މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު ވަގުތު ހަވީރު 4:00 އިން ފަތިހު 4:00 އާހަމަަށް ކުރުކޮށްފިއެވެ.

ކުރިން ކާފިއު ވަގުތު އޮންނަނީ ހަވީރު 4:00 އިން ހެނދުނު 8:00 އަށެވެ. އެ ނޫން ވަގުތު ބޭރަށް ދެވޭނީ ހާއްސަ ހުއްދައާއި އެކުގައެވެ.

މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފްތާގައި މިހާރު އަޅާފައި ހުރި ފިޔަވަޅުތަކުގެ ތެރެއިން ގިނަ ކަންކަން ތަންފީޒު ވެގެން ދާނެ ކަމަށެވެ.

އެގޮތުން ކާފިއު ވަގުތު ހަވީރު 4:00 އިން ފަތިހު 4:00 އަށް ބަދަލުވާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އެގޮތުން މިބަދަލާއެކު އެކަނި ކުރާ ކަސްރަތު ތަކަށް ފަތިހު 4:00 އިން ހެނދުނު 8:00 އަށް ޕާމިޓާއި ނުލާ ދެވޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަނި ކުރާ ކަސްރަތުތައް ފިޔަވާ އެހެން ކުޅިވަރުތައް ނުކުޅެވޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ކުރިން އޮންނަ ގޮތަށް އެ ނޫން ވަގުތުތަކުގައި ބޭރުގައި އުޅެވޭނީ ޕާމިޓް ހިފައިގެންނެވެ. އެ ޕާމިޓް ލިބެނީ ކޮންމެ ގެއަކުން ދެ މީހަކަށެވެ. އެ ޕާމިޓް ލިބެނީ ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ގަތުމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ފިހާރަތަކާއި ރެސްޓޯރެންޓާއި، ކެފޭތައް ކާފިއު ނޫން ވަގުތުތަކުގައި ޓޭކް އަވޭ ހެދޭނެ ކަމަށާއި، ފިހާރަތަކަށް ޕާމިޓާއެކު ދެވޭނެ ކަމަށެވެ. އަދި ކާފިއު ވަގުތު ޑެލިވަރީ ކުރެވޭނެއެވެ.

އަދި މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ނުހެދުނުކަމުގައިވިޔަސް، އެކަނި ނަމާދު ކުރެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ކޮމާންޑު

  ކާފިޔު ވަގުތު ކުރުކުރަން ކަނާއަތަށް ކުރުކުރޭ، އެކެއް، ދޭއް، ތިނެއް، އެކެއް.

  13
  2
 2. ޝީން

  ފަތިހު ގަޑި އަށް ވު ރެެެއް މުހިންމީ ހަވީ ރު ވަގުތު ބޭ ރަށް ނުކުމެވޭ ގޮތް ވުން.

  5
  19
 3. ނަޒުލާ

  އަމާބުނީޔޯލަ ފަރަށް ދާށޯ މީހަކުލިޔެދީފަ ބުންޏޯ ދޮގެއް ހެދެންއޮއްވާ ތެދެއްނަހަދާށޯ

  15
  2
 4. ވަހީދް

  ކާފިއު އަކީ ކޮބާ؟؟ ނަމުގަ ކާފިއު ބޭރުގައުޅޭ މީހުން މަދެއްނުވެެ

  22
  3
 5. އަހުމަދު

  މީހުން ނިދާފަ ތިބޭ ވަގުތު ކުޑަ ކުރުމުން ފައިދާ ކުރާނީ ބަސްނާހާ ކުދިންނަށް. އެކަމުން ޤަުމުގެ އިގްސާދަށް އަދި ބަލިމަޑުކަމަށް ވެސް ކުރާނެ ފައިދާ އެއް ނެތް

 6. މާސޭ

  މީ ވަކިމީހަކަށްދިންހުއްދައެއް ރައްޔިތުން ގުބޯ ހައްދަންނޫޅުއްވާ

  5
  1
 7. ޖަމީ

  ކޮންފަދަ އިގްތިސާދެއްބާ މީހުންގެ ސަލާމަތް ހޯދު މުގެ ފަހުގެ ކަމެއްދެއްތޯ އިގްތިސާދަކީ މީހުންނައް ދިރިނޫޅެވޭހާލުކޮން އިގްތިސާދެއްތޯ އިގްތިސާދު ކުރިއަރުވަން އުޅެނީ ކިތައްމީހުންތޯ ހުރިހާޒުވާނުން އުޅެނީ އެހެންކަ މެއްގައި ގައު މުގައި ހުރިހާ މަސައްކަތެއް ކުރަނީ ރާއްޖޭން ބޭރު މީހިން އެމީހުންކުރާ މަސއްކަތުގެ ފޮނިބޮނީ ރައްފުށު މީހުން ބަންގާޅީންލައްވައި މަސައްކަތްކުރުވާ އެވެރިންނައް ލާރިނުދީ.....އަސްލަންޓޭ ދޭލޯނު ނަގައިން ގެއަޅައި ފިހާރަ އަޅި ހަދާފަ ދަފުތަރުން ކަނޑުވާފަ ރަށައްދާންދާންއުޅެބަލަ މުސްކުޅިވީ މާ ރަށައްދަނީ.....މީކިންވައްތަރެއްގެ އިގްތިސާދެއްބާ...