ގއ. ކޫއްޑޫ އެއާޕޯޓު ބޭރު ބަޔަކާ ހަވާލުކުރި ތާރީހާ ހެދި ކުރީ ސަރުކާރުގެ އިގްތިސާދީ ވަޒީރު، މުހައްމަދު ސައީދާއި، މިހާރު އެ މަގާމުގައި ހުންނެވި މިނިސްޓަރު ފައްޔާޒް އިސްމާއިލްއާ ދެމެދު ބަހުގެ ހަމަލާތަކެއް ރައްދުކޮށްފިއެވެ.
އެފްއައިޑީއަށް ސަރުކާރުން ގެނައި ބަދަލު އިއްޔެ ގެޒެޓްގައި ޝާއިއު ކުރިއިރު ބޭރުގެ 100 އިންސައްތަ ހިއްސާވާ ކުންފުނިތަކަށް އެއާޕޯޓް ހިންގޭ ގޮތަށް ދޫކޮށްލުމުން އިދިކޮޅުގެ ފާޑުކިޔުން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. އެމްޑީޕީގެ ބައެއް މެމްބަރުންނާއި އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުންވެސް މިކަމަށް އަމާޒުވީ ވައިގެ ޓްރެފިކްގެ ކޮންޓްރޯލް ވެސް ދޫކޮށްލާ ގޮތަށް އެ އުސޫލު އޮތުމުންނެވެ.
ނަމަވެސް ގެޒެޓުގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ވަނީ އިބާރާތުގެ ކުށެއް ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވިއެވެ. އަދި ކުރީގެ ސަރުކާރުގައި ބޭރުގެ 100 އިންސައްތަ ހިއްސާވާ ކުންފުނިތަކަށް އެއާޕޯޓް ހިންގޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް 75 އިންސައްތަ ހިއްސާވާ ގޮތަށް ގަވާއިދު އިސްލާހު ކުރީ މި ސަރުކާރުގައި ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ވަނީ ގއ. ކޫއްޑޫ އެއާޕޯޓާއި ނ. މާފަރު އެއާޕޯޓް 100 އިންސައްތަ ހިއްސާވާ ބޭރުގެ ކުންފުންޏަކަށް ދޭން ނިންމައިފައެވެ. މި ދެ އެއާޕޯޓް ވެސް ދޭން ނިންމީ ސިންގަޕޫރްގެ ކުންފުންޏަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައި ނުވާ ކުންފުންޏެެެއް ކަމުގައި ފާހަގަކުރެއްވިއެވެ.
މި ވާހަކަތަކާ ގުޅިގެން ކުރީގެ ވަޒީރު، އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު ކުރެއްވި ޓްވީޓަކު ވިދާޅުވީ މިނިސްޓަރު ފައްޔާޒްގެ މައުލޫމާތު ރަނގަޅުކޮށްލަން އެދިވަޑައިގެންނަވާ ކަމަށެވެ. ކޫއްޑޫ އެއާޕޯޓު ދީފައިވަނީ 2010 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށް ސައީދު ވިދާޅުވިއެވެ.
"ފައްޔާޒްގެ މައުލޫމާތު ރަނގަޅުކޮށްލަން އެދެން. ކޫއްޑޫ އެއާޕޯޓް ދީފައިވަނީ 2010 ވަނަ އަހަރު. އެ އަހަރު ވެރިކަމުގައި ހުންނެވީ ކާކުކަން މިނިސްޓަރަށް ކިޔައިދޭން ނުޖެހޭނެ. އެ މަޝްރޫއުގެ ބިޑް ކޮމިޓީގެ ޗެއާ ކަން ކުރެއްވީ ކޮން ބޭފުޅެއްކަން އެނގިވަޑައިނުގަންނަވާ ނަމަ އަންގާލަދެއްވާ" ޕީއެންސީގެ ނައިބު ރައީސް، ސައީދު ވިދާޅުވިއެވެ.
