އުމުރުން 18 އަހަރު ވުމުގެ ކުރިން ކޮށްފައިވާ ކުށަކާ ގުޅޭ މައުލޫމާތު މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫން ވަސީލަތެއްގައި ރިޕޯޓް ނުކުރެވޭ ގޮތަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އުސޫލެއް ތައްޔާރުކޮށްފިއެެވެ.

އެ އުސޫލަކީ ގާނޫނާ ހިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ހަބަރާއި މައުލޫމާތު ޝާއިރު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލެކެވެ.

އެ އުސޫލުގައި ވާގޮތުން ގާނޫނާ ހިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ހަބަރާއި މައުލޫމާތު ޝާއިރު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކުން، ވަކި ހަމަތަކަށް ތަބާވާން ޖެހޭ ކަމަށް ވެއެވެ.

އެގޮތުން އެ އުސޫލުގައި ވަނީ ކުށެއްގެ ތުހުމަތުކުރެވޭ ހިސާބުން ފެށިގެން ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ހުރިހާ މަރުޙަލާއެއްގައިވެސް، އަދި އެއަށްފަހުގައި ވެސް، ކުއްޖާގެ ޒާތީ މަޢުލޫމާތު ނުވަތަ ކުއްޖާއަކީ ކާކުކަން އެނގޭ ފަދަ ނުވަތަ ދޭހަވާނެ ފަދަ ގޮތަކަށް ކުއްޖާގެ މައުލޫމާތެއް ނުވަތަ ތަސްވީރެއް، މީޑިއާގެ އެއްވެސް ވަސީލަތެއްގައި އާއްމު ކޮށްގެން ނުވާނެ ކަމަށެވެ.

އަދި ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި، އެނޫން ވެސް ސަބަބަކަށްޓަކައި އަޅައިލުމާއި، ރައްކައުތެރިކަން ބޭނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި، ތަޢުލީމު ހާސިލުކުރާ ތަނުގެ މައުލޫމާތު ސީދާގޮތުން ނުވަތަ ނުސީދާކޮށްވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ ނުވަތަ ދޭހަވާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އެ ކުދިންގެ ތަސްވީރެއް، މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫން ވަސީލަތެއްގައި ވެސް ޝާއިރުކޮށްގެން ނުވާނެކަމަށް އެ އުސޫލުގައި ވެއެވެ.

އޭގެ އިތުުރުން، ކުޑަކުދިން ކުރާ ކުށްތަކާ ގުޅޭ މައުލޫމާތު ރިޕޯޓުކުރާއިރު، އެއްވެސް މީހަކު، އުމުރުން 18 އަހަރު ވުމުގެ ކުރިން ކޮށްފައިވާ ކުށަކާ ގުޅޭ މައުލޫމާތު މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫން ވަސީލަތެއްގައި ވެސް ހާމަކޮށްގެން ނުވާނެ ކަމަށް އެ އުސޫލުގައިވެއެވެ.

އަދި ކުއްޖާއާ މެދު ކުށެއްގެ ތުހުމަތުކުރެވޭ ހިސާބުން ފެށިގެން ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އެންމެހައި މަރުހަލާއެއް ކަޑައްތުކޮށް މުޖުތަމައަށް ހެޔޮގޮތުގައި ކުއްޖާގެ އެނބުރި ރުޖޫއަވުމާއި ހަމައަށް ވެސް، އަދި އެއަށްފަހުގައި ވެސް، ކުއްޖާގެ ޒާތީ މައުލޫމާތު ހާމަނުކުރު މަށާއި، ކުއްޖާއާ ގުޅުންހުރި ވޭދަނައަކާ ގުޅޭ މައުލޫމާތެއް ސީދާކޮށް އަދި ނުސީދާކޮށް ހާމަކުރުމުގެ ތެރޭގައި ކުއްޖާއަކީ ކާކުކަން އެނގޭ ފަދަ އެއްވެސް މައުލުމާތެއް އާއްމުކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

