ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ދިވެހިރާއްޖޭގެ ބިންތަކާއި ވިޔަފާރީތައް ފޭރެން ފޮނުވާފައި ހުރި ބޭރުގެ އެޖެންޓެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ތުހުމަތު ކުރައްވާފިއެވެ.

ޖަމީލް މިފަދަ ބޮޑު ތުހުމަތެއް ރައީސް ސޯލިހަށް ކުރެއްވީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ އެއާޕޯޓްތައް ހިންގުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުގެ ސިޔާސަތައް ގެނައި ބަދަލާއި ގުޅިގެން ކުރެއްވި ޓްވިޓެއްގައެވެ.

ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓުތައް ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އަށް ބަދަލު ގެނައުމުން ސަރުކާރުގެ އެ ނިންމުމަށް ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ޖަމީލް ވަނީ އެއާޕޯޓްތައް ބޭރު ކުންފުނިތަކަށް ހިންގޭ ގޮތަށް އުސޫލު ބަދަލުކުރީ ސަރުކާރުގެ "ހީލަތްތެރިކަމުން" ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ ދުވަސްތަކަކީ ބިރުވެރި ދުވަސްތަކެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

"އެއާޕޯޓްތައް ބޭރު ކުންފުނިތަކަށް ދެނީ ހީލަތްތެރިކަމުން، ދިވެހި ބިމާއި ވިޔަފާރިތައް ދިވެހިންގެ އަތުން ފޭރިގަތުމަށް. ރައީސް ސޯލިހްގެ ވެރިކަމުގެ ކޮންމެ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހަކަށް ވެއްޖެ. ގައުމަށް ނުރައްކާ. ރައީސް ސޯލިހަކީ ބޭރުބައެއްގެ އޭޖެންޓެއްކަން ކަށަވަރު." ޖަމީލް ވިދާޅުވިއެވެ.

އެފްޑީއައި ޕޮލިސީގައި ކުރިން އޮންނަ ގޮތުން ނަމަ އެއާ ޓްރާންސްޕޯޓު ހިދުމަތް ރާއްޖޭގައި ދެވޭނީ ބޭރުގެ 75 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް ފަސް އަހަރުގެ މުއްދަތަށެވެ. އިކޮނޮމިކް މިނިސްޓްރީން އިއްޔެ ގެޒެޓުކުރި އިސްލާހުގައި ވާގޮތުން ދިވެހި ހިއްސާއެއް ނޯންނަ 100 އިންސައްތަ ބޭރުގެ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓުތައް އޮޕަރޭޓު ކުރެވޭނެއެވެ. އެކަން ކުރެވޭނީ ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއެކު ދިވެހި ސަރުކާރުގެ ހުއްދަ ލިބިގެންނެވެ.

ވައިގެ ބަނދަރުތައް ބޭރުގެ ކުންފުނިތަކަށް ދިނުމުގެ ވިސްނުމަކީ ދިވެހިން މާ ބޮޑަށް ތާއީދު ނުކުރާ ވިސްނުމެއް ކަމަށް މީގެ ކުރިން މި ސަރުކާރުން ވެސް ހާމަ ކުރުމަށް ފަހު، މިހާރު ސަރުކާރުގެ ސިޔާސަތު ބަދަލު ކުރުމުގެ މަގްސަދު ސާފުކޮށްދޭން ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކޮއްޕަން

    ސޯލިހް ކުރާނެކަމެއްނެތް
    ގޮތް ނިންމަނީ އިންޑިއާއިން.
    މިހާރު އެބަލަނީ ރާއްޖޭގެ ދެކޮޅުގައި އަދި މެދުގައި އޮތް ކާޑެއްދޫ އެއަރޕޯޜޓް ހިންގުން އިންޑިއާގެ މިލިޓަރީ އެޖެންޓުން ގޮތުގައި މަސައްކަތްކުރާ ބަޔަކާއި ހަވާލުކުރަން.
    ހަނިމާދޫވެސް، އައްޑޫވެސް އަދި ކާޑެއްދޫވެސް އަނބުރައި ދިވެހިންގެ ބާރުދަށަށް 99 އަހަރުފަހުން ނޫނީ ނުގެނެވޭނެ.

