ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން ދެ ވައްތަރަކުން ދެ ޑޯޒު ހަމަކުރުމަކީ މައްސަލައެއް ނޫން ކަމަށް ދިރާސާތަކުން ދައްކާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

އިއްޔެ ކުރިއަށް ދިޔަ ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައިސަލް ވިދާޅުވީ، ވެކްސިނާއި ބެހޭ ގޮތުން ގިނަ ބައެއްގެ ސުވާލުތައް ހުރި ކަމަށާއި އޭގެ ތެރޭގައި ދެ ވައްތަރެއްގެ ވެކްސިނަކުން ދެ ޑޯޒު ހަމަ ކުރެވޭނެ ކަމަށް ގިނަ ބަޔަކު ސުވާލު ކޮށްފައިވާ ކަމަށެވެ.

އެސުވާލުގެ ޖަވާބުގައި ފައިސަލް ވިދާޅުވީ، ގިނަ ދިރާސާތައް ކުރުމަށް ފަހު ދެ ވައްތަރެއްގެ ވެކްސިން ޖެހޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވެސް ނިންމާފައިވާ ކަމަށެވެ.

އެ ދިރާސާ ކޮށްފައި ވަނީ އެސްޓްރޮޒެނިކާގެ ވެކްސިނާއި ފައިޒާ ވެކްސިން ބޭނުން ކޮށްގެންނެވެ. އެ ދިރާސާގައި ބަލާފައި ވަނީ އެންޓިބޮޑީޒް ލެވެލް ދަށްވޭތޯ ކަމާއި އޭގެއިން ފެންނާނެ ސައިޑް އިފެކްޓްސްތައް ފެނޭތޯ ކަމަށް ފައިސަލް ވިދާޅުވިއެވެ.

"އެގޮތަށް ބަލަނީ ކޮންކަހަލަ ނޭދެވޭ އަލާމާތްތަކެއްތޯ ފެންނަނީ ނޫނީ އޭގެއިން ލިބޭ ފައިދާ އެއް ވެސް ވަރަކަށް ދަށްވޭތޯ. މިގޮތަށް ބަލާއިރު، ދެ ބްރޭންޑެއް ބޭނުން ކޮށްފިއްޔާ ދިރާސާތަކުން ދައްކަނީ ނޭދެވޭ އަސަރު ގިނަ ކަމަށް. އެހެން ނަމަވެސް އޭގެ ރަނގަޅު ހަބަރަކީ އޭގެއިން ލިބޭ ދިފާއީ ނިޒާމު ދެ ވައްތަރަކުން ޖެހިއަސް ރަނގަޅު ކަމަށް."ޑރ. ފައިސަލް ވިދާޅުވިއެވެ.

ދެ ބްރޭންޑެއް ބޭނުން ކޮށްގެން ނޭދެވޭ އަސަރުތައް ގިނަ ކަމަށް ދެއްކި ނަމަވެސް، އެއް ވައްތަރަކުން ދެ ޑޯޒު ހަމަ ކުރުމާއި ދެ ވައްތަރެއްގެ ވެކްސިނަކުން ދެ ޑޯޒު ހަމަ ކުރުން ވަކި ތަފާތެއް ނެތް ކަމަށް ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން އެސްޓްރޮޒެނިކާގެ ދެވަނަ ޑޯޒް ޖެހުމަށްފަހު ލޭ ގަނޑުވުން ފަދަ ކަމެއް ދިމާވެއްޖެނަމަ، ފައިޒާ ވެކްސިން އިން ދެވަނަ ޑޯޒް ޖެހުމަށް ސިއްހީ މާހިރުން ލަފާދެމުންދާ ކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވި އެވެ.

ހަމަ އެއުސޫލުން މާބަނޑު މީހުންނަށް ވެސް އަމަލު ކުރެވޭނެ ކަމަށާއި، އެއްޑޯޒް ޖަހާ ފަހުން ބަނޑުބޮޑުކަން އެނގިއްޖެނަމަ، ދެވަނަ ޑޯޒް ފާއިޒާއިން ޖެހުން ރަނގަޅު ވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޔޯޔޯ

    އިންޑިޔާ މީހުން ވެކްސިން ނުދިނީމަ މަތިއަޅާލުންގަނޑު ވަރައް ސަޅި އިންޑިޔާ ކޮރޯނާ ފެތުރި ތަން އެއްކޮއް މައިތިރި ކުރި އިރުވެސް ވޭރިއަންޓު ޔަގީން ނުވޭ

    26
    1
  2. ރިޔާޒުބެ

    މިހާރު ޑޯޒެއް ނުޖެހިޔަސް ރަނގަޅުވާނެ ޖަހަންޖެވޭ މީހުންގަޔަށް މިހާރުވެސް ޖަހަނީ އެއްވައްތަރުން ދެޑޯޒު.

