ކުރީގެ ސަރުކާރުގައި ބޭރުގެ 100 އިންސައްތަ ހިއްސާވާ ކުންފުނިތަކަށް އެއާޕޯޓް ހިންގޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް 75 އިންސައްތަ ހިއްސާވާ ގޮތަށް ގަވާއިދު އިސްލާހު ކުރީ މި ސަރުކާރުގައި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.

އެފްއައިޑީއަށް ސަރުކާރުން ގެނައި ބަދަލު އިއްޔެ ގެޒެޓްގައި ޝާއިއު ކުރިއިރު ބޭރުގެ 100 އިންސައްތަ ހިއްސާވާ ކުންފުނިތަކަށް އެއާޕޯޓް ހިންގޭ ގޮތަށް ދޫކޮށްލާއިރު އޭގައި ވައިގެ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ހަރަކާތްތައް ވެސް ހިމެނޭ ގޮތަށެވެ.

އެކަމާއި ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުންގެ އިތުރުން އިދިކޮޅުގެ ފާޑުކިޔުން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. ގިނަ ބަޔެއްގެ ފާާޑުކިއުން އަމާޒުވީ ވައިގެ ޓްރެފިކްގެ ކޮންޓްރޯލް ވެސް ދޫކޮށްލާ ގޮތަށް އޮތުމުންނެވެ.

ފަހުން ދިފާއުގައި ފައްޔާޒު ނުކުމެވަޑައިގެން އޭނާ ވިދާޅުވީ، ވައިގެ ޓްރެފިކް ކޮންޓްރޯލް އަމިއްލަ ބަޔަކަށް ދޫކޮށްލާ ގޮތަށް ގަވާއިދަށް އިސްލާހެއް ގެނެސްފައި ނުވާނެ ކަމަށެވެ. އޮތީ ލިޔުމުގައިވާ އިބާރާތުގެ ކުށެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު މިހެން ވިދާޅުވުމުން ވެސް ފާޑުކިއުންތައްވީ އިތުރެވެ. އަދި އިނގިރޭސި ބަހުން ސާފު އިބާރާތުން ލިޔެފައިވާ ލިޔުމެއް އެ ގޮތަށް ސިފަ ކުރެއްވުމުން ގިނަ ބަޔަކު ފާޑުކިޔަމުން ދިޔައެވެ.

ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ބޭރުގެ އެއްވެސް ބަޔަކަށް ދިނުމުގެ ވިސްނުމެއް ނެތް ކަމަަށެވެ.

ކުރީ ސަރުކާރުގެ އިސްވެރިން އެއާޕޯޓާ ގުޅުވައި ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވަމުން މި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ އެއް ވަޒީރު ކަމަށްވާ ފައްޔާޒު ވިދާޅުވީ، 25 އިންސައްތަ ދިވެހި ކުންފުނިތަކުގެ ހިއްސާ އޮންނަ ގޮތަށް ބަދަލުކުރީ ދިވެހިންނަށް އެ ފުރުސަތު ހޯދައިދޭން ކަމަށެވެ.

"އަޅުގަނޑު ހަވާލުވަންދެން އޮތް ގަވާއިދަކީ 100 ޕަސެންޓް ބޭރުގެ ކުންފުނިތަކަށް އައިސް ރާއްޖޭގެ އެއާޕޯޓްތައް ކޯންކޮށް އޮޕަރޭޓްކޮށް މެނޭޖް ކުރެވޭ ގޮތަށް. އެހެން އޮއްވާ އަޅުގަނޑު އައިސް 75 ޕަސެންޓަށް ތިރިކުރީ އެ ފުރުސަތު ތެރޭގައި މަޖުބޫރު ކުރުވައިގެންވެސް ދިވެހިންގެ 25 ޕަސެންޓް ހިއްސާކުރުވައިގެން ދިވެހިންނަށް އެ ފުރުސަތު ހޯދައިދޭން" ފައްޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގޮތުގައި ކުރީ ސަރުކާރުން ވަނީ ގއ. ކޫއްޑޫ އެއާޕޯޓާއި ނ. މާފަރު އެއާޕޯޓް 100 އިންސައްތަ ހިއްސާވާ ބޭރުގެ ކުންފުންޏަކަށް ދޭން ނިންމައިފައެވެ. މި ދެ އެއާޕޯޓް ވެސް ދޭން ނިންމީ ސިންގަޕޫރްގެ ކުންފުންޏަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވި ގޮތުންނަމަ 2012 ވަނަ އަހަރު ހުޅުވި ކޫއްޑޫ އެއާޕޯޓް ހަވާލު ކުރަން ނިންމި ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައި ނުވާ ކުންފުންޏެކެވެ.

