އިންޑިއާގެ އެހީއާއެކު ހދ. ހަނިމާދޫ އެއާޕޯޓު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރިއަސް އެތަން ހިންގާނީ ދިވެހި ސަރުކާރުން ނުވަތަ ސަރުކާރުން ކަނޑައަޅާ ދިވެހި ކުންފުންޏަކުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން މިދިޔަ މާޗު މަހު އެ ރަށު ކައުންސިލަށް ހުށަހަޅާފައިވެއެވެ. އެއާއެކު، އެ ރަށުގެ ޖަމިއްޔާތަކާއި އާއްމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ މައްސަލައިގެ ކަންބޮޑުވުންތައް އިތުރުވީ ބޭރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް އެއާޕޯޓު ހިންގޭ ގޮތަށް އުސޫލު ވެސް އިއްޔެ ބަދަލުކުރުމުންނެވެ.

ފައްޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއާޕޯޓު ތަރައްގީކުރާނީ އިންޑިއާގެ އެގްޒިމް ބޭންކު ލޯނު ބޭނުންކޮށްގެން ކަމަށެވެ. އެކަމަކު ހަނިމާދޫ އެއާޕޯޓުގެ މިލްކުވެރިކަމާއި އެތަން ހިންގުން އޮންނާނީ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ހަރަދުވާނެ ކަމަށް ބެލެވެނީ 85 މިލިއަން ޑޮލަރު ނުވަތަ 1.3 ބިލިއަން ރުފިޔާ ކަމަށާއި އެ މަޝްރޫއަށް ދެ އަހަރު ނަގާނެ ކަމަށް "ވަގުތަށް" ލިބިފައިވާ ލިޔެކިޔުންތަކުން ވަނީ ހާމަވެފައެވެ.

އުތުރުގެ އިގުތިސާދުގެ މައި ނާރެސް ކަމަށްވާ ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް އަލުން ތަރައްގީ ކުރުމަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމްގެ ދަށުން ހިންގުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ އުމްރާނީ ތަރައްގީގެ ބޮޑު އަށް މަޝްރޫއުގެ ތެރެއިން އެއް މަޝްރޫއުއެވެ.

މި މަޝްރޫއު ވެގެންދާނީ ރާއްޖޭގެ އުތުރުގެ އަތޮޅުތައް ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އިންޑަސްޓްރިއަލް އަދި ލޮޖިސްޓިކްސް ފަދަ ދާއިރާތަކުން ތަރައްގީ އާއި ކުރިއެރުމަށް ހުޅުވާލެވޭ ދޮރަކަށެވެ. މި ލައިން އޮފް ކްރެޑިޓަކީ ފަަސް އަހަރު ދުވަހުގެ މޮރަޓޯރިއަމްއަކަށް ފަހު 20 އަހަރު ދުވަހަށް ބަހާލައިގެން، 1.25 ޕަސެންޓު އިންޓްރެސްޓު ރޭޓުގަައި އަނބުރާ ދައްކާ ގޮތަށް ސްޓްރަކްޗާ ވެފައި އޮތް ފެސިލިޓީއެކެވެ.

ކަރުދާހުގައިވާ ގޮތުން މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ ޓާމިނަލް އިމާރާތުގެ ޑިޒައިން ވަރަށް ތަފާތު ވެފައި ފުރިހަމައެވެ. މި ޑިޒައިން ކޮންސެޕްޓް ބިނާވެފައިވަނީ ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ މަށްޗައް، ހާއްސަކޮށް މަޑި ސިފަވާނެހެންނެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމަށް އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކޮވިޑް

    ރީތި މަންޒަރު ތައްކުރީގެ އެމްޑީޕީގެ ސަރުކާރުންވެސް ދެއްކި ޕްރޮޖެކްޓްތަކުގައި ސޮއިވެސް ކުރި. ކޮބާ މިހާރު އުތުރުތިލަފަޅު އިންޑިއާ ކާލީ ދެއްތޯ؟ މަކަރާހީލަތުން ރައްޔަތުން ގަޅިހައްދާފަ ހަމަ ދޭނީ އިންޑިއާ އަށް މޮޅު ވާހަކަ ނުދައްކާ. ކޮބާ އިންޑިޔާ ސިފައިން ؟ރާއްޖޭން ފޮނުވާލެވުންތަ؟ ތީ ހަޤީޤީ އެމްޑީޕީ އެޖެންޑާ 19،

    12
  2. ވަހީދުބެ

    ހިންގާނީ ދިވެހިސަރުކާރުން. ހުރިހާބާރެއް އޮންނާނީ އިންޑިއާ ސިފައިންނަށް. ހަނިމާދޫއަކީ އިންޑިއާ ސިފައިންގެ އަސްކަރީ މަރުކަޒެއް މިހާރުވެސް. އޮޅުވާލަންނޫޅޭ. ތަންދޮރުނޭނގޭ ބައެއްނޫން މިހާރު ދިވެހިންނަކީ.

