ރާއްޖޭގެ އެއާޕޯޓެއްގެ އެންމެ ހިއްސާއެއް ވެސް އިންޑިއާ އަދި އެހެން ބަޔަކަށް ވެސް ވިއްކުމުގެ ނިޔަތެއް ނެތްކަމަށް ވިދާޅުވެ އެކަން ސާބިތުކޮށްދިނުމުގެ ގޮތުން އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މާތްﷲ ގަންދީ ހުވާކުރައްވައިފިއެވެ.

އެފްޑީއައިގެ ސިޔާސަތަށް އިއްޔެ ގެނައި ބަދަލާ އެކު، 50 އަހަރު ދުވަހުގެ މުއްދަތަކަށް ބޭރު ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓް ހިންގުމުގެ ހުއްދަ ދިނުމުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައެވެ. ސަރުކާރަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކުން ދިފާއުވުމަށް ފައްޔާޒް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ އިންޑިއާއަށް ނޫނީ އެެހެން ބަޔަކަށް އެއާޕޯޓެއްގެ އެންމެ ހިއްސާއެއްވެސް ވިއްކުމުގެ ވިސްނުމެއްވެސް ނިޔަތެއްވެސް ސަރުކާރުގެ ނެތް ކަމަށެވެ.

"ވަރަށް ސާފްކޮށް މި ދަންނަވަނީ ދިވެހި އެންމެހާ ރައްޔިތުންނަށް. އަޅުގަނޑުމެން ދައްކާ ވާހަކަ އަނބުރައިގެން ގެންދަވާ ބޭފުޅުންނަށް އިތުރަށް އަޅުގަނޑު މިއަށްވުރެ ވަރުގަދަ ކޮށް ބުނަންޏާމުން ދެންނެވޭނީ މާތްﷲ ގަންދީ ހުވާކޮށްފައި މި ދަންނަވަނީއޭ އިންޑިއާއަށް ނޫނީ އެެހެން ބަޔަކަށް އަޅުގަނޑުމެންގެ އެއާޕޯޓެއްގެ އެންމެ ހިއްސާއެއްވެސް ވިއްކުމުގެ ވިސްނުމެއްވެސް ނިޔަތެއްވެސް އެއްވެސް އެއްޗެއް ނެތޭ." ފައްޔާޒް ވިދާޅުވިއެވެ.

އިންޑިއާއަށް ނުވަތަ އެހެން ބަޔަކަށް ވެސް އެއާޕޯޓްތަކުގެ ހިއްސާ ނުވިއްކާނެ ކަމަށް މާތްﷲ ގަންދީ ހުވާކުރެއްވުމަށް ފަހު ފައްޔާޒް ދެން ވިދާޅުވީ 2013 ވަނަ އަހަރު އައި ސަރުކާރުން ލިޔެ ސޮއި ކޮށްފައިވާ އެއްބަސްވުމަކުން "ދޭން ޖެހޭ ހިއްސާއެއް ފިޔަވައި" މިހާރު ރާއްޖޭގައި އޮތް އެއްވެސް އެއާޕޯޓެއްގެ އެއްވެސް ހިއްސާއެއް އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ.

ނަމަވެސް މިސަރުކާރުން ތަރައްގީ ކުރަން ވިސްނާ ހަތަރު އެއާޕޯޓެއް ތަރައްގީ ކުރުމަށް ބޭރުގެ އިންވެސްޓަރުން ވެސް ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެފްޑީއައިއަށް މިވަގުތު ބަދަލު ގެނައި ސަބަބު ސާފުކޮށްދެމުން ފައްޔާޒް ވިދާޅުވީ އެއީ ވިޔަފާރިއާއި އިގްތިޞާދަށް ޖާގަ ދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.

