ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު ގައި ބަޔާންކުރާ "މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ"ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ދަފްތަރު ނަންބަރު 3851، އަހްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އައްޔަންކުރައްވައިފިއެވެ.

ނަޝީދު، އައްޔަނުކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރުގެ މަގާމާ އެއް ފެންވަރުގައެވެ.

މި މަގާމަށް އައްޔަނުކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓްގެ މަގާމުގައެވެ. ނަޝީދު އަކީ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މެމްބަރެކެވެ.

ނަޝީދު ވަނީ މީގެ ކުރިން ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑާ ސެކްރެޓަރީ މަގާމު ފަދަ އިސް މަގާމުތައް ފުރުއްވައިފައެވެ.

ނަޝީދަކީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީއިން މާސްޓާ އޮފް އިންޖިނިއަރިންގ ސައިންސް (ރިނިއުބަލް އެނާޖީ އިންޖިނިއަރިން) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތަކުރުފާނު

    ތިއީ ވަރަށް ކޮރަޕްޓް މީހެއް! ފުރަތަމަ ކޮޅު ޔާމީނު ޕާޓީވެފައި މިހާރު އަދާލަތު .. މީނާ އަކީ މީހުންގެ އަތުން އޮޅުވާލައިގެން ފައިސާ ނަގާފައި ހުރި ބޮޑު ވަގެއް... މިކަހަލަ މީހުން ވަޒީފާތަކަށް ނެގުމަކީ އަދުގެ ޖީލުގެ ކިޔަވައިގެން ތިބި މޮޅު ކުދިންގެ މޫނުގައި ޖެހި ތަފާލެއް!

    • އަހަންމަދު

      ތަކުރާ ހެކިނެތި ތިކަހަލަވާހަކަ ނުދައްކާ!