ރާއްޖޭގެ އެއްވެސް އެއާޕޯޓެއްގެ އެއްވެސް ހިއްސާއެއްބޭރުގެ ކުންފުންޏަކަށް ވިއްކުމެއް ވިސްނުމެއް ނެތްކަމަށް ސަރުކާރުން ވިދާޅުވެއްޖެ އެވެ.

ސަރުކާރުން މިގޮތަށް ވިދާޅުވީ، މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލެވެ.

ފައްޔާޒް ވިދާޅުވީ، ރީޖަނަލް އެއާޕޯޓް ކުންފުންޏާއި، އެއްވެސް އެއާޕޯޓެއްގެ އެއްވެސް ހިއްސާއެއް ބޭރުގެ ކުންފުންޏަކަށް ދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"އެއްވެސް އެއާޕޯޓެއްގެ އެއްވެސް ހިއްސާއެއް މި ސަރުކާރަކުން އަޅުގަނޑުމެން ވިއްކާލުމުގެ ދިނުމުގެ އެއްވެސް ޝައުގުވެރިކަމެއްވެސް ވިސްނުމެއްވެސް ޝައުގުވެރިކަމެއްވެސް ނެތޭ". ފައްޔާޒް ވިދާޅުވިއެވެ.

ފައްްޔާޒް ވިދާޅުވީ، ރީޖަނަލް އެއާޕޯޓް ކުންފުނި ހަދައިގެން މި ކުންފުނި ރަނގަޅަށް ވަރުގަދަވެ، ބޮޑުވެ، މި ކުންފުންޏަކީ ކާމިޔާބު ކުންފުންޏަކަށްވާ ހިސާބުން ދިވެހި ރައްޔިތުންނަށް އެ ކުންފުނީގެ ހިއްސާ ވިއްކިދާނެ ކަމަށެވެ.

"ރަނގަޅު ހަރުފަތަކަށް މި ކުންފުނި ގެންދެވޭ ހިސާބުން ދިވެހި ރައްޔިތުން އޭގައި ހިއްސާވާ ގޮތަށް ޕަބްލިކް ލިސްޓިންގއަކަށް ގޮސްދާނެކަމީ އަޅުގަނޑުމެން ހުވަފެނުން ފެންނަ ކަމެއް". ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، އެއްވެސް އެއާޕޯޓެއް އިންޑިއާއަށް ނޫން އެހެން ސަރުކާރަކަށްވެސް ޕްރައިވެޓް ކުންފުންޏަކަށްވެސް މި ސަރުކާރުން އޮޕަރޭޓް ކުރާ އެއްވެސް އެއާޕޯޓެއް ދިނުމުގެ ވިސްނުން ނެތް ކަމަށެވެ.

"ވަރަށް ސާފްކޮށް މި ދަންނަވަނީ ދިވެހި އެންމެހާ ރައްޔިތުންނަށް މި އަޅުގަނޑުމެން ދައްކާ ވާހަކަ އަނބުރައިގެން ގެންދަވާ ބޭފުޅުންނަށް އިތުރަށް އަޅުގަނޑު މިއަށްވުރެ ވަރުގަދަ ކޮށް ބުނަންޏާމުން ދެންނެވޭނީ މާތްﷲ ގަންދީ ހުވާކޮށްފައި މި ދަންނަވަނީއޭ އިންޑިއަކަށެއް ނޫނީ އެެހެން ބަޔަކަށް އަޅުގަނޑުމެންގެ އެއާޕޯޓެއްގެ އެންމެ ހިއްސާއެއްވެސް ވިއްކުމުގެ ވިސްނުމެއްވެސް ނިޔަތެއްވެސް އެއްވެސް އެއްޗެއް ނެތޭ". ފައްޔާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ކަނބާ

    ވިއްކައެއް ނުލައެވެ. ކުއްޔަށް ނަމުގައި ކުރިން ފައިސާ ނަގާފައި އުމުރަށް ދެނީއެވެ.