"މިއީ އެހައި ބިރުވެރިކަމަކަށް ވާނަމަ ދިވެހިންނަށް ވެސް އެއާޕޯޓް ހިންގުމުގެ ފުރުސަތު ނުދެއްވަން ވީނޫންތޯ. ދިވެއްސަކު ހިންގާ އެއާޕޯޓެއްގައި ވެސް ފަހަތުގައި ބޭރު މީހުން ތިބެދާނެ ނޫންތޯ." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ސަރުކާރަށް އިތުބާރު ކުރާ ހުރިހާ ފަރާތްތަކުންނާއި، ސަރުކާރަށް ނަފްރަތު ނުކުރާ ހުރިހާ ފަރާތަކުން ސަރުކާރުން ދައްކާ ވާހަކަ ގަބޫލު ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

50 ކޮމެންޓް

  1. ނަން

    ބޭފުޅާ އިބޫވެސް ކުރެއްވީ ﷲގަންދީ ހުވާއެވެ. ކީކުއްރަންތޯ ދީނާއި ދިވެހި ދައުލަތް ހިމާޔަތްކޮށް ދެމެހެއްޓުމަށް އެކަމަކު އެކަންވޭތާ

    12
  2. ޢަލީބެ

    ފައްޔާޒު ތި ބުނާ 2013 ވަނަ އަހަރުގެ އެއްބަސްވުމެއް ދައްކަބަލަ

  3. އިބޫ ހޯލިސް

    ދިވެހިންގެ ބަޔަކަށް ދިނީމާ އެކުންފުންޏާއި އެމީހުންގެ މައްޗަށް ހިނގާނީ ދިވެހި ދައުލަތުގެ ގާނޫނު ތަކާއި ދިވެހި ދައުލަތުގެ ބާރު
    ބޭރު މީހުންނަށް ދިނީމާ މިބުނި ބާރުތައް އެބައެއްގެ މައްޗަށް ފުރިހަމަ ގޮތުގައި ނުހިނގާނެ
    ފައްޔާޒް އަދިވެސް ތިޔަ އުޅުއްވަނީ އޮޅުވާލަންވެގެން

  4. ކަނބާ

    ވިއްކަނީއެއްނޫނެވެ. ކުއްޔަށް ނަމުގައި އުމުރަށް ދެނީއެވެ. އޭރުން ވިއްކިކަމަކަށް ނުވާނެއެވެ.

  5. އަހުސަން ރަޝީދު

    ހިއްސާ ނުވިއްކީމަ ނިމުނީދޯ. ނުވިއްކާވެސް ހިންގަންދީގައި ދިވެހި ޤާނޫނު ނުހިގާ ހިސާބަށް ދިޔައީމަޔޯ؟ ބަލަ ޖީއެމްއާރަށް ދިނީމާވެސް އޭގެ މީހުންގެ ބަހުރުވަ ހުރީ ތިޔަކަހަލަ ގޮތަކަށް. މިއީ ރާއްޖޭގެ ފަސްގަނޑެކޭ އެޔެއް އިންޑިޔާއަކަށް ނުގެންދެވޭނެޔޭ ކިޔާފައި. އެކަމަކު ފަހުން ވީ ކޮހިނެޔއތޯ. ފަސްގަނޑުމިތާ އޮތަށް އެވެސް ދީފައި އޭގެން ލިބޭ ފައިދާވެސް އެމީހންނަށްދީފައި އެންމެފަހުން އެވަރުން ނުވެގެން އޭޑީސީއޭ ކިޔާފައި ޖިޒީވެސް ދިވެހިން ޖީއެމްއާރަށް ދައްކަމުން ނޫންތޯ ދިޔައީ. ދައުލަތަށް ލޯލާރިއެއްވެސް ނުލިބި ގެއްލުމުގައި

    އިތުބާރެއް ނުކުރެވޭ. ރައީތުން ކުރެން ހޭވެސް އަހާ ނުލާ، މިނިސްޓަރު އަމިއްލައަށް ބަދަލުކޮށްލާ އުސޫލަކުން ޤައުމީ ސަލާމަތަށް ނުރައްކަލެއް ނުވޭ. އެކަމަކު އިންޑިޔާ ސިފައިންގެ އަދަދު ބުންނަސް ނުރައްކާވޭ.

  6. އޯކޭ

    އިންޑިއާ އާއި އިސްރާއީލް ފިޔަވައި އެހެން ކޮންމެ ގައުމަކަށް ދިނަސް އޯކޭ. ޒަމާނުއްސުރެ އަހަރުމެން އަޅުވެތި ނުވެގެން އުޅޭ ބައެއް އިންޑިއާކީ. ބޫޓާން އަތްދަށު ލައިގެން އުޅޭ ގޮތަށް ރާޢްޖެ އަށް ނެހެދިގެން އުޅެނީ. އެމީހުންހެ އަމިއްލަ ގައުމުގެ އެތައް ސަތޭކަ މިލިއަން އިންސާނުން ހާލުގަ އުޅޭ އިރު އަހަރުމެންނަށް ހެޔޮއެދިގެން އަންނާނެތަ.

