރޕޯޓްތައް ބޭރުގެ (އިންޑިޔާ) 100 ޕަސެންޓް ޙިއްސާވާ ކުންފުނިތަކަށް ހިންގޭގޮތަށް މަގުފަހިކޮށް! ނިންމާފަ އެވަނީ އެއަރ ޕޯޓްގެ ކަގޯގެ ހުރިހާ ކަމަކާ އެއަރ ޓްރެފިކް ކޮންޓްރޯލްގެ ހުރިހާކމެއްވެސް އެއަރޕޯޓް ހިންގަން ހަވާލުވާ ބަޔަކުކުރާހޮތަށް! މިކަން ނިންމާފަ އެވަނީ އެންމެ 5 މިލިއަން ޑޮލަރު އިންވެސްޓް ކުރުމުން 50 އަހަރަށް އެގްރޮމަންޓް ކުރެވޭގޮތަށް!! މިއީ ހަތްތާވެސް އިންޑިޔާގެ ރޭވުންތައް! މި ޕަޕެޓް ސަރުކާރުން މިދަނީ ހަމަ އެެއްވެސް ބަލާލުމެއް ވިސްނުމެއްނެތި ގައުމު ވިއްކަމުން!! މިއީ މިގައުމު ރައްޔިތުން ވިސްނާ ފިކުރުކޮށް މިކަންކަމާ ދެކޮޅަށް ފާޅުގައި ނިކުންނަންޖެހޭ ވަރުގެ ކަންކަން! ގައުމީ ބޮޑެތި ކަންކަން!!

      21
      1
  2. ސަޒާ

    އަލީ ހުސައިން އަށް މިއަދުތަ އެގުނީ ތިކަން. ކިވަރުވީކަންވެސް ވ ރަގަޅު ﷲ އަށް ޙަމްދުކުރަން.

    36
    1
  3. ނުހާ

    އަލީހުސެއިން ވަރެއް ހަމަ ނެތޭ ބުނެވޭނީ
    ތިގޮތައް ފާޅުގަ ބަސް ބުނަން ކެރޭ ބޭފުޅުން މަދުވާނެ

    31
    1
    • ތެދު

      ތިއަލީހުސެއިން ވެސްދުވި އެމްޑީޕީ ބައިގަނޑުފަހަތުން ހުޅަނގުގެގައުމުތަކުގެސަފީރުން އަދި އެހެނިހެންމީހުންފަހަތުން ޔާމިންގޯސްވެގެން އޭނަނުބޭލިގެން..!އެއްމެފަހުން މިހާރުތިޔޮތީފައިންއެރިފަ...!؟ ރަނގަޅެއްނު ކަލޭގެލީޑަރައް ބައިއަޅައެއްނު ރުފިޔާޗާޕްކޮއްގެން.! އަސްލު ކަލޭހޮވުނީވެސް ޔާމީންހެސަޕޯޓަރުންގެ ވޯޓުންކަން ދާއިރާގެމީހުންނައްއިނގޭނެ..މިހާރު ތިވަރައް ވިސްނުނުކަމައްޓަކާﷲއަށް ހަމްދުކުރަން އަދި ތިބާއަށް ދެދުމަގުދައްކަވާށި.

  4. ވިދާޅުވާ

    އަލީ ހުސެއިނަކީ މ8ގަެުމުގެ މިނިވަންކަން ނަގާލި ބައިވެރިއެއް

    20
    2
  5. ބަދަލުވަމުންދާ ސަޤާފަތް

    ޢަލީ ޙުސައިން އަކީ 1 ފެބުރުއަރީ ބަޣާވާތުގެ ބައިވެރިއެއް އެކަމަށް ވާގިވެރި މީހެއް، މައުމޫނާއި އައްނި އާއި ޢިމްރާނާއި ޤާސިމާއި ޞާލިޙާއި މާރިއާއި ޝިދާތާއި ޢަލިވަޙީދާއި ޖަމީލާއި ޝާހިދު އާއި ޢަބުދﷲސަޢީދު އާއި ޢަލީ ޙަމީދު އާއި ފާރިޝް އާއި މަހުލޫފާއި މިލިސްޓްގައި ވަރަށް ގިނަ މީހުން ހިމެނޭ، ހިންދު ކަރާގެ އެހީތެރިކަން ހޯދައި އެއްގޮތް ނެތިއްޔާ އަނެއް ގޮތަކުން ވެސް ވެރިކަން ހޯދަން ކުރި މަސައްކަތުގެ ހިތިރަހަ މިލަނީ ކިހާދެރަތޯ. ވިސްނަން ނުވޭތޯ؟ ދިވެހިންގެ ގައުމުގައި ދިވެހިން އަމިއްލަޔަށް ކަންކަން ނިންމުމުގެ ބަދަލުގައި އެހެން ބޭރުގެ ބާރުތަކުން އެހީ ހޯދުމުން ނުކުންނާނެ ނަތީޖާ ފެންނަމުން މިދަނީ، އިރު ކޮޅަކުން ހިންދު ކަރާގެ ވެރިމީހާ ކާރިއަށް ރާއްޖޭގެ ވެރިމީހާ ހާޒިރުކުރަނީ އެއީ އައްޑޫ ސިޓީ ކައުންސިލޭޓް ހުޅުވުމުގެ އެއްބަސްވުމުގައި ސޮއިކުރަން