    20
    • Anonymous

      50 އަހަރަށް ދެނީ.. 10000 ބިލިއަން ޑޮލަރުގެ އިްނވެސްޓުމެންޓެއް ހިތަކަށް ދެނީ... ދިވެހި ރައްޔިތުންނަށް ވަޒީފާއާއި ދިވެހި ދައުލަތަށް އެތައް ފައިސާއެއް ލިބޭ ދިވެހި ރައްޔިތުންގެ އެންމެ އަގުބޮޑު މުދާ އެހެން ބަޔަކު މުއްސަނދިވުމަށް މިދެނީ. އެމީހުންއަތުގަ ބައިސެންޓު ނެތިވެސް އައިސް ދުވާލެއްގެ މައްޗަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭތަނެއް މިއީ. މެނޭޖްކޮށްލާފަ ފައިސާކޮޅު އިންޑިޔާއަށް ކަހާލަނީ.. މިފަދަ ބޮޑު ޖަރީމާއެއް މިސަރުކާރުން ހިންގަން ދިވެހި ރައްޔިތުން ދޫކޮށްގެން ނުވާނެ.... މިހެން ތިބެއްޖެނަމަ އަހަރެމެންގެ ގައުމުގެ ހުރިހާ މުދަލެއް އިންޑިޔާއިން އަތްދަށުލާނެ.

  2. ލޫޓުވާ

    ތިމާއަށް ނުކަތާވަރުގެ ގޮނޑިތަަކަށް ވެޑިވިގެންތިބީމަ ހުރިހާ ކަމެއް ނިމުނީ. އިންޑިޔާއިން ގެނެސްފަހުރި ތިކަހަލަ ގޮނޑިތަކުގަ ވެރިކަން ކުރެވިދާނެ މޮޔަޔަކަށްވެސް. މިގައުމު މިހިންގަނީ އިންޑީޔާ އެމްބަސީން. މިގައުމުގެ ވެރިންނަކީ ތިގޮތަށް ގޮނޑީގަ ބައިންދާފަތިބި ބުދުތަކެއް. މިގައުމުގެ އަމަން ބަލަހައްޓަނީ އިންޑީޔާ ސިފައިން. ގައުމު ހިންގަނީ އެސްބީއައި ފިނޭސްމިނިސްޓަރަށް ހަމައެކަނިމުސާރަ ލިބެނީ. ގައުމެއްނެތް

    24
  3. އިބޫ ހޯލިސް

    ކުރިންވެސް ވިއްކައެއް ނުލާ، ކުއްޔަށް ނަމުގަ ދިނީ
    ކުއްޔަށްވެސް ނުދޭނަމޭ ބުނެބަލަ. އޭރުވެސް ވެލާނާ އެއަރޕޯޓް އޮތީ އެއަރޕޯޓްސް ކޮމްޕެނީގެ މުދަލެއްގެ ގޮތުގަ
    އެކަމަކު މުޅި އޮޕަރޭޝަން އަދި އެންމެހާ ފައިދާއެއް ޖީއެމްއާރ އަށް
    ޓެކްނިކަލް ބަސްތަށް ބޭނުންކޮއްގެން ތިގޮތަށް ރައްޔިތުންނަށް އޮޅުވާނުލުމަށް ފައްޔާޒް އަށް ގޮވާލަން