ފައްޔާޒު މިހެން ވިދާޅުވިއިރު ކޫއްޑޫ އެއާޕޯޓްގެ ނިންމުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ނިންމާފައި އޮތް ނިންމުމެކެވެ.

ދެހާސް ސަތާރަ ވަނަ އަހަރު އަބޫދަބީ ޑިވޮލޮޕޮމެންޓް ފަންޑުން ނ.އަތޮޅު މާފާރުގައި ތަރައްގީކުރީ އެއާޕޯޓް އެގްރީމެންޓުގައި ރާއްޖޭގައި އެއާޕޯޓް އޮޕަރޭޓްކުރަން ދިން ފަރާތްތަކަށްވުރެ ކުޑަ ނޫން ގޮތެއްގައި އެމީހުންނަށް ދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އިދިކޮޅަށް ބަހުގެ ހަމަލާތައް ފޮނުވަމުން ފައްޔާޒު ވިދާޅުވީ، އޭރު ސަރުކާރުގައި ތިބި ފަރާތްތަކަށް ކުރެވެނު ކަންތައް މިހާރު ހަނދާނުން ކައްސާލާފައިވާ ކަމަށެވެ.

"މިިއޮތީ އަތަށް ގޮވާފައި، ކުރިން ކުރެވެނު ކަމެއްވެސް ހަނދާނެއް ނެތް،" އިދިކޮޅަަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތަށް އިއްޔެ ގެނައި ބަދަލާ އެކު، 50 އަހަރު ދުވަހުގެ މުއްދަތަކަށް ބޭރު ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓް ހިންގުމުގެ ހުއްދަ ދެން ލިބޭނެއެވެ. ބޭރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިތަކުން ޖެހެނީ ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ޑޮލަރު އިންވެސްޓް ކުރާށެވެ.

ފައްޔާޒު ވިދާޅުވީ އެ ބަދަލު ގެންނަން ނިންމަން ޖެހުނީ މުޅި އެއާޕޯޓްގެ މަސައްކަތަށް ވެސް ބޭރުގެ ކުންފުންޏަކުން އިންވެސްޓް ކުރުމަށް ފަހު، ދެން އެއާޕޯޓް ހިންގުމުގައި އެންމެ 75 އިންސައްތަ ޚިއްސާ ވުމަކީ އެންމެ އެދެވޭ ގޮތަށް ނުވާ ކަމުގެ ޝަކުވާ ލިބެމުންދާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ފައިރޫޒު

  މި ސަރުކާރުން ރައްޔިތުންގެ އުދާސްވާ ފަދަ ގޮތްގޮތަށް ކަންކަން ކުރުމުން ރައްޔިތުން ރަތްވީމާ، ބަހަނާއަކަށް ތި ވިދާޅުވަނީ "ކުރީގެ ސަރުކާރުންވެސް ނިންމާފައިވަނީ މިވެނި ގޮތަކަށޭ". މައްސަލައަކީ ކުރީގެ ސަރުކާރުން ކޮށްފައިވާ ދޯހަޅި ކަންކަން މިހާރު ތިބޭފުޅުންނަށް ފާހަގަ ކުރެވެނީ ތިބޭ ފުޅުންނަށް އެޔަށްވުރެ ގޯސްކޮށް ކަމެއް ކުރެވިގެން އެކަމާ ޢާއްމުން ނުރުހުން ވާންފެށުމުންހޭ؟ ކުރީގެ ސަރުކާރުން ނިންމާފައި ހުރި ވިޔާނުދާ އުޞޫލުތައް ތިބޭފުޅުންނަށް އިދާރީ މޭޒު ލިބިލެއްވި ހިސާބުން ޢާއްމު ނުކުރެއްވީ ކީއްވެހެއްޔޭ؟ ކުރީގެ ސަރުކާރުން ގޯސްކޮށް ކަންކުރާކަމުގެ ތުހުމަތުގައި ސަރުކާރު ބަދަލުކޮށް ތިބޭފުޅުންނާއި ޙަވާލުކޮށް މިނިސްޓްރީތަކާއި އާރާއި ބާރު ލިބުނު ހިސާބުން އެކަމުގެ ހެކި ނުދެއްކުނީ ކީއްވެހެއްޔޭ؟ ހުރިހާ ކަމެއް ތިދަނީ އެމް.ޑީ.އެންގެ އުސޫލަށްހޭ؟