    22
    3
  6. ކައުންސެލަރު 🙌

    ކަލޭ ރަނގަޅުވާނީ ވާހަކަ ނުދެއްކިއްޔާ. ޝަޓަޕް. އިނަފް ކަލެއަކީވެސް މީގެ ބައިވެރިއެއް

    30
    4
  7. ކުދިންނޭ ބަލަން ތިބޭ މަލިސް ގެވެސް ވިއްކާނެ

    ތިޔަ ޢިއްޒަތްތެރިގެ ހުރި ހުޝިޔާރު ކަން ދިވެހި ގައުމު މިއަ ދު މި ދެކެނީ.

    14
    2
  8. ލޮލްލޮލް

    އަމިއްލަ އަށް ހަނޑޫކޮޅެއް ހައްދާ ނުލެވޭ މީހުން ހަޤީޤީ މިނިވަންކަމޭ ބިސްގަނޑޭ ނުކިޔާ! ބަޤާވަތް ކުރީމަ އެކަން ސާބިތުކުރަންވެސް ގެނައީ ފަރަންޖީ ވަގެއް!

    2
    15
  9. ަސދަސ

    ރައްޔިތުންނޭ ހިނގާ ނިކުންނަމާ.
    ގާނޫނާއި ގަވާއިދާއި އެއްގޮތަށް މިވެރިކަން ނިންމަންއެބަޖެހޭ

    21
    1
  10. ހުސޭނުބޭ

    އައްޔާ! ކަލޭގެ ކޮނޑުއަޅައިގެން ގެނައި ސަރުކާރު ރާއްޖޭގެ މިނިވަންކަން ނަގާލީވެސް! މީގައި ސީދާ ކަލޭގެ ހިއްސާވެސް ވަރަށް ބޮޑު

    17
    1
  11. ޚިޔާލު 3

    ގައުމުގެ ހިންގުން ބަހާލަށް ފެންނަގޮތްކީ÷
    މައުމޫނަށް ދީނާއި ބޭރުދުނިޔޭގެ ކަންކަން ހިންގުން
    ގާސިމަށް ގައުމު ތަރައްގީގެ ކަންކަން ހިންގަން
    އިމުރާނަށް ސަލާމަތީ ކަންކަން ހިންގަން
    ފައިސަލަށް ސިއްހަތާ ދަތުރު ފަތުރުގެ ކަންކަން
    އަންނިއަށް ހުރިހާކަމަކަށް ފާރަ ވެރި ވެ ބިނާޖުރަނި ވި ފާޑުކިއުން.
    ސާލިހަށް އެހެން ހުރިހާ ކަމެއް ހިންގަން
    މި މަގުން ސަރުކާރު ހިންގަން އަޅުގަނޑަށް ފެންނަނީ.
    ލީޑަރުން ޒިންމާދާރު ކުރެ ވޭނި މި މަގުން.

    8
    3
  12. ޑިމޮކްރަސީ

    ޤާބިލް ކަން ނެތިއްޔާ ހެލި ކޮޕްޓަރު ނުދުއްވާނީ މީގެ ކުރިންވެސް އުޅުނީ ހެލިކޮޕްޓަރކު ނޫން ދިވެހިން ގުބޯ ހައްދައިގެން ކިހާދުވަހަކު ތިގޮތައް ގެންގުޅޭނަން

  13. ރާއްޖެތެރެ

    އަލީހުސޭން މޮޅުވާހަކަ ނުދައްކާ އަލީހުސެންމެން ހޭވި އަޑިތައް މި ފެންނަނީ

  14. ބީތާ

    އަލީހުސޭނާ މިހާރު ކޮންކޮހެއް ހޭތިގޮވަނީ .ކޮ ބާހޭ ލަދުހަޔާތް. ވެރިކަން ބަދަލުނުވެގެން ޓީވީ ތަކަށްއަރާ ފެލުނު ފެލުންކޮ ބާ؟؟
    މިކަހަލަމީހުންނަށް ވިސްނޭއިރު އޮންނާނީ ވާނެހައެތިވެފަ. !!!