    21
  4. Anonymous

    މަށަށް ދީބަލަ އެމް.ޓީސީ ސީ. ވިޔަފާރީގެ ފައިދާއިން މަ ސަރުކާރަސް ޓެކްސް ދައްކާނަން. ބާކީ ހުރިހާ އެއްޗެއް މަށަށް. އެތަނުން ލޯނެއް ނަގާފަ އޮތަސް ސަރުކާރުން ޖެހޭނީ ދައްކަން. އެއްބަސް؟
    މިއީނު ތި ހަދާ ގޮތަކީ، ސަރުކާރުން ލޯނު ވެލާނާ އެއަރޕޯޓް ހަދާފަ އިންޑިޔާ ކުންފުންޏަކަށް ދެނީ. ފައިދާއިން ޓެކްސް ދައްކާފަ، އެއަރޕޯޓް ކުލި ކިޔާފަ 10000 ޑޮލަރު ނެގުން. އެކަމަކު އެތަނުން ދުވާލެއްގެ މައްޗަށް ލިބޭ މިލިއަން ޑޮލަރުގެ ފައިދާ އިންޑިޔާ ކުންފުންޏަށް ދެން އެއަރޕޯޓް ހަދިޔާއަށް ދިނީމަ ތިކަހަލަ ކުދިންނަށް ކޮންމެ މަހަކު މިލިއަނުން ހަދިޔާ ދޭނީ.. ދިވެހި ރައްޔިތުން ޖެހޭނީ ލޯނުވެސް ދައްކަން. އިންޑިޔާ މީހުންނަށް ދިވެހި ރައްޔިތުންގެ މުދަލުން ލިބޭ ހުރިހާ ފައިސާއެއް.. ނުވިތާކަށް ލޯނު ނަގައިގެން އިންޑިޔާ ކުންފުނިތަކަށް ވިޔަފާރި ފަށައިވެސް ދެނީ... މިއީތަ ސަރުކާރުން ކަންކުރަންޖެހޭ ގޮތަކީ. ދިވެހިންނަށް ބިލިއަނުން ބޮޑެތި ގެއްލުން މިކުރަނީ.. ވަޒީފާތައްވެސް ގެއްލިގެންދާނީ.

  5. ރުކުމާ

    ބޮޑުވެގެންވީ ޖަރީމާއެއް މިހިންގަނީ.. ރައްޔިތުންގެ މުދާ ބޭނުންގޮތަކަށް ބޭނުންކޮށް ފައިދާ ހޯދުމަށް މިދޫކޮށްލަނީ.. މި ސޯލިހަށާ ފައްޔާޒުމެނަށް ލާރި ލިބޭގޮތަށް.. މިފަދަ ގައްދާރުން ހިފާ ހައްޔަރުކޮށް އުމުރަށް ކުޑަގޮޅިއަކަށް ލާފަ އިރުގެ އަލިކަން ނުފެންނަހެން ނިމިދަންދެން ބާއްވަންވީ.

  6. ހަމްނާ

    ރައްޔިތުންނޭ... ސަރުކާރުގެ މިފަދަ ބޮޑެތި ހިޔާނާތްތައް މިހިންގަނީ ދިވެހި ގައުމާ ރައްޔިތުންނާ ދެކޮޅަށް. މިސަރުކާރު ނިންމަން ހުރިހާ ދިވެހިން ނުކުންނަންވީ... ހަމަ އެންމެ ދުވަހެއްވެސް މިނުލަފާ ގައްދާރުގެ އަތްމައްޗަށް މިގައުމު ދޫކޮށްގެން ތިބެވޭކަށްނެތް.... އަދުނުވިކަމެއް ފަހަކުން ނުވާނެ.... މިތިބީ ނުބައިނުލަފާ ގައުމުގެ ދުޝްމަނު ޝައިޠޯނުންތަކެއް..

  7. ފފފފ

    ސޯލިހުގެ ނުލަފާކަން ކަމަކީ.. އޭނައަކީ މިގައުމުގެ ފާޅުވެގެންހުރި ދުޝްމަނެއް. މިވެރިކަން ނިމޭއިރު ކިތަންމެ ބޮޑު ގުރުބާނިއެއްވެގެންނަމަވެސް މިހާއިނުންނަށް އިސްލާމީ ޝަރީޢާގައި ވާ ހުކުމް އިއްވާ ދެން ދުވަހަކު ހިންދަމާ ނުލެވޭވަރުކޮށްލަން ޖެހޭނެ...

  8. ކަނޑި އިބްރާހީމް

    ކަންނަންނޫރު އަލީ ރާޖާގެ ވެރިކަން މިއޮތީ... އަދި ވެރިކަމަށް ޓަކައި މިވެރިން މިވަނީ އިސްލާމްދީންވެސް ދޫކުރާ ދަރަޖައި... ނަމަކު ނުދޭ ... އައްޑު އާއި ހަމާދޫ ކޮްސިްއުލޭޓްވެސް ތިގޮތަށް.. އައްޑުގައި އިންޑިއާއިން ހެދި ބޭސްގައި ކޮންސިއުލޭޓް ދިޖަފާއި ހަނިމާދުން ގައި ނަގާބިމުގައި ކޮންސިއުލޭޓްގެ ދިދަ ޖެހީމާ ވެސް ބުނާވީނުން ތޯ އއތާގަ ހިނަނީ ރާއްޖޭ ވެރިކަމޭ.. ކޮސިއުލޭޓް ދިދަ ޖަހާ ހިސާބުން އެ ބިމަކީ އެ ދިޖެހި ގައުމެއްގެ ތަނެއް.. މިކަން އެގޭނެ ކަމޭން ނޫންނަސް

