ރާއްޖެއިން ކޮވިޑް-19 ގެ ހަ ވައްތަރެއް ފެނިފައިވާކަމަށް ދައްކައިފިއެވެ.

ރައީސް އޮފީހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު، ޑރ. ނަޒްލާ ރަފީގު ހިއްސާ ކޮށްފައިވާ ގްރާފުން ފެންނަ ގޮތުގައި ރާއްޖެއިން ޓެސްޓް ކުރުމަށް އެންމެ ފަހުން ފޮނުވާފައިވާ 30 ސުންކުގެ ތެރެއިން އެންމެ ގިނަ މީހަކު ފައްސިވެފައިވަނީ އިނގިރޭސިވިލާތުގެ ވޭރިއަންޓަށާއި އިންޑިއާގެ ވޭރިއެންޓަށެވެ. އެއީ އަލްފާއާއި ޑެލްޓާ ވޭރިއެންޓެވެ.

މި ވައްތަރުތަކުގެ އިތުރުން އިތުރު ހަތަރު ވައްތަރެއްގެ ވޭރިއެންޓްތަކަށް ބައެއް ފަރާތްތަކުން ފައްސިވެފައިވާކަން ގްރާފުން ވަނީ ދައްކާފައެވެ.

"މީގެ އިތުރުން އަދިވެސް ބައެއް ތަފާތު ވައްތަރުތައް އެބަހުރި ފެނިފައި" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ، ޑެލްޓާ އަދި އަލްފާ ވޭރިއެންޓްގެ އިތުރުން ޖީ ވޭރިއެންޓް ވެސް ރާއްޖޭގައި އުޅޭ ކަމަށާއި މީގެ ކުރިން ފޮނުވާފައިވާ ގިނަ ސުންކުތައް ފައްސިވެފައިވަނީ މި ވޭރިއެންޓަށް ކަމަށެވެ.

ކޮވިޑް-19ގެ އެކި ވޭރިއެންޓްތައް މިވަގުތު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުން އަންނައިރު، މި ވޭރިއެންޓްގެ ސަބަބުން ބަލި ޖެހޭ މީހުންގެ އިންސައްތަ އިތުރުވެ، ބަލީގެ ނުރައްކާ ބޮޑުވާކަން ދިރާސާތަކުން ވަނީ ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސސ

    ޑރ ނަޒުލާ ހިތަން އެރިހާ ވާހަކައެއް ދައްކަނީ !

    23
    2
  2. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

    ރާއްޖޭގަ އުޅޭ ކޮވިޑުގެ ވައްތަރުތަކުގެ ތެރޭ ސައިކަލުގަ އުޅޭ ކޮވިޑާ، 4-8 އާ ދޭތެރޭ އުޅޭ ކޮވިޑު ހިމެނޭކަން ފާހަގަކޮށްލެވޭ ދެއްތޯ

    22
    3
  3. އަލިބެ

    ވަގަށް ގޮވާ ސަރުކާރު! ޢެންމެފަހުން ކާން ބޯން އާމްދަނީ ހޯދަން، އަޅުކަން ކުރަން ވެސް މިޖެހެނީ މި ސަރުކާރަކާ ހެދީ ވަގަށް. މީ ހަމަ މީހުންނަށް ލިބިނު ފިލާވަޅެއް!

    36
    2
  4. ރައްޔިތު

    ރާއްޖޭގެ އެންމެ ގިނަ މީހުންނަށް ޖެހެނީ "ގެރި ވޭރިއެންޓް" ކަން ރައްޔިތުންނަށް މާކުރިންވެސް އެނގެއޭ..!

    30
    1
  5. Anonymous

    އިންޑިޔާ ގައި އުޅޭ ހުރިހާ ވައްތަރެއް މިތަނުން ފެންނާނެ.

    27
    1
  6. ޖުހާ

    1.ނަޝީދު ވޭރިއެންޓް
    2.ކެރަފާ ނަސީމު ވޭރިއެންޓް
    3.މޭމޫނޭ ވޭރިއެންޓް
    4.ނަޒްލާ ވޭރިއެންޓް
    5.ގާސިމް ވޭރިއެންޓް
    6.ބިގޭ ވޭރިއެންޓް.

