ހދ.ހަނިމާދޫން ކޮވިޑް-19 އަށް ބަޔަކު ފައްސިވުމުން އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސް ރަށުގައި ކާފިއު ހިންގަމުން ދާއިރު ވެސް އެރަށުގައި ތިބޭ އިންޑިއާ ސިފައިންނާއި އެމީހުންގެ އާއިލާތަކުން ގެއިން ބޭރަށް ނިކުމެ، ކުޅިވަރު ކުޅުމާއި، މަގުމަތީގައި ހިނގުން ފަދަ ކަންކަން އެއްވެސް ހުރަހެއް ނެތި ކުރަމުން އަންނަ ކަމަށް އެރަށުން މައުލޫމާތު ދިން މީހުން ބުނެފިއެވެ.

އިންޑިއާ އިން ރާއްޖެ އަށް "ހަދިޔާ ކޮށްފައިވާ" ޑޯނިއާ ފްލައިޓް ދުއްވަން ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ހަނިމާދޫގައި ވެސް ތިބެއެވެ. އިންޑިއާ ސިފައިންގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ އެމީހުންގެ އަނބިންނާއި ދަރިން ވެސް ހަނިމާދުއަށް ގެނެސްފައެވެ.

ހަނިމާދު އިން ކޮވިޑް ފެނުމާއި ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތައް ގެނައީ މިމަހުގެ 09 ވަނަ ދުވަހު އެވެ. އެރަށުގައި ކާފިއު ހިންގަނީ ކޮންމެ ރެއެއްގެ 21:00 އިން ހެނދުނު 06:00 އަށެވެ. ދުވާލު ވަގުތުތަކުގައި ވެސް ކޮންމެހެން ގެއިން ބޭރަށް ނިކުންނަން ޖެހިގެން ނޫން ގޮތަކަށް ގެއިން ބޭރަށް ނިކުތުން ވަނީ ކައުންސިލުން މަނާކޮށްފައެވެ. އަދި ގިނަ މީހުން އެއްތަނަކަށް އެއްވުމާއި، ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިއުން ވެސް އެޗްޕީއޭގެ ގައިޑްލައިންގެ ދަށުން މަނަލެވެ.

ނަމަވެސް ހަނިމާދޫން ވާހަކަ ދެއްކި މީހުން ބުނާ ގޮތުގައި އިންޑިއާ ސިފައިންނާއި އެމީހުންގެ އާއިލާތަކުން ކޮންމެ ދުވަހަކު ވެސް ކުޅިވަރު ކުޅެން ނިކުމެއެވެ. އިންޑިއާ ސިފައިން ކްރިކެޓް ކުޅޭ މަންޒަރު ފެންނަ ފޮޓޯތައް ވެސް މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

"އެއްވެސް ބަޔަކު އެމީހުންނަށް ފިޔަވަޅެއް އަޅާ މަންޒަރެއް ނުފެނޭ. މީގެ ކުރިން ބައެއް ރަށްރަށުގައި ކުޅިވަރު ކުޅެން ތިބި ޒުވާނުން ވެސް ޖޫރިމަނާ ކޮށްފައިވޭ. ނަމަވެސް މިރަށުގައި ތިބޭ އިންޑިއާ ސިފައިންނާއި ހަމައަށް ފުލުހުން ވެސް އަދި ކައުންސިލުން ވެސް ނުދޭ. އެމީހުންގެ މައްޗަށް ގާނޫނެއް ނުހިނގާ." ހަނިމާދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ހަނިމާދޫން ވާހަކަ ދެއްކި އިތުރު މީހަކު ބުނީ ރޭގަނޑު ކާފިއު ގަޑީގައި ވެސް އިންޑިއާ މީހުން މަގުމައްޗަށް ނިކުމެ އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް އެއްވެސް ފިޔަވަޅެއް އެމީހުންނަށް ނާޅާ ކަމަށެވެ.

މިކަމާއި ގުޅިގެން ހަނިމާދޫ ކައުންސިލްގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި ކާމިޔާބެއް ނުވެއެވެ. ހަނިމާދޫ ކައުންސިލްގެ އެންމެ މެންބަރަކު ފިޔަވައި ދެން ތިއްބަވަނީ އެމްޑީޕީގެ މެންބަރުންނެވެ.

