މިޒަމާނުގައި ގައުމެއްގެ ވެރިކަން ކުރެވޭނީ ވަރަށް ހަރުދަނާ ވަރަށް ވަރުގަދަ ޝަހުސިއްޔަތަކަށް ކަމަށާއި، އެ ވެރިއަކު ވާން ޖެހޭނީ ގަދަ ކަނޑުގަ އާއި ތޫފާންގެ ވަރުގަދަ ބިޔަ ރާޅުތަކުގެ ތެރޭގަ ދުއްވަން އިނގޭ މޮޅު ކެޔޮޅަކަށް ކަމަށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ޝަހީދު ވިދާޅުވެއްޖެ އެވެ.
ފޭސްބުކްގައި ޝަހީމް މިއަދު ހެނދުނު ލިޔުއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ޒަމާން ބަދަލުވެފައިވާކަމަށާއި، އިލްމާއި ހިކުމަތާއި ތަޖުރިބާ އާއި ދައުލަތް ހިންގުމުގެ ސިޔާސީ ވިސްނުމާ ނުލާ އެއްވެސް ގައުމެއްގެ ވެރިކަމެއް މިހާރަކު ނުކުރެވޭނެ ކަމަށެވެ.
އެ ވެރިޔަކު ވާން ޖެހޭނީ "ފަޅުވެރިން ވެސް އެ ކެޔޮޅުގެ ކުޅަދާނަ ކަމާއި ބުއްދިވެރިކަމާމެދު ހައިރާންވާ ފަދަ ކެޔޮޅަކަށް، ދައުލަތާއި ގާނޫނާއި ވެރިކަމާ ދެކޮޅަށް އެތެރެ އާއި ބޭރުން ކުރިމަތިވާ އިސްތިއުމާރީ ވިސްނުމާއި ގިނިކަންޏާ ވެސް ކުރިމަތިލާން ކެރި ވަޑައިގަންނަވާ ހިތްވަރު ގަދަ ވެރިޔަކަށް،" ޝަހީމް ވިދާޅުވިއެވެ،
ޝަހީމް ވިދާޅުވީ، މިފަދަ ސިފަތަކެއް ހުރި މީހަކަށް އޭނާގެ ބުއްދިވެރި ދުޝްމަނުން ވެސް ތާއިދުކުރާނެ ކަމަށެވެ.
ރިޔާސީ އިންތިހާބަށް ވަރަށް ކުޑަތަންވެފައިވަނިކޮށް ޝަހީމް މިގޮތަށް ވިދާޅުވިއިރު، އޭނާ ތާއިދު ކުރައްވަނީ ކޮން ކެންޑިޑޭޓަކަށް ސީދާ ހާމަކޮށްފައެއް ނުވެއެވެ. އަދި އޭނާ މިގޮތަށް ވިދާޅުވީ، ކޮން ސަބަބަކާއި ހުރެކަންވެސް އެނގިފައެއް ނުވެއެވެ.
ރަގަޅު ވާހަކައެއް ޝަމީމް ތިޔަ ވިދާޅުވެލެއްވީ. 2005 ވަނަ އަހަރު ތިބޭފުޅާ މަދީނާ ޔުނިވަރސިޓީ އިން މަތީ ތައުލީމް ހާސިމްކޮށްގެން ރާއްޖެ ވަޑާއިގެންނެވި އިރު ބަހައްޓަވާފައިވާ ތުބުޅި އާއި ފައިކުރި އަށް ބަދަލު އަންނަންޖެހުނީވެސް ބޮޑެތި ރާޅުބާނީ ތައް ކުރިމަތިވުމުން ދެއްތޯ؟ ތުބުޅިވެސް ކަރުގައި އަޅާފައިވާ ޓައިގެ ގޮތް ފެންނަވަރަށް އަދި ފައިކުރިވެސް ދިގުކުރަމުންގޮސް ލައިގެން ހުންނަ ބޫޓު ވެސް ނުފެންނަ ހިސާބަށް ދިޔަ ތިޔަ ރާޅު ބާނީގެ ސަބަބުން. ޤަބޫލުކުރަން
ތުނބުޅިއަކީ ބެހެއްޓުމުގައި ވަކި މިނެއް އޮތްއެއްޗެއް ނޫން. ޒަމާނާއި ވަޤުތާއި ޙާލަތަށް ބަލައި ބަދަލުކުރެވިދާނެ އެއްޗެއް. ބޮލުގެ އިސްތަށިގަނޑަކީވެސް ސުންނަތުގެތެރެއިން ވަކި މިންގަނޑެއްގައި ގެންގުޅެވޭނެއެއްޗެއް. ފަޓުލޫނުގެ ފައިކުރިއާއި ޖުއްބާގެ ފަސްބަޔަކީ ވެސް އޭގައި ވަކި ނިޔަތަކާއެކު ވަކި މިންވަރަކަށް ބެހެއްޓިދާނެ އެއްޗެއް.
ރަނގަޅު ވަހަކަ އެއް. މަވެސް ތާއީދު.ތިކަހަލަ އެންމެ މީހަކު މިރާއްޖޭގަ ހުރިކަމަށް ފެެންނަނީ.
އަންބޮނޑި ބޮޑު ކުރުން! އޮޑިއެއްގެ ވާހަކަ އާއި ސަލާމަތްވާން ބޭނުން މީހަކު އޮޑިއަށް އެރުމުގެ ވާހަކަ ދައްކަވަނީ ރައީސް ޔާމީނުކަން ނޭނގޭނެ ދިވެއްސަކު މަދުވާނެއެވެ.