  7. ދޮންބެ

    ފައްޔާޒް ވިދާޅުވީ ‘ސަރުކާރަށް އިތުބާރު ކުރާ ހުރިހާ ފަރާތްތަކުންނާއި، ސަރުކާރަށް ނަފްރަތު ނުކުރާ ހުރިހާ ފަރާތަކުން ސަރުކާރުން ދައްކާ ވާހަކަ ގަބޫލު ކުރާނެ ކަމަށެވެ.’ އެދެފަރާތެއް މިހާރަކުނެތް. ރޮޒޭއާ މޫކޭއާ ކަހަލަ ދެމީހަކު އުޅެނީ.

  8. ލިމްޝާ

    މަތްކަލާކޯ.. ކިހިނެއް ވެގެންތަ މިމީހުން މިއުޅެނީ.. ބިރުހީވާން ފަށައިފި.. ކޮވިޑައްވުރެ ބޮޑަށް މިމީހުންގެ މިރޭވުންތެރިކަމުން ސަލާމަތްވާން އެބަޖެހޭ

  9. ޥާނެ

    ޜާއްޖޭގެ ވައިގެ ބަނދަރުތައް 100 ފަސެންޓް ބޭދުގެ ބިދޭސީންނަށް ދިނުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލި ބިރުވެރިތަނަކަށްވެގެން ދާނެކަމެކެވެ

  10. އަޑަފި

    އާދެ ލައްބަ. ފާފު އާތުޅުން ވަކި ސަރަހައްދެއް، ވިއްކާލަން ކުރީ ސަރުކާރުން އުޅުނު އިރުވެސް، އެ ސަރުކާރަށް އިތުރުބާރު ކުރާ ފަރާތްތަކާއި، އެ ސަރުކާރަށް ނަފުރަތު ނުކުރާ އެންމެން ތިބީ އެކަމަށް ރުހި ޤަބޫލުވެގެންނެވެ. އެކަމަށް ދެކޮޅުހަދާ ވާހަކަ ދެއްކީ، ސަރުކާރާ ދެކޮޅު މީހުނާ ސަރުކާރަށް އިތުރުބާރު ނުކުރާ މީހުންނެވެ.

  11. އިނޫ

    ތި ހުވާގަ އެއްވެސް ބުރަދަނެއްނެތް. ސަބަބަކީ މާދަމާވެސް އިބޫވެސް އަންނިވެސް ބުނެފާނެ އަހަރުން ނުކުރަމޭ ހުވައެއް. ހުވާކުރީ ފައްޔާޒޭ.... އެހެންވީމާ އަހަުރެމެން އިންޑިޔާއަށް އެއަރޕޯޜޓްދިނަސް ކޮބާހޭ މައްސަލައަކީ.....

  12. މުހައްމަދު ޝާހް، ރ.ވާދޫ

    އެެންމެ ހިއްސާއެއްވެސް ނުވިއްކާނެ. އިނިޝަލް ބޮޑުޕޭމަންޓެއް ދަމާލާފަ، ސަރުކާރަށް ފައިދާގެ ޕަސެންޓެއް ދައްކާގޮތަށް މުޅި އެއާރޕޯޓް އެއްކޮށް ކުއްޔަށްދޭނީ. ތީގެ މާނަ އޮޅުވާލާފަ އެހެން ހިޔަޅުކަމެއް ކަލޭމެންކުރާނީ. ކަލޭމެންނަކީ ބުނާކޮންމެކަމެއް އޭގެ އިދިކޮޅަށް ކުރާބައެއް. އޮޅުވާލުމުގެ ތެރެއިން ހަދާއެއްޗެއް ރައްޔިތުން ބަލަންތިބޭ. ފައްޔާޒު މިކޮމެންޓް ކިޔާލާތި.

  13. ރައްޔިތު

    ފައްޔާޒު ކަލޭ ހަނދާންކުރާތި.. އަހަރެމެން މިތިބީ މަރުވެފަކާއެއްނޫން.