    27
    2
  7. އެނގޭތާ

    ފުރަތަމަ ރާއްޖެއަށް އިނގިރޭސިވިލާތުން ނުހިފެހެއްޓީ މީހާ އައިތާ ހަފުތާއެއް ނުވަނީސް މިކަމެއް ފެށުނީ. މީހަކު ނުބުންޏަސް އެހާ ހިސާބުން އެއީ އިނގިރޭސިވިލާތު ވޭރިއެންޓްކަން އެބައެނގޭ. ދެން އިންޑިޔާ ވޭރިއަންޓްކަން މިހާރު މިއުޅެނީ ނޭގޭ ކުޑަކުއްޖަކުވެސް ހުންނާނެހެނެއް ހިއެއް ނުވޭ. އެވަރަށް އެމީހުންނަށް އަޅުދާސްވީމާ އެމީހުން އައިސް އުޅެނީ އުޅޭނެ ގޮތަކަށްވިއްޔާ.

  8. ބަކުރު

    މިގައުމަށް ޖެހިފަ ހުރި އެންމެނުރަށްކާ ވޭރިއަންޓަކީ މުސްލިމަކު ކާފަރުކުރުމަށް މަޖުލީހުން މަސައްކަތް ކުރުން މިއީ ސައިތާނީ ވޭރިއަންޓެއް.

  9. އަޙްމަދް

    މީހާރު ފެނިންގެން އުޅެނީ ލާދީނީ ވޭރިއަންޓެވެ.

  10. ބަބޫ

    ވަރަށް ސާފް. މިސަރުކާރުގެ މީހުން މަރު ދޭ ދެގައުމުގެ ވޭރިއެންޓް ތިފެނުނީ. އިގިރޭސި ވިލާތުން އަންނަ ކޮންމެ މީހަކު ޖެހޭ ޕާޓީއެއް ބާއްވަން ނޫނީ ޕާޓީއަކަށް ދާން. މާލޭގެ ފުރަތަމަވެސް ކޮވިޑް ފެތުރުނީ އެހެން. ދެވަނަ ފަހަރަށްވެސް އެހެން. ދެން އޮތީ އިންޑިޔާ. އިންޑިޔާގެ ފަތުރުވެރިން މުޅި ރާއްޖޭގަ މާސްކްނާޅާ ބީޗްތަކުގައި ރޯނުދަމައިގެން އެއްޗެހި ހިއްކަން އަޅައިގެން. އަދި ނުވިޔާކަށް އެމީހުން ގިނަދުވަހު ބައިތިއްބަން 1 އަހަރަށް ވިސާ ދިގުކޮށްލީ. މީގަ ބައެއްގެ އިހުމާލު ވާކަމާމެދު ޝައްކުނުވާވަރަށް ޔަގީން

  11. ގުދުގުދާބެއްޔާ

    މިކަން މާކުރިންވެސް އިގޭ މިރާއްޖޭގައި މިއުޅެނީ އިންޑިޔާވޭރިއަންޓްކަން މޯދީ ބުނެގެން އިންޑިޔާމީހުން ގަލްފުގެ ގައުމުތަކަށް ކަރަންޓީނުވާ މަންޒިލަކަށް ރާއްޖެ މިއަހަރުގެ ޖެނުއަރީމަހުން ހެދިފަހުން އިންޑިޔާމީހުން ޖެނުއަރީގައި 40ހާސް، ފެބްރުއަރީގައި 55ހާސް، މާރޗްގައި 64ހާސް މީހުން ރާއްޖެ އެތެރެވެފައިވޭ! ދެން މިކަމާ ދިވެހިން ހަޅޭއްލަވަންފެށީމާ ކުޑަކޮއް މައިތިރިވީ! މިސަރުކާުގެ ނުބައި ނުލަފާކަމުން ދިވެހިންގެ އެތައް ފުރާނައެއް ގުރުބާންކޮށް ގިނަ ޢާއިލާތައް ހުވަފަތްވެ އަނބި، ފިރިން ދަރިންގެ ފުރާނަ އިންޑިޔާއަށް ގުރުބާން ކުރީ!

  12. ޢބޗފ

    ‏‎ފެތުރިގެން މިއުޅެނީ ބާޤީ ވޭރިއެންޓެއް ނޫންބާ؟؟