ރިސޯޓް ތަރައްގީ ކުރަން ބޭނުންވާ އިތުރު ލޯން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނުދެނީ ކުލަ އަލި ނުވުމުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިޔަފާވެރިޔާ އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ލޯނު ނަގާފައިވާ ފަރާތްތަކަށް މޮރިޓޯރިއަމެއް ދިނުމަށް ގޮވާލައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވިދާޅުވީ ރާއްޖޭގައި ވިޔަފާރި ކުރަން އޮންނަނީ ދަތި މާހައުލެއް ކަމަށެވެ.

ޖާބިރުގެ ވިޔަފާރިން ތަރައްގީ ކުރަމުންދާ ހުވަދު އަތޮޅު ވަޓަވައްރެހާގައި ހުންނަވައިގެން އޮންލައިންކޮށް ޖަލްސާގައި ބައިވެރިވެވަޑައިގެން ޖާބިރު ވިދާޅުވީ ވިޔަފާރިތަކަށް ދިމާވާ އެންމެ ބޮޑު ދަތި ކަމަކީ ގާނޫނުތައް ހަރުކަށިވެ ވިޔަފާރިއެއް ފެށުމުގެ ހުއްދަ ދެވޭ މަރުހަލާ ވެސް މާ ދިގުވެފައި އޮތުން ކަމަށެވެ.

މީގެ އިތުރުން ހާމަކަންބޮޑު ކޮރަޕްޝަން މަދު މާހައުލެއް ނެތުމަކީ ވެސް ވިޔަފާރިތައް ފެށުމަށް ދަތިވެފައި އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ވިޔަފާރިއެއް ފަށަން ވެސް "ޕޮލިޓިކްސް" ކުޅެން ޖެހޭ ކަމަށް ޖާބިރު އާންމުކޮށް ވިދާޅުވާ ވާހަކަތައް މިއަދު އަނެއްކާ ވެސް ތަކުރާރު ކުރެއްވިއެވެ.

"އަޅުގަނޑު މި ވަގުތު އޮޕަރޭޓް މި ކުރަނީ މިހާރު ހުވަދު އަތޮޅު ވަޓަވައްރެހާގައި، މި ތަން މި އޮތީ 80 އިންސައްތަ އަޅުގަނޑުގެ އެކިއުޓީން ހަދާފަ، 40 މިލިއަނުން، އެކަމަކު ބީއެމްއެލް އިން ލޯނެއް ނުދިން، ވެދާނެ އަޅުގަނޑު ކުލަ އަލި ނުވީމަ ކަމަށް،" މަޖާޒީ ރާގެއްގައި ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ އާންމު ފަރުދުންނާއި ވަކިވަކި ވިޔަފާރިތަކުގެ އާމްދަނީއަށް އަސަރުކޮށްފައިވާ މި ދަނޑިވަޅުގައި އެ ކަމަށް އަހަމިއްޔަތު ކަން ދީގެން، ބޭންކްތައް ހިމެނޭ ގޮތަށް، ސަރުކާރާއި މުޅި ދައުލަތް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކޮވިޑް

    ޑޯންޓް ވޮރީ ހީރޯ. ކަޅު މާވަހަރުގެ އަގު ބޮޑުވާނެ ދޮންވެގެން ވެއްތޭނީ ގަސްދަށަށް. ތީ އަގު ބޮޑު ހީރޯ އެއް، ޑީއާރުޕީގެ ލީޑާ ޒިންދާބާދު.

    18
    5
    • ޒައިކަ

      ނޫނޭ ތިޔައީ އޮޅުމެއް.. އަގު ބޮޑީ ވައިޓް ވައްތަރުގެ އެބަހީ ހުދުމާވަހަރު ނުވަތަ ހުދަންބަރޭ!! ކަޅުތެޔޮތައް އުކާލާނީ.. ޖާބެ ކަޅުވީމައެއް ނޫން ލޯނު ނަގާފަ ފިލާތީ ނުދެނީ....

      7
      1
  2. ދޯނީ

    އިންޑިއާގަ ތިބޭނެ ތިކުލައިގެ ބައިވަރު ކުދިން. އަދި އެމީހުންނަކީ ރާއްޖެއަށް ލޯނުދޭން ވަރަށް ވަރު ހުންނަ ބައެއް. އަވަހަށް އެދޭ ލޯނަކަށް. ބަދަލުގަ މާ ބޮޑު އެއްޗެއް އެމީހުން ބޭނުމެއްނުވާނެ. ހަމައެކަނި ތި ރިޒޯޓުގެ އެއްކޮޅުގަ އިންޑިއާ ސިފައިންނާ ބެހޭ ކުޑަވަރެއްގެ ޓެންޓެއް ޖަހާލަން ބޭނުންވާނީ.

