މިދިޔަ މަހު ރާއްޖެއަށް 3.2 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކުރި އިރު، ގިނައީ އިންޑިއާގެ މުދާ ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ހާމަކޮށްފިއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މެއި މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ މެއި މަހާ އަޅާ ބަލާ އިރު 105 އިންސައްތަ އަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހު 1.6 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު، މިދިޔަ މެއި މަހު އެތެރެކޮށްފައި ވަނީ 3.2 ބިލިއަން ރުފިޔާގެ މުދާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކައެވެ.

މިދިޔަ މަހު އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވާ ގައުމުތަކަކީ އިންޑިއާ އާއި އޮމާން އަދި ޔޫއޭއީއެވެ. އަވަށްޓެރި އިންޑިއާ އިން ރާއްޖެ އަށް 449 މިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވެއެވެ. އަދި އޮމާން އިން 431 މިލިއަން ރުފިޔާގެ މުދާ އަދި ޔޫއޭއީ އިން 377 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.

އަގުގެ ގޮތުން އެންމެ ގިނަ އިން އިމްޕޯޓް ކުރި ފަސް ގައުމު

އިންޑިއާ - %15

އޮމާން - %14

ޔޫއޭއީ - %12

ޗައިނާ - %12

ސިންގަޕޫރު %11

އިމްޕޯޓް އިތުރުވުމުގެ ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ ބޮޑުތަން މަތިވެފައެވެ. މެއި މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު 104 އިންސައްތަ އިތުރެވެ. މިދިޔަ އަހަރުގެ މެއި މަހު 117 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ އިރު މި އަހަރުގެ މެއި މަހު މި މިއަދަދު ވަނީ 238 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

މިދިޔަ މަހު މުދާ ހިފައިގެން 101 އުޅަނދެއް އައިސްފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި މަހު އައީ 40 އުޅަނދެވެ. މިދިޔަ މަހު ރޯޔަލްޓީގެ ގޮތުގައި 1,096,550.20 ރުފިޔާ ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްރާހީމް

    އެހެންނޫންތޯ ވާނީ. މިސަރުކާރު އައިސް އަމިއްލަ އުފެއްދުން ތެރިކަން ކުރި އެރުވުމަށް ރާއްޖޭގައި އުފައްދާތަކެތި އިމްޕޯރޓްކުރާނަމަ ދައްކަންޖެހޭ ޑިއުޓީ ކަޑާލީ ނަތިޖާ އަކީ ރާއްޖޭގެ ދަނޑުވަރިކަމުން އުފައްދާ ތަކެއްޗަށްވުރެން އިންޑިޔާއިން ގެންނަ ތަކެތި އގު ހެޔޮވުން. މިކަމުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިންނަށް ވަނީ ގެއްލުން.