    21
    • Anonymous

      ސޯލިކީ ހުރިހާ ނުބަޔަކީ. މީނައާ މޑޕ ގެ އިސް ސަފަށް ނޭގުނު ޝައިޠާނާއާ ބައިއަތު ހިފައިގެން ވެރިކަަށް އައިމަ ގައުމާ އެތާނގަ ތިބި މީހުނާ އެތަނުގައިވާހާ އެއްޗެއް އެސޮރަށް ދިނަސް ހިތް ނުފުރޭނެކަން!!! މޑޕ އިން ތިތިބީ އެމީހުނާ ގައުމު އެކީ މޯދީއަށް ދީގެން. ދެން ކަމެއް ކުރެވޭނީ ސޯލިހު އަމިއްލަ އަށް އިސްތިއުފާ ދީގެން. އެހެންނޫނީ އިންޑިޔާއިން ސޯލިހުވެސް ވިއްކާނެ.

      8
      1
  2. އެޖެންޓް ސަހާބް

    އައްޑޫމީހުން ވިސާހޯދަން ދެން ކިއުގައިޖެހޭނީ އަމިއްލަ ރަށުގައި ތިބެގެން. މާލެނުގޮސް މިވަރު ކަމެއް ކުރެވުން އެއީ ލިބޭ ކުރިއެރުމެއް ؟
    ޜާއްޖެއަށްވުރެ ބޮޑެތި، ބާރުގަދަ އަދި އިންޑިއާ އާޢި ގުޅުން ކުޑަގައުމުތަކުގެ މީހުންނަށް ފްރީ ވިސާގައި މެޑިކަލް އަށް ދެވޭ.
    ސުވާލަކީ ރާއްޖެއަށް އަބަދުވެސް ފިއްތާލާފައި އޮންނަނީ ކީއްވެހޭ ؟
    ޖަވާބަކީ ބިންތަކާއި މިލިޓަރީ މީހުން އެމީހުން ބޭނުންވާގޮތަކަށް ބައިތިއްބަން އެއްބާރުލުން ދޭން މަޖުބޫރުކުރުވަން.

    19
    2
    • އަލީ ނަސީރ

      އިސްލާމީ ގައުމެއްވީމަ ފިއްތާލަނީ

      10
  3. ރައްޔިތުން

    މިސަރު ކާރުން ރައްޔަތުންގެ އަޑެއް ނާހާނެ. ރައްޔަތުން ބިކަހާލުގައި ޖައްސާ. އަމިއްލަ ޖީބުތައް ފުރާލަނީ

    26
    • ހހހހ

      ރައްޔިތުން ނިކަމެތިކަން ގަބޫލުކުރާތީ ވާގޮތް. އަނދޮގޭ ކިޔާފަ ނުކުމެ މިސަރުކާރު ނިންމާލަންވީ. އެއީ މޑޕނއަށްވެސް ކޮށްދެވޭ ހެޔޮކަމަކަށްވާނީ. އެމީހުންވެސް އެތިބީ އިންޑިޔާގެ ބަލާއިން ސަލާމަތް ނުވެވިފަ.

  4. ގުޅީފަޅު

    ދެން ރޯނެކަމެއްނެތް ގައޮމު ވިއްކާ ހުސްކޮށްފި ދެން ބާކީ ހުރީ ދެތިން ފި ދަނަ.