އިންޑިއާ މީހުން މޮނިޓަރިންގެ ހާލަތުގައި އޮތް ހަނިމާދޫގައި ބޭނުން ގޮތަކަށް އުޅެމުން ދާއިރު އިންޑިއާ ސިފައިން ރާއްޖޭގައި ގިނަ ވަމުން ދާތީ އެތައް ބަޔަކު މިހާރު ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހަނިމާދޫގެ އިތުރުން ލ.އަތޮޅު ކައްދޫ އަދި އައްޑޫ ސިޓީ ގަމުގައި ވެސް ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ތިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ތިއޮތީ ބޯންއުޅުނު ބޮނޑި ބޮވިފަ ދެން އިބޫއަށް ވޯޓުދިން މީހުން ބާރަށް އަތްޖަހާ ، ވަށްކަމެއްނުކުރެ ހަޒާނާ ދޮވެލައިފި ، ކޮބާ ފިނޭ ގަފޫރު

    78
  2. އަހދ

    ކޮބާ މައްސަލަ އަ ކި؟

    9
    56
    • ވިސްނާލުމަށް އެދެމޭ

      މަ އްސަލަ ފެންނާނީ ބު އްދި ސަލާމަތުން ތިބޭމީހުންނަ...ތިމާމެންނަކީ ހަތަރެސްފަ އިގަ ހިގާބަޔަކަށްނުވެ ހަމަ އިސްކޮޅަށް ތެދުވެ ދެފަ އިން ހިގާ ބަޔަކަށްވެގެން... އިންޑިޔާގަ ޕޭމަންޓް މަތީގަ ނިދާފަ އޮންނަ މީހަކަށް ގޮވާލާފާ އަހާލަ ބަލަ ދިވެހިންނާ އިންޑިޔާ މީހުންގެ ތަފާތަކީ ކޮބަ އިތޯ...ވަތަނީ ލޯތްބެ ގަ އުމީ ލޯތްބެ ދީނީ ލޯތްބެ ވަކިނުވާ ދިވެހިންގިނަވީމަ މި އަދު މިގަ އުމުން އިންޑިޔާ އަށް ދިވެހިބިމަށް ގަދަވެވުނީ...

      14
  3. އަލީ

    މިމީހުންގެ މައްޗަށް ރާއްޖޭގެ ގާނޫނު ނުހިގާގެނެ ގޮތަށް އެއްބަސްވެފައޭ އޮތީ!

    59
  4. ދިއްދޫ ދާއިރަަ

    ހުރި ހިތާމއެއްގެ ބޮޑުކަމާއެވެ.

    52
  5. ޢިއްތިހާދު

    އަނިްޑއާ ފުލުހުން ކޮވިޑް ތެރޭއެގައުމުގެ ރައްޔިތުން ގެއައްވެދި ގޮތައް ތިރަޝުރައް ޔިތުން އެމީހުންވެއްދީމަނިމުނީ އެގައުމުން އަމަލުކުރީ އެގޮތައް ހިލާފުވީމަ އުސޫލްތައް ހަދަނީ ރައްޔިތުންގެ ރައްކާތެރިކަމަތްބަލާ ބޭރުބަޔަކައް ވެސްނުއުޅެވޭނެ އެމީހުން އެތެރެކުރިބަޔަކުކުވެސް ގާނޫނީ އިމުގެތެރެއައްވައްދަންޖެހޭ ހިލާފުވާނަމަ

    32
  6. އިބްރާހީމް

    ރައްޔިތުން ނިކުމެ ކޮންމެ ދުވަހަކު އެމީހުން ތިބޭ ތަންތާ ކައިރިގައި ބޭރުވޭ މުޒާހަރާ ޖައްސަންވީ ނޫންތޯ؟

    16
  7. ކޮއްޕަން

    ކައުންސިލަރުން އެމީހުންނަޢި ދެކޮޅަށް އެއްޗެއް ބުނެފިއްޔާ މަގާމު ގެއްލިދާނެ. ކޮއްމެވެސް ކުށެއްގަިއ ބައްދާލާނެ.
    ޕޮލިހުންނަކަށްވެސް ނުކެރޭނެ އެއްކަމެއްވެސް ކުރާކަށް.

    30
  8. ސަމާ

    އިންޑިއާ ސިފައިންގެ ބޭކަލުން ރައްޔިތުންނާއި ކައިރިނުވޭ. ދެން ކޮބާ މައްސަލަޔަކީ.
    އެބޭކަލުން ކުޅިވަރު ކުޅުއްވަނީ މީހުންނޫޅޭ ސަރަހައްދެއްގައި.

    5
    35
    • މޯދީ

      ބޭކަލުންނޭ؟ ކޮބާ ލަދާހަޔާތާ ކަލޭގެ؟ ގެރިމަސް ހަރާމް ކޮއްފަ ރާ ހުއްދަކުރީމަވެސް ގޮވާތި ބޭކަލުންނޭ. ރޭޕަކީ އަންހެނުންނާހެދި ވާކަމެކޭ ކިޔަމުން ދުވާ ހައިވާނުންނަށް ބޭކަލުން ކިޔާނީ ކަނޑުކޮހުން.