ވައްކަންވެސް ކުރަންކެރޭ ވެރިޔަކައް
ސޫރިޔާގެ ރައީސް ގަދަބާރުން އެބަވެރިކަން ކުރޭ އެތައް ރައްޔިތުން މަރާ ގައުމު
ސުންނާފަތިކުރަމުން އެދަނީ.... ޝަހީމުވެސް ސަޕޯޓް ކުރަންވީނޫންތޯ
ތިވަރުގެ ޝަޚުސިއްޔަތަކަށް މިވަގުތު ފެންނަންހުރީ ރައީސް ޔާމީން. ދެން ތިއްބެވީ އެކި ގޮތްގޮތުން ފެއިލްޑް ބޭފުޅުން.
ޝަހީމް އެވިދާޅުވަނީ ރ. ޔާމީން ގެ ވާހަކަ ކަން ޔަޤީން. އައި ތިންކު ޝަހީމް ވިލް ސަޕޯޓް ޔާމިން
ޝަހީމު ތިބުނާގޮތަކީ ރައްޔިތުންނަށް ހެޔޮވެރިކަމެއްކުރާގޮތެއްނޫން އެއީ އަމިއްލަ އެދުމުގައި ކުންމެވެސް މަންފާއެއްހޯދުމުގައި ކުރާވެރިކަމެކެވެ. އެހެނޫނީ ދޫދޭން ޖެހޭތަންތަނަށް ދޫދޭންޖެހޭ ގަދަބާރުން ވެރިކަންކުރުމަކީ ވެރިކަމެއްނޫން
ޔާންޓެ އަށް
ޔާންޓެ އަށް ސަޕޯޓް ކުރަނީ..
ސަޅި އިނގޭ، ސޭޓަށް ތާއީދު ކުރި ފަހަރު އެހެންގޮތަކަށް ވިދާޅުވީ . އެފަހަރު ޝަހީމް ވިދާޅުވީ 3 އަނބިން ގެންގުޅޭ މީހަކަށޭ ވެރިކަން ކުރެވޭނީ.
މިއަދު އެ ވިދާޅުވިީ އީޔޫއާ ކޮމަންވެލްތާ އދ ހިއުމަންރައިޓްސް އާ އެމެރިކާއާ އިންޑިޔާ އިން ބޮޑެތި ރާޅުތައް ދިވެހިގައުމަށް ގަދަފަދކަމާއެކު ބިންދަން މަސައްކަތް ކުރަމުންދާއިރުވެސް ރިޔަލުގެ ދަންމާނުން ފުކެއްވެސް އަތުން ދޫވެގެން ދިޔަ ނުދެއްވާ ވިސްނުންތެރިކަމާއެކު ބާރުދުވެލީގަ ގައުމުގެންދަން ކެރިވަޑައިގެން ހުންނެވި ވެރިއެއް މިހާރުގެ ރައީސް ޔާމީނަކީ . އެއީ އެންމެން ގަބޫލުކުރަންޖެހޭ ހަގީގަތެއް ބޭރުންނާ އެތެރެއިން ފިއްތަން ކުރާ ހުރިހާ ކަމަކުން ސަލާމަތްވެ ގައުމުގެ ނާ އައްސޭރިފަށަށް އެބަ ގެންދަވާ މއީމިގައުމުގެ މިއަދުގެ ހަގީގަތް
މަވެސް މިފަހަރު ޔާންޓެއަށް ދޭން ވިސް ނަނީ- ވިސްނާވިސްނާނޭގުނު ދެންތިބިމީހުން މިހަދާއެއްޗެއް
ކެޔޮޅުންނެއްނޫން މޮޅީކީ މޮޅީހުންގާނުހިފާ ކައްޕީން ކެޔޮޅު ހުންނާނީ މަސްއައިނާ ޖެހުނީމާ މީ މިޒަމާނުގެ ތިޔަރީ!!!!
މިހާރުގެ ވެރިކަން ރައްޔިތުން ދަމަހައްޓައިފިނަމަ ދެވަނަ ދައުރަކީ ދާއިމީ ދައުރަކަށް ވާނެއެވެ. އެކަންވެސް ނިންމާނީ ރަށްޔިތުންގެ އިއްތިފާގުންނެވެ. އަހަރެން ހިތަށް އަރާހާ އެއްޗެއް ލިޔަނީއެއްނޫނެވެ. ޢަހަރެން ބޮޑުވާހަކަ ލިޔަނީ ފެންނަން ހުރި ހަގީގަތްތަކާއި ވެދިޔަ ތަނުގައި ކަންކަން ހިނގަމުން އައިގޮތާއި އެގޮތްތަކާށް ރުހޭބްޔަކު އުފެދި އެއަދަދު ބޮޑުތަނުން އިތުރުވާކަން ބަލައި ދިރާސާކޮށްފައި.
ވަރަށްރަނގަޅު ޔާމީނު ވަރެއް ނުހުންނާނެ ޝަހީމުގެ ބަސް ހައްގު
ވ ރަނގަޅު ވާހަކައެއް
ބަޔަކަށް ހަޖަމް ނުވިޔަސް ވަރަށްބޮޑު ތެދުފުޅެއް އެވިދާޅުވީ
ޙުސާމަތުކުމަކީ އިސްްލާމް ދީނުގައި ކޮންކަހަލަ ކަމެއް ތޯއެވެ.
ނައިބު ރައީސް ކަންބޭނުންވެގެން ވައިޖަހަނީ