  3. ލލ

    ސިޔާސީން ނަކީ މާލިއްޔަތު ލޫޓުވާ ވަފާތެރިކެހިވެރި ޗޯރުން!

  4. ދޮން ކަލޯ

    މަނިކުފާނު ގައި ކޮޅު ގައި ހުންނަނީ އަންހެން ކުދިން ވެސް ހިތް ކިޔާ ކުލަ އެއް! މަންޖެ ބުނީ ހުންނަނީ އަލްޓް ރ ޕިޔޯ ބްލަކު ކަމަށް

  5. ހުސެންދީ

    ތި ޖާބިރު މިހާރުވެސް މީހުންނަށް ދަރާފައިވާ ލާރި ދައްކާ ޚަލާސްކޮށް ފިއްޔާ އަތުގައި ނޯންނާނެ ބޮޑު ލާރިއެއްވެސް.

  6. ކާށިދޫ މީހާ

    އަނގަ ގަނޑު ގަދަކަމުން ލޯނު ނުދިނީ

  7. އަފޭ

    ޖާބެ އަކީ މިހާާރު އީމާންތެރި މީހެއް އެއީ ހެން ހީވަނީ ލޯނު ނުދިން ކަމަކީ މިސަރު ކާރުގައި ގިނައީީ ވައްކަން ކުރާ މީހުން

  8. ދޮންހުސެނު

    50ރ ގެ ވިޔަސް މަވެސް ހީރޯ އަށް ލޯނެއް ނުދޭނަން

  9. ހުސޭނުބޭ

    ޖާބެ ދޮންވަން މަސައްކަތް ނުކޮށް ވަގުތުނަގާލީ. އަވަހަށް އަނބިކަބަލުންގެ ފެއަރ އެންޑް ލަވްލީ ފުޅި ބޭނުންކުރައްވާ. އަދި އެއާއެކު މަޖިލީހަށް ވަޑައިގަންނަވާއިރު އަނބިކަނބަލުންގެ މޭކަޕް ކިޓު އިސްތިޢުމާލުކުރައްވަން ހަދާންބަހައްޓަވާތި!

  10. ދިއްލާ

    ދިޔާނާގެ ކުލައަލި ދެއްތޯ؟؟

  11. އަލް ޢަދުލު

    ލޯނު ދޭން ވާނީ އެލޯނު އަނބުރާ ދެއްކޭވަރު މީހުނަށޯ، ޖާބެ ސަރުކާރަށް ދަރާއޮތް ލާރިގަނޑުވެސް ތިއުޅެނީ ނުދައްކައި، ބޭންކަށްވެސް އެވަރު އެނގޭނެ ތޯއްޗެ.

  12. އަނީތު

    ދަރަނި ވެރިންނަށް ލޯނުދިނުމައްކޫ ބޭންކްތަކުން ކުރާ ކަމެއްނޫން

  13. ރައުުޔާ

    ކިތައްމެ ކުލި އައްޔަސް ޖާބިރަށް ލޯނެއް ދޭކަށް ނުވާނެ،

  14. އޭކު ޚެޔާލް

    ބޭންކްތަކުން ލޯންދޭންވާ މީހުންނާ ގަމީހުން ވަކިކުރަން ރަނގަޅަށް އެނގޭނެ، މި ރާއްޖޭގެ ހުރިހާ ބޭންކްތަކަށް ތިޔަ ޖާބިރު މާރަނގަޅަށް އެނގޭނެ ޖާބިރަށް ކުޑަކުޑަ ލޯނެއް ދޭންވެސް ހަމަ ހެޔޮނުވާނެކަން އެންމެނަށް އެނގޭނެ.

  15. ޒީރޯ ޓޮލަރަންސް

    ތިޔަޖައްސާ ގޭސްގަނޑު ރައްޔިތުންގެ ގިނަބަޔަކަށް މިހާރު އެބައެގޭ. ރަގަޅަށްވިއްޔާ ތިޔަބުނާ ލޯނެއް މިހާރު އޮންނާނީ ތިޔަބޭފުލާއަށް ލިބޭގޮތަށް ހަމަޖެހިނިމިފަ. މައުމޫނު އަތުގަވި ލާރިކޮޅު އަތުލަންވީނޫންތޯ؟ އެއީ ހާދަހާާ ބައިވެރެކޭ. މަނިކުފާނު އެހާގިނަ ފައިސާ ހޯދިގޮތެއް ބަލާ ސާފުކޮށްދޭނެ ހަމައެކަކުވެސް ނެތީތޯ؟