  9. ސަމާ

    އިންޑިއާ ހެލިކަޕްޓަރ ހިފައިގެން ދާން އެންގީމާ ވިސާހަމަވިއިރުވެސް ތިބީ އައްޑޫގައި.
    އެމީހުން ބޭނުން ގޮތަކަށް ބޭނުންކަމެއް ކުރަނީ.
    ﷲގަންދީ ބުނަން މިސަރުކާރަކަށް ނުކެރޭނެ އިންޑިއާ ސިފައިން ހެދި އެއްޗެއްގެ ދަށުވެގެން ތިބުން ނޫންގޮތަކަށް އުޅޭކަށް

    32
    1
  10. ބޮލި މުލައް

    ދިވެހި ސަރުކާރަށްވުރެ ހަނިމާދޫ ރައްޔަތުން ތިކަމަށް ބޭނުންވެފައި ތިބިކަން އެނގެނީ.
    އެހެން ރަށެއްނަމަ ތިކަން ނިއްމައިފީސް

  11. ބޯ ހަލާކު

    ސަރުކާރުން ބިން އުޅުނު ބޮނޑި ތިޔަބޮވެނީ.

    14
  12. އާކާޝް

    ޑިޕޮލޮމެޓިކް އިމްތިޔާޒުތައް ލިބިގެން ވަނީ އެމީހުން ދިރިއުޅޭ ތަނާއި، އެމީހުން ދުއްވާ އުޅަނދުތަކުގައި އެމީހުން ތިބޭއިރު، އާންމުންގެ ތެރެއަށް ނުކުމެ މަގުމަތީ ގެ އަމާން ކަން ގެއްލޭ ގޮތަށް މުޅި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ގޮތަށް އުޅޭ އުޅުމުގައި އެ އިމްތިޔާޒެއް ނުދެވޭނެ، ސަރުކާރުން ނުހުއްޓުވާނަމަ ރައްޔިތުން ނުކުމެ ހުއްޓުވަން ޖެހޭ މުޅި މުޖުތަމައުގެ ސަލާމަތަށް. މިއީ ބޭރު މީހުން ރާއްޖޭގައި ވަޒަންވެރި ކުރުވުމުން ނުކުމެ ދާނެ ފިތުނައިގެ ވަރަށް ކުޑަމިންވަރެއް ވީމާ ރައްޔިތުން ހޭ އަރާ ވިސްނުން އިސްކުރައްވާ، އަމާން ޤައުމެއްގެ ގޮތުގައި ދިވެހި ޤައުމު ދެމި އޮތުމަށް ހިތްވަރާއި އެކު މަސައްކަތް ކުރައްވާ.

    15
  13. މަހުދީ

    ދިވެހީންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުން. ދެންލަލަލަލލލލ

  14. އަހްމަދު

    އެމީހުންނަށް ބާނެއް ނިހިނގާނެ! މިއޮތީ ވާޤައުމެއް!

  15. ހަސަން

    އިންޑިއާ މީހުން ވަރަށް ވިސްނުންތޫނުކަމާއި އެކު ކުރާކަމެއް ރައިޔަތުންގެ ގެ ގޭގެ ކުއިޔަށް ނަގައިގެން ރައިޔަތުންގެ ތެރޭގައި އުޅުން އެއީ. އެކުލި ލިބޭގޭގެ މީހުން ބޭނުމެއް ނުވާ އެތަނަކުން އެމީހުން ފައިބައިގެން ދާކަށް. އައްޑޫ އައްޖެހިފައި އެއޮތީ އެހާލަތު. އައްޑޫ ފޭދުގެ ގޭގެ ކުލިއަށް ނަގައިގެން އުޅޭ ހެލިކޮޕްޓަރ ސިފައިވެސް ގަންނަނީ ހަމަ ތިގަނޑު.

  16. އިމިތައްލީ

    ބަލަ ދެން ހަނިމާދޫނިތައް ފިޔަގަނޑު ވެއްޓެން ބާރަށް އަތްޖަހަގަ. މިހާރުދެން ކޮން ޝކުވާއެއް ކުރާކަށް. ލބޭނިޢުމަތަށް ޝުކުރުނުރާމީހުންނަށް ލިބޭނެ ހުރިހާދެރައެއް ދިވެހިންނަށް ލިބެމުންމިދަނީ.
    ކަލާނގެ ސަފުން ބަދަލުނުކުރައްވަތޭ ގައުމެއްގެ ޙާލާތެއް
    ނުވާނަމަ ގައުމުގާޙާލަތު ބަދަލުކުރުމުގެ ޚިޔާލާތތެއް. ޔާﷲމިނުބައިމުނާފިގުންގެ ވަކިދަށުން މިދިވެހިރާއްޖެ ސާލާމަތްކުރައްވާނދޭވެ. އާމިން.

  17. އަހްމަދު

    ގައްބެބުނާނެ އެއީކީމައްސަލައެއްނޫނޭ އެމީހުންކާކަށްހޭ ގޯނާކުރީ އެމީހުންވެސް ހިތްހަމަޖައްސައްޖެހޭނެ އެހެންނު އަމިއްލަޖީބުފުރާލެވުނީމަ އެހެންމީހުންނާމެދު ވިސްނާނެކަމެއްނެތްތާ