ކ. ގިރިފުށީ ބަނދަރު ތަރައްގީ ކުރުމަށް އެމްޓީސީސީ އާއި ހަވާލު ކޮށްފިއެވެ.

މި މަޝްރޫއު ހަވާލު ކުރުމަށް މިއަދު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ހެޑް ކުއާޓާޒްގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ސީއީއޯ އާދަމް އާޒިމްއެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ސަރވިސް ކޯ ގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ހާމިދު ޝަފީގުއެވެ.

އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫއުގެ ދަށުން، 314 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ މަސައްކަތް ކުރެވޭނެ ކަމަށާއި މިއީ ޖުމްލަ 18.35 މިލިއަން ރުފިޔާއަށް 145 ދުވަސްތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ މަޝްރޫއު އެއް ކަމަށެވެ.

ގިރިފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލު ކޮށްފައިވާއިރު، އެ ކުންފުނިން އަންނަނީ ރާއްޖޭގެ ގިނަ ރަށްތަކުގެ ބަނދަރު ހެދުމާއި މަގު ހެދުމުގެ މަސައްކަތް ހަލުވި ކަމާއި އެކީ ކުރަމުން ކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސައްލި

    ދިވެހި ސަތޭ ކަ ޕަސެންޓު ކުންފުނިތަ ކަށް ރާއްޖެ ތަރައްޤީ ކުރެވޭނެ ބޭރުގެ ކުންފުނިތަ ކަށް ނުދިނަސް !

  2. ލލ

    ތަރައްޤީގެ މަޝްރޫޢުތަށް ހިންގޭވަރުގެ ސަތޭކަ ޕަސެންޓް ދިވެހިކުންފުނިތަށްވެސް މިރާއްޖޭގައި އެބަހުރި !

  3. ޕީރާޖު 45

    މި ކުންފުނީގެ ހިއްސާވެސް ދެން ދުވަސް ކޮޅަކުން ވިއްކާލަފާނެ މިއޮތީ ވާސަރުކާރެއް