  14. ބޯގޯސް

    ކަލޭމެންނަކީ ކޮންބައެއް ދެން ކޮންބޭނުމެއްގަ ހެދި ގާނޫނެއްތީ ލާދީނީ ބައިގަނޑު

  15. ވަތަނީ

    މޑޕ ވެރިކަމަށް އައުމާއި އެކު ދައުލަތުގެހަރުމުދާ ވިއްކަން
    ފެށުމަކީ އާ ކަމެއްނޫނެވެ އެހެން އެވާ ސަ ބަބ ބަކީ އަމިއްލަ
    އުފެއްދުން ތެރިކަމުގެ ތެރެެއިން އާމްދަނީ ހޯދޭނެ ގޮތްތައް
    މޑޕ އަށް ނޭންގޭތީއެވެ ދެން މިކުރާ ކަމަކީ ރައްޔިތުން
    ޖޫރިމަނާ ކުރުމާއި ރައްޔިތުން އަތުން ޒާތް ޒާތުގެ ޓެކްސް ނެގުން އިތުރުކުރުމާއި ހަރުމުދާ ވިއްކުމެވެ މިއިން ކޮންމެ
    ކަމަކުންމެ ގައުމު ވެއްޓިގެން ދަނީ ފުން އަނދަވަޅަކަށެވެ
    މިކަންކަމަށް ރައްޔިތުން ދައްކަންޖެހޭ އަގު އަންދާޒާ ކުރެވޭ
    ވަރަށް ވުރެވެސް މާ ބޮޑެވެ.

  16. ދިރާސާ

    އިންޑިޔާއަށް ނޫނީ އެހެން ބަޔަކަށް ނުވިއްކާވާހަކަ އެ ބުނަނީ ވ ސާފްކޮށް.

  17. ....

    އިންޑިޔާއަށް ނޫނީ އެހެންބަޔަކަށޭ ބުނީމަ އެ ބުނެވެނީ އިންޑިޔާއަށް އެކަންޏޭ ދޭނީ....އެހެންބަޔަކަށް ނުދޭނަމޭ.... އެހެން ނޫނަސް މިއޮށްހާ ދުވަހުވެސް ދިވެހިން އެއަރޕޯޓް ހިންގީ ބޭރުމީހުންނަށް ދީގެނެއްނޫން...ކޮންމެހެން ދޭން ޖެހޭތަ ބޭރުގެ އެއްވެސް ބަޔަކަށް....ކަންކަން ކުރާ އިރު ބަލަން އެބަ ޖެހޭ އެއީ ކޮންކަހަލަ ގޮތަކަށް މާޒީ އޮތް ބައެއްތޯ...ހަން ފަތުރާ ސިޔާސަތު މީގެ ކުރިން އެތައް ފަހަރަކު އިންޑިޔާގެ ސިޔާސަތުން ފެނިފަހުރި އިރު އަހަރެމެންނަށް ތިކަމަށް އާނއެކޭ ނުބުނެވޭނެދޯ ފައްޔާޒް...

  18. އެލެކްސް ގެ ތަކަހޮޅި

    ހެހެހެ އޭނަޔަށް މާތްﷲ ގަންދީފަ ދޮގެއް ހަދާލުމަކީ ވަރައް ފަސޭހަކަމެއް! ލާދީނީ ކުދިންނަށް އިގޭނެ މިހިން ބުނީމަ!

    25
    1
  19. Anonymous

    ފައްޔާޒް ކަލެޔެއް ނޫނޭ މިގައުމު ހިނަގަނީ ކެނެރީ ނަޝީދޭ އޭނަ ލައްވާ ނިކަން ތިޔަ ހުވާ ކޮއްބަލަ އޭރައްވެސް ގަބޫލެއް ނުކުރާނަން.