    12
  3. ޚާއިނުން

    އެމެރިކާއިން މިލިޓަރީ ބޭސް އެއް ބޭނުން ވެގެން އުޅޭވާހަކަ އަޑުއެހިން. އެއީ ތެދެއްތޯ މާރިއާ މޮޑީ؟

  4. އަހުމަދު

    ވާހަކަ ވަރަށް ރީތި ވެރިކަން ބަދަލު ވެއްޖިއްޔާ އިންޑިޔާގެ ހުރި ނުލަފާކަން ދައްކާލާނެ. އެކަމު އޭރު އޮންނާނީ ވަގުތު ފާއިތުވެފަ، ދިވެހިން ހަމަ ތިބެން ޖެހޭނީ، ކޮބާ ޝެއިކް އިމްރާން 23 ސެޕްޓެމްބަރު އިއްތިހާދު

  5. ފޭރާން

    ކަލޯ ދެބޯގެރި ނުދުއްވަބަލަ. ދިވެހިން ނަކީ އެމްޑީޕީ އަށް ހީވަނީ ގަމާރުންނޭ! ކޯޅޭޝަން މީހުންނަށް ހީވަނީ އެބައިގަނޑު ބުނި ގޮތަކަށް ހެއްލިގެން އަބަދު ތިބޭނެ ބައެކޭ! މިއަދު މިޤައުމަށް މި ފެންނަނީ މިތިބަ ދުރުނުވިސްނޭ ހީލަތްތެރި ގަމާރުންގެ ބޮލަށް އިބިލީސް ގުއިދުއްވާލިތަން! އަމިއްލަ އެދުން ބޮޑުވިޔަސް މީ ބޮޑުވަރު! ލާދީނީ ޕާޓީއަކަށް ވެރިކަން ދީގެން ލާދީނީ ބަޔަކު ދޯ ގުޅޭނީވެސް. އިންޑިޔުންަނަކީ ދުނިޔޭގައިވެސް ނެތް ފަދަ ކަޓު ވިސްުނުން ގިނަ މީހުން ތިބޭތަނެެއް! މި ގައުމުގެ އެއްވެސް ތަނެއްގައި އިންޑިޔާ މީހަކު ހުރިއްޔާ ބޮޑާހާކާގެން އެތަނަކުން ނުދާނެކަން ރައީސް ޔާމީން ކަލޯމެންނަށް އެއޮތީ ހެކިދައްކާފައި. ދޮގުހަަދަން ނޫލޭ ބަލަ މީނެ ބީތާޔާ! އެމީހުން އެތަނަކުންވެސް ތި ވެއްދި އެއްވެސް ތާކުން ނެރުމަކީ މި ޤައުމުގައި ދެން އަންނަ ސަރުކާރަކަށްވެސް ބޮޑު ބަލާވެރިކަަމަކަށްވާނީ! . ތަނެއް ނޮޅާލާގެންވިޔަސް މި ޤައުމުގައި އިންޑިޔަނުންނަށް ޖާގައެއްނެތް! ސާފުވެއްޖެތޯ ބްރޯ؟ ކަލޭ ގެ ބަާރުވެސް އިންޝާﷲ ކެނޑޭކަށްނެތް މާގިނަ ދުވަހެއް!

  6. ރިޔާޒުބެ

    އައްޑޫ ޓުރޭނިން ސްކޫލްވެސް ހިންގާނީ ދިވެހި ސަރުކާރު ލ ކައްދޫ އެއާޕޯޓުވެސް ހިންގާނީ ދިވެހި ސަރުކާރުން ހދ ހަނިމާދޫ އެއާޕޯޓު ހިންގާނީވެސް ދިވެހި ސަރުކާރުން އެކަމަކު މި ނާގާ ބިލު ހިންގާނީ އިންޑިއާ ސަރުކާރުން ލަދުހަޔާތުގެ ކަންފުޅެއްވެސް އެގޮނޑީގަ ނިއިންނާނެ. އެކުރަނީ ވެރިކަން.

