މިއަދު ކޮވިޑް-19 އަށް އިތުރު 372 މީހަކު ފައްސިވެއްޖެއެވެ.
މިއަދު މާލެ އިން 125 މީހުން ކޮވިޑަށް ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 215 މީހުން ކޮވިޑަށް ފައްސިވިއެވެ. އޭގެ އިތުރުން ހިންގަމުން ގެންދާ ރިސޯޓްތަކުން 30 މީހުން، ސަފާރީތަކުން އެކަކު އަދި އިންޑަސްޓްރިއަލް ރަށަކުން އެކަކު މިއަދު ފައްސިވިއެވެ.
މިއަދަކީ ޖޫން މަހުގެ 06 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.
މިއަދު 5262 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. އެހެންކަމުން މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން %7 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއަދަކީ މިމަހުގެ 01 ވަނަ ދުވަހަށް ފަހު އެންމެ ގިނަ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ.
މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް އިތުރުވި ނަމަވެސް ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 8703 އަށް މަދުވެފައެވެ. މީގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ތިބީ 82 މީހުންނެވެ.
މަށްޗަކަށް ނުދޭ.އަވަހަށް ލުއި ދީ.މިއޮތީވާސަރުކާރެއް ގެނެވިފަ.ދޯހަޅި ސިޔާސަތުން ރައްޔިތުން ބިކަވެ ހަނާވަނީމި.
ހާދަ ވިސްނުން ރަގަޅު ވައިރައެސްއެކޭ، ޤައުމަށް ލުއިދޭން ބުނާއިރަށް ވައިރަސްތަށް ބިރުން ބޭރަށް ނުކުމެގަތީ ލުއިދީފާނެތީ. ރައްޔިތުންގެ ގިނަބަޔަކަށް އެގޭތިކުޅޭކުޅިގަނޑު. ވެރިކަމުގެ ބާކީ ދުވަސްކޮޅު ތިހެން ހިތްވަރު ކޮށްލާ
މިހާރު ދިވެހިންނަން ހުއްނާނީ ރާކަނިމަސް ކެވިފައި ، ޔާމީނު ވަށްކަންކުރެޔޭ ކިޔާފަ ސޯލިހެއް ގެނައީ ވަށްކަމެއްނުކުރޭ ރައްޓެހިންނަށް ހަޒާނާ ބަހާ ހުސްކޮށްފި ރައްޔިތުން ހަނާވަނީ ، އިސްލާމްދީނަސް ފުރައްސާރަކުރުން ޔާ ހަބޭސް ގައުމު އަޅުވެތިކޮށްފި