    23
    1
  20. ާައޭނަ

    އެހެން ވީމާ އެ ހުވާ ކުރީ އިންޑިޔާ ނޫން ބަޔަކަށް ނުދޭނެ ވާހަކަ

    20
    1
  21. ސަމާ

    100% އިންޑިއާ ކުންފުނެޏެއް މިތަނަށް އަންނާނީ އިންޑިއާ ސަރުކާރުގެ ފުލް ބެކިން އާއި އެކު. ދެން ވާނީ ކިހިނެއް.
    ޖމރ އަކީވެސް އިންޑިއާ ސަރުކާރެއްނޫން. ނަމަވެސް އިންޑިއާ ސަރުކާރުން ޖެއްސި ވައްތަރު އަދި އަވީގައި ދިވެހިން ވިސާދޭން ތަޅުވާލިތަން ނުދެކެން ދޯ ؟

    21
    1
  22. ަސދަސ

    އަދީބުވެސް ﷲގަންދީ ހުވައެއްކުރި، ޔާމީންވެސް ކުރި، ކަލޭވެސް ތިކުރީ ދޯ ؟

    14
    2
  23. ކާފަބޭ2020

    ތިޔަގޮތަށް މަތިމައްޗަށްކިތައްހުވާކޮށްގެންތިބެ ޤައުމަށް ޣައްދާރުވަމުންތިޔަދަނީ! ޤާނޫނުއަސާސީގައޮވޭނޫންތޯ އިސްލާމްދީނާޚިލާފުއެއްވެސްމާއްދާއެއް މިޤާނޫނުއަސާސީއާ ޚިލާފުއެއްވެސްމާއްދާއެއް ނުހެދޭނެކަމަށް! ފައްޔާޒުހުއްދަ ނުދިނަސް މޯދީސްގެޗީފްމިނިންޓަރު ސޮއިކުރީމަޖެހޭނީ ހުއްދަވެސްދޭން! ނޫނީ ޖެހޭނީޓާޓާކިޔަން! އިސްލާހުޖާޑިއަށްލާފަ ވަޒީފާއިންއެކަހެރިކޮށްފަބަހައްޓާނީ

  24. އަލިބެ

    މައްކާރު! އިންޑިއާ އަށް ނޫނީ އެހެން ބަޔަކަށް ނުދޭނަމޭ!! ދެ މާނަ ދޭހަވާ އިބާރާތް ބޭނުން ކުރަނީ ޢިންޑިޔާ ނޫން އެހެން ބަޔަކަށް ނުދޭވާހަކަ ބުނަންތަ؟ ފުކެއްބޮޑުވަރު.

    18
    1
  25. ސަކޫން

    ތިމީހުން ކުރާ ހުވައަކީ ކަނޑު އަޅާ ރޮނގެއްފަދަ އެއްޗެއް. ރައްޔިތުން ނަށް އޮޅުވާލަން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ . ދައްކާ ވާހަކަ
    ގަ ބޫލު ކުރާކަށް ނުވާނެ.

    17
    1
  26. ޢަލީ.

    އަހުރެން (އިސްލާމް) ދީނަށާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީޔަށާއި ރައްޔިތުންނައް ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ވެރިކަންކޮއްދިނުމައް މާތްﷲ ގަންދީ ހުވައިކުރަން 🙏.

    13
  27. އަބްސީ

    މަޤާމަށް އަންނަނީވެސް ކިތައްމެ ހުވައެއްކޮށްގެން. އަދި މަގާމު ލިބުނީމަ މަޤާމަމް ހޯދަން ކުރާ ހުވާތަކާ ރައްޔިތުންނަށް ވެފައިވާ ވަޢުދު ހަދާން ނުހުރޭ. އެކަމަކު ހަނދާންކުރާތި ތިހުރިހާ ދޮގުތަކަކަށް ޖަވާބުދާރީ ވާންޖެހޭނެ ދުވަހެއް އަންނާނެކަން

    16
  28. ޝާނީޒް

    ކީއްވެތަ ދިވެހި ކުންފުންޏަކައް އެޔާޕޯޓެއް ހިންގަން ނުދެވިގެން މިއުޅެނީ. ؟ ތިޔަ ކަމުގައި ކަރަޕްޝަނުގެ ނުބައި ވަސް އެބަހުރި.. އޭސީސީއިން މިކަން ތަހުގީގުކުރަން އެބަޖެހޭ. ބޭރުބަޔަކުގެ ބޭނުމައް ގާނޫނާއި ގަވާއިދު ރިޝްވަތައް ހެދިގެން ނުވާނެ އަދި ވަކި ޕާޓީއެއްގެ ސިޔާސީ ފަންޑިންއަށްޓަކާ ހެދިގެން ނުވާނެ. ސިޔާސީ ޕާޓީތަކުގެ ގަވާއިދައް އެބަޖެހޭ ބަލާލަން... .