  7. ޒީރޯ ޓޮލަރަންސް

    ހަނިމާދޫ އެއަރޕޯޓު ހިންގާނީ ދިވެހި ސަރުކާރުންނޭ ބުނެ ތިޔަހައްދަނީ ބޯގަޅި ދިވެހިން. ރަގަޅު ދިވެހިސަރުކާރުން ހިންގާނީ. އިންޑިއާއިން ދިންއެއްޗެއް ދިންމިންވަރެއްގަ ހިފާގެންތިބެންޖެހޭނީ. އަޅުވެތިވެފަވާ ބަޔަކަށް ދިވެހިން ވާނީ. ހުރިހާބާރެއް އެއްބާރަކަށް ހެދުމުގެ ނަތީޖާމިއީ. އިންޑިއާއިން އަވަށްޓެރި މަލިކަށް ހަދާލާގޮތް ފެނޭތަ. އެތަންއޮތް ހާާލަތު އެގޭތަ. ދެވަނަ މަލިކަށް މިގައުމުވާން ޖާގަދެނީތަ. އިންޑިއާ އާއި ކައިރިވާން ހެޔޮނުވާނެ. މިގައުމުގެ ވެރިންގެ ތައުލީމީ ގާބިލްކަމާއި މެދު ސުވާާލުނުކުރެވޭތަ. ވެރިންގެ ސިކުޑި އެތައްގުނައެއް ކުރިއަށް މަސައްކަތްކުރަންޖެހޭ. އެހެންނޫނީ ވެރިންގެ ބޮލަށް އިންޑިއާ ވެރިވެގަންނާނެ. އެއިރުން އޮންނާާނީ މާލަސްވެފަ.

  8. އިންޑިޔާ އައުޓް

    ކަލޭމެންރޯނެދުވަސް އަންނާނެ. މިގައުމުގެ ރައްޔިތުން މިތިބީ ރުހިގެނެއްވެސް އަދި ގަމާރުވެފަކަވެސްނޫން.

  9. Anonymous

    އަންނި އައް ތިކަން އެނމެރަނގަޅައް އެނގޭނީ.

  10. ޢަލީ

    ތިހެން ކޮއްލާޓްވީތަކުން ކަންކުރަން ރާވާފައި އޮތްގޮތް ކިހިނެއް އެގޭނީ ، އަމަލުތަކަށް ބލާއިރު ދައްކާވާހަކަޔާއި ދިމާއިދިކޮޅު، މުޅިވައިގެ ނިޒާމް ތިއޮތީ މިހާރުވެސް ބަޔަކަށް ވިއްކާލަން ރާވާފައި

  11. ކަނބާ

    "ހަނިމާދޫ އެއާޕޯޓް ހިންގާނީ ދިވެހި ސަރުކާރުން: ފައްޔާޒް"
    ނަމަވެސް ބާރު ހިންގައި ގޮތްކިޔާނީ އިންޑިޔާއިން ހައިކޮމިޝަނުން ނުވަތަ އިންޑިޔާ ސިފައިންނެވެ.

  12. އިމިތައްލީ

    ބްރޯ ބޯގަންވިލާ ބްރަދާސް އަށް ލިބެންޖެހޭ ހުރިހާ ލާރިއެއް ހަމައަށް ލިބިއްޖެތަ؟ އެހެން ވީމާދެން ދިވެހިން ގުބޯހެއްދޭތޯތާ މަސައްކަތްކުރަންވާނީ. ލަދުކޮބާ. ގައުމަށް ގައްދާރުވެފަ އަދި ޓްވީޓްކުރާކަށް ލާދެއްނުގަނޭ.

  13. ޙަސަން

    މަމެން މި ތިބީ ތަމެން ދައްކާ ވާހަކަޔަކަށް ބަލާކަށް ނޫން.
    ތަމެންގެ ޢަމަލަށް... ޢަމަލުކުރާ ގޮތަށް ބަލާން މިތިބީ..
    ގޯސްކޮށް ޢަމަލުކޮށްފިއްޔާ ބޭބެ ހެދިހެން ހަދާލާނީ....