  9. Anonymous

    ނުބައި އިބިލީސް ކަލޭގެ ބުނެބަލަ، ކަލެއާ ސޯލިހާ ޝާހިދު ކިހާވަރެއް އިންޑިޔާއިން ނަގައިގެން ތިއުޅެނީ؟؟ ކަލޭ ލާން ގެންގުޅޭ ބޮކްސާތައް އިންޑިޔާ މީހުން ވިޔަފާރިކުރަން ދީބަލަ. ލާރިއަކަށް 2 ބޮކްސާ ކިޔަމުން ނީލަން ކިޔުމުގެ ވިޔަފާރިއަކީވެސް ކުރެވޭނެ ވިޔަފާރިއެކޭ.. އެއަރޕޯޓް ނުދިނެއްކަމަކު ފައިސާނެތި ފެށޭނެ ވިޔަފާރިއެއް އެއީވެސް.

  10. ޚިޔާލު 3

    މިނިސްޓަރ ތައްކޮޅެއް އޯގާތެރިކޮށް ރައްޔިތުންނާއި މުޚާތަ ބު ކުރެއްވުން އެދެން
    ރައްޔިތުންގެ ފިކުރާ އެއްގޮތަށް އޯގާތެރިކަމާއި އެކު ސަރުކާރު ހިމްގެވުން އެދެން މިއީ މިނިސްޓަރާއި އެހެންވެސް ދިވެހިންގެ ގައުމު.
    ހަރުކަށި ބަސް މަގަކީ ރިވެތި ސިފައެއްނޫން

  11. ވިސްނާލުމަށް އެދެމޭ

    ގަވާއިދު ބަދަލުކުރީ ކީއްވެ ބޭރު ބަޔަކަށް ނުދޭނަމޭ ބުނާއިރު...ބޭރުމީހުންނަ ސަތޭކައިންސައްތަ އެއާރޕޯޓު ހިންގޭގޮތަށް ގަވާއިދު ލިޔުވުނީ އޮޅުމަކުންތަ....ދިވެހި ސަރުކާރުން ހިންގަމުންދަނިކޮށް..ކީކޭ ބުނާނީ މިސަރުކާރުގެ މީހުންގެ ބަސްމަގު..ކުރާނެކަމެ ލިޔާނެއެއްޗެ ނެތިގެން ފައްޔާޒު ފޫހިވެގެން ލިޔުނު ގަވާއިދެއްތަ މިއީ...

  12. ބަކުރު

    ތީ ބުއްޅަބެ. ނުވާވަރުން މަގާމް އާޢި ހަވާލް ވާތި

  13. އަބް

    ރައްޔިތުންގެ ލޯތައް އަނދިރިވީކަމަށް ހީނުކުރޭ. ތިޔަކުޅޭ ހުރިހާ ކުޅިވަރެއް ވަރަށް ގާތުން ފެނޭ. މަކަރާ ހީލަތްތެރި ސަރުކާރެއް. ތެދެއް ހެދެންއޮތަސް ފުރަތަމަ ބަލަނީ ދޮގެއް ހެދޭތޯ

  14. ޝަމްސިއްޔާ

    ކީއްވެތަ ދިވެހި ކުންފުންޏަކައް އެޔާޕޯޓެއް ހިންގަން ނުދެވިގެން މިއުޅެނީ. ؟ ތިޔަ ކަމުގައި ކަރަޕްޝަނުގެ ނުބައި ވަސް އެބަހުރި.. އޭސީސީއިން މިކަން ތަހުގީގުކުރަން އެބަޖެހޭ. ބޭރުބަޔަކުގެ ބޭނުމައް ގާނޫނާއި ގަވާއިދު ރިޝްވަތައް ހެދިގެން ނުވާނެ އަދި ވަކި ޕާޓީއެއްގެ ސިޔާސީ ފަންޑިންއަށްޓަކާ ހެދިގެން ނުވާނެ. ސިޔާސީ ޕާޓީތަކުގެ ގަވާއިދައް އެބަޖެހޭ ބަލާލަން.. ..