    26
  3. އެލެކްސް

    އަލިފާން ނިއްވަން ފެންޖަހާފަ ފެންހުސްވީމަ ޕެޓްރޯލްވެސް ޖެހޭނެތޯ؟؟

    41
  4. ހަސަދު

    ސަރުކާރެއް ހިފެހެއްޓުމަށް ތިމާގެ ޕުރޮފެޝަނަލިޒަމް ދޫކޮށްލާ ޑަކްޓަރުން، އިންޖީރުންގެ ފަދަ މީސް މީހުންގެ ހުއްދަ ބާތިލް ކޮށް އެދާއިރާ އެއްގައި ދެން މަސައްކަތް ނުކުރެވޭ ގޮތް ހެދުން މުހިނަމު.

    34
    • އަރީ

      އާޙިތަރް ވިއްކާފަ ދުނިޔެ ހަންނަ މީހުންވެސް ތިބެއެއްނޫ

  5. ހަމީދު

    ކަލޭމެންބުނެފިއްޔާ ހުރިހާ ކަމެއްވެސް އޯކޭވާނެ. ކަލޭމެއް ކިތަށްމީހުންގެ ފުރާނަ ގެއްލުވާލައިފިންތޯ.......................ކަންތަށްތަށް ދައްކަވާނެ ދުވަހެއް އެބައޮތޭ......

    27
  6. ކިޔުންތެރިއެއް

    މިއަދާ ހަމަޔަށް ތިކަހަލަ ވާހަކައެއްނުދައްކާ، ދެވައްތަރުގެ ދެޑޯޒް ނުޖެހޭތޯ އެތައް ވާހަކަތަކެއް ދައްކާފަ ވެކްސިން ހުސްވާންފެށީމަ ދެން ކިޔަން ފަށާނެ ދެވަތަރެއްގެ ޑޯޒް ޖެހިޔަސް ގެެއްލުންނުވާނެ ވާހަކަ. ލޮލް. މިވެރިންވެސް ހިތުހުރި ގޮތަކަށް ރައްޔިތުންނަށް ކަންކުރަނީ.

    25
    1
  7. ބަލާއއްމީ

    ދެވައްތަރު ދެޑޯޒް ޖެހީމަ ނަތީޖާ ދައްކަނީ ނޭދެވޭ އަސަރު ގިނަކަމަށް ބަލަ މިގައުމުގެ ރައްޔަތުންނަކީ ޖަނަވާރުންތަ؟ ސަރުކާރުގެ ޕްލޭންތަކުގެ ދޯހަޅިކަމުން އެތައްބަޔަކަށް ދެވައްތަރު ދެޑޯޒްޖަހައިގެން އަންނަ ނޭދެވޭ އަސަރުގަ ކިތަންމީހުން މިދުނިޔެދޫކުރާނެބާ؟ ނުވަތަ ތާއަބަދު ބަލިކަމެއްގަ އުޅެންޖެހޭނީ ކިތައް މީހުންނައްބާ؟ ކިހާބޮޑު ބައްމީ

    33
  8. ކޮރަލް

    ރާއްޖޭގަ ގިނައިން ޖަހަނީ ކޮވިޝީލްޑް އާ ސިނޯފާމް އެވެ. އެދެވެކްސިން ގެ ވައްތަރަ ކުން ޑޯޒެއްޖެހުމުން ރަނގަޅުވާނެކަމަށް ހަދާފަ ވާ ދިރާސާ އެއް ނެތެވެ. ވީމާ ތިޔައީ އޮޅުވާލުމެކެވެ.

    32
  9. ވެކްސިން

    ޑޮކްޓަރޫ ބުނަންތަ ވާހަކައެއް ކަލޭގެ ޢާއިލާ އަށް ކޮރޯނާ ވެކްސިން ދެވައްތަރު ދެޑޯޒްޖަހާ. ފައިޒާ ސިނޮފާރމް ދޯޖަހާނީ.

    16
  10. ދޮންތަކުރޭ

    މިޤައުމުގަ އޮތީ މަކަރާ ހީލަތާ އޮޅުވާލުން ، ކުރީން ހީކުރީ ސިޔާސީމީހުން ވެރިމީހާގެ ރުހުންހޯދަން ރައްޔިުންކުރިމަތީ މަކަރާ ހީލަތް ހަދަނީކަމަށް ، މިހާރު އެނގިއްޖެ ޑޮކްޓެުންވެސް ތިބީ ހަމަ އެހާލަތުގަކަން

