ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) ގެ ސީއީއޯގެ މަގާމަށް ޑރ.އަބްދުލްހަންނާނު ވަހީދު ހަމަޖައްސަވައި، އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑަށް މެންބަރުން، އައްޔަން ކުރައްވައިފިއެވެ.

ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން އުފައްދަވާފައިވާ "އެމްކިއުއޭ"އަށް، އެ ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، ހަންނާނު އައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުގެ މަގާމާ އެއް ފެންވަރުގައެވެ.

ގާނޫނުގެ ދަށުން އެމްކިއުއޭ އުފެއްދުމުގެ ކުރިންވެސް އެ އޮތޯރިޓީގެ ސީއިއޯކަން އަދާކުރައްވަމުން ގެންދެވީ ހަންނާނެވެ.

ހަންނާނު ވަނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިން (ޓިވެޓް)ގެ ސީއީއޯގެ މަގާމާއި އަދި ތައުލީމީ ދާއިރާގެ އެކިއެކި މަގާމުތައް ހަންނާނު ފުރުއްވައިފައެވެ.

އޭނާ ޕީއެޗްޑީ ހާސިލުކުރައްވާފައި ވަނީ އެޑިއުކޭޝަންގެ ދާއިރާއިން އޮސްޓްރޭލިޔާގެ ކްއީސްލޭންޑް ޔުނިވަސިޓީ އޮފް ޓެކްނޮލޮޖީ އިންނެވެ.

އެމްކިއުއޭ ބޯޑަށް އައްޔަން ކުރައްވާފައިވާ ބޭފުޅުން:

1. ޑރ. އަބްދުލްހަންނާނު، ދަފްތަރު. ނަންބަރު ރސ 9682.

2. ހަދީޖާ އާދަމް، ގ.އަލަފަރު ހަޔާ އެޑިއުކޭޝަން ސްޓޭޓް މިނިސްޓަރު
(މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ އެއް މެންބަރު)

3. ޑރ އަހުމަދު އަލީ މަނިކު، މއ.މާނިކަ (މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގެ މާހިރުންގެ ތެރެއިން އައްޔަންކުރާ ދެ މެންބަރުންގެ ތެރެއިން މެންބަރެއް)

4. ޑރ އާއިޝަތު ރީޝާ، މ.ސްނޯޑައުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
(މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގެ މާހިރުންގެ ތެރެއިން އައްޔަންކުރާ ދެ މެންބަރުންގެ ތެރެއިން މެންބަރެއް)

5. ޑރ. މުހައްމަދު ޝަރީފް، މ.ޏަމްޏަމްގެ ވައިސް ޗާންސެލަރ / ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (ދިވެހިރާއްޖޭގައި ހިންގާ ޔުނިވަރސިޓީތަކުގެ ވައިސް ޗާންސެލަރުންގެ ތެރެއިން ޢައްޔަންކުރާ އެއް މެންބަރު)

6. އާދަމް ހަލީމް، ދަފްތަރު. ނަންބަރު ރސ 2064 ޑިރެކްޓަރ އޮފް ޕްރޮގްރާމް / މޯލްޑިވްސް އިންސްޓިޓޫޓް އޮފް ޓެކްނޯލޮޖީ (ޓެކްނިކަލް އެންޑް ވޮކޭޝަނަލް ދާއިރާއިން ޢައްޔަންކުރާ އެއް މެންބަރު)

7. މޫސާ މުހައްމަދު މަނިކު، ސޯސަންގެ/ރ.ފައިނު ޑިރެކްޓަރ / ވިލާ ކޮލެޖް
(ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމު ފޯރުކޮށްދޭ އަމިއްލަ ކޮލެޖްތަކުގެ ހިންގުމުގެ ދާއިރާއިން އައްޔަންކުރާ އެއް މެންބަރު)