Get your facts right @faya_i . Kuddoo Airport was awarded during 2010. Surely I don’t have to tell u who the President was at the time. Let me know if you have troubles knowing who the bid committee chair was.
— Mohamed Saeed (@em_saeed) June 14, 2021
ސައީދުގެ މި ޓްވީޓަށް ރައްދު ދެއްވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ 2014 ވަނަ އަހަރާ ހަމައަށް ކޫއްޑޫ ހިންގަމުން އައީ ރީޖަނަލް އެއާޕޯޓްސް އިން ކަމަށެވެ. ނަމަވެސް އެ އަހަރު އެ އެއާޕޯޓު ބޭރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏަކަށް ދިން ކަމަށް އޭނާ ވިދާޅުވިއެވެ.
އުންމީދުކުރަނީ އެމްޑީޕީގެ އޭރުގެ ވެރިކަމުގައި ހަދާފައިވާ އެއްބަސްވުމަށް އެނބުރި ދިއުން ކަމަަށް ފައްޔާޒު ވިދާޅުވިއެވެ.
"2014 ވަނަ އަހަރު ވެރިކަމުގެ ހުންނެވީ ކާކުކަމާއި އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވީ ކާކުކަންވެސް ސައީދުއަށް އެނގިވަޑައިގަންނަވާނެ. އިތުރަށް ސާފުކޮށްލުމަށް އިކޮނޮމިކް މިނިސްޓްރީގެ ޕްރެސް ބައްލަވާ" ފައްޔާޒް ވިދާޅުވިއެވެ.
Honorable MP. Koodoo airport development yes but it was operated by Regional Airports until in 2014 operation was given to A 100% foreign owned company. I think in 2014 you will know who President was and who Economic Minister was. Hope this is clear. Pls c @MoEDmv press release https://t.co/VQi5pt6cr0
— Fayyaz Ismail (@faya_i) June 14, 2021
ކޫއްޑޫ އެއާޕޯޓަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ތަރައްގީ ކުރި އެއާޕޯޓެކެވެ. ސިންގަޕޫރުގެ ބޮނަވިސްޓާއާ ހަވާލުކޮށްގެން ގާތްގަނޑަކަށް ހަތް މަސް ދުވަހުގެ ތެރޭގައި އެ އެއާޕޯޓް ނިންމާފައިވެއެވެ. ނަމަވެސް އެމަނިކުފާނު އިސްތިއުފާދެއްވުމުން އެ އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ 2012 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ވަހީދެވެ.
ސަރުކާރުން ހިންގަމުން ދިޔަ އެ އެއާޕޯޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެއާޕޯޓުގެ ހިންގުން ސިންގަޕޫރުގެ ކުންފުންނަކަށް ހަވާލުކޮށްފައި ވަނީ 2013 ވަނަ އަހަރު ކުރގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެއާޕޯޓު ތަރައްގީކޮށް ރަސްމީކޮށް ހުޅުވާފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ކޫއްޑޫ އެއާޕޯޓުގެ ހިންގުން އަމިއްލަ ކުންފުންޏަކާ ހަވާލުކުރީ ސަރަހައްދީ އެއާޕޯޓުތައް ހިންގުމަށް ސަރުކާރުން ބޮޑު ހަރަދެއްކުރަން ޖެހޭތީ ކަމަށް އެ ސަރުކާރުން އޭރު ހާމަކޮށްފައިވެއެވެ.