  51
  1
  • Anonymous

   އަޅުގަނޑަށް ފެންނަނީ، "ގައުމުގެ ދިފާއީ މޫވްމަންޓް" ގެ ނަމުގައި ބަޔަކު އިސްނަގައި، ހުރިހާ ދިވެހިންނަށް މިވަނީ ކިހިނެއްކަން ކިޔައިދީ ހުރިހާ ރައްޔިތުން މިސަރުކާރާ ދެކޮޅަށް ނެރެވޭނެ ގޮތަށް އިންތިޒާމު ކުރާނެ ބަޔަކު އެއްވެލާ ރަނގަޅު ސްޓްރެޓެޖީއެއްގެ ދަށުން، މިސަރުކާރުގެ ނުބައިކަމުން ސަލާމަތްވާނެ ގޮތެއް ހޯދަން. ފްރެންޗް ރިވޮލިއުޝަނާ ގުޅިގެން ސްކޮލަރސް ލިޔުއްވާފައިވާ ފޮތްތަކުގައިވާގޮތަށް، ޕްރޮޓެސްޓެންޓުންގެ ޓެކްޓިކްސް ބޭނުން ކުރެވިދާނެ. އެމީހުން އެއީ ރަނގަޅު ބައެކޭ ނޫން މިބުނީ. އެކަމަކު ސިމިލަރ އައިޑިޔަރ ބޭނުން ކުރެވިދާނެ. މީސް މީޑިޔާގަ ކެމްޕޭނެއް ފަށަންވީ. އަޅުގަނޑަކީ އެކަމުގައި، ޖާނާ މާލުން އެހީތެރިވާނެ މީހަކީން.

   އެވެއަރނެސް އެންމެ މުހިންމީ..

 2. ކޮވިޑް

  ކަލޭ ބުނެބަލަ ކޮވިޑަކީވެސް ކުރީސަރުކާރުގެ ޕްރޮޖެކްޓެކޭ.ލާދީ ބިލްކީވެސް ކުރީސަރުކާރުން އަރީސްގެ މޭޒްމަތީ ބައްވާފައިވާ ބިލެކޭ.ކަލޭ އަށް މިނިސްޓަރ ކަން ވެސް އެއީ ކުރީސަރުކާރުން ނިއްމާފަ އޮތް އެއްޗެކޭ،ކިހާ ވަރުގަދަ ވެއްޖެކަމެއް ކުރީ ސަރުކާރު ކުރީ ސަރުކާރު ދެން އިސްތިއުފާ ދީފަ ކުރީ ސަރުކާރުގެ ވެރިންނާ ހަވާލު ކޮށްބަލަ ނުވި އެއްނު އެއްވެސް ކަމެއް،

  47
 3. Anonymous

  އަދިވެސް ކުރީސަރުކާރުން އަރައިނުގަނެވިގެން.
  ކޮންމެ ކަމެއް އަތަށް ގޮވާއިރަށް ކުރީސަރުކާރު.
  ކުރީސަރުކާރުން ކުރި ކަމެއް ނޫންތަ ފެންނަށް މިއޮތީ ވެސް. ދަރުމަވަންތަ އޭ ކިޔާ ބިރުވެރި ހޮހޮޅަވެސް މިޙާލަތުގައި ހުރީމަ ކަލޭމެންނަށް އަގުވަޒަން ނުކުރެވިގެން ތިޔައުޅެނީ. ޝުކުރު ވެރިވާން ވެސް ނޭނގޭ ބައެއް. ކުރީސަރުކާރުގެ ކޮތަރު ކޮށިތައް ރަނަން ވެގެން ބައިމީހުންނަށް މާބޮޑަށް އޭގެ ބޭނުން ޖެހިގެން މިއުޅެނީ ކުރީސަރުކާރުން ކޮތަރު ކޮށީ ހަދައި ދީފައި ހުރީމަނޫންތަ. ލަދުވެތިކަން ހުރިނަމަ ކުރީސަރުކާރޭ ކިޔާ ފައި އަނގަވެސް ހުޅުވަން ނުކެރުނީސް. އެފްލެޓް ތަކަށް ވެސް މީހުން ވެއްދުނީއެއްވެސްނޫން އަދި ނުވިތާކަށް ކޮތަރު ކޮއްޓެއް އެޅުނިއްޔެއްވެސްނޫން. އިންޑިޔާއަށް ބައި ނޭނގިގެން ތެޅިބާލަނީ. އިސްތިއުފާ

