މާލެ ސަރަހައްދުގައި އެކަނި ކުރާ ކަސްރަތު ކުރުމަށް ފަތިހު 4:00 އިން ހެނދުނު 8:00 އަށް ޕާމިޓާއި ނުލާ ބޭރަށް ދެވޭނެ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވެއްޖެއެވެ.
އެ ސެންޓަރުން މިގޮތަށް ވިދާޅުވީ، މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މާލެ ސަރަހައްދުގައި ކާފިއު ވަގުތު ކުރުކޮށްފައިވާއިރު، ކުރިން ކާފިއު ވަގުތުގެ ގޮތުގައި އޮންނަ ފަތިހު 4:00 އިން ހެނދުނު 8:00 އަށް ޕާމިޓާއި ނުލާ އެކަނި ކަސްރަތު ކުރުމަށް ފުރުސަތު ދޭވެނެ ކަމަށެވެ.
އެހެން ނަމަވެސް އެކަނި ކުރާ ކަސްރަތުތައް ފިޔަވާ އެހެން ކުޅިވަރުތައް ނުކުޅެވޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
"އެކަނި ކަސްރަތު ކަނޑައެޅިފައިވާ ގަޑީގެ ފިޔަވާ އެހެން ހުރިހާ ގަޑިއެއްގައި ބަންދު ވާނެ".ނަޒްލާ ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ކޮވިޑާއި ގުޅިގެން ހަރުކަށި ފިޔަވަޅުތައް އެޅި މެއި މަހުގެ ކުރީކޮޅުއެވެ. އެއިރު މާލެ ސަރަހައްދުގައި ކޮވިޑްގެ ވޭދަނަތައް ވަރަށް ބޮޑަށް އިތުރުވެ، އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް ރެކޯޑް މިންވަރަކަށް މައްޗަށް ދިޔައެޗެ.
ދައުލަތުގެ ބަޖެޓުން ބޮޑު މުސާރަ ނަންގަވައިގެން ތިއްބަވާ ސިޔާސީ ވެރިންނަށް އާދޭހާ އެކު ދަންނަވަން އަޅުގަނޑުމެންގެ ވިޔަފާރި އަމިއްލަ މަސައްކަތް ތައް ފުޑުއްވާ ނުލައްވާށެވެ. ދަރިން ކާ އެއްޗެއް ނުލިބިގެން އާދެސް ކޮށް ރޮއި ހަދަން ފަށާ ދުވަސް ވަރަށް ކައިރި ވެއްޖެއެވެ. ލޮކްޑައުންއާ ހެދި ހުރިހާ މަސައްކަތެއް ހުއްޓެނީ އެވެ. ހަމަ އެކަނި ކޮވިޑް ކޮންޓްރޯލް ވެއްޖެއޭ ބުންޏަކަސް ކަމަކު ނުދާނޭ. ވިޔަފާރިއާ، އަމިއްލަ މަސައްކަތްތަކާ, ކޮވިޑާ ކޮންޓްރޯލް ކުރެވޭނެ ގޮތެއް ހޯއްދަވާ ދެއްވާށެވެ.
ދެމަފިރިނނަށް ވެސް އެކުގައި ހިނގަން ނުދެވޭނެބާ!
ގިނަ މީހުން ކަސްރަތުކުރަން ވަގުތު ލިބެނީ ރޭގަނޑު
މާލެ ސަރަހައްދުގައި އެކަނި ކުރާ ކަސްރަތު ކުރުމަށް ފަތިހު 4:00 އިން ހެނދުނު 8:00 އަށް ޕާމިޓާއި ނުލާ ބޭރަށް ދެވޭނެ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވެއްޖެއެވެ. އެކަމު މިސްކިތައް ނުދެވެ އެވެ. ފާސް ބޭނުން ވެއެވެ.
ކޮރަލް ހާދަ މިސްކިތޭ،
ހަޑިގަނޑަށާއި ސިއްޚަތަށް ތިހާބަލާ ބަޔަކު ވެއްޖިއްޔާ މާސްކު ނާޅާ މަގުމަތީގަ އުޅޭނީ މޮޔައިން. މަގުމަތީގަ އެހެން މީހުންވެސް އުޅޭނެ. ބަންގްލަދޭޝް ކުދިންވެސް ހުސްނުވާނެ. ދެން ހަށިގަނޑަށް ބަލާ ބަޔަކުވެއްޖިއްޔާ ބަލި ޖެހިދަަނެތީ އެކަމުން ސަލާމަތް ވާންކަންނޭގެދޯ އުޅޭނީ. މާލޭގައި މިފެންނަނީ ހުސް ސިކުނޑި ހަމަ ނުޖެހޭ މީހުންބާ؟
މިއުޅެނީ މަސައްކަތް ކުރަން ހުއްދަނުލިބިގެން ދެންކިހިނެތް އަގަޔާއަތާދިމާނާނީ
4 އަނބިން ގޮވައިގެން އެކުގަ ދެވޭނެ ގޮތެއްވާނެބާ...