    14
  29. އަޅޯ

    އެންމެ ހެއްވާކަމަކީ މިވެރިން ގެންގުޅޭ ގާނޫނު އަސާސީއޭ އެކިޔާފޮތުގަ އޮވެޔޯ ވެރިކަމުގެ ބާރު ފެށިގެން އަންނަނީ ރައްޔިތުންގެ ކި ބައިންނޭ އެކަމު ރައްޔިތުން ހަނާކޮށްފަ ގަވްމު ވިއްކާ ނިމިއްޖެ ހެހެހެ!؟!؟!؟!؟!؟!؟!؟!؟!؟!؟!؟

    14
  30. ސަނީމާ

    ހަމަ ތިބީދާއިން އިންކަމް ސަޕޯޓުން ވައްކަން ނުކުރާކަމައް ހުވާ ކޮއްބަލަ..

    12
  31. ޙާލަތު

    އަޅުގަނޑަކީ ސަރުކާރާ ނަފުރަތްތެރިވެގެންއުޅޭ މީހެއްނޫން... އެކަމަކު ސަރުކާރުން ކުރާ މިފަދަ ޢަމަލުތަކަށް ނަފުރަތުކުރަން ދެކޮޅުވެސް ހަދަން. ނުބައި ނިޔަތެއް ނެތުމަކީ އެކަން އެގޮތަށް ނުވުމެއްނޫންދޯ.!!! ތީގަ ކަން ހިނގާގޮތަށް ބަލާއިރު ވައްތަރީ އިންޑިއާ އަށް ފަހައިދިންނލިބާހަކާ. #އިންޑިއާ އައުޓް. #ލާދީނީ ބިލް އައުޓް

    14
  32. އަލީ

    ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ގެ ބޭނުމަކީ ކަން ބުނެދެއްވަ ބައްލަވަ!

  33. ޖާބެ

    ކަލޯ ފައިސާ ޔަ ދުނިޔަވީ ދަހިވެެތިކަމުގަ މުޅިގަޢުމު ވިއްކައި ހުސްކޮށްފި

    10
    1
  34. ކޮތަރު

    އާދެ އާދެ ތިޔަބޭފުޅުން އެކަހަލަ އެއްވެސް ކަމެއް ނުކުރައްވާނެ. ދައުރު ހަމަކުރައްވާފަ ފައިބާ ވަޑައިގަންނަވާއިރު ތުއްތު ދަރިފުޅު ނިންދަވަން ގެންގުޅޭ އެނދުގަނޑުގެ ބޭނުންވެސް ކުރެވޭނީ މޯދީ ޅިޔަންބެ އަށް ޖިޒީ ދައްކައިގެން. ޙައްޖަށް ގޮއްސަ އައިސް، ތެތްމަސް ނުކާން ކަމަށްބުނެ ބުޅާ ވެސް ތިޔަ ކަހަލަ ހުވައެއް ކުރި.

  35. ހަސީނާ

    އެހެން ވެއްޖެއްޔާ އެ ބުނީ ދޭނަމޭ

    10
  36. ނަސޭހައް`

    މާތްﷲ ގެ ނަންފުޅުބޭނުންކުރަމަކީ ކޮންމެއްކޮމެއް ކަމަކަށް ވަރަށް ގޯސް ކަމައް

    12
  37. ށަލިންދާ

    ސަހިންދާ އަށް ނަސޭހަތް ލައިދިނުން ފުރަތަމަކމަަށް ހައްދަވާ؟ ކފރ

  38. ބަރުގޮނު

    ބިދޭސީންގެ ކަންތައް ޙައްލު ނުކުރެވެއްޖިއްޔާ އިސްތިޢުފާ ދޭނަމޭވެސް ހަމަ މި މިނިސްޓަރ ވިދާޅުވި. ބަޔަކު ފޮނުވާލިޔަސް އެކަމެއް ޙައްލެއްނުވޭ. ވިޔަފާރި ކުރާ ތަންތަނުގައި ފައިސާ ބަލައިގަންނަން ބިދޭސީން ތިބުމަކީ މަނާ ކަމެއް..... އެކަން އޮތީ އެހެންބާ.!!!! އެމީހުން ގެ މުދާ ލައިގެން އެމީހުން ހިންގާ ބޮޑެތި ފިހާރަތައް އެބަހުރި.

