ސަރުކާރުން ރޭ އިއުލާންކުރި "ގެދޮރުވެރިޔާ" ލޯން ސްކީމަށް މި މަހުގެ ތެރޭގައި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް ލޯނު ދޫކުރަން ފަށާނީ މި އަހަރުގެ ފަހުކޮޅު ކަމަށް ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ބުނެފި އެވެ.
"ގެދޮރުވެރިޔާ" ލޯން ސްކީމަކީ ހައުސިން މިނިސްޓްރީ އަދި އެޗްޑީއެފްސީ ގުޅިގެން ރަށްރަށުގައި ދިރުއުޅޭ މީހުންނަށް ގެދޮރު ބިނާކުރަން ލުއިގޮތްތަކެއް ފަހިކޮށްދޭން ކުރިޔަށް ގެންދާ ސްކީމެކެވެ. މި ލޯނު ސްކީމްގެ ތެރެއިން ގެދޮރު އިމާރާތްކުރުމަށާއި ގެދޮރު މަރާމާތްކުރުމަށް ބޭނުންވާ ފައިސާ ލިބޭނެ އެވެ.
ގެދޮރުވެރިޔާ ލޯނު އިއުލާންކުރަން ބޭއްވި ހަފްލާގައި ލޯނާ ގުޅޭގޮތުން މައުލޫމާތުދެމުން އެޗްޑީއެފްސީގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ޝަފީގު ވިދާޅުވީ މި ލޯނު ފަރުމާކުރީ ލޯނަށް އެދާ ފަރާތްތަކަށް ވީހާ ވެސް ލުއިގޮތަކަށް ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މި ސޯޝަލް ސްކީމް ލޯންތަކަކީ މި ފަރާތްތަކަށް ވަރަށް ފަސޭހައިން މީގައި ބައިވެރިވެވި އަދި އެ ފަރާތްތައް ބޭނުންވާ މަގުސަދު ހާސިލުކުރެވޭނެ ޕްރޮގްރާމަކަށް ވުން" ޝަފީގް ވިދާޅުވި އެވެ.
މި ފޯމުތައް ބަލައިގަނެ ލޯނު ލިބޭނެ ފަރާތްތައް ކަނޑައަޅާނީޕްލޭނިން މިނިސްޓްރީ އާއި އެޗްޑީއެފްސީ ގުޅިގެން އެކުލަވާލައިފައިވާ ޖޮއިންޓް ކްރެޑިޓް ކޮމިޓީއަކުންނެވެ.
މި ލޯނަށް ޝަރުތު ހަމަވަނީ، ލޯނަށް އެދޭ ފަރާތުގެ ނަމުގައި އެހެން ބިމެއް ރަޖިސްޓްރީ ވެފައި ނެތުމާއި ބިން ރަޖިސްޓްރީ ވެފައިވާ ރަށުގެ ރަށްވެއްސަކަށް ވުމާއި، ރަށްވެހި ވެފައިވާ ރަށުގައި ލޯނަށް އެދޭ ފަރާތް ނުވަތަ އެ މީހެއްގެ އާއިލާ ދިރިއުޅޭތާ މަދުވެގެން ތިން އަހަރުވެފައިވާ މީހުންނަށެވެ.
ޢެމް ޑީޕީ މިދައުރުގެ ވެރިކަމާއި ހަވާލުވިފަހުން ފްލެޓެއް ދޫކުރެވިފަވާ ފަރާތެއް ވަދެފައި ހުރި އެންމެ ފަރާތެއްވެ ސް އެބަހުރިތަ؟؟؟ ރަނގަޅު ނިޔަތެއްގައި ކުރަނީނަމަ އިންތިޙާބައް މަޑުނުކޮށް ފްލެޓް ދީބަލަ. މީހުން ވަންނާނެ ތަނެއް ނެތިގެން މިވަގުތު ތިބީ ވަރަށް ހާލުގައި
ހާކިމާއަށް.
އަޅުގަނޑުމެން އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުމީހާވެސް ބޭނުންވަނީ އަބުރުވެރި، ތޯހިރުކަންމަތީތިބެ ތޯހިރު ރިވެތި ދިރިއުޅުމެއް އުޅެވޭނެ ބޯހިޔާވެހިކަމެއް. ލޯނު> ހަޕަސަންޓް> ކުޑަ އިންޓަރެސްޓް> މިކުޑަ އިންޓަރެސްޓުން ސަލާމަތްވާނެ އެެއްވެސް ގޮތެއް ...ބޭނުންވަނީ ލިބިފައިވާ ބިންކޮޅުގައި ސަރުކާރުން ގެދޮރުއަޅުއްވާފައި ދިގުމުއްދަތުން ފައިސާ ނަގާ ހަލާސްކުރާގޮތަށް ހައްދަވައި ދެއްވުން.
މިސަރުކާރު ގެ ޖުމުލަ ދަރަނި މިވީ ދެ އަހަރު ބައި ތެރޭގައި 39 ބިލިޔަން
ކުރީ ސަރުކާރުގެ 5 އަހަރު 19.5 ބިލިޔަން
ދެން ކިހިނެއްތޯ ... ގައުމު ބަނގުރޫޓް ނުވެދާނީ
ލޯނު ތިޔަދެނީ އަމާ ބުނީތީ ފަރަށްދާ އުސޫލުން
ތިކަން އިނގޭ. އިންޑިއާ އަށް ގައުމު ވިއްކާ ހުސްކުރާވާހަކަ މެދުކަނޑުވާލަން ދޫކޮށްލި އެއްޗެއް ތިއީ.
މިދާގޮތުން އެއްކޮޅަކުންވެސް ލައްވައެއްނުލާނެ..މާލޭމީހަކަށް ނުވި ރާއްޖެތެރޭ މީހަކަށްވެސް ނުވި ..ދެބޯހަލާކު
މައުމޫނު ވެރިކަމުގަވެސް ތިކަހަލަ ލޯނުތައް ތައާރަފްކުރި. ލެއްގީ ހަމަ ލައްގާ ހުރަޔަށް..ނިކަމެތިން ވީ އަދިވެސް ނިކަމެތި ހާލުގައިބޯހިޔާވަހިކަމެއްނެތް.
މުވާސަލާތީ ޚިދުމަތުގެ ހެޔޮ އަގުވެސް އަހަރު ނިމޭކޮޅަށް
ލޯނުވެސް އަހަރު ނިމޭކޮޅަށް
ވެރިކަން ކިހިނެތްބާވާނީ؟
ތިޔަ ބުނާ ލޯނު ލިބޭނީ 2060 ހިސާބުގަ ކަމަށް ބެލެވެނީ
ގިނަ ރަށްރަށުން ގޯތިދެނީކީނޫން، ރަނގަޅު ސިއްހީ ފަރުވާއެއްނުލިބޭތާގަ، މުހިއްމު ގިނަވަސީލަތެއްނެތް، ދެންކިހިނެއް ލޯނުދިނަސް އަދި އުޅެންބޭނުންވިޔަސް އުޅޭނީ....
ބީ އެމް އެލް އިން ގެދޮރުހަދަން ލޯނުލިބިފަ އިވާ ފަރާތްތަކަށް ގެދޮރު މޯގޭޖުކޮ އްފަ އިވާތީ އެޗް .ޑީ. އެސް.ސީ ލޯނު ހަމަޖެހިފަ ނެތްކަމަށް ގުޅާލީމަ މިބުނަނީ؟؟
ކުޑަ އިންޓްރެސްޓް. 20 އަހަރު ވަންދެން ދަރަނީގެ ދަންތުރައެއް.