  39
 4. މަރީ

  ކުރީ ސަރުކާރުން ވެލާނާ އިންޓަރނެޝަނަލް އެއާޕޯޓު ޖީއެމް.އާރަށް ދިނުމުން ޔާމިނު ސަރުކާރުން އެތަން ވެސް އަތުލި ކަމެއްނޭގޭތަ؟

  47
 5. ދުންތާ

  ދުނިޔެފެށުންއިރުވެސް އޮތީ އެޔާޕޯޓް އެކަންޏެއްނޫން އެހެންތަންތަންވެސް 100 ޕ ދެވޭގޮތަށް އެކަމުނުދެއި ދެންކޮންދޮގެއްހަދަނީ

  28
 6. ނަސީ

  އެއްވެސް މިހަކައް ނޯންނާނެ ހައްގެ ރައްއިތުންގެ ހަރުމުދާ ވިއްކާކައް ރައްއިތުން ވެރިކަންހަވާލުކުރަނީ އެލިބޭ އާމްދަނީއަކުން ރައްއިތުން ބަލަހައްޓަން ، އާމްދަނީ އިތުރިކުރަން ނޭނގޭ ނަމަ އިސްތިއުފާދެއްވާ ، އެއްވެސް އުސޫލެއް ނެތިތަންތަން ޢެހެންގައެއްގެ ޖީބައްވެއްޓުންމީ ވަރައް ރައްއިތުން ނިކަމެތިވާނެ ކަމެއް

  23
 7. އިބްރާހީމް

  އެއީވެސް އަހުމަދު އަދީބަށް ލާރިގަނޑެއް ދީގެން ބަޔަކު ހިންގާފައިވާ ޖަރީމާއެއް ކަމަށްވާނީ. އޭރު އޮތީ %25 ދިވެއްސަކަށް ދޭން މަޖުބޫރުވާގޮތަށް މަނިކުފާނު ދިވެހިންނަށް ތިދިނީ %0 ކަމަކުނުދޭ ނޫންތޯ؟

  22
  1
 8. ކައުންސެލަރު

  މީ ކުރީ ސަރުކާރުގެ ސަރުކާރު. ގެޓް އިޓް. ކަމެއް ނުކުރެވޭ އިރަށް ކުރީ ސަރުކާރު. ކޮބާ ލަދު؟

  28
 9. ކޮއްޕަން

  އެސަރުކާރު ކަޑަވީމަ ކަލޭމެން ގެނައީ. އެމީހުން ނުކުރާކަމެއް ކަލޭމެން ތިކުރީ.
  ކުރީސަރުކާރު ބޮލުގައި އިނދެ ވަރިކުރުންވެސް އަޅުވާ !!!

  27
 10. ޖަޒިރާ އެލެކުސް

  ކުރީ ސަރުކާރުންވެސް ގޯސްކޮށް ކަންކަންކުރި. އެކަމަކު ކުރީން ސަރުކާރުން ބޭރުގެ 100 ޕަސެންޓް ކުންފުނިތަކުން އެއަރޕޯޓް ހިންގަން ހުއްދައެއް ނުދޭ. ކުރީ ސަރުކާރުން ވެސް ދިނޭ ކިޔައިގެން ކޮންމެހެން އޮޅުވާލަން އުޅޭނެ ކަމެއް ނެތް. ކުރީ ސަރުކާރުން ބަޔަކާކަށް ކޮންޓްރެކްޓް ދިނީ ހަމައެކަނި އެއަރޕޯޓް ހަދަން . ހިންގުމުގެ ވާހަކައެއް ނެތް އެޔަކު. ފަހުން ބަލާލިއިރު އެކަންވެސް ހިނގާފައި އޮތީ އެމްޑީޕީ ބަޔަކު އަޑީގައި ތިބެގެން ރާއްޖެ ގެނައި މެލޭޝިއާގެ އަސްލު ކުންފުންޏެއްގެ ހިޔާނީގައި އުޅުނު ފޭކު ކުންފުޏްޏެއްގެ ބަޔަކު ގެނެސްގެން ޕީޕީއެމް ވަގުންނާއި އެމްޑީޕީ ވަގުންނާ ބައިވެގެން ހިންގަން އުޅުނު ސްކަންޑަލްއެއް.