  39. ފަޔާ

    ފަޔާޒް ވިދާޅުވި ބޭރުގެ ލޭބަރުންގެ މަށްސަލަ ހައްލު ނުވެއްޖެނަމަ އިސްތިއުފާ ދޭނަމޭ. އެކަން ކޮށްފިތަ. ދޮގު ގެ މަށްޗަށްދޮގް.

  40. ނަޝީދު

    ކަލޭގެ ހުންނަ ހަޔާތް ކުޑަކަން މިހާރު ތިކަން އަޅުވަނީ ރައީސް ޔާމިން ބޮލުގަ ދޯ... ގަމާރާ ރައްޔިތުން މިހާރު އެއަށްވުރެ ލޯހުޅުވޭ އަދި މިއަދުގެ ސަރުކާރަށް ނަފްރަތި ކުރޭ ކަލޭތީ ހެލޭ ދަތެއްހެން ބަހައްޓާފަ ހުރި މީހެއް ތަނެއް ދޮރެއް އަންގާ ނުލާ މިޤޢުމުގެ ކަންތައް ނިންމާލާނެ.. ބުރާންތި..

  41. އެއްބަސް

    މާތްﷲ ގަންދީ ހުވާކުރިއަސް ނުކުރިއަސް ޤައުމުހިންގުމުގެ ނަމުގައި ބޮޑެތިލޯނުތައްނަގައި ފާޑަކަށް މާރުޅިގަދަވެގެން ނުކުރާކަމަކަށް ހަދަންއުޅުމަކީ ރަނަގަޅުކަމެއްތަ ތަންތަންވިއްކަނީ

  42. އިބްރާ

    ދިވެހި ލޮބުވެތި ރައްޔިތުންނޭވެ. މިވެރިން ދައްކާ ވާހަކަ އެއްގޮތަކަށްވެސް ޤަބޫލްކުރާކަށްނުވާނެ. މިހާތަނަށް ހެދީ ހުސްދޮގު. އިންޑިޔާއާއި އެކު ހަދާފައިހުރި އެއްވެސް އެގްރިމެންޓެއް ދައްކާކަށެއް ބޭނުމެއްނުވޭ. ލީކްވީ ހުރިހައި އެގްރިމެންޓެއްވެސްހުރީ އިންޑިޔާގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ގެންދާގޮތަށް. ކީތްވެތޯ މިވަރުގެ ބޮޑެތި ކަންކަން ރައްޔިތުންގެ މަޖިލީސް މެދުވެރިނުކޮށް ގެންދަނީ؟

  43. Anonymous

    ދޮގުހުވާ އެއީ ކޯޗެއްކަން ކަލޭނުދަންނާނނެ

  44. ނޫސް ވެރިޔާއަށް

    މި ޚަބަރުގެ ސުރުޚީ އޮތީ ނުބަިކޮށް މާނަ އޮޅޭގޮތަށް
    "ރައްޔިތުންނަށް. އަޅުގަނޑުމެން ދައްކާ ވާހަކަ އަނބުރައިގެން ގެންދަވާ ބޭފުޅުންނަށް އިތުރަށް އަޅުގަނޑު މިއަށްވުރެ ވަރުގަދަ ކޮށް ބުނަންޏާމުން ދެންނެވޭނީ މާތްﷲ ގަންދީ ހުވާކޮށްފައި މި ދަންނަވަނީއޭ އިންޑިއާއަށް " ނޫނީ" އެެހެން ބަޔަކަށް އަޅުގަނޑުމެންގެ އެއާޕޯޓެއްގެ އެންމެ ހިއްސާއެއްވެސް ވިއްކުމުގެ ވިސްނުމެއްވެސް ނިޔަތެއްވެސް އެއްވެސް އެއްޗެއް ނެތޭ." ފައްޔާޒް ވިދާޅުވިއެވެ." ފައްޔާޒު އެބުނީ ރަނގަޅަށް އިންޑިއާ ނޫން ބަޔަކަށް ނުވިއްކާނެ ވާހަކަ😅