އަދި ޝަރީއަތުގެ މަރުހަލާގައި ކުއްޖާގެ ނަމާއި، އެޑްރެހާއި، ސްކޫލާއި، ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން އެނގޭނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އޭނާގެ ތަސްވީރެއް، މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫން ވަސީލަތެއްގައި ވެސް ޝާއިރުކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބޭކާރު މަޖިލިސް

    ކިޔަވާގެން ހުރި ތަންދޮރު ދަންނަ މީހަކު މަޖިލީހަށް ކުރިމަތިލަނީ ކޮންދުވަހަކުންބާ؟ ނުކިޔަވާ އިބިލީސް ސިފަ ލިބިގެންވީ ބަޔަކު މި ގައުމު މިއޮއް ހަލާކު ކޮށް ނިންމަނީ

    19
  2. ާމުހައްމަދު

    ތީ އަރަތެއްނު..... ވައްކަން..މީހުން މެރުން...ޒިނޭކުރެވޭ... ޑްރަގް ނަގާ ވިއްކޭ...ދަރިންހެދޭ....އެކަމަކު ކުޑަ ކުއްޖެއް.....ތިއީ 9+9= 4 މިކަހަލަ ހިސާ ބް އެއް ދޮއްތޯ؟

    19
  3. ރަދީފް ފޭންސް

    ހުޅަނގުގެ ގައުމުތަކުގަ މިކަން އޮންނަނީ މިހެން ބާ؟

    6
    1
  4. ޭނ

    އެ ހެޔޮދޯ މީހަކު މަރާލިޔަސް

    11
  5. Anonymous

    އިސްލާމް ދީނުގަ ނޯވޭ 18އަކީ ކުޑަ ކަމަކަށް.18 ނުވިޔަސް މީހަކު މާރާފީއްޔާ އޭނަ ވާނީ ޤާތިލަކަށް.ވައްކަން ކޮއްފިއްޔާ ވާނީ ވަގަކަށް.ދީނުގެ ހައްދު ވާޖި ބު ވާނެ.

    16
    1
  6. ޒަލީފް

    އަނެއްކާ ސަރުކާރުގެ ކޮން ވެރިޔަކުގެ ދަރިޔެއް ކަމެއްގަ ބެދިގެން އުޅެނީ..؟

  7. ޙާލަތު

    އެއަށްވުރެ މާ ރަނގަޅުވާނެ ކުށެއް އެމީހެއްގެ މައްޗަށް ސާބިތު ނުވަނީސް މީޑިއާގަ ރިޕޯޓް ނުކުރެވޭގޮތް ހެދުން.

  8. އައްޑޫ މީހާ

    ހައްހައްހައް 18އަހަރު ނުފުރޭ ގެރި ބަކަރި މަގުމަތީގަ މިއުޅޭނީ މަސްތުވާތަކެތި ވިއްކަންވެސް. މިކަހަލަ ތާކުންތާކު ނުޖެހޭ ޤާނޫނުތަށް ހަދަން މިއުޅޭ ބޮލު ރޮދި ކެނޑިފަ ތިބި އެއްޗެހިތަށް މަޖިލީހަށް ގޮސްގެން މިއުޅެނީ.

  9. Anonymous

    18 އަހަރު މިއީ މިދުނިޔޭގެ އެއްމެ ބޮޑު ކަނޑުކޮސް މިދުނިޔެ ހަލާކުގެ ތެރެއްށް ވައްޓާ ކަންތައް ބާލިއު ވުމައްފަހު އެއީ ކުޑަކުއްޖެއްނޫން !!!!!!! މިޔާ އިދިކޮޅު އަމަލު ތަކަކީ ޖަރީމާތަކައް މަގުފަހިކުރުވާ އިންސާނިއްޔަތާޚިލާފު އަނިޔާވެރި ނަފުސާނީ އުފާވެރިކަމާއި މުޖުތަމައުގެ ހަމަޖެހުން ނައްތާލާނެ ކަމެއް!!!!!!!

  10. އަލި

    ކުށް ކުރުމަށް ދެވޭ ހިތްވަރެއް