 11. ހުސެންދީ

  ކުރީގެ ސަރުކާރު ކަޑަވެގެން ކަލޭމެން ގެނައީ. މާ ރަނގަޅުވޭހެއްނު ކުރީގެ ސަރުކާރު ބޭއްވި ނަމަ. މޮޅުވާހަކަ ދައްކަނީ. ގައުމު ވިއްކުން ނޫން ކަމެއް ނުކުރޭ. މީ މިހަރު އިންޑިއާގެ ބައެއް ހެން ހީވަނީ. ކުރީގެ ސަރުކާރުން ބުނީ ހެލިކޮޕްޓަރުތަކާ އެއްޗެހި ގެންދާށޭ. ކައޭމެން އެގްރީމެންޓް އާކުރީ އެ ބަހައްޓަން. ހަޔާތް ކޮބާ ކުރީގެ ސަރުކާރުވާހަކަ ދައްކަން.

 12. ވިސްނާލުމަށް އެދެމޭ

  ކުރީސަރުކާރުން ބޭރުގެ ފަރާތްތަކަށް އެ އާރޕޯޓުތަ އް ކު އްޔަށް ދެވޭގޮތަށް އޮތީ ދިވެހިންނާ އެކު އެ އާރ ޓްރެފިކް ކޮންޓްރޯލު ދިވެހިން ބަލަހަ އްޓާ ދިވެހިން ކޮންޓްރޯލުކުރާގޮތަށް.. އެގޮތް ކަމުނުގޮސްގެން އިހަ އް ދުވަހު މަނިކުފާނު ގަވާ އިދު ބަދަލުކޮށް ގެޒެޓް ކުރީ ސަތޭކަ އިންސަ އްތަ ބޭރުމީހުންގެ ހި އްސާ ފަސްމިލިޔަން ޑޮލަރަށް ފަންސާސް އަހަރަށް...މި އީ މަ އްސަލަޔަކީ...ވެލާނާ އއެ އާރޕޯޓު ކުރީސަރުކާރުން އަތުލީ ދަ އުލަތަށް ލިބުނު ގެ އްލުނު ބުނެދީބަލަ...

  11
 13. ފވފގފފގ

  ސާހާދަތް، ހާދަ ލޯބިވެޔޭ ދޯ ކުރީ ސަރުކާރުދެކެ، ހަޖަމުނުވެގެން އުޅެވައްތަރު ޖަހާ މި ފައްޔާޒު، އަބަދުވެސް ކުރީ ސަރުކާރުގެ ވާހަކަ، ކޮބާ ފައްޔާޒަކަށް ނުވޭތަ އެއްވެސް ކަމެއް، އަހަންނަކަށް އަދިވެސް ނުފެނޭ އެއްވެސް ކަމެއް ކޮއްދީފަ ހުއްޓާ. 3 އަހަރު ވެއްޖެ މިހާރު. ބާކީ 2 އަހަރު އިނގޭ.

 14. Anonymous

  ކުރީ ސަރުކާރުން ނުދޭނެ.. މިސަރުކާރުފަދަ ނާގާބިލް އެއަރޕޯޓް ގަނޑެއް ހިންގާލަންވެސް ނޭނގޭވަރުގެ ތައުލީމެއްނެތް ބައެއްނޫން ތިބީ.. މިސަރުކާރުގައަި ނެތް އެވަރު ކުރެވޭވަރުގެ މީހަކުވެސް. ދެން ކިހިނެއް ސަރުކާރެއް ހިންގަނީ.... ތިއުޅެނީ.. 800 މިލިއަން ޑޮލަރުގެ ރައްޔިތުންގެ ޖަވާހިރު އެއްފަދަަ އެއަރޕޯޓްވެސް ބޭރުގެ ބަޔަކަށް ދޭން. އަމިއްލަ ޖީބަށް ފައިސާ ވަދެވަދެ ހުންނާނެހެން އެކަން ކުރަންވެގެންކަން އަހަރެމެނަށް އެނގޭ!!!!

 15. ހަވާސާ އިބޫ

  ކުރީގެ ސަރުކާރު މަސައްކަތްކުރިގޮތް ގޯސްވީމަދޯ މިދޯހަޅި ގަމާރު މީހުންނާއި ސަރުކާރު ހިންގަން ހަވާލުކުރީ މޮޔަ ނޮގޮވައި އިސްތިއުފާދީ

 16. ގައްދާރުންގެ ދުޝްމަނު

  ސޯލިހުގެ އޯޑަރަށް ފައްޔާޒު ތިފަދަ ޖަރީމާއެއް ހިންގިއެއްކަމަކު.. ރައީސް ޔާމީން ތިފަދަ ކަމަކަށް އޯޑަރ ނުކުރާނެ ކަމާއި، މުހައްމަދު ސައީދު ފަދަ ގައުމާ ރައްޔިތުންނަށް ވަފާތެރި ދިވެހި ދަރިން ގައުމާ ރައްޔިތުންނަށް ގެއްލުމެއްނުދޭނެކަށް، ބޯ މައްޗަށް ޖަހައިގެން ހިނގާ ކޮންމެ ދިވެހި ދަރިއަކަށް އެނގޭނެ...