  15. ރާޝިދު

    ތިކަހަލަމީހުން ދޮގުހުވާކުރާކަށް އެއްވެސްފަހެއް ނުޖެހޭނެ !! ރައް ބިއެއް ރަސޫލެއް ދީނެއް މިއްލަތެއް ދަންނަ ބައެއްނޫން !!!

  16. ާއަހުމަދު

    ހަޔާއްކުޑަކަން ދޯ ނުވިއްކައޭ އަނބުރަާ ނުލިބޭނި ދެން ރަނގަޅުވާނި ބްރޯ އަށްވެސް އެޑްވައިޒަރެއް އިންޑިއާއިން ހޯދީމަ

  17. ބަދަލުވަމުންދާ ސަޤާފަތް

    ކަލޭ ރައްޔިތުންގެ ޓެކްސް ފައިސާ އިން މަހުމުސާރަ އާއި އިނާޔަތްތައް ނަގައިގެން ރައްޔިތުން ނަށް އޮޅުވާލަނީ މަސައްކަތް ކުރާތީ ހިތާމަކުރަން، ވިއްކާ ނުލިޔަސް 5 މިލިއަން ޑޮލަރު ނަގާފައި 50 އަހަރަށް ކުއްޔަށް ދިނީމާ ކޮންތާކުތޯ މިޖެހުނީ، ތިހީކުރަނީ އެހެން މީހުންގެ ބުއްދި ނުހުންނާނެ ކަމަށްތަ، މާބޮޑަށް ފުއްޕާފައި ކިބުރުވެރި ކަމާއި ބޮޑާކަމާއި އެކު ރައްޔިތުން ރުޅި މޫނު ތިދައްކަނީ ކަލޭ އަކީ ކާކުހޭ ރައްޔިތުންނަށް ރުޅި މޫނު ދައްކަން ތިޔައީ ތަންކޮޅެއް ބޮޑުވަރު.

  18. ބެއްޔާ

    އޮޅުވައިލާންވެސް ތަންކޮޅެއްބޮޑުވަރުތާ، އުމުރަށް ކުއްޔަށްދިނީމާ ދެން އެވިއްކާލެވުނީ ! ބޯގޯސް

  19. ރިޝްމީ

    ބޭފުޅާގެ ތޔަ ގޮނޑި ބޭފުޅާއަކަށް ހެޔޮވަރެއް ނޫނެވެ.

  20. އިބްރާހިމް

    ރައްޔިތުންނޭވެ އަނގައިންނާއި އަތްފައިންވެސް މިކަމާއި ދެކޮޅުހަދާންޖެހޭ.މިވެރިން އިންޑިޔާއާއި އެކު ހެދި އެއްވެސް އެގްރިމެންޓެއް ދައްކާކަށެއް ބޭނުމެއްނުވޭ. ރައްޔިތުންގެ މަޖިލީހަކާއި ބެހޭކަމެއްވެސްނޫން. ލީކްވީ އެގްރިމެންޓެއްވިއްޖިއްޔާ އިންޑިޔާގެ ސިފައިންނާއި އަސްކަރީ ސާމާނު އިންތިހާއަށް ގިނަވަނީ ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ބާރުނުފޯރުވޭގޮތަށް ހުރީ. ރާއްޖޭގެ މިނިވަންކަން ގެއްލޭގޮތަށް ހުރީ. ހުރިހައި އަމުރު މަޢުރޫފެއް ނެރެނީ އިންޑިޔާ އެމްބަސީން. ކީތްކުރާ ސަރުކާރެއް ރާއްޖޭގައި މިއޮތީ؟

  21. މަންމަ

    ދޮގުހުވާ ކުރުމަކީ ފާފައެއް އިނގެ ފަޔާ!