    24
  5. މާކު

    ރައިތުން ނިކުމެ ގައުމް އަބުރާހޯދަންވެއްޖެ

    13
  6. މަބޭ

    ގައުމައް އިހުލާސްތެރިވެ ވަފާތެރުވުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެއް ހަމައެގޮތުން އެގައުމެއްގެ ސަރުކާރު ގައުމައް ގައްދާރުވާނަމަ އެކަމާދެކޮޅައް ނުކުތުމަކީ ރައްޔިތެއްގެ ޒިންމާއެއް

    12
  7. ކާސިމު

    ރީނދޫ ޕާޓީގެ އަސްލަށް ރުޖޫޢަވެ، ހަރު މުދަލުގެ އިތުރުން ގައުމުވެސް މިފަހަރު ވިއްކާލައިފި!!!

    11
  8. ކަމީލު

    ޖަމީލު އެންމެ ބޮޑު ރޯލެއް ކުޅުނީ އިބޫއަށް ވެރިކަން ހޯދަދޭން. ކޯލިޝަންގެ މައިގަނޑު މީހަކަށް އޭރު ނަގާފަ ހުރީ ޖަމީލު. އޭރު ނޭނގިފަ މިހާރު އެނގުމަކީ ޖަމީލުގެ އަތެއް މީގަ ނެތް ކަމެއް ނޫން. ކުރިންވެސް އެނގޭނެ އެމްޑީޕީއަކީ އިންޑިއާއަށް ގައުމު ވިއްކާލަން ފަސްނުޖެހޭނެ ބައެއްކަން.

  9. ޜަސހުމީހާ

    މިކަންތައްމިގޮތައް ކުރަންވެގެނު ދާދިފަހުން މިރާތްޖޭގަފުލޯޓިންސިޓީތަކެށްއެޅުމައް ބަޔަކާހަވާލް ކުރީދެން ގައުމު އިންޑިޔާޔައްދީފަ ރަތްޔަތުން އެސިޓީޔައްލާފަބަސާލީމަނިމުނީނުން އޭރުން ކަނޑައްޣަރަގުވެނިމިދާނެނުން

  10. ރިޔާޒުބެ

    ޖަމީލޫ ލޮކުޑައުން ނިމެރއިރު ގައުމެއް ނޮއޮންނާނެ ގައުމު ވިއްކާލާފަ ވެރިންފިލާ ރައްކާ ވާނެ ކޮބާ އުމަރު .

  11. އަހުމަދު ނީޒް

    އިސްތިއުފާ އިސްތިއުފާ. އިސްތިއުފާ އިސްތިއުފާ. ފުދިއްޖެ މިހާރު. އަހަރެމެން ދިވެހިންގެ ވިޔަފާރިތައް ފުނޑޭނެހާ ޤާނޫނެއް ހަދާ ބޭރުމީހުން ކުރި އަރުވަން ކުރެވޭނެހާ ކަމެއް ދަނީ ކުރަމުން. ކެތްތެރިކަން ހަމައިން ނައްޓަނީ. އޭގެ ކުރިން ރީތި ގޮތުގަ އިސްތިއުފާ ދީ. މީ ދިވެހިން. ދިވެހި ޤައުމު ދެކެ ލޯ ބިވާނެ.

  12. އަންދު

    ދައުރު ނިމޭއިރު މިދިވެހިރާއްޖެ އިންޑިއާގެ ސްޓޭޓަކަށް ވެނިމެނީ ހެހެހެހެ!؟!؟!؟!؟!؟

  13. މުހައްމަދު

    މީ ކިހާދެރަކަމެއް މިޤައުމަށް ކާބަފައިން ކޮށްދިން އަގުހުރި މަސައްކަތް ވެރިކަމުގެ ފޮނިމީރު ކަމަށްޓްކައި ދޫކޮށަލަނީތޯ މީމުޅި ޖީލުގެ ޙައްޤު ރައްޔިތުން ކިބައުން ވެރިކަން އުފެދުނީ ރައްޔިތުން ބިކަކޮށް ނުލައްވާ މިޤައުމު ސަލާމަތް ކުރައްވާށި އާމީން އިންޑިއާ އަދި މިނޫނަސް މިފަދަ ކަމަކަށް އެދޭ ބައެއްގެ ކިބައިން