  45. ގަދަކުޑޭ

    "ވަރަށް ސާފްކޮށް މި ދަންނަވަނީ ދިވެހި އެންމެހާ ރައްޔިތުންނަށް. އަޅުގަނޑުމެން ދައްކާ ވާހަކަ އަނބުރައިގެން ގެންދަވާ ބޭފުޅުންނަށް އިތުރަށް އަޅުގަނޑު މިއަށްވުރެ ވަރުގަދަ ކޮށް ބުނަންޏާމުން ދެންނެވޭނީ މާތްﷲ ގަންދީ ހުވާކޮށްފައި މި ދަންނަވަނީއޭ އިންޑިއާއަށް ނޫނީ އެެހެން ބަޔަކަށް އަޅުގަނޑުމެންގެ އެއާޕޯޓެއްގެ އެންމެ ހިއްސާއެއްވެސް ވިއްކުމުގެ ވިސްނުމެއްވެސް ނިޔަތެއްވެސް އެއްވެސް އެއްޗެއް ނެތޭ." މީގަ އޮތް އެއްޗެއް ވަރަށްރަގަޅަށް ވިސްނަވާ

  46. ޝިޔާމް

    މާތްﷲ ގަންދީ ހުވާކޮށްގެން ވެރިކަމާއި ހަވާލުވެތިބީވެސް. އެކަމަކު އިސްލާމްދީނަށް ހަޖޫޖަހާމީހުންނަކީ އެންމެ އަރިސް މީހުން.

  47. އަފީ

    ބިދޭސީންގެ ކަންތައް 1 އަހަރުގެ ތެރޭ ހައްލުނުވެއްޖެ ނަމަ އިސްތިއުފާ ދޭނަމޭވެސް ބުނި ކޮންތާކު މިޖެހުނީ

  48. ވިސްނާޢީސަގެ ދަރި

    އިންޑިޔާއަށް ދެނީކީ ނޫނޭ!~ އިންޑިޔާއިން ހިނގަން ދެނީއޭ! ދެން ލިބޭ ނަފާގެ 80 ޕަސެންޓް އިންޑިޔާއަށް 20 ޕަސެންޓް ޖީބަށް! މިއީ އޮތް ގޮތަކީ!

  49. ދިވެހިލޭ

    މާތްﷲ ގަންދީ ހުވާކޮށްފައި މި ދަންނަވަނީއޭ އިންޑިއާއަށް ނޫނީ އެެހެން ބަޔަކަށް އަޅުގަނޑުމެންގެ އެއާޕޯޓެއްގެ އެންމެ ހިއްސާއެއްވެސް ވިއްކުމުގެ ވިސްނުމެއްވެސް ނިޔަތެއްވެސް އެއްވެސް އެއްޗެއް ނެތޭ." ފައްޔާޒް ވިދާޅުވިއެވެ.

    މިއޮތީ ބުނެފަ އިންޑިއާ ނޫނީ އެހެން ބަޔަކަށްނުދޭނަމޭ
    މާނައަކީ އިންށިއާ އަށްދޭނަމޭ ބުނެފަ މިއޮތީ ހުވާކޮށްފަ
    ރައޔިތުން ވިސްނާ ފުންކޮށްވިސްނާ
    އިންޑިއާ އަށް ދޭނަމޭ އެހެން ބަޔަކަށް ނުދޭނަމޭ

  50. އިބްރާހިމް

    ފައްޔާޒު ވިދާޅުވީ އިންޑިޔާ ނޫނީ އެހެން ޤައުމަކަށް ނުދޭނެކަމަށް . ވަރަށް ސާފްކޮށް އެވިދާޅުވީ ހަމައެކަނި އިންޑިޔާއަށް ދޭވާހަކަ. އަދި އިންޑިޔާގެ ދުޝްމަނުންނަށް ރާއްޖޭގައި އެއްވެސް ފުރްސަތެއް ނެތްވާހަކަ. ދުނިޔޭގެ ހުރިހައި ޤައުމަކާއި އިންޑިޔާ ޖެހިއްޖެނަމަ ދިވެހިން ހުރިހައި ކަމެއްވެސް ކުރަންޖެހޭނީ އިންޑިޔާއިންނެވެ.