    19
    1
  11. މަ

    ފައިސަލް އަކީ ކުރިނ ވަރަށް އިހުތިރާމް ކުރި މީހެއް.. މި ހާރު އެނގިއްޖެ މީނާވެސް މިހުރީ ސިޔާސީ މީހުންގެ ފަސްބަޔަށް ލުއިކުރަން ކޮންމެ ފަދަ ވާހަކައެއް ދައްކަން ވެސް ތައްޔާރަށް ކަން. ކުރިން ކީހާ ޅެން އެއްދުވަހުން ތިޔަ ހަދާލީ ފަރިއްސަށް. ފައިސަލް ކައިރީ ބުނެލަން ބޭނުން ވަނީ އިންޑިޔާ ވެކްސިން ކަލޭމެން ދިވެހިން ގަޔަށް ޖެއްސީ ބޮޑު ކެމްޕެިން އެއް ކޮށްގެން. ފަހުން ވެކްސިން ނުލިބޭނޭ ކިޔައިގެން ބިރު ދައްކައިގެންނޭ.. މިހާރު އިންޑިޔާ ވެކްސިން ނުލިބޭނެ ކަން މުޖައްރިބު ވީމަ، ވާހަކަ ބަދަލު ކޮއްލީ.. ދުވަސް ކޮޅަކުން ކަލޭމެން ބުނާނެ، ވެކްސިން ނުލިބެއްޖެއްޔާ ކޮަކަޑިކޮޅެއްވެސް ރަނގަޅުވާނޭ.. ކަލޭ ތިޔަވީ މިހާރު ރޯނުއެދުރަކަށް

  12. ކަމަނަ

    މާބޮޑަށް އިންޑިޔާއަށް ބަރޯސާވީމަ ލިބުން ލަނޑު. އަހަރެންވެސް ކޮވިޝީލްޑް ޖެހިގޮތަށް ދެވަނަ ޑޯޒުގެ އިންތިޒާރުގައި. މޯދީ އެއްބަހެއްނުވޭ އަދި ވެކްސިން ފޮނުވާކަށް. އައްޑޫ ކޮންސިއުލޭޓްގެ ކަންކަން ނިންމާފަޔޯ ދެން ރާއްޖެއަށް ވެކްސިން ފޮނުވުމުގެ ކަންކަމުގައި އުޅޭނީ ބުނާތީ އިވޭ.

  13. ޑރ . ބީތާ

    ޑޮކްޓަރުންވެސް ސިޔާސީ ވަނީ އުތަ؟؟؟މިހުރިހާ ދުވަހުކީ ބަނދި ހަނދާންނެތުނީދޯ؟؟؟ 8ހަފުތާ އިން ދެވަނަޑޯޒް ޖަހަންވާނޭ !! ޖަހާނެއެއްޗެ ނުލި ބުނީމާ މިހާރު އޯކޭ އަހަރެއްވިޔަސް ދެވަނަ ޑޯޒަކައް އޯކޭ ކޮއްމެއެއްޗެއްވެސް އެހެންވާނެތާ ހެލްތުގަ އިނީ ތަކުލީފުކެނޑިފަ އިން މުސްކުޅި ބޭ އެއްވިއްޔާ!!!

  14. ށުމަން

    މީނާ މީހީރީ މިހާރު އަނެއް އަތަށް ޖަހާފަ. ނުޖަހަންވީ ސަބަބެއް ނެތް. ޥެރިކަމުގަ ތިބި މީހުން ނާ މާބޮޑަށް ދޯހަޅި ވެގެން އުޅެންޔާ ވާނީ މިހެން.

  15. ޢިޔާބު

    މާދަމާ ބުނާތި. ހުރިހާވެކްސިނެއް އެއްފަހަރާ ޖެހީމައޭ ރަނގަޅީ

  16. ަޯއޯކޭ

    ދެންވިދާޅުވެބަލަ މި ކޮވިޝީލްޑް ހަމަރަނގަޅުތަ

  17. ދެބޯގެރި

    ޑަބްލިޔު އެޗް އޯއިން ހުއްދަ ނުދެނީ ވެސް އަޅުގަނޑުމެން މިތިބީ ތިޔާ ތެސްޓްވެސް ހަދައިގެންނޭ މިހާރު މިރާޖޭގެ މީހުންނަށް އެނގެޔޭ ތިގޮތަށް ޖެހޭކަން.

  18. ޙުސައިން ޢަލީ

    މިހާރު 01 ޑޯޒު ޖަހާފައި ތިބިމީހުން އެތިބީ ޑޯޒު ފުރިހަމަ ވެފައިކަމަށްވެސް އަދި ވެދާނެ؟؟؟؟

  19. ސަފަރު ކައްދަގެ ތިއްތިބެ

    ހަމަ ގުނބޯހައްދަނީ..ދިވެހިބަހުން ތިޔަށް ކިޔަނީ ގުނބޯހެއްދުން. މިއީވާ ގައުމެއް. އެއެއް މިއެއްނުބަލާ ވާނުވާގައި ތިބެ ހިތުހުރިހާގޮތަކަށް ވެކްސިންޖަހާފަ. 2ވަނަ ޑޯޒް އެއްގޮތަކަށް ވެސް ނުލިބުނީމަ ތިބުނަނީ 2ވައްތަރު 2ޑޯޒް ޖެއްސަސް މައްލަލައެއް

  20. ސަޅި

    ކުރިން މައްސަލައެއް. ޖަހާވެސް ނުދޭ. މިހާރު އޯކޭ... ހެހެހެހިހިހިހި