ކޮ އްމެ ކަމެ އްގަ ކުރީސަރުކާރު ބުނެ ކަމުން ބަރީ އަވަނީ މިސަރުކާރުގަ....ކުރީސަރުކާރުން ކޫ އްޑޫ އެ އާރޕޯޓު ސިންގަޕޫރުގެ ކުންފުނިން ހިންގުމަކުން ގަ އުމަށް ރަ އްޔިތުންނަލިބުނު ގެ އްލުމެ ދެރަ އެ އް ނެތް..ދުރު މުސްތަގުބަލުގަވެސް ގެ އްލުމެވާނެކަމެ އޮތްކަމެ އެގެން އޮތްނަމަ އޭރުގެ ގަވާ އިދު މިސަރުކާރުން ހާމަކުރީސް...ދިވެހިންގެ ކޮންޓްރޯލެނެތި ވަ އިގެ އުދުހުން ބޭރުބަ އެ އްގެ އަތްދަށަށް ނުދާނެކަން ޔަގީންކަން އެސަރުކާރުން ރަ އްޔިތުންނަ ޔަގީންކަން ލިބުނީ ތިގޮތަށް ގަދަބަސް ބުނެގެނެނޫން.. އަމަލުން ދަ އްކަދިނީ..
ކުރި ސަރުކާރު މިސަރުކާރު، ކުރި ސަރުކާރު މިސަރުކާރު، ކުރި ސަރުކާރު މިސަރުކާރު، ކުރި ސަރުކާރު މިސަރުކާރު، ކުރި ސަރުކާރު މިސަރުކާރު، ކުރި ސަރުކާރު މިސަރުކާރު، ކުރި ސަރުކާރު މިސަރުކާރު، ކުރި ސަރުކާރު މިސަރުކާރު، ކުރި ސަރުކާރު މިސަރުކާރު، ކުރި ސަރުކާރު މިސަރުކާރު، ކުރި ސަރުކާރު މިސަރުކާރު، ކުރި ސަރުކާރު މިސަރުކާރު، ކުރި ސަރުކާރު މިސަރުކާރު، ކުރި ސަރުކާރު މިސަރުކާރު، ކުރި ސަރުކާރު މިސަރުކާރު، ކުރި ސަރުކާރު މިސަރުކާރު، ކުރި ސަރުކާރު މިސަރުކާރު، ކުރި ސަރުކާރު މިސަރުކާރު، ކުރި ސަރުކާރު މިސަރުކާރު، ކުރި ސަރުކާރު މިސަރުކާރު، ކުރި ސަރުކާރު މިސަރުކާރު،
ކޮންސަރުކާރެއް؟
ދެސަރުކާރުވެސް އަދި ކުރީގެ ސަރުކާރުތައްވެސް.
އެސަރުކާރުގައިވެސް މިސަރުކާރުގަވެސް ކުރީ ސަރުކާރު ތަކުގަވެސް ދިވެހި ރައްޔަތުން، ކުުރީ ރައްޔަތުން، މިއަދު ރައްޔަތުން، ކުރީދުވަސްތަކުގެ ރައްޔަތުން އަދި މުޅީންވެސް ރައްޔަތުން. މިއީ ކޮންވާހަކައެއްތޯ...؟
ބަލަގަ ކުރީގެ ސަރުކާރު މާރަގަޅީތަ ؟ ކުރީ ހުސް ވައްކަން ...... .ވައްކަން .........
ތީ ޖީ އެމް އާރަށް އެއާޕޯޓު ވިއްކި މީހާ ކޮންމެފަދަކަމެއްވެސް ކޮށްފާނެ ހުވާކުރާކަށް ބިރެއް ނުގަންނާނެ ހެއްދެވިފަރާތްދެކެބިރެއްނުގަންނަ މީހެއް
ތެދު ހަދަނީ ސައީދު. ފައްޔާޒު ކަންއޮތްގޮތް އޮޅުވާލަނީ. އެއަރޕޯޓް ހަދަން ދިނީ ނަޝީދުގެ ވެރިކަމުގައި. ފަހުން ކުރި ކަމަކީ ތަނުގެ އެގްރީމަންޓަށް ބަދަލެއް ގެނެސްފައި އެއަރޕޯޓްގެ ރަންވޭ ދިގުކުރުމަށް ހުއްދަ ދިނީ. މިވާހަކަ ފައްޔާޒު އެދައްކަނީ.