 17. Anonymous

  ފައްޔާޒުވަރުގެ ހާއިނެއް ދިވެހި އުއްމަތް އަދި މިހާތަނަށް ދެކިފައިނުވޭ.... ބާޣީ ލުތުފީއަށްވުރެ ބޮޑު ޖަލުހުކުމަކަށް އިންތިޒާރު ކޮށްލައްވާ...

 18. Anonymous

  ކުރީ ސަރުކާރަކީ ދިވެހި ދަރިންގެ ސަރުކާރު.. ބަޔަކަށް ހިލޭ ދޭން ތިއުޅޭ އެއަރޕޯޓަކީ ދިވެހިރާއްޖޭގެ ސޮވެރިން ގެރެންޓީ ދީގެން 800 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހަދާ ތަނެއް. ބޭނުމަކީ، ދައުލަތަށް ފައިސާ ލިބުން، ދިވެހި ޒުވާނުންގެ ތެރެއިން 30 ހާސް ކުދިންގެ ވަޒީފާ އެތަނަކުން ލިބޭނެ ގޮތް ހެއްދެވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ދިވެހިންގެ ހިތުގެ ވިންދު، ދިވެހިގައުމުގެ ދަރިނގެ ހިތުގައި ޖަހައިވިންދު ފަދަ ހިތްތަކުގެ ލޯތްބާއި ހެޔޮދުއާ ލިބޭ ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމް ހޯއްދަވައިދެއްވި ޖަވާހިރެއް. މިހާރު ކަލޭ ތިއުޅެނީ އަމިއްލަ ފައިދާއަށް އެތަން ބަޔަކަށް ދޭން.. ހަމަ ހިލޭ ދޭން.. ލޯނުވެސް ދިވެހި ރައްޔިތުންގެ ފައިސާއިން ދައްކަންވީ..

 19. Anonymous

  ކޮބައިތަ ރައީސް އެކޭ ކިޔާ މީހާ.. ބަލަ އެމީހާގެ ނިންމުމޭ މިއީ.. އެކަލޭގެ ކޮންތާކުތަ ފިލާ އޮތީ.. ދަމާނެރެ ދިވެހި ދަރިންނަށް ޖަވާބުދާރީވުމަށް އަންގަން ދިވެހިން ނުކުންނަންވީ.. މަގުތަށް ފުރާލާ ހުއްޓާނުލާ މުޒާހަރާ ކުރަންވީ.. ކޮވިޑު ޖެހިގެން ބަލިވުންތޯ ނުވަތަ އިންޑިޔާގެ ނުބައި ޝައިޠާނު މޯދީގެ އަތްދަށުވެ އަހަރެމެންގެ ދަރިންގެ މުސްތަގުބަލް ނަގާލުންތޯ ނިންމާނީ ދިވެހި ދަރިން.

 20. ވަތަން

  މީސީދާ ގަ އްދާރުން...ގަ އުމަށްގަ އްދާރު ވީމާ އޮންނަ އަދަބު މިމީހުންގެ މަ އްޗަށް ތަންފީޒް ކުރަންޖެހޭ....

 21. ދޫނި

  އަޖާއިބު، ކުރީ ސަރުކާރުން ގޯސްކޮށްކުރި ކަންތައްތައް ރަގަޅު ކުރަންދޯ މިސަރުކާރު އައީ؟ ދެން ކޮން ފަޅޮލެކޭ ތިކިޔަނީ؟

 22. ސަމްސިއްޔާ

  ބަލަ އެކަންކަން ރަނގަޅުކުރަންދޯ ކަލޭމެންނާ ވެރިކަން ހަވާލުކޮށްގެން މިތިބީ. ދެން ވައްކަންކޮށްފަވެސް ބުނަންވީ ކުރީ ސަރުކާރުންވެސް ކުރީ ވައްކަމޭ. ކަންކަން ހައްލު ކޮށް ރަނގަޅުކުރަން ނޭންގެންޏާ އިސްތިއުފާ ދީބަލަ